"ނަތަންޔާހޫއާއި ހިޓްލަރާ ތަފާތެއް ނެތް" – ޠައްޔިބު އިރްދުޣާން
ތުރުކީވިލާތުގެ ރައީސް ޠައްޔިބު އިރްދުޣާން ވިދާޅުވާ ގޮތުގައި ނާޒީ ދުވަސްވަރު ޖަރުމަނުވިލާތުގައި އުފެދުނު ހިޓުލަރާއި އިސްރާއީލުގެ ހައްދު ފަހަނަޅައިފައިވާ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫއާ ތަފާތެއް ނެތެވެ. ނަމަވެސް ވަރަށް ބޮޑު ތަފާތެއް އެބަ ހުއްޓެވެ. އެހެނީ ހިޓްލަރުގެ އަނިޔާވެރިކަން ހަމައެކަނި އޮތީ މަދު ދުވަސްކޮޅަކަށެވެ. އެނެމެ ފަހުން އޭނާ އަމިއްލައަށް މަރުވެގެން އެ އަނިޔާވެރިކަމުން ދުނިޔެ ސަލާމަތްކުރިއެވެ. ނަމަވެސް ނަތަންޔާހޫގެ ނުބައިނުލަފާކަން މާ ގިނަ ދުވަހަށް ދެމިގެން އެބަ އާދެއެވެ. އަދި ހިޓްލަރު އުޅުނީ ޔަހޫދީންގެ ނުރައްކަލުން ދުނިޔެ ސަލާމަތްކުރާށެވެ. ނަމަވެސް ނަތަންޔާހޫ ކުރަ ކަމަކީ ފަލަސްތީނުގެ ނަސްލު ނައްތައިލައި ފަލަސްތީނުގެ ބިންތައް ފޭރުމެވެ. ބައިނަލްއަގުވާމީ ގާނޫނުތަކަށް ގޮން ޖަހަމުންވެ. ހިޓްލަރުގެ ދުވަސްވަރު އދ.އެއް ނޯވެއެވެ. އެހެންވީމާ ހިޓްލަރާ އަޅައި ބަލާއިރު ނަތަންޔާހޫގެ އަނިޔަވެރިކަން އެތައް ގުނައަކަށް އިތުރެވެ.
ހިޓްލަރާއި ނަތަންޔަހޫއާ ތަފަތެއް ނެތްކަމަށް މިއަދު އިރްދުޣާން ވިދާޅުވުމުގެ މަގުޞަދަކީ ނަތަންޔާހޫގެ އަނިޔާވެރިކަން ހައްދުން ނައްޓައިފައިވާކަން ހާމަކުރެއްވުމެވެ.
ނޭޓޯގެ މެންބަރުކަން ކުރާ ތުރުކީވިލާތަކީ ފަލަސްތީނު-އިސްރާއީލް މައްސަލައިގައި ދެ ދައުލަތުގެ ޙައްލަކަށް ތާއީދުކުރާ ގައުމެކެވެ. އަދި އިސްރާއީލުން ވަޔާއި އެއްގަމުން ޣައްޒާއަށް ދޭ ޢުދުވާނީ ޙަމަލާ އެންމެ ބޮޑަށް ކުށްވެރިކުރާ ގައުމަކީ ވެސް ތުރުކީވިލާތެވެ. އަދި ތުރުކީވިލާތުން އިސްރާއީލަށް ކިޔަނީ "ނިރުބަވެރި ދައުލަތެއް"ކަމަށެވެ. އަދި އެ ދައުލަތުގެ އިސްވާރުންގެ މައްސަލަ ބައިނަލްއަގުވާމީ ކޯޓަށް ހުށަހަޅާން ޖެހޭނެކަމަށް ވެސް ތުރުކީވިލާތުން ބުނެއެވެ.
އިރްދުޣާންގެ ބަލާޣާތްތެރި ތަޤުރީރުގައި ވިދާޅުވެފައިވަނީ އިލްމީ ފާޑުކިޔުންތަކަށް ތުރުކީވިލާތުން މަރުޙަބާކިޔާނެކަމަށާއި ޣައްޒާގެ ހަމަނުޖެހުމާމެދު ފާޑުކިޔާ ބައެއް ސައެންސަވެރީންނަށް ވެސް މައްސަލަތައް ކުރިމަތިވާ ކަމަށެވެ. އަދި ހުޅަނގުގެ ގައުމުތަކުން އިސްރާއީލުގެ ޢުދުވާނަށް ތާއީދުކުރާތީ އިރްދުޣާން ވަނީ އެއީ ހަނގުރާމައިގެ މުޖުރިމުންކަމަށް ސިފަކުރައްވައިފައެވެ.
"އެބައިމީހުން ހިޓްލަރުގެ އަނިޔާވެރިކަމުގެ ވާހަކަދައްކައެވެ. ހިޓުލަރާއި އިނބާ ދެމެދު ހުރި ތަފާތަކީ ކޮބައިހެއްޔެވެ؟ ހިޓްލަރުގެ ނެތްކަން އަހަރެމެންނަށް ވިސްނައިދެނީތާއެވެ! ހިޓްލަރުކުރިކަންތައް މިއަދު ނަތަންޔާހޫ ކުރި ކަންތަކަށްވުރެ ވަކި ކުޑަހެއްޔެވެ؟" އިރުދުޣާން ސުވާލުކުރެއްވިއެވެ.