Advertisement

ގެއްލުނު ޣައްޒާއެއްގެ ރައްދު އަޑުތައް: ފޭދުނު އުންމީދުތައް

27 Dec 2023 | 16:31
"އެކޯސް އޮފް އަ ލޮސްޓް ޣައްޒާ: ފޭޑޭޑް ހޯޕްސް" ޑޮކިއުމެންޓްރީ ގެ މަންޒަރެއް

އަބާ މުޙަންމަދު

ޣައްޒާގައި އޮތް ޙިސާރުކުރުންތަކާއި ހަނގުރާމައާއި ހަމަނުޖެހުންތަކުގެ ސަބަބުން އެ ގައުމުގެ ރައްޔިތުންގެ އުންމީދުތައް ފަނޑުވެފައިވާ ގޮތުގެ މައްޗަށް ބަލައިލައި، މަޝްހޫރު ކިތާބީ ފިލްމު އުފެއްދުންތެރިޔާ މަރިޔަމް ޝާހީން، "ގެއްލުނު ޣައްޒާއެއްގެ ރައްދު އަޑުތައް: ފޭދުނު އުންމީދުތައް" (އެކޯސް އޮފް އަ ލޮސްޓް ޣައްޒާ: ފޭޑޭޑް ހޯޕްސް) މި ނަމުގައި ކިތާބީ (ޑޮކިޔުމެންޓަރީ) ފިލްމެއް އުފައްދައިފިއެވެ.  ޑޮކިއުމެންޓްރީ ޑައިރެކްޓަރު މަރިޔަމް ޝާހިނަކީ ޣައްޒާއާ ބެހޭ ގޮތުން ފިލްމުތައް އުފައްދާތާ 30 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މީހެކެވެ. "އަލްޖަޒީރާ އިނގިރޭސި"އަށް 2009ވަނަ އަހަރު އުފެއްދި ޑޮކިއުމެންޓްރީގައި ޣައްޒާގައި ތިބި ފަލަސްތީނުގެ މި ފަދަ ހަ ހަދިސާއެއްގެ ވާހަކަ ބަޔާންކޮށްފައިވެއެވެ. 2005ވަނަ އަހަރު ފަލަސްތީނަށް ބަދަލުވި އިރު، ޣައްޒާ ވެސް ހިމެނޭ ގޮތުން އިސްރާއީލުގެ ވަކިތަކުން ޣައްޒާ ވަކިވުމަށް ފަހު، ފަލަސްތީށް އަންނާނެ ފާގަތި ދުވަސްތަކާ މެދު ވަރުގަދަ އުންމީދީ އިހުސާސެއް ކުރެވުނެވެ. ނަމަވެސް 2009ވަނަ އަހަރުގެ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ބިނާރާއި އަވަށްތަކާއި ވިޔަފާރިތަކާއި މުޅި މުޖުތަމަޢަށް ވަރަށް ބޮޑަށް ގެއްލުމެއް ލިބުނެވެ. – އަދި އެ އުންމީދީ ވިސްނުން ވަނީ ވިއްސިވިހާލިވެފައެވެ.

މި ކިތާބީ ފިލްމުގައި މިހާރު، އިސްރާއީލުގެ ޢުދުވާނުގެ ސަބަބުން ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި މަރިޔަމް ޝާހީން ވަނީ މި ހާދިސާތަކުގެ ފަސްމަންޒަރަށް ބަލައިލައި، 16 އަހަރު ދުވަހުގެ ޙިޞާރާއި ފަގީރުކަމާއި، ހަމަނުޖެހުންތަކަށް ފަހު، ނައްތައިލެވިފައިވާ ގާބިލުކަމާއި، ގެއްލިފައިވާ އުންމީދާއި، ފަނާވެފައިވާ ދިރިއުޅުމާ މެދު، މި ޑޮކިޔުމެންޓަރީގައި ޚާއްޞަ ނަޒަރެއް ދީފައެވެ.

އެނގިފައިވާ ގޮތުގައި 30 މިނިޓް 49 ސިކުންތުގެ މި ޑޮކުއުމެންޓަރީ މިއަދު ވަނީ އަލްޖަޒީރާއިން ދުރަށް ދައްކައިފައެވެ.

ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި މަރިޔަމް ޝާހީން ވަނީ 70 ޑޮކިއުމެންޓަރީއެއް އުފައްދަވައިފައެވެ. އެ ހުރިހާ ފިލްމަކަށް އިރުޝާދުދެއްވައިފައިވަނީ (ޑައިރެކްޓްކޮށްފައި ވަނީ) ވެސް އޭނާއެވެ. ޝާހީނަކީ އުރުދުންގައި ގާއިމުކުރެވިފައިވާ ފިލްމު އުފައްދާ ކުންފުންޏެއްކަމަށްވާ "މައިސަރާ ފިލްމުސް"ގެ އެއް މުއައްސިސެވެ. އޭނާ ވަނީ މެދުއިރުމަތީގެ މި ފަދަ ހަމަނުޖެހުންތަކުގެ ތެރޭގައި ދެ ފޮތެއް ވެސް ލިޔުއްވައި ތަޞްނީފުކުރައްވައިފައެވެ. އެއީ "ޕެލަސްޓައިން: އަ ގައިޑް"އާއި "އަންހާރޑް ވޮއިސަސް: އިރާޤީ ވިމަން އޮން ވާރ އެންޑް ސެންކްޝަންސް" (ނީވޭ އަޑުތައް: ހަނގުރާމައާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އިރާގުގެ އަންހެނުން) ވެސް ޝާއިޢުކުރައްވައިފައެވެ. މީގެ އިތުރަށް އޭނާއަކީ ސަގާފީ މަޖައްލާއެއްކަމަށްވާ "އަރަމްކޯވޯލްޑް"އަށް ގަވާއިދުން ލިޔުއްވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Echoes of a Lost Gaza – Episode 1: Faded Hopes | Featured Documentary

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ ބިޔުޓީ ފިޔަވައި އެހެން ހުރިހައި ދާއިރާއަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ. މީގެ ކުރީން އޭނާ ވަނީ އެހެން ބައެއް ނޫސްތަކަށް ވެސް ލިޔުއްވައިފައެވެ.

Advertisement

ކޮމެންޓް