Advertisement

އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ވެރިޔާ ވެސް ޔަހޫދީންގެ ނިޔަތާމެދު ޝައްކު އުފައްދައިފިއެވެ.

10 Nov 2023 | 17:43
މުޅި ޣާއްޒާގެ އިމާރާތްތަކާއި މަގުތައް އިސްރާއީލުގެ ވައިގެ ޙަމަލާތަކުން ވަނީ މުޅިން ހަލާކުކުކޮށް ސުންނާފަތިކޮށްލައިފައެވެ. (އޭއެފްޕީ)

އިސްރާއީލުގެ ހައްދު ފަހަނަޅައިފައިވާ ޔަހޫދީ ލަޝްކަރުތައް ފަލަސްތީނުގެ މަދަނީންގެ ރައްކާތެރިކަމަށް ޓަކައި އެއްވެސް ކަމެއް ނުކުރާނެކަން އަޅުގަނޑުމެންނަށް ކަށަވަރެވެ. އަދި އެ މީހުންގެ ނިޔަތަކީ މުޅި ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތައިލައި ފަލަސްތީނު ވެސް ވުޖޫދުން ފޮހެލައި، ޤުދުސްގެ މުޤައްދަސް ބިމަކީ ނިރުބަވެރި ޔަހޫދީ ދައުލަތުގެ ބަޔަކަށް ހަދާންކަމާމެދު އަޅުގަނޑުމެން ޝައްކެއް ނުކުރަމެވެ. މި ދަނޑިވަޅުގައި، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރ މރ. ވޮލްކާރ ޓާރކް ބުނެފައިވަނީ އިސްރާއީލުން ޙަރަކާތްތެރިވަނީ ޣައްޒާގެ މަދަނީން ޙިމާޔަތްކުރުމަށް ޓަކައި ކަމާމެދު ޝައްކުކަމަށެވެ. "ހިފައިވާ ބިންތަކުގައި ހަމަނުޖެހުން އިތުރުވަމުން ދާ މި ދަނޑިވަޅުގައި ހުޅަނގު އައްސޭރި ޙިމާޔަތްކުރުމުގެ ޒިންމާ އިސްރާއީލުގެ ކިބައިގައި ވެސް އޮތްކަމަށް" އޭނާ ދެކެއެވެ.

"ޣައްޒާގެ އެއްވެސް ސަރަހައްދެއް އަމާނެއް ނޫން." ހަމާސްގެ ފަހަތުން ހަމަލާދެނީކަމަށް ބުނެ މުޅި ޣައްޒާގައި އިސްރާއީލުން އުފައްދައިފައިވާ ބިރުވެރިކަމަށް އިޝާރާތްކޮށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރ ވޮލްކަރ ޓާރކް ބުނެފައިވެއެވެ.

މރ. ޓާރކް ބުނެފައިވަނީ ހިފައިފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ މަދަނީން ޙިމާޔަތްކުރުމަކީ އިސްރާއީލުގެ ޒިންމާއެއްކަމަށެވެ. ވޭތުވެ ދިޔަ ފަސްވަރަކަށް ހަފުތާގެ ތެރޭގައި ބިރުވެރި ނުރައްކާތެރި ޙާމަލާތަކުގެ ސަބަބުން ޑަރުޖަނުންޑަރުޖަނުން ވަނީ މީހުންތައް ޝަހީދުކޮށްފައެވެ.

"މި ވަގުތު ޣައްޒާގެ އެއްވެސް ތަންކޮޅެއް އަމާނެއް ނޫން. މެދުކެނޑުމެއް ނެތި ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޮންއަޅަމުންދާ ކަމުގެ ޚަބަރުތައް އަބަދުއަބަދު ލިބެމުން ދަނީ." މިސްރަށް ކުރި ދަތުރަށް ފަހު ދެވަނަ މަންޒިލެއްގެ ގޮތުން ޒިޔާރަތްކުރި ގައުމުކަމުގައިވާ އުރުދުނުގައި ހުރެ ވޮލްކާރ މިއަދު (ހުކުރު ދުވަހު) ބުނެފައިވެއެވެ.

އޭނާ ބުނި ގޮތުގައި އިސްރާއީލުން ޣައްޒާގެ މަދަނީންނަށް، ރައްކާތެރިކަމަށް ޓަކައި ބަދަލުވާން އަންގަމުންގެންދާ ދެކުނު ޣައްޒާއަކީ ވެސް ނުރައްކާތެރި ޙާމަލާތައް މެދު ނުކެނޑި އަމާޒުވަމުންދާ ސަރަހައްދެކެވެ.

"ރައްކާތެރި ސަރަހައްދޭ ބުނެ ރައްޔިތުން ގަދަކަމުން ފޮނުވަމުން ގެންދާ ސަރަހައްދަކީ ޢަމަލީ ގޮތުން ކިހާ ރައްކާތެރިކަމެއް އޮތް ސަރަހައްދެއްތޯ ރައްޔިތުން ސުވާލުކުރެއެވެ." މރ. ޓާރކް ބުނެފައި ވެއެވެ. "މަދަނީންނަށް އެ ސަރަހައްދުތަކުގައި ހިރާސް އަންނަނީ އިތުރުވަމުންނެވެ."

މރ. ޓާރކް ބުނެފައިވާ ގޮތުގައި އިންސާނީ ޙައްގަށް ޓަކައި ވެސް އިސްކަން ދޭންވީ ޙަމަލާތައް މުޅީން ހުއްޓާށެވެ." މުޅި ޣައްޒާއަކީ ބިރުވެރި ހުވަފެނެއްގެ ގޮތުގައި ސިފަކުރަމުން މރ. ވޮލްކާރ ޓާރކް ބުނެފައިވެއެވެ.  

މި ހަފުތާގައި މރ. ޓާރކް ވަނީ ޤާހިރާގައި މިޞްރުގެ ޚާރިޖީ ވަޒީރު ސާމިޙު ޝުކުރީއާ ބައްދަލުކޮށް ރަފަޙުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ޣައްޒާއަށް ވެސް ގޮސްފައެވެ. އެއީ އިންސާނީ އެހީގެ ކަންކަން ހިނގާނުހިނގާ ގޮތް ބަލައިލާށެވެ. އެ ސަރަހައްދަކީ ޣައްޒާގެ ޒަޚަމުވެފައިވާ މީހުންނާއި ބިދޭސީންނަށް ޣާއްޒާއިން ބޭރުވެވޭން އޮންނަ ހަމައެކަނި މަގެވެ.

އޮކުޓޫބަރު ހަތެއްގެ ފަހުން ޔަހޫދީންގެ ޙާމަލާތަކުން މިހާތަނަށް ފަލަސްތީނުގެ އެގާރަ ހާހާ ކައިރި ޢަދަދަކަށް މީހުން ޝަހީދުވެފައިވާ އިރު، އޭގެ ތެރޭގައި ހަތަރު ހާހަށް ވުރެ ގިނަ ކުޑަކުދީންނާއި ތިން ހާހެއްހާ އަންހެނުން ހިމެނެއެވެ. ޝަހީދުވި މީހުންގެ އިތުރަށް ތިން ހާހަށް ވުރެ ގިނަ މީހުން ވަނީ ވަރަށް ބޮޑަށް ޒަޚަމުވެފައެވެ. އެހެންނަމަވެސް ޙަމާސްގެ ޙަމަލާތަކުން ޔަހޫދީންގެ ތެރެއިން މަރުވެފައިވަނީ ސާދަ ސަތޭކައެއްހާ މީހުންކަމަށް އިސްރާއީލުން ބުނެއެވެ.

__________________________________________

Advertisement

ކޮމެންޓް