ސުލްހައަށް ޓަކައި ހަނގުރާމަ ހުއްޓުމާ ގާތަށް ޔަމަން. އެކަމަކު ރަތްކަނޑުގައި ބޯޓުފަހަރަށް ހަމަލާދިނުމުގެ ވާހަކައެއް ނުދެއްކޭނެ.
ޔަމަނުގެ ހަނގުރާމަވެރި ޕާޓީތަކުން މިހާރު ވިސްނަމުންދަނީ ސުލްހައިގެ މަޝްވަރާތަކަށް ފުރުސަތު ދިނުމަށް ވަގުތީ ގޮތުން ހަނގުރާމަ ހުއްޓައިލުމަށެވެ. "ދަ ނޭޝަނަލް" ނޫހަށް މަޢުލޫމާތު ދެމުން ޔަމަންގެ މަސްދަރުތަކުން ބުނެފައިވަނީ ހަނގުރާމަ ހުއްޓުމުގެ މަގުޗާޓަކާ މިހާރު ވަރަށް ކައިރިއަށް ދެވިފައިވާކަމަށެވެ.
ޔަމަންގެ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ސަރުކާރާއި އީރާނުގެ ތާއީދާއެކު ވެރިކަމުގައި އޮތް ހޫތީ ސަރުކާރާ ދެމެދު ދެކެވެމުން އަންނަ ވާހަކަތަކުގައި މިހާރުވަނީ ހުށަހެލިފައިވާ މަގުޗާޓަށް ޢަމަލުކުރާން ވަރަށް ފުޅާ ދާއިރާއެއްގައި އެއްބަސްވެފައެވެ.
މި ކަމުގައި އޮތް އެންމެ ޙައްސާސި މައްސަލައަކީ ޙޫތީ ހަނގުރާމަވެރީން، ރަތްކަނޑަށް ވަންނަ ޔަހޫދީ ބޯޓުފަހަރަށް ޙަމަލަދޭ މައްސަލައެވެ. ހަތިޔާރުއެޅި ޖަމާޢަތުން ބުނަނީ އެ ވާހަކައަކީ ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން ދައްކާ ވާހަކައާ ގުޅުމެއް ނެތް ވާހަކައެއްކަމަށެވެ.
"އދ.ގެ މަންދޫބުގެ އޮފީހުން މިހާރުވަނީ ނިހާއި ދެލިކޮޕީ، ޔަމަނުގެ "ރަސްމީ" ސަރުކާރަށާއި ހޫތީ ސަރުކާރަށް ރައްދުކޮށްފައެވެ." މަޝްވަރާތަކުގައި ބައިވެރިވާ ޔަމަން ސަރުކާރުގެ މަންދޫބަކު ބުނެފައިވެއެވެ.
"މި އެއްބަސްވުން ވަރަށް އަވަހަށް އިޢުލާނުކުރެވޭނެއެވެ. މި އެއްބަސްވުން ހަނގުމާހުއްޓުމާ ދިމާއަށް މަގު ފަހިކުރާންވާނެއެވެ. އަދި ސުލްޙަ ދެމެހެއްޓުމުގެ ކުރީން ސިޔާސީ ތަފުސީލީ ވާހަކަދެއްކުމަކަށް މަގުފހިވާން ޖެހޭނެއެވެ."
މަޝްވަރާތަކުގައި ބައިވެރިވި ޔަމަނުގެ ދެވަނަ އޮފިޝަލަކު "ދަ ނޭޝަނަލް"އަށް ވިދާޅުވީ އެ އެއްބަސްވުމުގެ ދެލިކޮޕީ ހަނގުރާމަކުރާ ފަރާތްތަކާ ހަމައަށް ވާސިލްވެފައިވާކަމަށެވެ. "ވިޔަފާރި ބޯޓުތަކަށް ހޫތީން ދޭ ހަމަލާތައް ކުށްވެރިކޮށްފައިވާ، ހުޅަނގުގެ ބައެއް އޮފިޝަލުން ވަނީ ވަގުތާ މެދު ސުވާލު އުފައްދައި، އެ ކަން އިއުލާނުކުރުމުގެ ކުރީން އިތުރު މަޝްވަރާތަކަށް އެދިފައެވެ." އޮފިޝަލް ވިދާޅުވި އެވެ. "ހޫތީން ވަކާލާތުކުރަނީ އެ މީހުންގެ އަމަލުތަކަކީ ހަމަލާތަކާ ގުޅުމެއް ނެތް ކަމެއްކަމަށެވެ."
ޔަމަނަށް ކަނޑައަޅުއްވައިފައި ހުންނަވާ އދ.ގެ މަންދޫބު މި ކަމާ ބެހޭ ގޮތުން ކޮމެންޓެއް ނުކުރައްވައެވެ.
އީރާނަށް ތާއީދުކުރާ ޖަމާއަތުން (ހޫތީން) ދާދި ފަހުން ވަނީ ރަތްކަނޑުން ބައެއް ބޯޓުތަކަށް ހަމަލާދީ އެ ބޯޓުތަކަކީ އިސްރާއީލާ ގުޅުން ހުރި ބޯޓުތަކެއްކަމަށް ބުނެފައެވެ. 18،400އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ޣައްޒާއަށް އިސްރާއީލުން ދޭ ހަމަލާތައް ކުރިއަށް ގެންދާ ނަމަ، އިސްރާއީލަށް ދަތުރުކުރާކަމަށް ބެލެވޭ ބޯޓުތަކަށް ދޭ ހަމަލާތައް ހުއްޓައިނުލައި ކުރިއަށް ގެންދާނެކަމަށް ހޫތީން ބުނެފައިވެއެވެ.
ޣައްޒާގެ ޙާލަތު މާ ބޮޑަށް ގޯސްވެފައިވާތީ އެ ކަން ހުއްޓުވުމަށް ޓަކައި މެދުއިރުމަތީގެ ހުރިހާ ހިސާބެއްގައި ވޮޝިންޓަނުން މަސައްކަތް ކުރަމުންދާކަމަށް ބުނާ އިރު، އެ ތަނުގައި ކުރެވޭ ސުލްހައިގެ މަސައްކަތްތައް ބޭކާރުކޮށްގެން ނުވާނެކަމަށް އެމެރިކާގެ ޚާއްސަ މަންދޫބު ޓިމް ލެންޑަކިން މި ދިޔަ މަހު ވަނީ ބުނެފައެވެ.
"ސުލްހައިގެ މަރުހަލާގައި އަހަރެމެންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ. އަދި ސުލްހައިގެ މި މަސައްކަތްތައް ބޭކާރުކޮށްގެން ނުވާނެއެވެ." މިސްޓަރ ލެންޑަރކިންގް މީގެ ކުރިން ދަ ނޭޝަނަލް އަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވެއެވެ. "އަހަރެމެން ހުރިހާ ފަރާތްތަކަށް ވެސް ނަސޭހަތްތެރިވަނީ މި ހަމަނުޖެހުން ފުޅާނުކުރުމަށެވެ."
މިސްޓަރ ލެންޑަރކިންގ މި ދިޔަ ހަފުތާގައި މެދުއިރުމަތީގައި އުޅުނީ، ރަތް ކަނޑުގެ ހާލަތު ހަމައަކަށް އެޅުވުމަށް ވޮޝިންޓަނުން ކުރަމުންގެންދާ މަސައްކަތްތައް ވަރުގަދަ ކުރަމުންދަނިކޮށެވެ.
އޭނާގެ މި ދަތުރަކީ އިސްރާއީލާއި ޣައްޒާގެ ހަމަނުޖެހުން ފެށުނު ފަހުން ހޫތީންނަށް އަމާޒުކޮށްގެން ދަތިކުރުމުގެ ފިޔަވަޅުތަކުގެ ފުރަތަމަ ބުރު ވޮޝިންޓަނުން ތަންފީޒުކުރުމާ ދިމާކޮށް ކުރާ ދަތުރެކެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގައި 13 މީހަކާއި ޖަމާއަތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައި ވަނީ އީރާނާ ގުޅުން ހުރި ފައިސާއިން ބާޣީ ޖަމާއަތަށް "ދިހަ މިލިއަން ޑޮލަރު" ފޯރުކޮށްދީފައިވާ ކަމަށް ބުނެއެވެ.
މި ފިޔަވަޅުތަކަށް ރައްދުދެމުން ހޫތީން ބުނެފައި ވަނީ އެމެރިކާއިން އެ މީހުންނާ ދެކޮޅަށް އަޅާ ކޮންމެ ފިޔަވަޅަކީ "ހަނގުރާމަ އިއުލާނުކުރުމެއްކަމަށް ބަލާނެ"ކަމަށެވެ. މި އެއްބަސްވުމުގައި ބޮޑަށް އަލިއަޅުވައިލައިފައި ވަނީ ސުލްހައިގެ މަޝްވަރާތަކަށް ދިޔުމުގެ ކުރީން ހަނގުރާމަ ހުއްޓުވައި، އިންސާނީ ހާލަތަށް ލުއި ދިނުމަށެވެ." އޮފިޝަލް އިތުރަށް ވިދާޅުވިއެވެ.
ވައިޓް ހައުސްއިން ގަބޫލުކުރާ ގޮތުގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުންގެ ފަރާތުން ހޫތީންނަށް އެހީތެރިވެދެނީ ތޮއްޖެހިފައިވާ ކަނޑުގެ ސަރަހައްދުގެ އުޅަނދުތަކަށް ހަމަލާދިނުމަށެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާގެ އޮފިޝަލަކު މި ދިޔަ ހަފުތާގައި "ދަ ނޭޝަނަލް" ނޫހަށް މައުލޫމާތުދެމުން ބުނެފައިވަނީ ފަހަކަށް އައިސް ރަތް ކަނޑުގެ ހާލަތު ގޯސްވުމުގެ ސަބަބުން "ޔަމަނުގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ގާތްގަނޑަކަށް ދެ އަހަރު ދުވަހު ގުޅިގެން ކުރެވުނު މަސައްކަތަށް ހުރަސްއެޅިފައިވާ"ކަމަށެވެ.
"މެދުއިރުމަތީގައި އިތުރުވަމުންދާ ސަރަހައްދީ ހަމަނުޖެހުމަކީ ޔަމަނުގެ ސުލްހައަށް ރަނގަޅު ފާލެއް ނޫނެވެ." އޮފިޝަލް ވިދާޅުވިއެވެ.
_____________________________
ބައެއް ލަފުޒުގެ މާނަ:
ކޮމެންޓު ނ. ޚިޔާލެއް ނުވަތަ އިޖާބައެއް ދިނުމަށް ޓަކައި އަނގަބަހުން ނުވަތަ ލިޔުމުން ހާމަކުރާ ހާމަކުރުން.
މަންދޫބު ނ. (1) މީހެއްގެ ފަރާތުން ނުވަތަ ބައެއްގެ ފަރާތުން އަނެއް ތަނަކަށް ފޮނުވޭ މީހާ. (2) އަމުރުވެރިކަމުގެ ބާރުދީފައި ތަނަކަށް ފޮނުވާ މީހާ.