Advertisement

މީޑިއާނެޓް މުޅި ދުނިޔޭގައި! މާދަމާ ސްރީލަންކާގައި މީޑިއާނެޓްގެ ވަރަށް ޚާއްޞަ ޙަރަކާތެއް!

15 Nov 2023 | 23:52
"އެންމެންނަށް މީޑިއާ ނެޓް" ޙަރަކާތެއް ތަޢާރަފުކުރާ ޕޯސްޓަރެއް

މީޑިއާނެޓަކީ ދިވެހީންނަށް ވަރަށް ޚާއްޞަ ޚިދުމަތްތަކެއް ފޯރުކޮށްދޭ ކުންފުންޏެކެވެ. ރާއްޖޭގެ ހުރިހާ ރަށެއްގެ ގޭގޭގެ ސިޓީން ރޫމުތަކުގައި ތިބެގެން ރައްޔިތުންނަށް، ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިނގާ ކަންތައްތައް އެނގެނީ މީޑިއާނެޓްގެ ޒަރީޢާއިންނެވެ. މީޑިއާނެޓު މެދުވެރިކޮށް 150އަށްވުރެ ގިނަ ޓީވީ ޗެނެލްތައް ބަލައިލުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް ފޯރުކޮށްދެނީ އެ ކުންފުނީގެ މުރާލި އަދި މަތިވެރި ޚިދުމަތްތެރީންގެ ބުރަ މަސައްކަތާއި މަތިވެރި ޚިދުމަތުގެ ސަބަބުންނެވެ. ރާއްޖޭގައި ކިތަންމެ ޓީވީ ޗެނެލްތަކެއް ޚިދުމަތުގައި ދެމި ތިއްބަސް އެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދެނީ މީޑިއާ ނެޓުގެ އެތައް ސަތޭކަ މުވައްޒަފުންގެ ބުރަ މަސައްކަތާއި މަތިވެރި ޚިދުމަތުގެ ސަބަބުންނެވެ.

މީގެ އިތުރަށް މީޑިއާ ނެޓުގެ އަމިއްލަ ޓީވީ ޗެނަލްތަކެއް ވެސް މި ޚިދުމަތުގައި ބައިވެރިވެއެވެ. އައިސްޓީވީގެ ނަމުގައި ހިންގަވާ ދެ ޗެނަލަކީ ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ މެޗްތައް އެންމެ ސާފުކޮށް ގެނެސްދޭ ދެ ޗެނެލެވެ.

ކުރީން ވެސް ދެންނެވި ފަދައިން ތާޒާ ޚަބަރާއި މަޢުލޫމާތު ރައްޔިތުންނަށް ފަސޭހަކަމާއެކު ހޯދައިދިނުމުގައި މީޑިއާ ނެޓުން ވަނީ ދިގު މުއްދަތެއްގައި ޚިދުމަތް ފޯރުކޮށްދީފައެވެ. ޚާއްޞަ ގޮތެއްގައި މުނިފޫހިފިލުމުގެ ގޮތުން ޓީވީ ޗެނެލްތައް ބަލައިލުމުގެ އިތުރަށް "ވީޑިއީ ކްލަބް"ގެ ޚިދުމަތް ބޭނުންކޮށްގެން ބޭނުން ގަޑިއަކު ބޭނުން ފިލްމަކާއި އެކި ޑްރާމާތަކާއި ސިލްސިލާތައް ބަލައިލުމުގެ ޚިދުމަތް ވެސް މީޑިއާނެޓުން ފޯރުކޮށްދެއެވެ. މީގެ ތެރޭގައި ދިވެހި ފިލްމުތަކާއި ޑްރާމާތަކުގެ އިތުރަށް ދުނިޔޭގެ މަގުބޫލު ފިލްމުތަކާއި ސިލްސިލާ (ސީރީޒް)ތައް ވެސް ހިމެނެވެ.

މީޑީއާނެޓްގެ ވެރީންނާއި މުވައްޒިފުންނަކީ ހަމައެކަނި ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދީގެން ފަރު ޖައްސައިލާ ވަރަށް ވުރެ، މާ ތަޞައްވުރީ މާ ކަށަވެތި ބަޔެކެވެ. އެހެންކަމުން މީޑިއާނެޓް ވަނީ ރާއްޖޭގެ މައި ފުއްޓަރުން ބޭރަށް ނެރެ، ބައިނަލްއަގުވާމީ ކޮށްފައެވެ.

އާދޭހެވެ! މީޑިއާނެޓުން ވަނީ "އެމް އެސް ގްލޯބަލް"ގެ ނަމުގައި ދާދި ފަހުން އާ ޚިދުމަތެއް ވެސް ތަޢާރަފުކޮށްފައެވެ. މި ޚިދުމަތާއެކު ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައި ހުރެގެން ވެސް ދިވެހި ޗެނަލްތައް ފަސޭހަކަމާއެކު ބަލައިލެވެއެވެ. އަދި މީޑިއާނެޓުގެ ވީޑިއޯ ކްލަބްގެ ޚިދުމަތުގައި ހިމެނޭ ދިވެހި ފިލްމާއި ސީރީޒް އަދި ދުނިޔޭގެ މަގުބޫލު ފިލްމުތަކާއި ސީރީޒްތައް ބަލައިލެވޭނެއެވެ. އެއީ "އެމް އެސް ލައިޓް ގްލޯބަލް" ޚިދުމަތް މެދުވެރިކޮށް ޓީވީ އިންނާއި "އެމް އެސް ޑިޖިޓަލް ގްލޯބަލް" ޚިދުމަތް މެދުވެރިކޮށް ފޯނުންނެވެ.

މާދަމާއަކީ ވަރަށް ޚާއްޞަ ދުވަހެކެވެ. އެމް އެސް ގްލޯބަލް ޚިދުމަތް ލަންކާގައި އުޅޭ ދިވެހީންނަށް ތަޢާރަފުކުރުމުގެ ގޮތުން މި ޚިދުމަތަށް ޚާއްސަކޮށްގެން "އެންމެންނަށް މީޑިއާ ނެޓް"ގެ ނަމުގައި ބާއްވާ ޚާއްޞަ ޙަރަކާތެއް މާދަމާ (2023ނޮވެމްބަރު 16 ވާ ބުރާސްފަތި ދުވަހު) ހެނދުނު 10:00ގައްޔާއި ރޭގަނޑު 10:00ގައި، ދެ ދަންފަޅިއަކަށް ބަހައިލައިގެން ސްރީލަންކާގެ ކޮޅުނބުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ޙަރަކާތް ބާއްވަނީ ލަންކާގައި ދިރިއުޅޭ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ކެފޭއެއް ކަމުގައިވާ ސްރީލަންކާގެ ގުރުވަ ކެފޭގައެވެ. މި ޚިދުމަތުގެ ސަބަބުން ހުކުރު ދުވަހު ރާއްޖޭގެ އާ ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުމުގެ ރަސްމިއްޔާތު، ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ބޭފުޅުންނަށް ވަރަށް ސާފުކޮށް ބައްލަވައިލެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެއެވެ.

މީޑިއާނެޓުގެ އިސް ބޭފުޅަކު "ފަރަގު" ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، މާދަމާ ބާއްވާ ޙަރަކާތުގެ ތެރޭގައި "އެމް އެސް ގްލޯބަލް" ޚިދުމަތާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމާއި ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރޭޝަން ފުރިހަމަކުރުމުގެ ކަންތައް ވެސް ކުރިއަށް ގެންދެވޭނެއެވެ. އަދި ގުރުވަ ކެފޭގައި މި ޙަރަކާތް  ކުރިއަށްދާ އިރު، އެ ކެފޭގައި ތިބެގެން "އެމް އެސް ގްލޯބަލް"ގެ ޚިދުމަތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ލިބިދެވޭނެއެވެ. ދެ ދަންފަޅިއަކަށް ބަހައިލައިގެން ބޭއްވޭ މި ޙަރަކާތުގެ ރޭގަނޑުގެ ދަންފަޅީގައި ވަގުތުން ބާއްވާ (ލައިވް) މިއުޒިކް ޝޯއެއް ވެސް އޮންނާނެކަމަށް މީޑިއާނެޓުގެ ފަރާތުން މަޢުލޫމާތު ލިބިފައިވެއެވެ.

މީޑީއާނެޓްގެ ޚިދުމަތްތެރި ބައެއް މުވައްޒަފުން<br>

މާދަމާ ސްރީލަންކާގައި ބާއްވާ މި ޚާއްޞަ ޙަރަކާތުގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ ދިވެހި އަޚުންނާއި އުޚުތުންގެ ތެރެއިން ގިނަ ބަޔަކަށް އެއްތަނަކުން ބައްދަލުވެލައި ތަޢާރަފުވެ އެކުވެރިކަން އާލާކޮށް އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ވަރަށް އަގުހުރި އެހާމެ ޚާއްޞަ ފުރުޞަތެއް ލިބޭނެކަމަށް މީޑީއާ ނެޓުން ގަބޫލުކުރެއެވެ.

އެމް އެސް ގްލޯބަލް ޚިދުމަތް ބޭނުންކުރާން ބޭނުންވަނީ ހަމައެކަނި ރަނގަޅު އިންޓަނެޓް ގުޅުމެކެވެ. މީޑިއާނެޓު އެޕްލިކޭޝަން އެންޑްރޮއިޑް ޓީވީއަށް އިންސްޓޯލް ކޮށްލައިގެން މި އެޕްލިކޭޝަން ބޭނުންކުރެވޭނެއެވެ. މި އެޕްލިކޭޝަން، "ޕްލޭ ސްޓޯރު"ން ނުވަތަ "އެޕްސްޓޯރު"ން ފޯނުތަކަށް އަޅައިލެވޭނެއެވެ.

މި ދެންނެވި ޚިދުމަތްތައް ފޯރުކޮށްދެނީ ވެސް ވަރަށް ހެޔޮ އަގެއްގައެވެ. އެމް އެސް ލައިޓް ގްލޯބަލް ޕެކޭޖުގެ އަގަކީ މަހަކަށް އެންމެ -/199ރ. (އެއް ސަތޭކަ ނަވާނަވައިރުފިޔާ)އެވެ. އެމް އެސް ޑިޖިޓަލް ގްލޯބަލް ޕެކޭޖުގެ އަގަކީ އަދި މާ ހެޔޮ އަގެކެވެ. މަހަކަށް އެންމެ -/74ރ. (ސައުރަހަތްތަރި ރުފިޔާ)އެވެ. މި ދެ ޚިދުމަތަށް ވަރަށް ޚާއްސަ އަހަރީ ޕްލޭންތަކެއް ވެސް މީޑިއާނެޓުން ވަނީ ތައާރަފުކޮށްފައެވެ. މި ހުރިހާ ޚިދުމަތްތަކެއްގެ މަޢުލޫމާތު ވެސް މާދަމާ ސްރީލަންކާގައި ބާއްވާ ޚާއްޞަ ޙަރަކާތުގެ ސަބަބުން ލިބޭނެކަމަށް މީޑީއާނެޓްގެ އޮފިޝަލަކު ވިދާޅުވިއެވެ.

އާދޭހެވެ! މީޑިއާނެޓުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި އުޅޭ ދިވެހީންނަށް މި ފޯރުކޮށްދޭ މަތިވެރި ޚިދުމަތުގެ އަގު އަޅުގަނޑުމެންނަށް ވަޒަން ވެސް ކޮށްލާކަށް ނޭނގެއެވެ. އަޅުގަނޑަށް ދެންނެވޭނީ މީޑިއާނެޓަށް ޝުކުރިއްޔާއެވެ! ހިތުގައި އުދެނީ ތަޢުރީފާއި އައްސަރިބަހެވެ. މީޑިއާނެޓަށް އަބަދު ވެސް ކުރިއެރުމާއި ފާގަތިކަމެވެ!

_____________________________

ބައެއް ލަފުޒުގެ މާނަ:

ކަށަވެތިކަން:    (1) ކަމެއް ކުރާނެކަމަށް ދޭ ކަށަވަރުކަން ނުވަތަ ވާ ވަޢުދު    (2) ޒިންމާދާރުކަމާއި ޝައުޤުވެރިކަމާއެކު ކަމެއް ކުރުމުގެ ސިފަ

Advertisement

ކޮމެންޓް