Advertisement

މީހަކު ބުނާ ވާހަކައެއް: ރުޅީގެ ހަގީގަތް

30 Nov 2023 | 08:29
.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

1. ރުޅިއަކީ ވަރުގަދަ އަލިފާން އާތްވެކެވެ. އެ އަލިފާން އާވި، އެ އެއްޗެއްގެ މައްޗަށް އޮއްސައިލެވޭ އެއްޗަކަށް ވުރެ މާ ބޮޑު ގެއްލުމެއް އެ އަލިފާން އާވި ރައްކާކޮށްފައި ހުންނަ އެއްޗަކަށް ލިބެއެވެ.

2. މާޒީގައި ދިމާވެފައި އޮތް ކަމެއްގެ ސަބަބުން، އިނބަގެ ހިތުގައި މީހަކާ މެދު ނަފުރަތާއި ރުޅިވެރިކަން އުފެދި، އެ ނަފުރަތާއި ރުޅިވެރިކަން އުފުލާ ދަރަޖައަކަށް، އިނބަގެ ހިތުގައި އެހެން މީހަކާ ދޭތެރޭ ލޯތްބެއް އުފެދުމުގެ އެކަށޭނަކަން ކުޑަވެގެން ދެއެވެ. އެހެންވެ، އިނބަގެ ހިތުގައި އާ ލޯތްބެއް އުފެދޭން ބޭނުން ނަމަ، އިނބަގެ ހިތުގައި އިނބަ އުފުލަމުންދާ ނަފުރަތާއި ރުޅިވެރިކަން ފިލުވައިލާން ޖެހެއެވެ.

3. ރުޅި އިސްކޮށްގެން އެއްވެސް މައްސަލައެއް ހައްލެއް ނުކުރެވޭނެއެވެ. އެހެނީ، ރުޅިއައުމުން އަހަރުމެންގެ ހިތުގެ މަސަލަސްކަން ގެއްލުވައިލައެވެ. އަދި، ހެޔޮ ވިސްނުން ނެތިކޮށްލައެވެ. ހިތުގެ މަސަލަސްކަމާއި ހެޔޮ ވިސްނުމުން މަހުރޫމުވުމުން، ދެން، ކަމެއްގެ ހައްލު ހޯދުމާ ބެހޭ ގޮތުން ވިސްނާނީ ކިހިނެއްހެއްޔެވެ؟

4. އެހެން މީހަކު ދެކެ ރުޅިއައިސް ތިމާގެ ހިތަށް އެ ރުޅި ބަރުދާސްތުކުރަން ޖެއްސުމުގެ މިސާލަކީ ތިމާ ވިހައެއް ބޮއިފައި، ތިމާގެ ދުޝްމަނު މީހާ މަރުވުން އެދުން ކަހަލަ ކަމެކެވެ.

5. ރުޅި އިސްކޮށްގެން ބިނާކުރެވޭނޭ އެއްވެސް ކަމެއް ނޯވެއެވެ. ނަމަވެސް، ރުޅި އިސްކޮށްގެން ހުރިހާ ކަމެއް ވެސް ހަލާކުކޮށްލެވިދާނެއެވެ.

6. ކޮންމެ މީހަކަށް ވެސް ރުޅިއާދެވިދާނެއެވެ. އެއީ ދާދި ފަސޭހަކަމެކެވެ. ނަމަވެސް، ރުޅިއަންނާން ޖެހޭ މީހާ ދެކެ ރުޅިއައުމާއި ރުޅި އަންނާން ޖެހޭ މިންވަރަށް ރުޅިއައުމާއި ރުޅި އަންނާން ޖެހޭ ރަނގަޅު ވަގުތުގައި ރުޅިއައުމާއި ރުޅިއަންނާން ޖެހޭ ރަނގަޅު މަގުސަދުގައި ރުޅިއައުމާއި ރުޅިއަންނާން ޖެހޭ ރަނގަޅު ސިފައިގައި ރުޅި އައުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި އެއީ ބުއްދިވެރިއަކަށް ނޫނީ ނުކުރެވޭނެ ކަމެކެވެ.

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް
މަރީ
ވަރަށް ބޮޑު ހަގީގަތެކެވެ. ރަނގަޅު ދީނީ އަދި މިޖުތިމާޢީ ފިލާވަޅެކެވެ. ދުކުތޫރަށް ޝުކުރިއްޔާއެވެ. ފަރަގަށް ވެސް ޝުކުރިއްޔާއެވެ.
30 Nov 2023