Advertisement

މިއީ ކޮން ގާނޫނެއް ހުއްދަކުރާ ކަމެއްހެއްޔެވެ؟ އިސްރާއީލުގެ ސިފައިން 'ޣައްޒާގެ އައްޝިފާ ހޮސްޕިޓަލަށް ވަދެގެންފިއެވެ'.

15 Nov 2023 | 11:47
.

މިއީ ކޮން ގާނޫނެއްގެ ދަށުން ސަހުޔޫނީ ޔަހޫދީން ހިންގާ ހަރަކާތެއްހެއްޔެވެ؟ ހޮސްޕިޓަލްތަކަށް ހަމަލާދީ އެ ތަންތަން ފަނާކޮށްލުމަށް ފަހު، އެންމެ ފަހުން، ސަލާމަތުން ހުރި ތަންތާގެ އެތެރެއަށް ވަދެ ބަލި މީހުންތައް ނެރޭން ވެސް އަންގަނީއެވެ. ދުނިޔޭގެ ރައްޔިތުންގެ ނުރުހުން އިސްރާއީލަށް އަމާޒުވާން ފެށުމުން މިހާރު އިސްރާއީލުން ހަދާ ގޮތަކީ ސީރިއަސް ހާލަތުގައި ތިބި ބަލި މީހުން ހޮސްޕިޓަލުން ބޭރަށް ނެރޭން އަންގަނީއެވެ. ނަމަވެސް ހޮސްޕިޓަލުގެ އައިސީޔޫގައި ތިބޭ ބަޔަކު އެ ތަނުން ނެރެގެން ވައްދާނީ ދެން ކޮންތާކަށް ހެއްޔެވެ؟ އެކަމަކު ދުނިޔެއަށް ދައްކާން އެ މީހުން އުޅެނީ އެ މީހުން، މަދަނީންނަށް ގެއްލުން ދޭކަށް ނޫޅޭކަމަށެވެ. އެ މީހުން ބޭނުންވަނީ ޖާސޫސީ މަޢުލޫމަތުގެ އަލީގައި ހޮސްޕިޓަލުގެ އަޑީގައިވާ މުޖާހިދުންގެ ބިންގަރާސްތައް ހަލާކުކޮށްލުންކަމަށެވެ. މި ބަހަނާގައި އެ މީހުން މުޅި ހޮސްޕިޓަލަށް ބޮން އަޅައި ހަލާކުކޮށްލާނީއެވެ. ދެން އައިސީޔޫގައި ތިބި ހާލު ބޮޑު ބަލި މީހުންނާއި ހޮސްޕިޓަލުގައި ބައިތިއްބައިފައި ތިބި އެހެން ބަލި މީހުންނަށް ކުރިމަތިވާނީ ފަރުވާ ނުލިބި މަރުވުން ފިޔަވައި ކޮން ކަމެއްހެއްޔެވެ؟

މިއަދު ހެނދުނު (ބުދަ ދުވަހު) މިހާރު އައްޝިފާ ހޮސްޕިޓަލަށް އިސްރާއީލު ސިފައިން ވަދެގަނެ އަސްކަރީ ޙަރަކާތްތައް ހިންގަމުން އެބަގެންދެއެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް އެކުވެނިކަމަށްވާ "އައްޝިފާ"ގެ އެތެރޭގައި ހަމާސާ ދެކޮޅަށް އެ ގައުމުގެ ސިފައިން އަސްކަރީ ޙަރަކާތެއް ހިންގަމުން އަންނަ ކަމަށެވެ.

ޔަހޫދީ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ލިބިފައިވާ ޖާސޫސީ ސިއްރު މައުލޫމާތާއި އަސްކަރީ ހަރަކާތެއް ހިންގުމަށް އޮތް ޒަރޫރަތެއްގެ މައްޗަށް ބިނާކޮށް [ހަތިޔާރު އެޅި] ސިފައިން ޝިފާ ހޮސްޕިޓަލުގެ ވަކި ސަރަހައްދެއްގައި ހަމާސާ ދެކޮޅަށް ސީދާ ހަމާސަށް އަމާޒުކޮށްގެން އަސްކަރީ ޚާއްސަ ހަރަކާތެއް ހިންގަމުންދާކަމަށެވެ."

"އާންމުންނަށް އެއްވެސް ގެއްލުމެއް ނުދިނުމުގެ ނިޔަތުގައި މި [ހަތިޔާރު އެޅި] ސިފައިންގެ ތެރޭގައި ހިމަނައިފައިވަނީ ޞިއްޙީ ޓީމުތަކާއި އަރަބި ބަހުން ވާހަކަދައްކާން ދަންނަ މީހުންނާއި، މި އެކުވެންޏާއި އަދި ނާޒުކު މާހައުލަށް ތައްޔާރުވުމަށް ކަނޑައެޅިފައިވާ ތަމްރީނުތަކެއް ދެވިފައިވާ މީހުންނެވެ." ޔަހޫދީ އަސްކަރިއްޔާއިން ބުނެފައިވެއެވެ.

އެ ހޮސްޕިޓަލުގައި ތިބި ހަމާސްގެ ހުރިހާ ޙަރަކާތްތެރީންނަށް އަމާންދޭން ގޮވައިލައިފައި ވެއެވެ. މި އަސްކަރީ ޙަރަކާތް ފަރުމާކޮށްފައި ވަނީ ހޮސްޕިޓަލަށާއި މެޑިކަލް ޓީމްތަކަށް ނުވަތަ އެ ތަނުގެ މަދަނީންނަށް ގެއްލުން ދިނުމަކަށް ނޫނެވެ." ބަޔާނުގައިވެ އެވެ. "މި ޙަރަކާތް ފެށުމުގެ ކުރީން ދުރާލައި ވަނީ ބަލިމީހުން ހޮސްޕިޓަލުން ބޭރަށް ނެރުމަށް މަސައްކަތްތަކެއް ކުރެވި، މި ކަމަށް ޚާއްސަ އަމާން މަގެއް ހުޅުވައިދީފައެވެ."

"އެކުވެންޏަށް ވަނުމުގެ ކުރީން ހޮސްޕިޓަލުގެ މެނޭޖްމަންޓަށް އޮންނާނީ އެ ކަން އަންގައިފައެވެ. މި ޢަސްކަރީ ޙަރަކާތް ނިމުމުން އިންކިއުބޭޓަރުތަކާއި ބޭސްފަރުވާގެ އާލަތްތަކާއި ތުއްތު ކުދިންނަށް ބޭނުންވާ ކާނާ ހޮސްޕިޓަލަށް ބަދަލުކުރާނެކަމަށް އުންމީދު ކުރަމެވެ."

އިސްރާއީލުން ކޮންމެ ވާހަކައެއްދެއްކިކަމަށް ވިޔަސް އެ މީހުންގެ ނިޔަތަކީ ޣައްޒާގެ ރައްޔިތުން ޝަހީދުކޮށް ހުސްކޮށްލައި އެ ބިން ފޭރިގަތުމެވެ.

ކީރިތިވަންތަ މާތް ﷲ އެ މީހުން ނިކަމެތިކުރައްވައި، ފަލަސްޠީނު މީހުންނަށް ކާމިޔާބާއި ނަޞްރު މިންވަރުކުރައްވާށިއެވެ! އާމީން!

Advertisement

ކޮމެންޓް
ޢަލީބެ
އިޒްރާއީލުގެ މެސެޖު ލިޔުންތެރިޔާ ވަރަށްރަނގަޅަށް dhivehinge ބޮލަށް ވައްދާން އެޅެފައޮތީ. hurihaa ތަނެއްގެ މީޑިޔާ އިޒްރޭލުކިޅަށް.
15 Nov 2023