Advertisement

މޮސްކޯއަށް އުތުރު ކޮރެއާއިން ހަތިޔާރުވިއްކުމާ ދެކޮޅަށް އިނގިރޭސީން އިންޒާރުދިނުމުގެ މާނައަކީ ކޮބާ؟

ރޫސީވިލާތުގެ ދުރުއިރުމަތީ ސަރަހައްދުގައި ހުންނަ ޖައްވީ ބަނދަރު (ވޮސްތޮޗްނީ ކޮޒްމޮދުރޯމް) އަށް 2023 ސެޕްޓެންބަރު 13 ވަނަ ދުވަހު އުތުރުކޮރެޔާގެ ޒައީމު ކިމް ޖޮންގ އުން ކުރެއްވި ޒިޔާރަތުގެ ތެރެއިން (ޕޮޓޯ ރޮއިޓަރސް)

ރޫސީވިލާތަށް އެ ގައުމުގެ ވަށައިގެން ހުރި ގައުމުތައް މެދުވެރިކޮށް އެމެރިކާ މެދުވެރިކޮށް ޖެއްސުން ކުރާން ފެށުމުން އެކަން ހުއްޓައިލާން އެތައް ފަހަރަކު އިންޒާރު ދިނެވެ. ނަމަވެސް އެކަން ހުއްޓައިނުލުމުން ގައުމުގެ ދިފާއުގައި ޔުކްރޭނާ ދެކޮޅަށް ޢަސްކަރީ ޙަރަކާތެއް 2022 ފެބްރުވަރީ 24ގައި ރޫސީން ފެއްޓިއެވެ. މި ކަމާ ގުޅިގެން އެމެރިކާއާއި ވިލާތުން އިއްތިހާދު ހަދައިގެން ރޫސީންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅިއެވެ.

މި ފިޔަވަޅުގެ ސަބަބުން ރޫސީ ވިލާތުން ފަހަކަށް ނުޖެހުނެވެ.  ރޫސީވިލާތަށް ލިބުނު ގެއްލުމަށްވުރެ އެމެރިކާއަށް ލިބުނު ގެއްލުން މާ ބޮޑެވެ. އެމެރިކާގެ މަސައްކަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި 1981 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ލާދަ އަހަރުން އަހަރަށް މައްޗަށް ދަމުން އައި ނަމަވެސް މި ދިޔަ އަހަރު މާރިޗު މަހު މާ ބޮޑަށް ލާދަ މައްޗަށް ދިޔައީ ބޭނުންވާ މިންވަރަށް މުދާ އެތެރެނުވުމުގެ ސަބަބުންނެވެ. މީގެ އިތުރަށް ހަކަތައަށް މުހުތާދު ބޮޑުވުމުގެ ސަބަބުން ހަކަތައިގެ ބާވަތްތަކުގެ އަގު ވެސް މައްޗަށް ދިޔުމަކީ ލާދަ އިތުރުވުމުގެ ސަބަބެކެވެ.

އެމެރިކާގެ ތަފާސްހިސާބު ދައްކާ ގޮތުގައި މަހުން މަހަށް %0.8 އިތުރުވަމުން އައިސް %1.2 ގެ ކުއްލި އިތުރުވުމެއް މަނީ އައިސްފައެވެ.

އެހެންނަމަވެސް އެކި ސަރުކާރުތަކުން ކޮންމެވެސް އެހެން ބަޔެއްގެ ބޮލުގައި ކަންކަން އަޅުވާ ބީދައިން 1981 ވަނަ އަހަރުން ފެށިގެން މަތިވަމުން އައި ލާދައިގެ އިލްޒާމު އަޅުވަނީ މިހާރު ހިނގަމުންދާ ރޫސީ-ޔޫކްރޭނުގެ އަރައިރުމުގައެވެ. އެހެނީ މި މައްސަލައިގައި އެމެރިކާގެ ރައީސް ޖޯ ބައިޑްން ވިދާޅުވަފައިވެއެވެ. "ޕޫޓިންގެ އަގު އުފުލުން ދަށްކުރުމަށްޓަކައި އަހަންނަށް ލިބިފައިވާ ވެރިކަމުގެ ބާރު ބޭނުންކޮށްގެން ކުރެވޭން އޮތް ހުރިހާ ކަމެއް މިގެންދަނީ ކުރަމުންނެވެ."

އަނެއްކޮޅުން އެމެރިކާގެ ސެނެޓްގެ ހުޅަނގު ވާރޖިނިއާގެ ޑިމޮކްރެޓިކް މެންބަރެއް ކަމަށް ވާ، އަދި މެދުމިނުގެ ސިޔާސަތެއް ގެންގުޅުއްވާ ޖޯ މޭންޗިން ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ފަދުރާލީ ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުން ދިމާވާ ކަންކަމެވެ.

ވޭތުވެ ދިޔަ މަސްތަކަށް ބަލާއިރު، އަދި ރޫސީ- ޔޫކްރޭނު ހަމަނުޖެހުމުގެ ކުރީން ވެސް އެމެރިކާގައި ތެލުގެ ބާވަތްތަކާއި ކާބޯތަކެތީގެ ބާވަތްތަކުގެ އަގު ދިޔައީ އުފުލެމުންނެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ފެބްރުވަރީމަހާ އަޅައި ބަލާއިރު މާރިޗު މަހުގެ ތެރޭގައި ކާބޯތަކެތީގެ ބާވަތްތަކުން އެއް އިންސައްތަ، އަދި އޭގެ ކުރީގެ ދޮޅުއަހަރަށް ބަލާއިރު ނުވަ އިންސައްތައިގެ އިތުރުވުމެއް ދައްކައެވެ. ކަބޯތަކެތީގެ ހުރިހައި ބާވަތްތަކެއްގެ އަގުތަކަށް ޖުމުލަކޮށް ބަލާއިރު، ތަފާސްހިސާބުތައް ދައްކާ ގޮތުން އޭގެ ކުރީން ވޭތުވެދިޔަ އަހަރެއްހާ ދުވަހާ އަޅައި ބަލާ އިރު، 2022 މާރިޗު މަހު ވަނީ 10 އިންސައްތައަށް އަގުތައް އުފުލިފައެވެ.

އެހެންކަމުން މިއީ މި ފަހުގެ ތާރީޚެއްގައި އެމެރިކާގެ ލާދަ ކުއްލިއަކަށް މިހާ ބޮޑަށް އިތުރުވި ފަހަރުކަން ފާހަގަކޮށްލެވެއެވެ. (ލާދައަކީ ފައިސާގެ އަގު ދަށަށްދާ ދިއުމުގެ ސަބަބުން މުދަލުގެ އަގު ބޮޑުވުމަށް އިޤްތިޞާދީ ދާއިރާގައި ކިޔާ ނަމެކެވެ.)

މިހެން މިކަން ހިނގަމުން ދިޔައިރު، އެމެރިކާ ޑޮލަރު ނޫން ގޮތެއް ހޯދާން އެތައް ގައުމަކުން މަސައްކަތް ފަށައި އެ ކަން ކާމިޔާބު ވެސް ކުރަމުން އެބަގެންދެއެވެ. އެހެންކަމުން އެމެރިކާއިން ރޫސީވިލާތާ ދެކޮޅަށް އެޅި ފިޔަވަޅުތަކުން ރޫސީވިލާތަށް ލިބުނު ގެއްލުމަށް ވުރެ އެމެރިކާއަށް ލިބުނު ގެއްލުން މާ ބޮޑެވެ.

މިހެން މި ކަންކަން އޮއްވައި، އިއްޔެ މި ވަނީ ދުނިޔޭގެ ނިޔުކްލިއަރ ބާރެއްކަމުގައިވާ އުތުރުކޮރެޔާގެ ރައީސް ކިމް ޖިޮންގ އުން ރޫސީ ރައީސާ ބައްދަލުކުރައްވައި އެއްވެސް ޝަރުޠެއް ނެތި ފުރިހަމަ ތާއީދާއި އެއްބާރުލުން ރޫސީ ވިލާތަށް ދެއްވާނެކަމަށް ވިދާލުވެފައެވެ. މި ކަމާ ގުޅިގެން އިނގިރޭސިވިލާތުން މި ވަނީ ރޫސީންނަށް ހަތިޔާރުގެ އެހީނުވުމަށް އުތުރުކޮރެއާއަށް އިންޒާރުކޮށްފައެވެ. މި ކަމުން އެނގެނީ ރޫސީންނާ މެދު އެމެރިކާއާއި ވިލާތުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުން ރޫސީވިލާތަށް ލިބުނު މާ ބޮޑު ގެއްލުމެއް ކަމެވެ. އަދި ވިލާތުން ވެސް މި ކަމާ މިހާރު މާޔޫސްވެފައިވާކަމެވެ.

Advertisement

ކޮމެންޓް