Advertisement

އަދާހަމަ: ޣައްޒާގެ އަދުގެ ޙާލަތުގެ

11 Dec 2023 | 13:51
ޣައްޒާގެ އަދުގެ ޙާލަތު: މިހާރު އެއީ ވީރާނާވެފައިވާ ހަނަފަސް ގަބުރުސްތާނެއް ފަދަ ތަނެކެވެ.

· ޣައްޒާގައި އިސްރާއީލުން ދެމުން ގެންދާ ނަސްލުހޭދުގެ ހަމަލާތައް ހުއްޓައިލާން ދުނިޔޭގެ ފިއްތުންތައް އިތުރުވަމުން އަންނައިރު، ގަތަރުން ވިދާޅުވެފައިވަނީ ފުރުސަތުތައް "ހަނިވި" ނަމަވެސް "ހަނގުރާމަ" ހުއްޓައިލުމާ ދިމާއަށް ދެ ފަރާތް ވެސް (އިސްރާއީލާއި ޙަމާސް) ގެންދާނެކަމަށެވެ. މިކަން މިހެން ހިނގަމުން ދާ އިރު  ޑަބްލިއުއެޗްއޯ އިން ވިދާޅުވެފައި ވަނީ ޣައްޒާގެ އަދުގެ ހާލަތަކީ މަރާ ކުރިމަތިލާން ޖެހޭ ފަދަ ނުރައްކާތެރި ބަލިތައް ވަރަށް ބާރަށް ފެތުރެމުންދާ ހާލަތެއްކަމަށެވެ.

· ހަމާސްގެ 250 އަށް ވުރެ ގިނަ އަމާޒުތަކަށް ހަމަލާދީފައިވާ ކަމަށާއި، ބިންމަތީ ބާރުތަކުން ޣައްޒާ ސިޓީގެ ޝެޖައިޔާ ސަރަހައްދުގައި ހުންނަ ހަމާސްގެ އަސްކަރީ މައި މަރުކަޒަށް އާދީއްތަ ދުވަހު ވަދެފައިވާ ކަމަށް ޔަހޫދީ ސަލާމަތީ ބާރުތަކުން ބުނެއެވެ. އިސްރާއީލުގެ ސަލާމަތީ މަސްދަރުތަކުން ބުނާ ގޮތުގައި ރަހީނުން ދޫކުރުމުގެ އިތުރު އެއްބަސްވުމަކަށް އާ ޝަރުތުތަކެއް އެ މީހުން ގަބޫލެއް ނުކުރާނެއެވެ. އެމީހުން ވެސް އެއްބަސްވެފައިވާ ގޮތުގައި ހަމާސްގެ ކޮމާންޑަރުންގެ 50 އިންސައްތަ މީހުން މަރުވި ނަމަވެސް، އެމީހުންގެ ބަދަލުގައި އިތުރު ހަނގުރާމަވެރިން އަންނަނީ ހަމާސްގެ ހަނގުރާމަވެރީންނާ ގުޅެމުންނެވެ. އެހެންކަމުން ޙަމާސް ނައްތައިލާން ކުރެވޭ މަސައްކަތަށް މާ ބޮޑު ކުރިއެރުމެއް ނުލިބެއެވެ.

· ހަމާސް އަލްގައްސާމް ބްރިގޭޑްސްގެ ތަރުޖަމާނަކު އާދީއްތަ ދުވަހު އަލްޖަޒީރާއަށް ވިދާޅުވީ ޣައްޒާގައި ރަހީނުކޮށްފައި ތިބި މީހުން ގަދަކަމުން އިސްރާއީލަށް ނުހޯދޭނެކަމަށާއި އަސީރުން ބަދަލުކޮށްގެން ނޫނީ އެ ކަން ނުކުރެވޭނެކަމަށެވެ.

· ގަތަރުގެ ބޮޑުވަޒީރު މުހައްމަދު އާލްޘާނީ އާދީއްތަ ދުވަހު ވިދާޅުވީ ގަތަރުން އިސްރާއީލާއި ހަމާސަށް ފިއްތުންތައް ކުރިމަތިކުރަމުން ގެންދާނީ، ރަހީނުކޮށްފައިވާ މީހުން މިނިވަންކުރުން ހިމެނޭ ގޮތަށް ޙަމަލާތައް ހުއްޓައިލުމާ ދިމާއަށެވެ. އޭނާ ވިދާޅުވީ މި ހަމަނުޖެހުމުގެ ސަބަބުން މުޅި ޖީލެއް ފަނާވުމުގެ ނުރައްކަލާއި ހިރާސް އިތުރުވެފައިވާ ކަމަށެވެ.

· އަނެއްކޮޅުން އަންނަ އަހަރު މާރިޗު މަހު ދެވަނަ ހަފުތާގައި ފެށޭ ރަމަޟާން މަހުގެ ނިޔަލަށް ހަމަނުޖެހުންތައް ހުއްޓައިލުމަށް އިސްރާއީލަށް ފިއްތުންތައް ކުރުމަށް، ގަތަރާއި މިސްރާއި އުރުދުނާއި ސުއުދީ އަރަބިއްޔާއިން އެމެރިކާއަށް އިލްތިމާސްކޮށްފިއެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވީ ޣައްޒާއަށް އިސްރާއީލުން ދޭ ޢުދުވާނީ ޙަމަލާތައް އިންސާނިއްޔަތަށް ޓަކައި ހުއްޓައިލާން ގޮވައިލައި އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރު (އެމެރިކާއިން ވީޓޯކޮށްގެން) ފާސްނުވުމަކީ ސަލާމަތީ މަޖިލީހުގެ ބާރަށާއި އިތުބާރަށް އަރައިގަތުމެކެވެ.

· ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެފައިވަނީ އޮކުޓޫބަރު ހަތެއްގެ ފަހުން ފަލަސްތީނުގެ 18،000 މީހުން ޝަހީދުވެ 49،500 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އެ ވުޒާރާއިން އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ގާތްގަނޑަކަށް 300 މީހުން ޝަހީދުވެ 550 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

· ފާއިތުވި ދުވަސްތަކުގައި ޣައްޒާގައި ބިޑިއަޅުވައިގެން ފޮޓޯ ނަގާފައިވާ އެތައް ސަތޭކަ ފަލަސްތީނުގެ އަސީރުންގެ ތެރެއިން ގާތްގަނޑަކަށް 10-15 އިންސައްތައަކީ ހަމާސްގެ ނުވަތަ އެ ޖަމާއަތާ ގުޅުން ހުރި މީހުން ކަމަށް ޔަހޫދީން ބުނެއެވެ. ޔަހޫދީން ވެސް އެއްބަސްވާ ގޮތުގައި ގޮވާތަކެތި ނުގެންގުޅޭކަން ޔަގީންކުރުމަށް އެ މީހުން ބަރަހަނާ ކުރާން ޖެހުނަސް، އެ ފަދަ މީހުންގެ ފޮޓޯ ނަގައި އެ ބަރަހަނާ ފޮޓޯތައް ދައުރުކުރުމަކީ ކޮންމެހެން ބޭނުން ނުވާ އަދި ލަދުވެތި ޢަމަލެއްކަމަށެވެ.

އިސްރާއީލުގެ އަދުގެ ޙާލަތު: ޣައްޒާއަށް ދޭ ޙާމަލާތައް ހުއްޓައިލާން އިސްރާއީލުގެ ރައްޔިތުންގެ ގޮވައިލަމުންގެނދެއެވެ.<br>

· ޔަމަނާއި އިރާގުގެ ދެ މައިދާނެއް ހޫނުވެފައިވާތީ، އެމެރިކާގެ ވެރިކަމަށް ސްޓްރެޓެޖިކް އިސްކަންދޭ ކަންކަން ގާތުން ބަލައި، މިކަން ގާތުން ބަލައި އިސްތިރާޖީ ގޮތުން އިސްކަން ދޭ ކަންކަން ބަލައި، ޣައްޒާގައި ހިނގާ ހަމަނުޖެހުންތަކަށް ވަގުތު ތާވަލެއް ކަނޑައެޅުމަށް ލާޒިމުވެދާނެ"ކަމަށް އިސްރާއީލުގެ ކުރީގެ އަސްކަރީ އޮފިސަރެއްކަމަށްވާ ޒުވީ ބަރެލް ބުނެފައިވެއެވެ.

· އޮކުޓޯބަރު މަހުގެ ހަތްވަނަ ދުވަހުގެ ފަހުން ހިނގި ހަމަނުޖެހުންތަކުގައި 1،593 އިސްރާއީލު ސިފައިން ޒަޚަމްވެފައިވާ އިރު، އެއްގަމުމަގުން ހަމަލާ ފެށިފަހުން އިސްރާއީލުގެ 559 ސިފައިން ޒަޚަމްވެފައިވާ ކަމަށް ޔަހޫދީ ސަލާމަތީ ބާރުތަކުން އެއްބަސްވެފައިވެއެވެ.

· ޔަހޫދީންގެ ތެރެއިން ޒަޚަމުވެފައިވާ މީހުންގެ ޢަދަދު ހާމަކުރުމަކީ އިސްރާއިލުން ދެކޮޅު ހަދައެވެ. މިނިވަން ނޫސްވެރީން އެކި ހޮސްޕިޓަލުތަކަށް ޒިޔާރަތްކޮށް ޢަދަދުތައް ބަލާއިރު، އިސްރާއީލުން ބުނާއަދަދުގެ އެތައް ގުނައެއް ޒަޚަމުވާ މީހުން އިތުރުކަމަށް މީޑިއާއިން މައުލޫމާތު ލިބެއެވެ.

· ސައިޕްރަސްގައި އިސްރާއީލާއި ޔަހޫދީންގެ އަމާޒުތަކަށް ހަމަލާތައް ދިނުމަށް އީރާނުން ރާވާފައިވާ ޕްލޭން ސަލާމަތީ އިދާރާތަކާއި އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑުން ވަނީ ނާކާމިޔާބުކޮށްފައިކަމަށް އެ މީހުން ބުނެއެވެ.

·  އާދީއްތަ ދުވަހުގެ ހެނދުނު އިސްރާއީލުގެ ސަރަހައްދަށް މަތިންދާބޯޓުތައް ވަދެ އަދި އެތައް ރޮކެޓެއް ފޮނުވައިގެން އެތައް ސިފައިންނެއް ޒަޚަމްވި ޙަމަލާގެ ޒިންމާ ހިޒްބުالله އިން އުފުލައިފި އެވެ. މިއާ ވިދިގެން އިސްރާއީލުގެ ދިފާޢީ ބާރުތަކުން ބުނެފައިވަނީ ހިޒްބުاللهގެ އަމާޒުތަކަށް ވައިގެ ހަމަލާތަކެއް ދީގެން އެ ޙަމަލާތަކަށް ރައްދުދީފައިވާކަމަށެވެ. ނަމަވެސް ޙިޒުބުﷲއަށް ދެވުނީ ކިހައި ގެއްލުމެއްކަމެއް އިސްރާއީލުން ހާމައެއް ނުކުރެއެވެ. އާދީއްތަ ދުވަހުގެ ވަގުތެއްގައި ޔަމަނުން ފޮނުވާލި ހޫތީ ދެ ޑްރޯން ރަތްކަނޑުގެ ސަރަހައްދުން ހުއްޓުވައިފައިވާކަމަށް ފަރަންސޭސި ކަނޑުގެ ސިފައިން ބުނެފައިވެއެވެ. އިސްރާއީލުގެ އަމާޒަކީ ފަލަސްތީނު މީހުން ޣައްޒާއިން ބޭރުކުރުންކަމަށް އުރުދުންގެ ޚާރިޖީކަންތައްތަކާ ބެހޭ ވަޒިރު ގަތަރުގެ ދޯހާގައި ވިދާޅުވުމާ ގުޅިގެން އިސްރާއީލު ސަރުކާރުގެ ތަރުޖަމާނަކު ވަނީ މި ވާހަކަތަކަކީ "ރުޅިވެރި އަދި ދޮގު ތުހުމަތުތަކެއް" ކަމަށް ބުނެފައެވެ.

·  ނަމަވެސް ކަން ހިނގަމުން ދާ ގޮތަށާއި ނިރުބަވެރި އިސްރާއީލުގެ ޢަމަލުތައް ހުރި ގޮތުން އުރުދުންގެ ވަޒީރު އެ ވިދާޅުވި ވިދާޅުވުމަކީ ޙައްޤު ތެދުކަން އެންމެންނަށް ވެސް އެނގޭނެއެވެ. އިސްރާއީލުގެ ހަގީގީ އަމާޒަކީ ފަލަސްތީނުގެ ނަސްލު މަރައި ހުސްކުރުމަށް ފަހު މުޅި ފަލަސްތީނުގެ ބިން ފޭރިގަތުމެވެ. މި ކަން ދުނިޔޭގެ އެންމެންނަށް ވެސް އެނގޭނެ ފަދައިން ޢަރަބި ގައުމުތަކަށް ވެސް އެނގޭނެއެވެ. މި ކަން ޔަގީންވަނީ ފަލަސްޠީނީން އުޅޭ ކޮންމެ ތާކަށް ސުމާރެއް ނެތި މިއަދު ވެސް ޙަމަލާދެމުން ދާތީއެވެ. ޔަހޫދީ ނިރުބަވެރީން ފަލަސްޠީނީންނަށް މަޖުބޫރުކުރަމުން ގެންދަނީ އެތަންމިތަނަށް ބަދަލުވާށެވެ. މިހެން އަންގަމުންދާ އިރު ވެސް ޙާމަލާތަކަށް މަޑުޖައްސައިލުމެއް ނާދެއެވެ.  މިހާރު ވެސް ރިފިޔުޖީ ކޭންޕުތަކަށް ޙަމަލާ ދެނީއެވެ. ޣައްޒާގެ ޞިއްހީ ނިޒާމު އެކީއެކަށް ވަނީ އިނދަޖައްސައިލައިފައެވެ. ނަމަވެސް ފަލަޞްޠީނުގެ މުޅި ނަސްލު ނައްތައިލުމަކީ ﷲ އިރާދަކުރެއްވިއްޔާ ކުރެވޭކަމެއްކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

___________________________________

Advertisement

ކޮމެންޓް