އަބޫޡަބްޔުގައި އިންޑިއާ ރައްޔިތުންގެ ފަރާތުން އާދަޔާ ޚިލާފު ހޫނު މަރުޙަބާއެއް މޯދީއަށް
ފަރަގުގެ ބައިނަލްއަގުވާމީ މުރާސިލު
ޢަރަބި އެކުވެރި އިމާރާތުގެ ވެރިރަށް އަބޫޡަބްޔު (ގިނަ މީހުން ދަންނަ ގޮތުން އަބޫދަބީ)ގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުން އިންޑިއަގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މިއަދު ދެންނެވި މަރުޙަބާއަކީ އާދަޔާ ޚިލާފު މަރުޙަބާއެކެވެ. މިކަން އެންމެ ބޮޑަށް ފާހަގަކުރެއްވީ ވެސް އިންޑިއާގެ ބޮޑުވަޒީރެވެ. އޭނާ އެކްސްގައި ކުރެއްވި ޕޯޓެއްގައި ލިޔުއްވައިފައިވަނީ އަބޫޡަބްޔުގައި ދިރިއުޅޭ އިންޑިއާ މުޖުތަމަޢުން އޭނާއަށް ދެންނެވި ހޫނު މަރުޙަބާއަކީ އޭނާއަށް ލިބިވަޑައިގަތް ޝަރަފެއްކަމަށެވެ. "އަބޫޡަބްޔުގައި އޮތް އިންޑިއާގެ މުޖުތަމަޢުން އަޅުގަނޑަށް ކީ ހޫނު މަރުޙަބާއަކީ އަޅުގަނޑަށް ލިބުނު އާދަޔާ ޚިލާފު ޝަރަފެކެވެ." އޭނާ ކުރެއްވި އެކްސް ޕޯސްޓެއްގައި ލިޔުއްވައިފައިވެއެވެ. "އަޅުގަނޑުމެންގެ ރައްޔިތުން އެކި ކަންކޮޅުތަކަށް ފެތުރިފައި އޮންނަ އޮތުމުގެ ދިރުންތެރިކަމާއި ރޫޙު އަޅުގަނޑަށް ވެރިކުރުވި ހައިރާންކަމަކަށް ހުރެހެއް ނާޅައެވެ." މޯޑީ ކުރެއްވި އެކްސް މެސެޖެއްގައި ބަޔާންކުރައްވައިފައިވެއެވެ."އަޅުގަނޑުމެންގެ ރައްޔިތުން އެކި ކަންކޮޅުތަކަށް ފެތުރިފައި އޮންނަ އޮތުމުގެ ދިރުންތެރިކަމާއި ރޫޙު އަޅުގަނޑަށް ވެރިކުރުވި ހައިރާންކަމަކަށް ހުއްޓުމެއް ނެތެވެ."
ޒައިދު ސްޕޯޓްސް ސިޓީ އިސްޓޭޑިއަމްގައި އިންޑިއާ ރައްޔިތުން ޖަމާވެފައި<br>
އިންޑިއާގެ ބޮޑުވަޒީރު މިއަދު އެކުވެރި އިމާރާތަށް މި ވަޑައިގަތީ އެކުވެރި ޢަރަބި އިމާރަތުގައި އޮންނަ ދުނިޔޭގެ ސަރުކާރުތަކުގެ ސަމިޓުގައި މާދަމާ ތަގުރީރުކުރެއްވުމަށް ޓަކައެވެ. އޭގެ ފަހުން އަބޫޡަބްޔުގެ މިމުފާހަގައެއް ކަމަށްވާ ހިންދީ ފައްޅި ރަސްމީކޮށް އޭނާ ހުޅުއްވައިދެއްވާނެކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.
މިއަދު އިމާރާތަށް ވަޑައިގަތުމަށް ފަހު އުފާވެރި އީދެއްގެ ގޮތަށް ސިފަކުރެވުނު ބޮޑު ބައްދަލުވުމެއްގައި އިންޑިއާގެ 60 ހާސް ރައްޔިތުންނާ މުޚާޠަބުކުރައްވައި ޒައިދު ސްޕޯޓްސް ސިޓީ އިސްޓޭޑިއަމްގައި މިއަދު ހަވީރު 6:00ގައި އޭނާ ތަގުރީރުކުރެއްވިއެވެ. މި ތަގުރީރު އަޑުއެހުމަށް ޓަކައި މިއަދު ހެނދުނު 10:30އިން ފެށިގެން އެ ގައުމުގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުން ގެންދިޔައީ ޒައިދު ސްޕޯޓް ސިޓީ އިސްޓޭޑިއަމަށް ޖަމާވަމުންނެވެ.