Advertisement

"އިސްރާއީލުގެ ހަމަލާއަށް ޖަވާބުނުދީ ދޫކޮށެއްނުލާނަން" – ރައީސީ

21 Jan 2024 | 06:19
އީރާނުގެ ރައީސް އިބްރާހީމް ރައީސީ: އީރާނުގެ މަޝްހަދުގައި 1960 ޑިސެންބަރު 14ގައި ދުނިޔޭގެ އަލިކަން ދުށް ރައީސީއަކީ ޢަދުލުއިންސާފުގެ ދާއިރާގެ ވެރިޔާކަމުގެ މަގާމު ފުރުއްވައިފައިވާ އަދި ޕްރޮސެކިޔުޓަރކަން ވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. އޭނާ އީރާނުގެ ރައިްކަން ކުރައްވަނީ 2021އިން ފެށިގެންނެވެ.

އީރާނުގެ ރިވޮލިޔުޝަނަރީ ގާޑް ގްރޫޕްގެ މަދުވެގެން ފަސް މީހުން މަރުވި ހާދިސާއަކީ އިސްރާއިލުން މާޔޫސްވެގެން މި ސަރަހައްދުގެ ހަމަޖެހުން ނަގައިލުމަށް ޓަކައި ހިންގި ޢަމަލެއްކަމުގައި އީރާނުން ސިފަކުރެއެވެ. އޭގެ ބަދަލު ހިފާނެކަމަށް ވެސް އީރާނުން ބުނެއެވެ. ސޫރިއާގެ ވެރިރަށް ދިމިޝްޤުގެ އަލްމައްޒާ ސަރަހައްދުގައި ދިން މިސައިލު ޙަމަލާއެއްގައި ސިފައިންގެ ފަސް މީހަކު މަރުވެފައިވާކަމަށް ފާހަގަވެފައި ވާކަމަށް އީރާނުގެ ރިވޮލިޔުޝަނަރީ ގާޑުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އަލްޖަޒީރާ ބުނާ ގޮތުގައި އީރާނުގެ ރިވޮލިޔުޝަނަރީ ގާޑުގެ ޖާސޫސީ ޔުނިޓްގެ ވެރިޔާއާއި އޭނާގެ ނާއިބު ވެސް ވަނީ މި ޙަމަލާގައި ޝަހީދުވެފައެވެ.

ސޫރިޔާގެ އިންސާނީ ހައްގުތަކާ ބެހޭ ވިޔުގައިން ޚަބަރުދޭ ގޮތުގައި އަލްމައްޒާ ސަރަހައްދަކީ އީރާނުގެ ރިވޮލިޔުޝަނަރީ ގާޑާއި ލުބްނާނުގެ ޙިޒުބުﷲ ޖަމާޢަތާއި އިސްލާމީ ޖިހާދު ވެސް މަރުކަޒުކޮށްގެން ތތިބޭ ސަރަހައްދެކެވެ.

ހޮނިހިރު ދުވަހު ދިން މި ޙަމަލާއާ ގުޅިގެން އީރާންގެ ރައީސް އިބްރާހީމް ރައީސީ ވިދާޅުވާ ގޮތުގައި އިސްރާއީލުން މަސައްކަތްކުރަނީ ޣައްޒާގައި ހިންގާ ޢުދުވާނުގައި ލިބެމުންދާ މާޔޫސްކަމުގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުން ނަގައިލާށެވެ. އަދި އިސްރާއީލުގެ މި ފިނޑިޢަމަލަކީ ޖަވާބު ނުދީ ދޫކޮށްލާނެ ކަމެއް ނޫނެވެ. އިބްރާހީމް ރައީސީއަކީ އީރާނުގެ މަޝްހަދުގައި 1960 ޑިސެންބަރު 14ގައި ދުނިޔޭގެ އަލިކަން ދުށް ރައީސީއަކީ ޢަދުލުއިންސާފުގެ ދާއިރާގެ ވެރިޔާކަމުގެ މަގާމު ފުރުއްވައިފައިވާ އަދި ޕްރޮސެކިޔުޓަރކަން ވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. އޭނާ އީރާނުގެ ރައީސްކަން ކުރައްވަނީ 2021އިން ފެށިގެންނެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދާ ޢުދުވާނު ވަގުތުން ހުއްޓައިލައި ޙަމާސުން ހިފަހައްޓައިފައިވާ އަސީރުން މިނިވަންކުރުމަށް ގޮވައިލައި ހޮނިހިރު ދުވަހު ވެސް އިސްރާއީލުގެ ރައްޔިތުން ތައްލު އަބީބުގައި މުޒާހަރާކުރިއެވެ. މުޒާހަރާކުރުން ފުލުހުން މަނާކުރިޔަސް މުޒާހަރާތަކަށް ނިމުމެއް ނާދެއެވެ. އިރާއީދުގެ ބޮޑުވަޒިރު ނަތަންޔާހު ބުނެފައިވަނީ ޙަމާސްގެ މައްޗަށް ފުރިހަމަ ކާމިޔާބީއެއް ނުލިބެނީސް ހަމަނުޖެހުން ހުއްޓައިނުލާނެކަމަށެވެ.

2023 އޮކްޓޫބަރު 7ގައި ހަމަނުޖެހުންތައް ފެށި ފަހުން 107 ދުވަސް ފަހަނަޅައިދާ އިރު، ފަލަސްޠީނުގެ 24765 މީހުން ޝަހީދުވެ، ބައިލައްކައަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވެއެވެ. އިސްރާއީލުގެ 1200 މީހުން މަރުވެފައިވެއެވެ. އަދި އިސްރާއީލުގެ ހަނގުރާމަވެރީންނާއި އާންމުންގެ ތެރެއިން 129 މީހަކު ޙަމާސް ޖަމާޢަތުގެ ޤައިދުގައި އެބަ ތިއްބެވެ. މީގެ ތެރޭގައި އެހެން ގައުމުތަކުގެ މީހުން ވެސް ހިމެނޭކަމަށް މަޢުލޫމާތު ލިބެއެވެ.

Advertisement

ކޮމެންޓް