Advertisement

އެމެރިކާގެ އިސް ދެ އޮފިޝަލަކު މެދުއިރުމަތީގައި: ކީއްކުރަނީ؟

05 Jan 2024 | 07:49
އިސްރާއީލުގެ އިސް އޮފިޝަލަކު އިސްލާއީރުގެ އެއަރުޕޯޓުގައި (ފޮޓޯ: ދަ ޓައިމްސް އޮފް އިސްރާއީލް)

މަކަރުވެރިކަމުގެ ދާ ފަތުރާން އެމެރިކާގެ ދެ މަސްއޫލުވެރިއަކު މެދުއިރުމަތީގައި އެބަ އުޅެއެވެ. ނުބައި ނުލަފާ މަކަރުވެރި ޔަހޫދީންގެ ދޮގުވެރި މަކަރުވެރި ބައިވެރިޔާކަމަށްވާ އެމެރިކާގެ ޚާރިޖީ މުޒާރާގެ އިސް ދެ ވެރިއަކު ޙީލަތްތެރި ދަތުރެއްގައި މެދުއިރުމައްޗަށް މިހާރު ގޮސްގެން އުޅޭ އިރު، އެ މީހުންގެ މަގުސަދު މުސްލިމުން ހަނދާން ނައްތައިލައިފި ނަމަ، އިސްލާމީ ގައުމުތަކުގެ ވެރީންގެ ބޯކައިލާން އެ މީހުން ވަރަށް މޮޅުވާނެއެވެ. މި ދަތުރުގައި އެ މީހުން އިސްރާއީލާއި އުރުދުނަށް ޒިޔާރަތްކުރަމުންދާ އިރު، އެ ދަތުރުގެ ބޭނުމަކީ "އިސްރާއީލުގެ ސަލާމަތަށް އެމެރިކާއިން ދޭ ވަރުގަދަ ތާއީދާއި އިސްރާއީލާއި ހަމާސްގެ ހަމަނުޖެހުން އިތުރަށް ފެތުރުނަ ނުދިނުމަށް ޓަކައި އެމެރިކާއިން ކުރާ މަސައްކަތުގައި އެ ގައުމުތައް ބައިވެރިކުރުން"ކަމަށް އެމެރިކާއިން ބުނެއެވެ. މި ދަތުރުގައި ބައިވެރިވަނީ ވަރަށް އިސް ދެ ވެރީންނެވެ. އެއީ ޚާރިޖީ ކަންތައްތައްތަކާ ބެހޭ ވުޒާރާގެ ކައުންސެލަރު ޑެރެކް ޗޮލެޓާއި  ޚާރިޖީ ވަޒީރުގެ، ކައިރި އިރުމަތީގެ ގައުމުތަކާ ބެހޭ އެހީތެރިޔާ ބާބަރާ ލީފެވެ.

މި ދަތުރުގެ އެންމެ މުހިންމު ބޭނުމަކީ އިސްރާއީލުގެ ޖަލުތަކުގައި ނުހައްގުން ބަންދުކޮށްފައި ތިބި ފަލަސްތީނުގެ މަޢުޞޫމު އެތައް ރައްޔިތުންނެއްގެ މަތީން ހަނދާންނައްތައިލައި، ޙަމާސް ޖަމާޢަތުން ރަހީދުކޮށްފައި ތިބިކަމަށް ބުނާ އަސީރުން މިނިވަންކުރުމަށް ކުރެވިދާނެ ކަންތައްތައްތަކާ ގުޅޭ ގޮތުން މަޝްވަރާކުރުންކަމަށް ޚަބަރު ލިބިފައިވެއެވެ. ނަމަވެސް މި ދެ މީހުން ބުނަނީ މި ދަތުރުގެ ބޭނުމަކީ "ބާކީ ތިބި ހުރިހާ ރަހީނުން ދޫކޮށްލުމަށް މަގުފަހިކޮށްދިނުމާއި، ޣައްޒާގައި ފަލަސްތީނުގެ އާންމުންނަށް އިންސާނީ އެހީތެރިކަން އިތުރުކުރުމާއި، އާންމުން ހިމާޔަތް ކުރުމަށް ހުރިހާ ފިޔަވަޅެއް އެޅުމުގެ މުހިންމުކަން ފާހަގަކުރުން"ކަމަށެވެ. އަދި ޣައްޒާގައި ނުޙައްގުން ޣައިރުގާނޫނީ ގޮތެއްގައި ވަޒަންވެރިކުރުވައިފައި ތިބި ޔަހޫދީންގެ ފުށުން ޣައްޒާގެ ރައްޔިތުންނަށް ކުރާ އަނިޔާއާއި ގޯނާއާ ބެހޭ ގޮތުން އިސްރާއީލާ ވާހަކަދައްކާނެކަމަށް ވެސް އެ މީހުން ބުނެއެވެ. އެ މީހުންގެ އެ ވަހަކަތަކަކީ އެއްވެސް އިތުބާރު ހުރި ވާހަކަތަކަކަށް ނުވިޔަސް އެ ފަދަ ކަންކަންކުރާ ޔަހޫދީން އެ ކަމުގެ ޒިންމާ އުފުލާންޖެހޭނެކަމަށާއި އެކަމުގައި އެ މުޖުރިމުން ޖަވާބުދާރީކުރުވާން އިސްރާއީލަށް "ހަނދާންކޮށްދޭނެ"ކަމަށް ވެސް އެ މީހުން ބުނެއެވެ.

އެމެރިކާގެ ހަގީގީ ބޭނުމަކީ، ފަލަސްތީނުގެ މިނިވަންކަމުގެ ޙަރަކާތްކުއްޓުވުމަށް ޓަކައި ޙަމާސް ޖަމާއަތް ނައްތައިލުމާއި ފަލަސްތީނުގެ ބިންތައް ފޭރުމުގައި އިސްރާއީލަށް އެހީވެދިނުމުގައި ޢަރަބީންގެ ރުހުން ހޯދުމެވެ. އެންމެ ކުޑަމިނުން ޔަހޫދީން ހިންގާ ޢުދުވާނުތަކަށް ލޯމަރައިލައިގެން އެ މީހުން ތިބުމަށް އެއްބަސްކުރުވުމެވެ. ނަމަވެސް ފަލަސްޠީނުގެ އެންމެ ރައްޔިތަކު ދުނިޔޭގައި ހުއްޓައި ވެސް ފަލަސްތީނުގެ މިނވަންކަމުގެ ރޫޙު މަރައިލެވޭނެކަމަކަށް ގަބޫލެއްް ނުކުރެވެއެވެ. ޙަމާސް ކިޔާ ޖަމާޢަތެއް އޮތަސް ހަގީގަތުގައި ފަލަސްތީނުގެ ކޮންމެ ރައްޔިތަކީ ވެސް ރޫޙީ ގޮތުން ޙަމާސްގެ މެންބަރެކެވެ. ފަލަސްތީނުގެ ރައްޔިތުންނާ ޙަމާސާ ޖައްސައި ހަމާސާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން ނެރޭން އިސްރާއީލާއި އެމެރިކާއިން ހިންގާ ކެންޕޭނު ކާމިޔާބު ނުވާނީ އެހެންވެގެންކަމަށް ގަބޫލުކުރާން ޖެހެއެވެ.

Advertisement

ކޮމެންޓް