Advertisement

މުސްލިމުންނާއި ޒަޔަނިސްޓް ޔަހޫދީން (2)

05 Jan 2024 | 15:10
.

ޢަބްދުاللّه ފާރޫޤު ޙަސަން

(2024.01.03ގައި ޝާއިޢުކުރި ބައާ ގުޅޭ)

މާތް اللّه އާމެދު އަދަބު ކުޑަކުރުމާއި އިހާނެތިކަން އެކުލެވިފައިވާ ވާހަކަތައް ދެއްކުން:އަރަހުށި މާތް اللّه ވަޙީކުރައްވައިފައިވެއެވެ."ހަމަކަށަވަރުން، اللّهއީ ފަޤީރެކޭ، ތިމަންމެންނީ މުއްސަނދީންނޭ ބުނި މީހުންގެ ބުނުން، اللّه އައްސަވައި ވޮޑިގެންފިކަން ކަށަވަރެވެ." (سورة آل عـمـران: 181)އަދިވެސް ވަޙީކުރައްވައިފައިވެއެވެ."ޔަހޫދީން ބުނޫއެވެ. اللّهގެ އަތްޕުޅުވަނީ ބަންދުވެގެންނެވެ. (ޔަހޫދީން މިހެންބުނީ اللّه އަށް ދަހިކަން ނިސްބަތްކުރުމުގެ ގޮތުންނެވެ." ( سورةالمائدة: 64)

ކައުސާހިބާއާމެދު އަދަބު ކުޑަކުރުމާއި އިހާނެތިކޮށް ވާހަކަ ދެއްކުން:

"ބަސްތައް ހުންނާންވީ ތަންތަން ބަދަލުކޮށް، އޮޅުވާ މީހުން ޔަހޫދީންގެ ތެރެއިން ވެއެވެ. އަދި، ތިމަންމެން އަހައިފީމުއޭ، އަދި، ތިމަންމެން އުރެދިއްޖައީމުއޭ، އަދި، ނީވޭ މީހެއްގެ ގޮތުގައި (ހުންނަވައިގެން އަޑު)އައްސަވާށޭ އަދި، ތިމަންމެންނަށް ބައްލަވާށޭ އެއުރެން ބުނެއެވެ. (އެއުރެން އެފަދަ ބަސްތައް ބުނަނީ) އެއުރެންގެ ދޫތަކުން ބަސްތައް އޮޅުވައިލުމުގެ ގޮތުންނެވެ." (سورة الـنّسـاء: 46)

اللّه ގެ އާޔަތްތަކަށް ކާފިރުވުމާއި ނަބީބޭކަލުން ޤަތުލުކުރުން:

"ފަހެ އެއުރެންގެ ޢަހުދު އުވައިލައި، އަދި އެއުރެން اللّهގެ އާޔަތްތަކަށް ކާފިރުވެ، އަދި ޙައްޤަކާނުލައި ނަބީބޭކަލުން ޤަތުލުކޮށް، އަދި ތިމަންމެންގެ ހިތްތަކަކީ ބަންދުވެފައިވާ ހިތްތަކޭ ބުނެއުޅުމުގެ ސަބަބުން (ތިމަންރަސްކަލާނގެ) އެއުރެންނަށް ލަޢުނަތްލެއްވީމެވެ." (سورة الـنّسـاء: 155)

މާތް اللّه ގެ އަމުރުފުޅުތަކާ ދެކޮޅުވެ ފުރަގަސްދިނުން:

މާތް اللّه ވަޙީކުރައްވައިފައިވެއެވެ."ފޮތުގެ ތެރެއިން ބައެއް (އެއުރެންނަށް) ލިބުނު މީހުން އެއުރެންގެ މެދުގައި، اللّهގެ ފޮތުގައިވާ ގޮތަށް، ޙުކުމްކުރުމަށް ގޮވައިލީމާ، ދެން އޭގެ ތެރެއިން ބަޔަކު ދެކޮޅުވެރިވެ، ފުރަގަސްދީ ދާ ތަން، ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟" (سورة آل عـمران: 23) 

ޢަހުދު އުވައިލުން:

އަރަހުށި މާތް اللّه ޔަހޫދީންގެ ޠަބީޢަތުގައިވާ ޢަހުދު އުވައިލުމާ ގުޅޭ ގޮތުން ވަޙީކުރައްވައިފައިވެއެވެ."އިސްރާއީލުގެ ދަރީންގެ ކިބައިން، ތިމަންރަސްކަލާނގެ ކަށަވަރުވެގެންވާ ޢަހުދުހިއްޕެވި ހިނދު، ހަނދުމަކުރާށެވެ! އެއީ، اللّهއަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށެވެ. އަދި މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާއި، ޔަތީމުންނާއި، މިސްކީނުންނަށް ހެޔޮކޮށް ހިތުމަށެވެ. އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސް ބުނާށެވެ! އަދި ތިޔަބައިމީހުން ނަމާދު ޤާއިމްކުރާށެވެ! އަދި ޒަކާތްދޭށެވެ! ދެން ތިޔަބައިމީހުން ދެކޮޅުވެރިވެގެންވާ ޙާލު، ތިޔަބައިމީހުންގެ ތެރެއިން މަދުބަޔަކު މެނުވީ (ޢަހުދު ފުއްދުމަށް) ފުރަގަސްދިނީއެވެ." (سورة البقرة: 83(އަދިވެސް ވަޙީކުރައްވައިފައިވެއެވެ."އެއުރެން ޢަހްދެއްކުރާ ކޮންމެ ހިނދަކު، އޭގެތެރެއިން ބަޔަކު އެ ޢަހުދުއެއްލައިލަނީހެއްޔެވެ؟ އަދި ކިއެއްތަ! އޭގެ ގިނަމީހުން އީމާނެއް ނުވެތެވެ."  (سورة البقرة: 100)އަދިވެސް ވަޙީކުރައްވައިފައިވެއެވެ."އެއުރެންނަކީ، ކަލޭގެފާނު އެއުރެންނާ ޢަހުދުކުރެއްވި މީހުންނެވެ. ދެންކޮންމެފަހަރަކު، އެއުރެން، އެއުރެންގެ ޢަހުދު އުވާލައެވެ. އަދި އެއުރެން (اللّهއަށް) ބިރުވެތިވާކަމުގައި ނުވެއެވެ." (سورة الأنفال: 56) 

اللّه ގެ ކަލާމްފުޅު ބަދަލުކުރުން:

ޔަހޫދީންގެ މިނުބައި ޢަމަލާ ބެހޭގޮތުން ވަޙީކުރައްވައިފައިވެއެވެ."ފަހެ، އެއުރެންގެ އަމިއްލަ އަތުން ފޮތްލިޔެ، މިއީ اللّه ގެ ޙަޟުރަތުން ބާވައިލެއްވި ފޮތޭ ބުނާ މީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. (އެއުރެން އެކަން ކުރަނީ) ކުޑަ އަގަކަށް އެއުރެން ލިޔުނު ތަކެތި ގަތުމަށްޓަކައެވެ. ފަހެ، އެއުރެންގެ އަމިއްލަ އަތުން ލިޔުނު ތަކެތީގެ ސަބަބުން، އެއުރެންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ. އަދި އެއުރެން ހޯދައިގަންނަ ތަކެތީން ވެސް އެއުރެންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ." (سورة البقرة: 79)އަދިވެސް ވަޙީކުރައްވައިފައިވެއެވެ."އެއީ ފޮތުން ބައެއްކަމަށް ތިޔަބައިމީހުންނަށް ހީވާގޮތަށް އެއުރެންގެ ދޫތަކުން އޮޅުވާލައި، ބަދަލުކޮށްލައިގެން، ފޮތުން ކިޔައިދޭ ބަޔަކު، އެއުރެންގެ ތެރެއިންވާކަން ކަށަވަރެވެ. އެއީ، ފޮތުން ބައެއްކަމުގައި ނުވާގޮތުގައެވެ. އަދި، އެއީ اللّه ގެ ޙަޟްރަތުން ބާވައިލެއްވި އެއްޗެއްކަމުގައި އެއުރެން ބުނެތެވެ. އެއީ، اللّه ގެ ޙަޟްރަތުންބާވައިލެއްވި އެއްޗެއްކަމުގައިނުވާ ޙާލުގައެވެ. އަދި، އެއުރެން ދެނެތިބެ اللّه އާމެދު ދޮގުބަސްތައް ބުނަނީއެވެ." (سورة آل عـمـران: 78) 

ދެކޮޅުވެރިކަމާއި ބޯހަރުކަން:

ޔަހޫދީންގެ ނުކިޔަމަންތެރިކަމާއި ބޯހަރުކަން ބަޔާންކޮށްދެއްވުމުގެގޮތުން ވަޙީކުރައްވައިފައިވެއެވެ."އަދި އޭ مـوسى ގެފާނެވެ! ފާޅުގައި އަހަރެމެން اللّه ދެކެފުމަށް ދާންދެން އަހަރެމެން ކަލޭގެފާނަކަށް އީމާނެއް ނުވާނުއޭ ތިޔަބައިމީހުން ދެންނެވިހިނދު، ހަނދުމަކުރާށެވެ! ދެން ތިޔަބައިމީހުން ބަލަބަލައިތިއްބައި ހޮނުގުގުރި ތިޔަބައިމީހުންގެ މަރު ހިފައިފިއެވެ." (سورة البقرة: 55) 

ކިބުރުވެރިކަން:

ކީރިތި ޤުރްއާނުގައި ޔަހޫދީންގެ ކިބުރުވެރިކަން ބަޔާންކޮށްދެއްވައިފައިވަނީ އަންނަނިވި ޢިބާރާތުންނެވެ."ފަހެ، ތިޔަބައިމީހުންގެ ނަފުސުތައް ނޭދޭ ކަމަކާއިގެން ތިޔަބައިމީހުންގެ ގާތަށް ރަސޫލަކު ވަޑައިގެންފި ކޮންމެ ހިނދެއްގައި (އެކަމަށް އިޖާބަނުދީ) ތިޔަބައިމީހުން ބޮޑާވެގަންނަނީހެއްޔެވެ؟ ފަހެ ތިޔަބައިމީހުން އޭގެ ބައެއް ރަސޫލުން ދޮގުކުޅައީމުއެވެ. އަނެއްބައި ރަސޫލުން ޤަތުލު ކުޅައީމުއެވެ." (سورة البقرة: 87)

ހަސަދަވެރިކަން:

ޔަހޫދީންނަކީ ޚުދު އެބައިމީހުން ފިޔަވައި އެހެން އެންމެހައި އިންސާނުންނާމެދު ނުހަނު ހަސަދަވެރި ބަޔެކެވެ. ޚާއްޞަކޮށް މުސްލިމުންނާމެދު އެބައިމީހުންގެ ހަސަދަވެރިކަން ވަކީން ބޮޑެވެ. އަރަހުށި މާތް اللّه ވަޙީކުރައްވައިފައިވެއެވެ."ފޮތުގެ އަހުލުވެރީންގެ ތެރެއިން ގިނަމީހުން، އެއުރެންނަށް ޙައްޤު ބަޔާންވެއެނގުމަށް ފަހުގައި، އެއުރެން އަމިއްލަޔަށް ހަސަދަވެރިވެގެން ތިޔަބައިމީހުން އީމާންވުމަށް ފަހު އަލުން އަނބުރައި ކާފިރުކަމަށް ރުޖޫޢަކުރެވޭނެނަމައޭ ހިތައި އެކަމަށް އެދުނޫއެވެ." (سورة البقرة: 109) 

ޙައްޤާއި ބާޠިލު އޮޅުވައިލުމާއި ޙައްޤު ވަންހަނާކުރުން:

މިއީ، ޔަހޫދީންގެ ވަރަށް ޢާންމު ސިފައެކެވެ. ކުޑަ ވެސް ފަސްޖެހުމެއް، ލަދެއްޙަޔާތެއްނެތި ކުރަމުންއަންނަ ކަމެކެވެ. މާތް اللّه ކީރިތި ޤުރްއާނުގައިވަޙީކުރައްވައިފައިވެއެވެ."އަދި ތިޔަބައިމީހުން ޙައްޤާއި ބާޠިލު އޮޅުވައިނުލާށެވެ! އަދި ތިޔަބައިމީހުން ދެނެތިބި ޙާލުގައި ޙައްޤު ވަންހަނާ ނުކުރާށެވެ!" (سورة البقرة: 42) 

ކެހިވެރިކަން:

ޔަހޫދީންގެ މި ހުތުރު ސިފަޔާމެދު ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ."ފޮތުގެ އަހުލުވެރިންގެ ތެރެއިން ބަޔަކު (އެއުރެންގެ އަނެއް ބަޔަކާ ދިމާޔަށް) ބުނޫއެވެ. އީމާންވި މީހުންނަށް ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި ޤުރްއާނަށް) ދުވާލުގެ ކުރީކޮޅުގައި ތިޔަބައިމީހުން އީމާންވާށެވެ! ދެން އެ ދުވަހުގެ ފަހުކޮޅުގައި ތިޔަބައިމީހުން (އެއަށް ކާފިރުވާށެވެ. އެއީ، އެއުރެން (އެބަހީ: މުއުމިނުން އެއުރެންގެ ދީނަށް) އެނބުރި ރުޖޫޢަވޭތޯއެވެ! އަދި (އެއުރެން ބުނޫއެވެ.) ތިޔަބައިމީހުންގެ ދީނަށް ތަބަޢަވި މީހަކަށް މެނުވީ، ތިޔަބައިމީހުން އީމާން ނުވާށެވެ!" (سورة آلعمران: 73، 72)

ވަހުމާއި ޚުރާފަތާއި ޠާޣޫތަށް އީމާންވުން:

އަރަހުށި މާތް اللّه ވަޙީކުރައްވައިފައިވެއެވެ."ފޮތުގެ ތެރެއިން ބައެއް އެއުރެންނަށް ލިބުނު މީހުން، ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމުތޯއެވެ؟ އެއުރެން ބުދަށާއި، ޝައިޠާނާއަށް އީމާންވެއެވެ. އަދި، ކާފިރުވި މީހުންނަށް، އެއުރެން ބުނެތެވެ. އީމާންވެގެންތިބި މީހުންނަށްވުރެ މިބައިމީހުންނަށް ތެދުމަގު ލިބުން ބޮޑެވެ." (سورة الـنّسـاء: 51) 

އަނިޔާވެރިވުމާއި ސޫދުގެ ލޭންދޭންކުރުމާއި ނާޖާއިޒު ގޮތްގޮތުން މީހުންގެ މުދާ ކެއުން:

ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ."ޔަހޫދީންކަމުގައިވީ މީހުންނަށް ޙަލާލުކުރައްވައިފައިވާ ރަނގަޅު ތަކެތި، އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ ޙަރާމްކުރެއްވީ، އެއުރެން އަނިޔާވެރިވުމުގެ ސަބަބުންނެވެ. އަދި، އެއުރެން اللّهގެ މަގަށް ގިނަގިނައިން ހުރަސްއަޅައި އުޅުމުގެ ސަބަބުން ވެސް މެއެވެ. އަދި، އެއުރެންނަށް އެ ކަންތައް ނަހީކުރައްވައިފައިވާ ޙާލުގައި އެއުރެން ރިބާ ހިފިކަމުގެ ސަބަބުންނެވެ. އަދި، މީސްތަކުންގެ މުދާތައް ބާޠިލުގޮތުގައި އެއުރެން ކެއުމުގެ ސަބަބުންނެވެ." (سورة الـنّسـاء: 161-160) 

މުންކަރާތް ނަހީ ނުކުރުން:

ޔަހޫދީންގެ ނުބައި ޚަޞީލަތްތަކުގެ ތެރޭގައި އެބައިމީހުން ނުބައި ކަންތައްމަނާނުކުރާކަން ވެސް ހިމެނެއެވެ. އަރަހުށި މާތް اللّه ވަޙީކުރައްވައިފައިވެއެވެ."އިސްރާއީލުގެ ދަރީންގެ ތެރެއިން، ކާފިރުވި މީހުންނަށް داؤد ގެފާނާއި،مريـمގެފާނުގެ ދަރިކަލުން عـيسـىގެފާނުގެ ދޫފުޅުމަތީން ލަޢުނަތް ލައްވައިފައިވެއެވެ. އެއީ އެއުރެން އުރެދުނުކަމަށް ޓަކައެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅައި ދާކަމުގައި އެއުރެން ވީކަމަށްޓަކައެވެ. އެއުރެންކުޅަ ނުބައިކަންތައް، އެއްބަޔަކު އަނެއްބަޔަކަށް ނަހީކޮށެއް ނުއުޅެތެވެ. އެއުރެން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ!) (سورةالمائـدة: 79، 78)

ކާފަރުންނާ ރަޙުމަތްތެރިވުން:

ޔަހޫދީންނަކީ ކާފަރުންގެ ރަޙުމަތްތެރީންނެވެ. މާތް اللّه ވަޙީކުރައްވަނީ މިފަދައިންނެވެ."އޭގެތެރެއިން ގިނަމީހުން ކާފިރުވި މީހުންގެ އެކުވެރިކަން ލިބިގަންނާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއުރެންގެ ނަފުސުތައް، އެއުރެންނަށް ޓަކައި، ކުރިމަތިކުޅަ ކަންތަކުގެ ނުބައިކަމާއެވެ! އެއީ اللّه، އެއުރެންގެ މައްޗަށް ކޯފާލެއްވުމެވެ. އަދި އެއުރެންނީ ޢަޛާބުގެ ތެރޭގައި އަބަދަށް ދެމި ތިބޭނޭ ބަޔަކު ކަމުގައިވުމެވެ." (سورةالمائدة:80)

(ނުނިމޭ)

އެޑިޓަރުގެ ނޯޓް
ޢަބްދުﷲ ފާރޫޤު ޙަސަނަކީ ދިވެހި އަދަބުގައި އިތުރު ތަޢާރަފަކަށް ބޭނުން ނުވާ ފަދަ މަޝްހޫރު އަދީބެކެވެ. އެންމެ ދިގު މުއްދަތެއްގައި ދިވެހިބަހުގެ ބަސް ކޮމެޓީގައި ކޮމެޓީގެ މުޤައްރިރުގެ ހައްިސިއްޔަތުން ޚިދުމަތްކުރެއްވި ބޭފުޅަކީ ވެސް ފާރޫޤެވެ. ފާރޫޤު ޙަސަނަކީ އެންމެ ގިނަ ފޮތް ލިޔުއްވައި، ޚާއްޞަކޮށް ތަރުޖަމާކުރައްވައި ޝާއިޢުކުރެއްވި އަދި މިހާރު ވެސް އެ ޚިދުމަތުގައި ދެމި ހުންނެވި ކުޅަދާނަ އަދީބެކެވެ. މުތަރުޖިމެކެވެ. (އިތުރަށް ވިދާޅުވޭ)

Advertisement

ކޮމެންޓް