Advertisement

އިމާރާތުން ބެލި އަޖުމަ ކާމިޔާބު: ދެމެހެއްޓެނިވި ތެޔޮ (ސަސްޓައިނެބްލް އޭވިއޭޝަން ފިއުލް)އިން ދުއްވާ ދުނިޔޭގެ ފުރަތަމަ އޭ380 ފްލައިޓް!

23 Nov 2023 | 10:18
.

ދެމެހެއްޓެނިވި ތެޔޮ (ސަސްޓައިނެބްލް އޭވިއޭޝަން ފިއުލް)އިން ދުއްވާ ދުނިޔޭގެ ފުރަތަމަ އޭ380 ފްލައިޓްގެ އުދުހުމެއް ކާމިޔާބުކަމާއެކު ޢަރަބި އިމާރާތުގެ ގައުމީ އެއަރލައިންކަމަށްވާ އިމާރާތުން އަޖުމަބަލައިފިއެވެ.

އެ މަތިންދާބޯޓުގެ ހަތަރު އިންޖީނުގެ ތެރެއިން އެއް އިންޖީނަށް ސަސްޓެއިނެބްލް އެވިއޭޝަން ފިއުލް (އެސްއޭއެފް) އަޅައިގެން ތަޖުރިބާ ކުރި މި ފްލައިޓް ދުބާއީން ފުރީ ބުދަ ދުވަހުގެ ހެނދުނުއެވެ.

"އަލްއިމާރާތު" (އެމިރޭޓްސް) ވެފައިވަނީ ސުޕަރޖަމްބޯގެ ހަތަރު އިންޖީނުގެ ތެރެއިން އެއް އިންޖީނުގައި ސައްތައިން ސައްތަ އެސްއޭއެފު އަޅައިގެން އެއާބަސް އޭ380ގެ މަތީންދާ ބޯޓެއްގެ އުދުހުން އަޖުމަބެލި ފުރަތަމަ އެއަރލައިނަށެވެ.

ބުދަ ދުވަހު އިމާރާތުން އަޖުމަބެލި އުދުހުމުގެ މަގުސަދަކީ ދަންނީ ޝަރުތުތަކާއި ކީމިޔާވީޝަރުތުތަކާ އެއް ގޮތް ވާ ގޮތުގެ މަތީން ޖެޓް ކަރާސީނުގެ ބަދަލުގައި ޑްރޮޕް-އިންއެއްގެ ގޮތުގައި އެސްއޭއެފް ތެލުގެ ގާބިލްކަން ދައްކައިލުންކަމަށް އަލްއިމާރާތުން ބުނެއެވެ.

ދުނިޔޭގައި މަތީންދާބޯޓުގެ ދަތުރުތައް ކުރާ އެންމެ ބޮޑު ކުންފުނީގެ އޭ380 ދެބުރި ޖެޓްތަކުގެ ފްލައިޓް ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓް (ޑީއެކްސްބީ)އިން އިއްޔެ ހެނދުނު 11.15 ގައި ފުރައިގެން ރޭ 12.30 ގައި ޖެއްސިއެވެ.

"މި އަޖުމަބެލުމުގެ ދަތުރު ނިމުމުން ދެން އޮތް ފިޔަވަޅަކީ އެކި އެއަރޕޯޓްތަކުގައި އެސްއޭއެފް ލިބޭނެ ގޮތް ހެދުމާއި އަޅުގަނޑުމެން ބަރޯސާވާ ފަރާތްތަކުން އަޅުގަނޑުމެންނަށް ބޭނުންވާ ވިންވަރަށް މިފަދަ ތެޔޮ އުފައްދައި ގަންނާން ލިބޭނެ އިންތިޒާމު ހަމަޖެއްސުން. އެކަމަކު އެއީ ގޮންޖެހުމަކަށް ވާނެ." އެއަރޕޯޓްގައި ހުންނަވައި،  އެމިރޭޓްސްގެ ޗީފް އޮޕަރޭޓިން އޮފިސަރު އާދިލް އައްރިޟާ ވިދާޅުވެފައިވެއެވެ. "އަޅުގަނޑު އުންމީދުކުރަނީ އަންނަ އަހަރު އެއަރލައިންތަކަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފެންވަރުގައި ބޭނުންވާ މިންވަރަށް އެއަރޕޯޓްތަކުން އެސްއޭއެފް ލިބޭން ހުންނާނެކަމަށެވެ."

ބައިނަލްއަގުވާނީ ވައިގެ އުދުހުންތަކާ ބެހޭ ޖަމުޢިއްޔާ (އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން)ގެ ތިންވަނަ ކޮންފަރެންސް "އޯލްޓަނޭޓިވް އޭވިއޭޝަން ފިއުލްސް" (މަތީންދާބޯޓަށް އަޅާ އިޚުތިޔާރީ ތެޔޮ) މި ޝިޢާރުގެ ދަށުން މި ހަފުތާގެ ތެރޭގައި ދުބާއީގައި ބާއްވާނެއެވެ. މި ސިނާޢީ ޖަލްސާގައި މަސައްކަތް ކުރާނީ 2050 ވަނަ އަހަރުގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން މި ފަދަ ތެޔޮ ލިބޭނޭ ގޮތް ގާއިމުކުރުމަށާއި އެސްއޭއެފް ފަދަ އެހެނިހެން ސާފު ހަކަތައަށް ޓަކައި ބައިނަލްއަގުވާމީ ވިޔުގައެއް ގާއިމްކުރުމެވެ.

އަޖުމަބެލުމުގެ މި އުދުހުން މި ބޭއްވީ ނޮވެންބަރު 30ން ޑިސެންބަރު 12އަށް އެކުވެރި އިމާރާތުގައި ބާއްވާން ހަމަޖެހިފައިވާ ކޮޕް29: މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ސަމިޓް ބާއްވާން ދެތިން ދުވަހަށް ކައިރިވެފައި ވަނިކޮށެވެ.

ޖެނުއަރީ މަހު އިމާރާތުން ވަނީ ކާބަން ދޫކުރުމުގެ އަމާޒުތައް ހާސިލް ކުރުމަށް ޓަކައި ފެހި ތެޔޮ އިތުރަށް ބޭނުންކުރާން ދުނިޔޭގެ ވައިގެ ދަތުރުފަތުރާ ބެހޭ ސިނާއަތުން ކުރާ މަސައްކަތުގެ ތެރެއިން ސައްތައިންސައްތަ އެސްއޭއެފުން ދުއްވާ ބޮއިންގް 777-300އީއާރުގެ ދައްކައިލުމުގެ އުދުހުމެއް ބާއްވައިފއެވެ.

ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރާ ބެހޭ ޖަމުޢިއްޔާ (އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން)އިން ގަބޫލުކުރާ ގޮތުގައި ދުނިޔޭގެ ފެންވަރުގައި ވައިގެ ދަތުރުފަތުރުގައި ބޭނުންވާ ގޭސް މަދުކުރުމުގެ 60 އިންސައްތަ ވުރެ ގިނައިން އެސްއޭއެފް، 2050 ވަނަ އަހަރުގެ ނިޔަލަށް ޙިއްޞާ ކުރެވިދާނެއެވެ.

ނަމަވެސް އެއަރލައިންތަކަށް ދަނީ ފްލައިޓްތަކަށް ކަރަންޓް ލިބޭ ވަރަށް އެސްއޭއެފް ގަންނާން ދަތިތަކެއް ކުރިމަތިވަމުންނެވެ. އަދި އުފެއްދުމުގެ މިންވަރު ކުޑަކަމަށާއި ސާފު ތެޔޮ، އާންމު ކަރާސީނަށް ވުރެ އެއަރލައިންތަކަށް ގަންނާން ލިބޭ އަގު ބޮޑުކަމަށް ވެސް އައްރިޟާ ވިދާޅުވިއެވެ. "ގިނަ އެއަރޕޯޓްތަކެއްގައި އަދިވެސް އެސްއޭއފް ލިބޭކަށް ނުހުރެއެވެ."

އިމާރާތުގެ މަތީންބޯޓުތަކުން ސެޕްޓެމްބަރު 30 ގެ ނިޔަލަށް، ދުނިޔޭގެ 144 އެއާޕޯޓަކަށް ފަސިންޖަރުންނާއި ކާގޯގެ ޚިދުމަތް ދެމުން އަންނައިރު، އެ ކުންފުނީގައި ބޮއިންގ777 އާއި އޭ380 ގެ މަތީންދާބޯޓުތައް ވެސް ހިމެނެއެވެ.

އެސްއޭއެފަކީ މަތީންދާ ބޯޓަށް އަޅާ ސަގާފީ ތެލަށް ވުރެ ތިން ހަތަރު ގުނަ އަގުބޮޑު އެއްޗެއް ނަމަވެސް އުފެއްދުމުގެ މިންވަރު އިތުރުކުރުމަކީ އުފެއްދުމާއި ފޯރުކޮށްދިނުމުގެ ޚަރަދު ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެއްކަމަށް އައްރިޟާ ވިދާޅުވިއެވެ. ކާބަން ދޫކުރާ މިންވަރު މަދުކުރުމަށް އެއަރލައިން ކުންފުނިތަކާއި ބޯޓު އުފައްދާ ކުންފުނިތަކާއި ތެޔޮ ކުންފުނިތައް ހިމެނޭ ގޮތަށް ސިނާއަތުގެ ބައިވެރީން ވެފައިވާ ވައުދުގެ ސަބަބުން ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި އެސްއޭއެފްގެ މިންވަރު އިތުރުވާނެއެވެ. "އަޅުގަނޑުމެން މި ތިބީ ހަމަ ފެށުމެއްގައި. އެހެންކަމުން އަޅުގަނޑުމެންނަށް ބޭނުންވާ މިންވަރަކަށް އަދިއެއް ނުލިބޭ. އެކަމަކު އަޅުގަނޑު ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ހައެއްކަ އަހަރުގެ ތެރޭގައި މި ދިމާއަށް އެޅޭ މުހިންމު ފިޔަވަޅުގެ ސަބަބުން ބޮޑު ބަދަލެއް ފެންނާނެ." އައްރިޟާ ވިދާޅުވި އެވެ.

(ދަނޭޝަނަލްނިއުސް/ސިޔާސަތުޑެއިލީ)

Advertisement

ކޮމެންޓް