Advertisement

ޣައްޒާގައި ބަންދުކޮށްފައި ތިބި ޔަހޫދީ އަސީރުން، އިސްރާއީލު ސިފައިންގެ ހަމަލާއިން މަރަނީ؟!

17 Dec 2023 | 05:29
ޔަހޫދީ އަސްކަރިއްޔާއިން ބަޑިޖަހައި މަރައިލި ޔަހޫދީ ތިން އަސީރުން (ފޮޓޯ: ހާރޭޒް)

ޙަމާސް ޖަމާޢަތް ވުޖޫދުން ފޮލެލާނަމޭ ބުނެ ގަދަ ބަސް ބުނެ ޔަހޫދީ ސިފައިން، ފަލަސްތީނުގެ ނަސްލު ނައްތައިލުމަށް ޓަކައި ހިންގާ ނަސްލުހޭދުގައި އެ މީހުންނަށް ކުރެވޭހާ ވެސް ކަމަކީ އެމެރިކާގެ މަދަދާ އެކު ވައިގެ މަގުން ބޮމާއި ރޮކެޓު ޙަމަލާ ދީގެން ކުށެއްނެތް މަޢުޞޫމު ރައްޔިތެއް ޝަހީދުކުރުމާއި ތަހުޒީބު ރަށެއް ސުންނާފަތިކޮށް ވީރާނާކޮށްލުމެވެ. ހަމާސް ޖަމާޢަތަށް ހީނަރުކަމެއް ނުގެނެވުނެވެ. ޙަމާސް އޮތީ ދޫ ދޭ ގޮތަކަށް ނޫނެވެ. އެ މީހުން ބުނެފައިވަނީ މި ފަހަރު އޮތީ މުޅީން ވެސް ކާމިޔާބުކަމަށެވެ. ފަލަސްތީނު މިނިވަންވުމެވެ. ނުވަތަ އެންމެން ޝަހީދުވުމެވެ. ދޫދިނުމެއް ނެތެވެ.

އެ މީހުން މާ މޮޅުކަމަށް ބުނާ ޓޭންކްތަކާއި އަގުބޮޑު ބަރުހަތިޔާރުތައް ޙަމާސުން އެބަ ހަލާކުކޮށްލައެވެ. ސިފައިންގެ އެތައް ބަޔަކު ވަރައިލައިފިއެވެ. އިސްރާއީލުން އެކަން ސިއްރުކުރަނީ އެ މީހުންގެ އަސްކަރީ މަސްލަހަތަށް ޓަކައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ސިފައިން އޮޅިގެން ޣައްޒާގައި ރަހީނުކޮށްފައިވާ ތިން މީހަކު ބަޑިޖަހައި މަރާލާފައިވާ ކަމަށެވެ. ޙަމާސްގެ މި ޢަޒުމާއި ހިތްވަރު ފެނިފައި އެއްގަމު މަގުން ފަލަސްތީނަށް ޙަމަލާދޭ މީހުން މިހާރުވަނީ ބުއްދި ގޯސްވެފައި ކަހަލައެވެ. އިއްޔެ ޚަބަރު ލިބުނީ އިސްރާއީލުން ސަލާމަތްކުރާން އުޅޭކަމަށް އެ ބުނާ އަސީރުންގެ ތިން މީހަކު ޔަހުދީ ލަސްކަރުން ބަޑިޖަހައި މަރައިލި ވާހަކައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ޣައްޒާގައި ތިބި އެގައުމުގެ ސިފައިންނަށް އޮޅިގެން ތިން ރަހީނެއްގެ ގަޔަށް ބަޑިޖަހައި މަރައިލެވުނީ އެމީހުންނަކީ ނުރައްކަލެއްގެ ގޮތުގައި ހީކުރެވިގެންނެވެ. އެހާ ވެސް އެ މީހުން އުޅެނީ ބިރުންނެވެ. އެހެންވެ "ގަހަކުން ފަތެއް ހިރިލިޔަސް" ހީވަނީ "ފަހަތުން" ހަމާސްގެ މީހަކު އަންނަހެންނެވެ. އެހެންވެ ސިއްސައިގެން ގޮސް އެ މީހުންގެ އަމިއްލަ ރައްޔިތުންގެ ތެރެއިން ތިން މީހަކު މަރައިލީއެވެ. "ހާދިސާ ހިނގި ސަރަހައްދު ބަލައި ފާސްކޮށް ޗެކް ކުރުމުގެ ތެރޭގައި މަރުވި މީހާގެ އައިޑެންޓިޓީއާ މެދު ޝައްކު އުފެދުނު"ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. "އެމީހުންގެ ހަށިތައް ބަލައި ފާސްކުރުމަށް ޓަކައި އިސްރާއީލުގެ ސަރަހައްދަށް ގެންގޮސް ބަލައި ޗެކުކުރިއިރު އެއީ އިސްރާއީލުގެ ތިން ރަހީނެއްކަން ކަށަވަރުވީ"އެވެ.

އަސްކަރިއްޔާއިން ބުނީ އޮޅިގެން މަރައިލެވުނު ތިން މީހުންނަކީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން ކިބުޓްޒް ކްފާރު އާޒާއިން ރަހީނުކުރި ޔޮތަމް ހައިމް އާއި ސާމިރު ތަލަލްކާއާއި ކިބުޒް ނިރް އާމުން ރަހީނުކުރި މީހެއްކަމަށެވެ. ތިންވަނަ ރަހީނުގެ ނަން ހާމަނުކުރާން ޢައިލާއިން އެދިފައިވާތީ ހާމަނުކުރީކަމަށް ވެސް ބުނެފައިވެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައި ވަނީ މި ހާދިސާ ހިނގި ސަރަހައްދަކީ "މިދިޔަ ދުވަސްތަކުގައި ހިނގަމުންދާ ހަނގުރާމަތައް ހިނގާފައިވާ އެކްޓިވް ކޮމްބަޓް ސަރަހައްދެއް" ކަމަށާއި "މި ހާދިސާގެ ސަބަބުން ފިލާވަޅުތަކެއް ލިބިފައިވާ" ކަމަށެވެ. އައިޑީއެފް (އިސްރާއީލް ޑިފެންސް ފޯސަސް)އިން މި ހިތާމަވެރި ހާދިސާއާ މެދު ވަރަށް ބޮޑަށް ހިތާމަކޮށް އާއިލާތަކަށް ހިތުގެ އަޑިން ތައުޒިޔާ ފޮނުވާ"ކަމަށް ވެސް އަސްކަރިއްޔާއިން ބުނެފައިވެއެވެ. "އަހަރެމެންގެ ގައުމީ ވާޖިބަކީ ގެއްލިފައިވާ މީހުން ހޯދައި ރަހީނުކޮށްފައިވާ ހުރިހާ މީހުން އަނބުރައި ގައުމަށް ގެންދިއުން"ކަމަށް ވެސް ޔަހޫދީ ޢަސްކަރިއްޔާއިން ނެރުނު ކުރު ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް އެ މީހުންނަށް ސަލާމަތްކުރެވެނީ އެ މީހުންގެ ހަމަލާތަކުން މަރައިލެވިފައިވާ އެ މީހުންގެ ރައްޔިތުންނެވެ. މި ކަމާ ޔަހޫދީ ޢާއިލާތަކުން ނުރުހުން ފާޅުކޮށް ޔަހޫދީ ސިފައިންގެ ގާބިލުކަމާމެދު ސުވާލު އުފައްދަމުން އެބަ ގެންދެއެވެ.

Advertisement

ކޮމެންޓް