قصيدة (الحرية): މިނިވަންކަމުގެ ޅެން
ޅެން ހެއްދެވީ: އަޙުމަދު މަޠަރު
ތަރުޖަމާ: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
أخبرنا أستاذي يوما عن شيء يدعى الحرية
އެއްދުވަހަކު، އަހަރުމެންގެ އުސްތާޒު، 'މިނިވަންކަމޭ' ކިޔާ އެއްޗެއްގެ ވާހަކަ ބުންޏެވެ.
فسألت الأستاذ بلطف أن يتكلم بالعربية
ދެން އަހުރެން ވަރަށް ވެސް އަދަބުވެރިކަމާއެކު، އަރަބި ބަހުން ވާހަކަދެއްކެވުމަށް އުސްތާޒަށް ނަންގަތީމެވެ.
ما هذا اللفظ وما تعنى وأية شيء حرية
ތި ބުނުއްވާ މިނިވަންކަމޭ ކިޔާ ލަފުޒުގެ މާނައަކީ ކޮބައިތޯއެވެ؟ މިނިވަންކަމަކީ އަޅެ ފަހެ ކޮން އެއްޗެއް ހެއްޔެވެ؟
هل هي مصطلح يوناني عن بعض الحقب الزمنية
އެއީ ފާއިތުވެ ގޮސްފައި ޒަމާންތަކަށް އިޝާރަތްކުރާ ޔޫނާނީ ލަފްޒެއްތޯއެވެ؟
أم أشياء نستوردها أو مصنوعات وطنية
ނޫނީ އަޅުގަނޑުމެން އެތެރެކުރާ އެއްޗެހިތަކަކަށް ކިޔާ ނަމެއްތޯއެވެ؟ ނޫނީ އަޅުގަނޑުމެން ރަށުގައި އުފައްދާ އެއްޗެހިތަކެއްތޯއެވެ؟
فأجاب معلمنا حزنا وانساب الدمع بعفوية
ދެން، އަޅުގަނޑުމެންގެ އެދުރުބޭގެ ލޮލުން، ހިފެހެއްޓުމެއް ނެތް ކަރުނަ އޮހި އޮހި ހުރި ހާލު، ޖަވާބުގައި އެދުރުބޭ ބުނުއްވިއެވެ.
قد أنسوكم كل التاريخ وكل القيم العلوية
މުޅި ތާރީޚާއި އަދި މުޅި ހުރިހާ މަތިވެރި އަގުތަކެއް ވެސް ކަލޭމެން ހަނދާން ނައްތައިލައިފިއެވެ.
أسفي أن تخرج أجيال لا تفهم معنى الحرية
އަހަރެން ދެރަވަނީ މިނިވަންކަމުގެ މާނަ ވެސް ނުދަންނަ ޖީލުތަކެއް ދަސްވެނިވެގެން ނިކުންނާނެތީއެވެ.
لا تملك سيفا أو قلما لا تحمل فكرا وهوية
ކަނޑިއެއް ނޫނީ ގަލަމެއް އެމީހުންގެ އަތުގައި ނުވާއެވެ. ފިކުރެއް އަދި އަމިއްލަވަންތަ ބައެއްކަން އަންގައިދޭ ހުވިއްޔަތެއް، އައިޑީއެއް، އެމީހުންނަށް ލިބިފައި ނުވާއެވެ.
وعلمت بموت مدرسنا في الزنزانات الفردية
އަހަރުމެންގެ އެދުރުބޭ (ޖަލުގެ) އެކަހެރި ގޮޅިއްގައި ނިޔާވިކަމުގެ ޚަބަރު އަހަރެން އެހީމެވެ.
فنذرت لئن أحياني الله وكانت بالعمر بقية
ދެން، އަހަރެން ނަދުރެއް ބުނީމެވެ. މާތްﷲ އަހަރެން ދިރި ދަމަހައްޓަވައި، އަހަރެންގެ އުމުރުގައި ބާކީ ދުވަސްކޮޅެއް ލަހައްޓަވަައިފި ނަމަ،
لأجوب الأرض بأكملها بحثا عن معنى الحرية
މިނިވަންކަމުގެ މާނަ ހޯދަން، މުޅި ދުނިޔޭގެ ހުރިހާ ތަނަކަށް އަހަރެން ދަތުރުކުރީމުހެވެ.
وقصدت نوادي أمتنا أسألهم أين الحرية
ދެން އަހަރުމެންގެ ގައުމުގެ އެކި އެކި ނާދީތަކަށް، ކުލަބުތަކަށް، ގޮސް މިނިވަންކަމަކީ ކޮބައިތޯ އަހައި އޮޅުން ފިލުވަން އުޅުނީމެވެ.
فتواروا عن بصري هلعا وكأن قنابل ذرية
އެ ނާދީތަކުގެ އެންމެން، ބިރުގަނެ، އަހަރެންގެ ލޯ މަތިން އެއްފަރާތްވެ، ފިލިވިއެވެ. އެޓޮމިކް ބޮންތަކެއް،
ستفجر فوق رؤوسهم وتبيد جميع البشرية
އެމީހުންގެ ބޯ މައްޗަށް ގޮއްވާލައި މުޅި އިންސާނިއްޔަތުގެ ދުވަސް ދުއްވާލައި ނެތިކޮށްލަން އަހަރެން އުޅުނު ކަހަލައެވެ.
وأتى رجل يسعى وجلا وحكا همسا وبسرية
ދެން، ހިތް ބިރުގެންފައި ހުރި މީހަކު އައިސް ސިއްރުން ކަންފަތް ބުޑުގައި ބުންޏެވެ.
لا تسأل عن هذا أبدا أحرف كلماتك شوكية
ތިކަމާ ބެހޭ ގޮތުން، ދުވަހެއްގައިވެސް، އޮޅުން ފިލުވަން ނޫޅެއްޗެވެ! ކަލޭގެ ތި މިނިވަންކަމުގެ ލަފްޒުތަކުގެ އަކުރުތަކަކީ ކަށިތަކެކެވެ.
هذا رجس هذا شرك في دين دعاة الوطنية
ވަތަނިއްޔަތުގެ (ގައުމިއްޔަތުގެ) މަގަށް ގޮވާ މީހުންގެ ދީނުގައި ތިއީ ނަޖިހުގެ (ކަލިމައެކެވެ)، ތިއީ ޝިރުކުގެ (ކަލިމައެކެވެ)..
إرحل فتراب مدينتنا يحوي أذانا مخفية
އަވަހަށް ދުވެ ފިލައިދާށެވެ! އެހެނީ އަހަރުމެންގެ ރަށުގެ ބިމުގެ ވެލީގައި ފޮރުވިފައިވާ ކަންފަތްތައް ހުރެއެވެ.
تسمع ما لا يحكى أبدا وترى قصصا بوليسية
އެއްގޮތަކަށް ވެސް ނުދައްކާ ވާހަކައިގެ އަޑުވެސް އިވޭ ކަންފަތް ތަކެވެ. ދެން، ސިފައިންގެ ތަހުގީގީ ވާހަކަތައް ކަލެއަށް ފެނިދާނެއެވެ.
ويكون المجرم حضرتكم والخائن حامي الشرعية
އަދި ކުށްވެރިޔަކީ މަނިކުފާނު ކަމަށްވެ، (ގައުމަށް) ޚިޔާނަތްތެރި (ޣައްދާރުން) ވާނީ ގާނޫނާ ޝަރީއަތް ހިމާޔަތް ކުރާ މީނުންނަށެވެ.
ويلفق حولك تدبير لإطاحة نظم ثورية
ދެން، އިންގިލާބީ ނިޒާމު ވައްޓާލަން ރޭވިކަމު(ގެ ތުހުމަތުގެ ފޭލިތައް) ކަލޭގެ ވަށައިގެން އޮޅާނެއެވެ.
وببيع روابي بلدتنا يوم الحرب التحريرية
އަދި އަހަރުމެންގެ ރަށުގެ ބިންތައް މިނިވަންކަމުގެ ހަނގުރާމަ ކުރެވޭ ދުވަހު ވިއްކާލާނޭ ކަމުގެ (ތުހުމަތުގެ ރޭވުން ވެސް މެއެވެ)
وبأشياء لا تعرفها وخيانات للقومية
އަދި ކަލޭ ނުވެސް ދެނެ ހުރިކަންކަމުގެ ތުހުމަތުތަކާއި ގައުމިއްޔަތަށް ޚިޔާނަތްތެރިވިކަމުގެ ތުހުމަތުވެސް މެއެވެ.
وتساق إلى ساحات الموت عميلا للصهيونية
ދެން، ސަހުޔޫނިއްޔަތުގެ، (އިޒުރޭލުގެ) އޭޖެންޓެއްކަމުގައި ނިންމައި މަރުގެ މައިދާނަށް، ލަވާފައި، ކަލޭ ގެންދެވޭނެއެވެ.
واختتم النصح بقولته وبلهجته التحذيرية
ދެން އޭނާގެ ނަސޭހަތުގެ ބަސްކޮޅު، އިންޒާރުގެ ރާގެއްގައި (މިހެން ބުނެ) ނިންމާލިއެވެ.
لم أسمع شيئا لم أركم ما كنا نذكر حرية
(ކަލޭ ކީ) އެއްވެސް އެއްޗެއް އަހަރެން ނާހަމެވެ. އަދި އަހަރެން ކަލޭ ނުވެސް ދެކެމެވެ. އަދި އަހަރުމެން މިނިވަންކަމުގެ ނަންވެސް ނުގަންނަމެވެ.
هل تفهم؟ عندي أطفال كفراخ الطير البرية
ކަލެއަށް (މިބުނި އެއްޗެއް) އެނގިއްޖެ ހެއްޔެވެ؟ އެއްގަމު ދޫނީގެ ފިޔޮއްތަކެއް ފަދަ (ލޯބި ލޯބި) ކުދި ކުދި ކުދިންކޮޅެއް އަހަރެންގެ ތިބެއެވެ.