Advertisement

އެމެރިކާއިން ޔަމަނަށް ރޭ ފަތިހު ޙަމަލާދިނީ އެމެރިކާގެ ގާނޫނާ ޚިލާފަށް؟

12 Jan 2024 | 07:39
އެމެރިކާއާއި އިނގިރޭސި ކޯލިޝަންގެ މަނަވަރަކުން ރޭ ފަތިހު ޔަމަންގެ ޞަންޢާއަށް ޙަމަލާއެއް ފޮނުވައިލަނީ.

ފަރަގު ނިއުސް ޓީމް

އެމެރިކާގެ ބައިވެރިވުމާއި ތާއީދާއެކު އިސްރާއީލުން ރޭ ރަފަޙަށް ދިން ޙަމަލައެއްގައި އެއް ތުއްތުކުއްޖަކާއި ކުޑަކުދީން ހިމެނޭހެން ޖުމުލަ ނުވަ މީހަކު ޝަހީދުކޮށްލިއެވެ. އަނެއްކޮޅުން އިނގިރޭސީންނާ ގުޅިގެން އެމެރިކާއިން ޔަމަނުގެ ޙޫޘީ ހަނގުރާމަވެރީންނާ ދެކޮޅަށް ރޭ ފަތިހު މި ވަނީ ވަރުގަދަ ޙަމާލާތެކެއް ދީފައެވެ. ވައިގެ މަގުންނާއި ކަނޑުމަގުންނާއި ކަނޑުއަޑީން ދިން މި ޙަމަލާ އަމާޒުކޮށްފައިވަނީ ޙޫޘީ ހަނގުރާމަވެރީންނާއި އެ މީހުންގެ ހަތިޔާރު ގުދަންތަކާއި ވައިގެ ދިފާޢީ ނިޒާމާއި އަދި ތަކެތި އެތެރެކުރުމުގެ ނިޒާމަށްކަމަށް އެމެރިކާއިން ބުނެއެވެ. މި ޙަމަލާދިނީ ރަތްކަނޑުގެ ސަރަހައްދުން އިސްރާއީލަށް މުދާ ގެންދާ ބޯޓުފަހަރުތަކަށް ޙޫޘީން ޙަމަލާދެމުން ގެންދާތީކަމަށް އެމެރިކާއިން ބުނެއެވެ. ނަމަވެސް ޙޫޘީން ބުނަނީ މި ޙަމަލައަކީ އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ޣައްޒާގައި ހިންގާ ނަސްލުހޭދު ހުއްޓުވުމަށް ޓަކައި ދޭ ހަމަލައެއްކަމަށެވެ. ނަމަވެސް ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހިންގާ ޢުދުވާނު ހުއްޓާކަށް އެމެރިކާއަކުން އެއްބަހެއް ނުވެއެވެ.

އިނގިރޭސި އާރުއެއެފުގެ ޓައިފޫން މަތީންދާ ބޯޓެއް، ޔަމަނަށް ޙަމަލާދިނުމަށް ޓަކައި އެމެރިކާގެ ލަސްކަރާ ގުޅުމަށް ޓަކައި އިނގިރޭސި އިސްޓޭޝަނުން ނައްޓައިލަނީ. (ފޮޓޯ: އަލްޖަޒީރާ)

އެމެރިކާއިން ޔަމަނާ ދެކޮޅަށް ޙަމަލައެއް ދިނުމަށް ޓަކައި ބޮޑު އިއްތިޙާދެއް އެކުލަވައިލާން މަސައްކަތްކުރާތާ ދުވަސްކޮޅެއް ވެފައި ވީމަނަމަވެސް  އިނގިރޭސީން ނޫން ބަޔަކު މި ކަމުގައި ބައިވެރިވާކަށް އެއްބަހެއް ނުވިއެވެ. އެންމެ ފަހުން ވީ ބަޔަކު ލައިގެން ރޭ ފަތިހު މި ޙަމަލާދިނީއެވެ. މި ޙަމަލާގެ ރައްދުގައި ޙޫޘީން ބުނަނީ މި ޙަމަލާއަށް ވަރުގަދައަށް ބަދަލު ހިފާނެކަމަށާއި އެމެރިކާއާއި އިނގިރޭސީންގެ މި ޢުދުވާނަށް ވަރަށް މަތީ އަގެއް އެމެރިކާއިން އަދާކުރާންޖެހޭނެކަމަށެވެ.

އަނެއްކޮޅުން އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން ޤާނޫނުއަސާސީއާ ޙަވާލާދީ ބުނާ ގޮތުގައި ކޮންގްރެސްގެ ހުއްދަ ނުހޯދައި މި ބާވަތުގެ ހަނގުރާމަމަތީ ޢަމަލެއް ރައީސް ބައިޑަނަކަށް ނުހިންގޭނެއެވެ. ބައެއް މެންބަރުން ސިފަކުރާ ގޮތުގައި މިއީ ޤާނޫނުއަސާސީޢާ ޚިލާފު ޢަމަލެކެވެ. އަދި ރައީސަށް ލިބިފައިވާ ބާޜުތައް ހަނިކުރުމަށް ޓަކައި 1973ގައި ފާސްކޮށްފައިވާ "ހަނގުރާނައިގެ ބާރުތަކާ ބެހޭ ޤަރާރާ" ވެސް ޚިލާފަށް ބައިޑަން ދިން ޙަމަލާއެކެވެ. ކުރިމަގުގައި ގާނޫނާ ޚިލާފު އިތުރު ޢަމަލުތައް ނުހިންގާން ބައެއް މެންބަރުން ޖޯބައިޑުނަށް އިލްތިމާސްކޮށްފައިވެއެވެ. (މަޢުލޫމާތު: އަލްޖަޒީރާ/ ބީބީސީ)

Advertisement

ކޮމެންޓް
މަރީ
އެންމެ ފުރަތަމަ މި ޚަބަރު މި ފެނުނީ ފަރަގުން. ސާބަހޭ ފަރަގު ކުދިންކޮޅަށް
12 Jan 2024
ރިޟުވާނު
އެމެރިކާއާއި އިގިރޭސީންނަކީ ދުނިޔޭގެ ބޮޑުފަޑިޔާރުންނޯ.. އެންމެ ހަމަ ބޮޑު އެންމެ ބޮޑަށް ޙައްޤުތައް ދަންނަ މީހުންނޯ... އެމީހުން ބޮޑުފަޑިޔާރުކަން ކުރަނީ އެއްލޮލާ އެއްކަންފަތުން.
12 Jan 2024
ޢަތިއްޔާ
ދުނިޔޭގެ ޚަބަރު ދިވެހި ބަހުން ކިޔާލަން ވަރަށް ސަޅި، ފަރަގް.އެމްވީ
13 Jan 2024