އަސްލު އިންޑިއާގެ ކެރެލާއަށް ނިސްބަތްވާ ޢާއިލާއެއްގެ އެންމެން އަމިއްލަ ގޭގައި މަރުވެފައި
ފަރަގު
އިންޑިއާގެ ކެރެލާއަށް ނިސްބަތްވާ ޢާއިލާއެއް(ގެ އެންމެން) ގޭ ތެރޭގައި މަރުވެފައި ތިއްބައި ފެނުނު މައްސަލައެއް ފުލުހުން މިހާރު ތަހުގީގުކުރަނީއެވެ. ޢާއިލާގެ ތިމާގެ މީހަކު އެ ޢާއިލާގެ ހާލު ބަލައިލާން ގުޅި ކޯލަކަށް ޖަވާބު ނުދީ އަދި ގޭތެރެއިން ޚަބަރެއްދަބަރެއް ނުވެ މާ ގިނައިރުވެގެން ފުލުހުންނަށް ރިޕޯޓްކުރީއެވެ.
އިންޑިއާއާއި އެމެރިކާއަށް ނިސްބަތްވާ ދެމަފިރިންކަމަށްވާ އާނަންދާއި އެލީސް ފެނިފައިވަނީ ފިސްތޯލައިގެ ވަޒަނަކުން ލިބިފައިވާ ޒަޚަމުތަކަކާއެކު ފާޚާނާ ތެރެއިންނެވެ. އެ މީހުންގެ ދެ ދަރީންކަމަށްވާ އެއްމާބަނޑު ދެކުދީންމަރުވެފައި ތިއްބައި ފެނުނީ ނިދާ ކޮޓަރިތެރެއިންނެވެ.
މި މަރުގެ ހަގީގަތް ހޯދުމަށް ޓަކައި ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހުން އައިސް ފުރަތަމަ ބެލީ ގޯތިތެރެއަށް ވެދެގެން ބިއްދޮށް ފަރާތުން ނަމަވެސް ވެދެވޭނެ ގޮތެއް ފެނޭތޯއެވެ. އެ މީހުން ބެލި ބެލުން އެ ގެއަށް ބަޔަކު ގަދަކަމުން ނުވަތަ ބާރުގެ ބޭނުންކޮށްފައިވާކަމުގެ އެއްވެސް ޢަލާމާތެއް ނުފެނުނެވެ.
"ފުލުހުން ގެއަށް ގެއްލުމެއް ނުދީ ވަދެވޭތޯ ބެލެލުމަށް ޓަކައި ހޯދި ހޯދުމުން ތަންޑުނާޅައި ހުރި ކުޑަދޮރެއް ފެނިގެން ގެއަށް ވަނީ އެ ދޮރުންނެވެ." ފުލުހުން ބުނެފައިވެއެވެ. "ފެނުނީ ހަތަރު މީހަކު މަރުވެފައި ތިއްބައެވެ. އެއީ ބޮޑު އަންހެނަކާއި ބޮޑު ފިރިހެނެކެވެ."
އުންޑަ ލައި ފުރައިފައިވާ ފިސްތޯލައެއް ފާޚނާ ތެރެއިން ފުލުހުންނަށް ވަނީ ފެނިފައެވެ.
އެ ގެއިން ފެނުނު ލިޔެކިޔުންތަކަށް ބަލާއިރު މި ދެމަފިރީން މި ގެ 2.1 މިލިއަން ޑަލަރަށް ގަނެގެން މި ގެއަށް ބަދަލުވީ 2020ގައެވެ.
ފުލުހުން ބުނެފައިވަނީ އެ މީހުންނަށް މި ހާތަނަށް ހޯދިފައިވާ މަޢުލޫމާތަށް ބަލާ އިރު، މިއީ މުޖުތަމައަށް ނުރައްކާތެރިކަމެއް އޮތް ހާދިސާއެއްކަމަށް ނުބެލެވޭކަމަށާއި މިއީ އިންފިރާދީ މައްސަލައެއްކަމަށެވެ. "މި ޖަރީމާ ހިންގި މުޖުރިމު ވަނީ ހަމަ ގައިމު ވެސް މި ގޭގެ އިންފާރުން އެތެރޭގައި. އެ ޔަގީންކަން އެބަ އޮތް." ފުލުހުން ބުނެފައިވެއެވެ. "އެހެންވީމާ މި ހާދިސަގެ ސަބަބުން އާންމުން ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް. އާންމުންނަކަށް ނުރައްކަލައް ނެތް."
އިންޑިއާގެ ކެރެލާއަށް ނިސްބަތްވާ މި ދެމަފިރީން ވޭތުވެ ދިޔަ ނުވަ ވަރަކަށް އަހަރު ދިރިއުޅެމުން އައިސްފައިވަނީ އެމެރިކާގައެވެ. އާނަންދަކީ ސޮފްޓްވެއަރ އިންޖިނޭރެކެވެ. އެލިސަކީ އިސް މުޙައްލިލެކެވެ. މި ދެމަފިރިންގެ ދިރިއުޅުން ނިއު ޖާޒީއިން ސޭން މާޓިއޯ ސަރަހައްދަށް ބަދަލުކުރީ މީގެ ދެ އަހަރު ކުރީންނެވެ. މި ދެމަފިރީންގެ މިތުރުންނާއި ރަފީޤުންގެ ފުށުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ވަރަށް އެކުވެރި، ހިތްހެޔޮ، މަސައްކަތްތެރި މުރާލި ދެމަފިރިންނެވެ. އެމީހުންގެ އެކުވެރީންނާއި އަވައްޓެރީން ވެސް އެ އާޢިލާ ދެކެ ވަރަށް ލޯބިއެވެ.
ކޯޓުގެ ރެކޯޑުތަކަށް ބަލާއިރު 2022 ޑިސެންބަރުގައި އާނަންދު ވަނީ އޭނާގެ
އަންހެނުންވަރިކޮށްފައެވެ. ނަމަވެސް ކޯޓުގެ އިޖުރާތުގެ ތެރެއިން އެ ވަރި ރަޖިސްޓަރީކޮށްފައެއް
ނުވެއެވެ.