އަލަށް އީޖާދުކުރި ދަތްއުނގުޅާން ޚާއްސަ އާލަތެއް
ދަތް ސާފުކުރާ ޞިއްޙީ ބުރުހެއް ވިލާތުގެ ދަތުގެ ސިއްހަތާ ބެހޭ އާލަތް އުފެއްދުމުގައި މަޝްހޫރު ގައުމެއްކަމުގައިވާ ލިކްޓުންސްޓައިންގެ ކުންފުންޏަކުން އުފައްދައިފައިވާ އާލަތެއް ވިލާތުގައި ވަރަށް މަޝްހޫރުވެއްޖެއެވެ. މިއީ ޓީތުކެއަރގެ ނަމުގައި އުފައްދައިފައިވާ އިންގިލާބީ އުފެއްދުމެކެވެ. މިއީ މުޅިން އާ އުފެއްދުމެކެވެ. މި އާލަތް ބޭނުންކޮށްގެން ދަތާއި ހިރުގަނޑު މަސާޖުކޮށްލުމާއި ދަތްސާފުކުރުމާއި ދަތް ހުދުކޮށްލުން ފަދަ، ދަތްޕިލައާ ބެހޭ ހުރިހާ ކަމެއް ސިކުންތުކޮޅެއްގެ ތެރޭގައި ނިންމައިލެވެއެވެ. ޙައްސާސީ ހިރުގަނޑު ހުންނަ މީހުންނާއި ހެނދުނު ކަންނެތްވެގެން އިތުރަށް ނިދައިލާން ބޭނުންވާ މީހުންނާއި ޑެންޓިސްޓަކަށް ދައްކާން ބިރުގަންނަ މީހުންނަށް މިއީ ވަރަށް ބޭނުންތެރި އާލަތެކެވެ.
މި ބާވަތުގެ ތަކެތި އުފައްދާ މީހުން ކަރަންޓް ބުރުސް އުފެއްދި ފަހުން ވެސް ދަތް އުނގުޅުމުގެ ވައްޓަފާޅިއަކަށް ބަދަލެއް ނާދެއެވެ. އަދި ދަތް ގިރުމާއި ހިރު ގިރުން ފަދަ އަދި ދަތް ރީނދޫވުން މައްސަލަތަކަށް ވެސް ހައްލެއް ނާދެއެވެ. ނަމަވެސް އަލަށް މި އުފެއްދި 'ޓީތު ކެއަރ'ގެ ސަބަބުން މި އުނދަގޫ މައްސަލައަށް ޙައްލެއް ލިބުނީއެވެ. މި އާ އީޖާދުގެ ސަބަބުން އެއް ވަގުތެއްގައި ފަސޭހަކަމާއެކު ހުރިހާ ދަތްތަކެއް ސާފުކޮށްލެވި އެ ކަމަށް ހޭދަވާ ވަގުތު އެތައް ގުނައެއް ކުޑަކޮށްލެވެއެވެ. މިނިޓަކަށް ވުރެ ވެސް އަވަހަށް ދަތްތައް ސާފުކޮށް އޮފުކޮށްލެވޭ މި އާލަތަކީ ޚަރަދު ކުޑަ އަދި ވަގުތު ސަލާމަތްކުރެވޭނެ އާލަތެކެވެ.
މި އާލަތް ނުވަތަ ޞިއްޙީ ބުރުސް ވަރަށް ހަލުވިކަމާއެކު މުޅި ޔޫރަފަށް ފެތުރިއްޖެއެވެ. މި ބުރުސް ނުވަތަ އާލަތް ބޭނުންކޮށްލުމަކީ ވެސް ނުހަނު ފަސޭހަކަމެކެވެ. މުޅި ބުރުހުގައި ދަތްއުނގުޅާ ބޭސް އުނގުޅުމަށް ފަހު އަނގައިގެ ތެރެއަށް ލަނީއެވެ. ދެން ސުވިޗް ޖައްސައިލީމާ މިނިޓެއް ވެސް ނުވަނީސް ދެ ދަތްޕިލާއާއި ދެ ދަތް ދޭތެރެ ވެސް ސާފުކޮށް އޮފުކޮށްލެވެއެވެ. ދަތްތަކަށާއި ހިރުގަނޑަށް އެއްވެސް ގެއްލުމެއް ނުލިބި ހިރުގަނޑު މަސާޖުވެސް ކޮށްލެވެއެވެ. މިއީ ދަތް އުނގުޅުން ބޮޑުކަމަކަށް ވެގެން އުޅޭ މީހުންނަށް ރަނގަޅު ހައްލެކެވެ.
މި ބުރުސް ނުވަތަ ޓީތު ކެއާރއޭ ކިޔާ އާލަތުން ދަތް ސާފުކޮށްލާއިރު ދަތަށް ކުޑަވެސް ގެއްލުމެއް ނުލިބެއެބެ. އަދި ތަދެއް ވެސް އިހުސާސެއް ނުކުރެވޭނެއެވެ. އޭގެ ބަދަލުގައި ދަތްޕިލައާއި ހިރުގަނޑަށް ލިބޭނީ އަރާމެވެ.
(މަޢުލޫމާތު: މެލޭމެއިލް)