Advertisement

ހަތް އަސީރަކު ސަލާމަތްކުރީ ބަޑި ހިފައިގެން ހުރި މީހާ ފާޚާނާކުރި ވަގުތުގެ ބޭނުންހިފައިގެންނެވެ.

02 Feb 2024 | 07:41
ތުރުކީގެ ހާދިސާގައި ކޯޑޮންކޮށްފައިވާ ސަރަހައްދު (ފޮޓޯ: އޭ އެފްޕީ)

ފަރަގު

ފަލަސްތީނަށް ތާއީދުކުރާ މީހަކު ބަޑި ބޭނުންކޮށްގެން އަސީރުކޮށްފައި ތިބި ހަތް މީހަކު ތުރުކީ ވިލާތުން އިއްޔެ ސަލާމަތްކޮށްފިއެވެ. ތުރުކީގައި ހުންނަ، އެމެރިކާގެ މުދާ ކާރުޚާނާއެއްގައި މަސައްކަތްކުރާ މި ހަތް މީހުން އަސީރުކުރީ ޣައްޒާގައި ހިނގަމުންދާ ޢުދުވާނީ ޙަމަލާތަކުގެ ރައްދުގައިކަމަށް މަޢުލޫމާތު ލިބެއެވެ. ތުރުކީ ފުލުހުން ބުނާ ގޮތުގައި ނުވަ ގަޑިއިރުގެ މަސައްކަތަށް ފަހު، އަސީރުން ސަލާމަތްކުރީ ބަޑި ބޭނުންކޮށްގެން އަސީރުކުރި މީހާ ފާޚާނާއަށް ދިޔަ ވަގުތުގައެވެ. އެ ވަގުތުގެ ބޭނުންކޮށްގެން އޭނާ ހައްޔަރުކުރީ އޭނާއަށް އެއްވެސް ނުރައްކަލެއް ނުވާ ގޮތުގެ މަތީންނެވެ.

ތުރުކީ އޮފިޝަލުން ބުނާ ގޮތުގައި ބަޑި ހިފައިގެން ހުރި މީހާއަށް ފާރަލުމުގައި ގާތްގަނޑަކަށް ނުވަގަޑި އިރު ހޭދަވީ ފަހުން އެ މީހާ ހައްޔަރުކުރެވުނީ ފާޚާނާކުރާން އޭނާ ދިޔަ ވަގުތު ބަލައިގެންނެވެ. "އޭނާ ހައްޔުކުރީ އޭނާއަށް އެއްވެސް ގެއްލުމެއްނުދީއެވެ." ނޫސްވެރީންނަށް މަޢުލޫމާތުދެމުން ގަވަރުނަރު ސިއްދާރު ޔަވޫޒު ބުނެފައިވެއެވެ. "އަސީރު ކުރި މީހާ ފާޚާނާއަށް ދިޔަ ވަގުތު އަސީރުންނަށް ގެއްލުމެއް ނުވާ ގޮތަށް އަހަރެމެންގެ ސަލާމަތީ ބާރުތަކުން ކުއްލި އޮޕަރޭޝަނެއް ހިންގީއެވެ."

"ބަޑީން ބިރުދައްކައިގެން ހަތް މީހުން އަސީރުކުރި މީހާގެ މަގުޞަދަކީ އެމެރިކާގެ ތާއީދާއެކު ފަލަސްޠީނުގައި ޔަހޫދީން ހިންގާ ޤަތުލުޢާންމަށް ނިމުމެއް ގެނެސް، ފަލަސްޠީނު މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޓަކައި މިޞްރުގެ ރަފަޙު ދޮރޯށި ހުޅުވުމަށް ބާރުއެޅުމެވެ." ޔަވޫޒް ބުނެފައިވެއެވެ.

މީސްމީޑިއާގައި ދައުރުކުރާ ބައެއް ފޮޓޯއާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ފަލަސްތީނު މީހުން އަޅާ ކަހަލަ ފޮތިގަނޑަކުން މޫން ނިވައިކޮށްގެން ހުރި މީހަކު ބަޑި ހިފައި ގެން އެ ހަތް މީހުންނަށް ބަޑީން ބިރުދައްކައިގެން އަސީރުކޮށްގެން ގެންގުޅުނީއެވެ.

އެ މީހާ ހުއްޓި ހުރީ ފަލަސްތީނުގެ ދިދަކުރަހައިފައި ހުރި ބިތެއްގެ ކައިރީގައެވެ. އެ ފާރުގައި ރަތްކުލައިން ލިޔެފައި އޮތީ  "ޣައްޒާއަށް ޓަކައި ދޮރު ހުޅުވޭނެއެވެ."(“the door will be opened for Gaza”) މިހެންނެވެ.

ޔަވޫސް ބުނާ ގޮތުގައި "ދެ ބަޑި ހިފައިގެން ހުރި މި މީހާގެ މޭމަތީގައި ގޮވާތަކެތީގެ ފިތާފަށެއް އަޅައިގައި އޮތެވެ." އެއީ ޖާނުން ފިދާވާ މީހުން ގެންގުޅޭ ފަދަ ފީތާއެކެވެ. "އަހަރެމެން ގެންދިޔައީ ވެދާނެ ގޮންމެ ގޮތެއް ވަޒަންކުރަމުންނެވެ."

މި އަސީރުން ސަލާމަތްވި ޚަބަރު ލިބުމާއެކު އަސީރުންގެ ތިމާގެ މީހުން ފުލުހުން ބަނދުކޮށްފައިވާ ސަރަހައްދަށް ވަދެގަތެވެ. އަދި މިހާރު ވަނީ އެ އެންމެން މިނިވަންކޮށް ދޫކޮށްލެވިފައެވެ. ދޫކޮށްލެވުނު އަސީރެއްގެ ބޮޑުދައިތަ ބުނާ ގޮތުގައި "އަހަރެމެން މި ތިބީ ވަރަށް އުފަލުންނެވެ." ކަންބޮޑުވުމާއި ބިރުވެރިކަމެއްގައި ގިނަ ވަގުތުތަކެއް ހޭދަކޮށްފައިވާ ފާޠިމަޠު ދުރުސޫން ބުނެފައިވެއެވެ. "މާތް ﷲއަށް ޙަމްދުހުއްޓެވެ. އެ އެންމެން ވެސް ހެޔޮ ޙާލުގައި ތިއްބައި ސަލާމަތްވެއްޖެއެވެ." (މަޢުލޫމާތު: މެލޭމެއިލް)

Advertisement

ކޮމެންޓް
ހަލީލް
ކިޔާލެވިއްޖެ
03 Feb 2024