Advertisement

ވިލާތުގެ ރައްޔިތުން ފަލަސްތީނަށް ތާއީދުކޮށް ވިލާތުގެ ގައުމުތަކުގައި މުޒާހަރާތައް ބާއްވާ އިރު، ވިލާތުގެ ގިނަ ސަރުކާރުތަކުން "ބީރުވެފައި".

22 Nov 2023 | 17:55
ފަލަސްތީނަށް ދޭ ޢުދުވާނުތައް ހުއްޓައިލާން ގޮވައިލައި ގަދަ ފިނީގައި ޑަޗް ރައްޔިތުން މުޒާހަރާކުރަނީ. (ފޮޓޯ: އޭއެފްޕީ)

ވިލާތުގެ ރައްޔިތުން ފަލަސްތީނަށް ތާއީދުކޮށް ވިލާތުގެ ގައުމުތަކުގައި ބޮޑެތި މުޒާހަރާތައް ބާއްވަމުން ގެންދަނީއެވެ. ނަމަވެސް ބައެއް ސަރުކާރުތަކުން މުޒާހަރާތަކަށް ހުރަސްއަޅައެވެ. އަދި ޖަރުމަނާއި ފަރަންސޭސި ފަދަ ގިނަ ސަރުކާރުތަކުން އެއްވެސް ހިފެހެއްޓުމެއް ނެތި، އިސްރާއިލަށް ތާއީދުކުރަނީއެވެ. އެކަމަކު، އެ ގައުމުތަކުގެ ރައްޔިތުން ވެސް ފަލަސްތީނަށް ތާއީދުކޮށް އަޑު އުފުލަނީއެވެ. ނަމަވެސް ސަރުކާރުތަކުގެ ކަންފަތްތައް ވަނީ ބީރުވެފައެވެ.

މުޅި ވިލާތުގެ އެކި ކަންކޮޅުތަކުގައި މަގުމަތީ މުޒާހަރާތައް ކުރިއަށް ދަނީއެވެ. ފަލަސްތީނާ އެކު، އެއްބައިވަންތަކަށް ދެއްކުމަށް ޓަކައެވެ. އަދި މިހާރު ހިނގަމުންދާ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޢުދުވާނީ ޙަމަލާތައް ކުށްވެރިކުރުމަށް ޓަކައެވެ.

ވެހެމުންދާ ވާރޭ ތެރޭގައި ކުޑައާއި ކޯޓުލައިގެން ދެހާހަށް ވުރެ ގިނަ މީހުން އިއްޔެ ވެސް ނެދަރލޭންޑްސްގެ އަމްސްޓަރޑަމްގެ މަގުތަކުގައި ތަފާތު ޝިޢާރުތައް ފާޅުކުރަމުން، އެކި ޝިޢާރުތައް ލިޔެފައިވާ ފޮތިގަނޑުތަކާއި ބޯޑުތަކާއި ފަލަސްތީނުގެ ދިދަ ހިފައިގެން މުޒާހަރާގެ ހިނގައިލުމެއް ބޭއަވިއެވެ. އެ މީހުން ގެންގުޅުނު ފޮތިގަނޑުތަކާއި ބޯޑުތަކުގައި ލިޔެފައި ހުރި ބައެއް ޝިޢާރުތަކުގެ ތެރޭގައި "ކޯރުން ފެށިގެން ކަނޑަށް – ފަލަސްތީނު މިނިވަންވާންޖެހޭ"، "ހަމަ މިހާރު ސުލްހަ ގާއިމުކުރޭ!"، "ފަލަސްތީނުގައި ހިންގާ ނަސްލުމާރަ (ޖެނޮސައިޑް) ހުއްޓައިލާ!" ފަދަ މެސެޖުތައް ލިޔެފައި ހުއްޓެވެ.

އެނަޑޮލޫ ނޫސް އެޖެންސީއާ ވާހަކަދެއްކި ސިލިއާ ފެރިއާ ބުނި ގޮތުގައި "މިހާރު ފަލަސްތީނުގައި ހިނގަމުން ދަނީ ބައިބައިކުރުމުގެ ޙަރަކާތެވެ." ބާރޓް ކިޔާ މުޒާހަރީއަކު ނެދަރލޭންޑްސްގެ (ޑަޗް) ސަރުކާރަށް ގޮވައިލީ އިސްރާއީލު ހުއްޓުވުމަށެވެ.

ފަލަސްތީނުގެ މަދަނީންނާއި ކުޑަކުދީން އިސްރާއީލުން ޝަހީދުކުރަމުންދާ ޖަރީމާތައް ފާހަގަކޮށް ލިޔެފައިވާ އެކި ޝިޢާރުތައް ހިފައިގެން ޕޮލަންޑްގެ ވެރިރަށް ވޯސޯގެ މަގުތަކުގައި ފަލަސްތީނު ރައްޔިތުންނާ އެކީގައި ތިބިކަން ހާމަކުރުމަށް ޓަކައި އެތައް ސަތޭކަ ބަޔަކު ނުކުމެ ހިނގައިލުމެއް ބޭއްވިއެވެ.

ލަންޑަންގެ ކެމްޑަން ޓައުނުގައި އިއްޔެ ބޭއްވި ހިނގައިލުމުގެ ތެރެއިން (ފޮޓޯ: އޭއެފްޕީ)<br>

އަނެއްކޮޅެއް ޣައްޒާގައި އޮތް އިސްރާއީލުގެ އިސްތިޢުމާރު ނައްތައިލުމަށާއި އިސްރާއީލުގެ ޢުދުވާނު ވަގުތުން ހުއްޓައިލާން ގޮވައިލައި އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ވަރަށް ބޮޑު ހިނގައިލުމެއް ވެސް ބޭއްވިއެވެ.

މި ހިނަގއިލުމުގައި އަޑު އުފުލި މީހެއްކަމުގައިވާ މަދީނާ އަލްތަޖިކް ނަމަކަށް ކިޔާ އަންހެނަކު، އެނަޑޮލޫ ނޫސް އެޖެންސީއަށް މަޢުލޫމާތު ދެމުން ބުނީ އޭނާ މުޒާހަރާއަށް ނުކުމެ ހުރީ ޣާއްޒާގައި ދިރިއުޅޭ ރައްޔިތުންނަށް ތާއީދުކުރާކަން ހާމަކުރުމަށް ޓަކައިކަމަށާއި އެއީ އެތައް ހަފުތާއެއް ވަންދެން އިސްރާއީލުން އެ ރަށުގައި ހިންގާ ގަތުލުއާންމު ކުށްވެރިކޮށް، އެ ކަމާ ދެކޮޅަށެވެ. އަދި އޭނާ ރައްޔިތުންނަށް ގޮވައިލީ ފަލަސްޠީނު ރައްޔިތުންނާ އެއްބައިވަންތަވުމަށް ޓަކައި ނުކުތުމަށެވެ.

ޖަރުމަނުވިލާތުގެ ވެރިރަށް ބާރލިންގެ މަގުތަކަށް ވެސް ފަލަސްތީނަށް ތާއީދުކޮށް އެތައް ސަތޭކަ ބަޔަކު ނުކުމެ ފަލަސްތީނަށް ދޭ ހަމަލާތައް ހުއްޓައިލާން ގޮވައިލައިފައިވެއެވެ.

މި އެއްވުމުގައި ބައިވެރިވި ޔަޢުޤޫބު ބީލެކީ އެނަޑޮލޫއަށް ދިން ބަސްދީގަތުމެއްގައި ބުނެފައި ވާ ގޮތުގައި އޭނާ "މި އެއްވުމުގައިބައިވެރި މި ވަނީ މި ވަގުތު ވެސް އިސްރާއީލީ ހަނގުރާމަވެރީން ފަލަސްތީނު ރައްޔިތުންގެ ބޮލަށް ބޮން އަޅަމުން ގެންދާތީ، އެ ކަމާ ނުރުހުން ފާޅުކޮށް ފަލަސްތީނު ރައްޔިތުންނާއެކު އެއްބައިވަންތަކަން ހާމަކުރުމަށް ޓަކައެވެ." ނަމަވެސް ޖަރުމަނު ސަރުކާރުން އެއްވެސް ހައްދެއް ނެތި، އިސްރާއީލަށް ކުރާ ތާއީދުގެ ސަބަބުން، ފަލަސްތީނަށް ތާއީދުކޮށް ހިންގާ ޙަރަކާތްތަކަށް ހުރަސްއެޅުމަކީ ދިމާވެފައިވާ ބަދުނަސީބެކެވެ.

"މިއީ ސުވާލެއް ވެސް އޮތް ކަމެއް ނޫނެވެ. މިއީ ނަފުސަށް ވަރަށް އުނދަގޫވާކަމެއް. ކުޑަކުދީން މަރުވަނީ. މި ކަމުގެ ސަބަބުން ރޭގަނޑުގެ ނިދީން އަޅުގަނޑު ވަނީ މަޙުރޫމުކޮށްފައި. އަޅުގަނޑު މި ތަނަށް ނުކުމެ މިހިރީ އިނބަމެން ތިޔަ ތިބީ އެކަންޏެއް ނޫނޭ [ފަލަސްތީނު ރައްޔިތުންނަށް] ބުނެލާން" އޭނާ ބުންޏެވެ.

ޣައްޒާގެ ހޮސްޕިޓަލްތަކަށް ދޭ ޙަމަލާތަކާއި މަދަނީ މީހުން ޝަހީދުކުރަމުން ގެންދާ ގެންދިޔުން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ޓަކައި ޑޮކްޓަރުންގެ ގްރޫޕެއް އަނގަ ބަންދުކޮށްގެން ނުކުމެ ބޮޑު ހިނގައިލުމެއް ބޭއްވިއެވެ.

ޣައްޒާއަށް ދޭ ޙަމަލާތައް ކުށްވެރިކޮށް ސްވިޓްޒަރލޭންޑްގެ ވެރިރަށް ޖެނީވާގެ "ޕާރކް ޑެސް ކްރޮޕެޓީސް" މައިދާނަށް ވެސް ގިނަ ބަޔަކު އެއްވެ ބޮޑު ހިނގައިލުމެއް އިއްޔެ ބޭއްވިއެވެ. މޫސުމުގެ ގަދަ ފިނީގެ ތެރޭގައި މި މީހުން ދިޔައީ އެ ސިޓީގައި ހުންނަ އދ.ގެ އޮފީސްދޮށަށެވެ.

އޮކުޓޫބަރު 7ގައި އިސްރާއީލުން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށި ފަހުން ފަލަސްތީނުގެ 13 ހާހަށް ވުރެ ގިނަ މީހުން ޝަހީދުވެ، 30 ހާހަށް ވުރެ ގިނަ މީހުން ޒަޚަމުވެއްޖެއެވެ. ޝަހީދުވީ ޢަދަދުގެ ތެރޭގައި 5000 ކުޑަކުދީން ހިމެނެއެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ޖިސްމާނީ ގޮތުން މިހާރު ނުކުޅެދުންތެރިވެފައިވާ މީހުންނެވެ.

އިއްޔެ ބޭއްވި ހިނގައިލުމުގެ ތެރެއިން (ފޮޓޯ: އަލްޖަޒީރާ)<br>

1.6 މިލިއަން މީހުން ގަދަކަމުން ރަށުން ބޭރުކުރެވި ވިއްސިވިހާލިވެއްޖެއެވެ. އެއީ މުޅި އާބާދީގެ 70 އިންސައްތައެވެ.

38 ނޫސްވެރީން ހިމެނޭ ގޮތަށް މީޑިއާގައި މަސައްކަތްކުރާ 51 މީހުން މަރުވެ، ނުވަތަ ޝަހީދުވެފައިވާ ކަމަށް މެދުއިރުމަތީން ޚަބަރު ލިބުނެވެ.

ފަލަސްތީނުގެ އަޚުންނާއި އުޚުތުންގެ ތެރެއިން 3750 މީހުން މިހާތަނަށް ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ.

އިސްރާއީލުގެ ޢުދުވާނު ފެށި ފަހުން އދ.ގެ 104 މުވައްޒަފަކު މިހާތަނަށް މަރައިލައިފިއެވެ.

ޣައްޒާގައި މަސައްކަތްކުރާ ޞިއްޙީ ޚިދުމަތްތެރީންގެ 202 މީހުން ޔަހޫދީންގެ ޙަމަލާތަކުން ޝަހީދުކޮށްލައިފައި ވެއެވެ.

(މައުލޫމާތު: އަލްޖަޒީރާ)

_________________________________________

Advertisement

ކޮމެންޓް