Advertisement

އިސްރާއީލުން ޙަމަލާތައް ހުއްޓައިލާން އެއްބަސްވެފައިވާ ގަޑި ހަމަވުމާއެކު އެންމެ ބޮޑު ހޮސްޕިޓަލަށް ވަގުތުން ހަމަލާ ދިނެވެ.

10 Nov 2023 | 16:11
ޣައްޒާ ސިޓީގެ ކުޑަކުއްޖަކު އައްޝިފާ ހޮސްޕިޓަލްގައި ފަރުވާގެ އިންތިޒާރުގައި ބުދަ ދުވަހު: (ފޮޓޯ ރޮއިޓާރސް)

·ފަލަސްޠީނުގެ އެންމެ ބޮޑު ހޮސްޕިޓަލްކަމަށްވާ އައްޝިފާ ހޮސްޕިޓަލާއި، އަލްޤުދުސް ހޮސްޕިޓަލަށް އިސްރާއީލުން ޙަމަލާދިން އިރު އެ ހޮސްޕިޓަލުގައި އެތައް ބައިވަރު ބަލި މީހުންނެއް ފަރުވާއަށް އެދިއެދި ތިއްބެވެ.

             . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

ޣައްޒާގެ އެންމެ ބޮޑު ތިން ހޮސްޕިޓަލަށް ނުވަތަ އެ ހޮސްޕިޓަލްތައް ކައިރިއަށް މިއަދު (ހުކުރު ދުވަހު) އަނެއްކާ ވަރުގަދަ ޢުދުވާނީ ޙަމަލާތަކެއް އިސްރާއީލުން ވަނީ ދީފަވެ. ޣައްޒާގެ އޮފިޝަލަކު ބުނި ގޮތުގައި މީގެ ތެރޭގައި އައްޝިފާ ހޮސްޕިޓަލާއި ޤުދުސް ހޮސްޕިޓަލް ވެސް ހިމެނެއެވެ. އޭނާ އިރު ތަފުސީލެއް ނުދެއެވެ.

ފަލަސްތީނުގެ ރަތް ހަނދުފަޅީގެ އޮފިޝަލަކު ބުނެފައިވާ ގޮތުގައި އުތުރު ޣައްޒާގެ ޠައްލަލްޙަވާގައި ހުންނަ އަލްޤުދުސް ހޮސްޕިޓަލްގެ ވަށައިގެންވާ ސަރަހައްދުތަކަށް ވެސް ހުކުރުދުވަހު ޙާމަލާތައް ދިނެވެ. "އިސްރާއީލުން މެދުނުކެނޑި ދެމުން ގެންދާ ޙަމަލާތަކުން ސަލާމަތްވާން އައިސް ތިބި ސާދަ ހާހެއްހާ މީހުން އެ ހޮސްޕިޓަލުގައި އޭރު ތިއްބެވެ."

"މި ވޭތުވެ ދިޔަ ވަގުތުތަކުގައި އެތައް ބައިވަރު ހޮސްޕިޓަލަކަށް އިސްރާއީލުން ފުލުފުލުގައި ޙަމަތައްދިނެވެ." އަލްޖަޒީރާ ޓީވީއަށް މަޢުލޫމާތުދެމުން އަލްޤިދުރާ، ބުނެފައި ވެއެވެ.

ޒަޚަމުވެފައިވާ މަޒުލޫމުން ގިނަކަމުން ހޮސްޕިޓަލުން ޖާގަ ނުލިބިގެން ޣައްޒާގެ އަންހެނަކު މިއަދު ކާރެއްގެ ތެރެއަށް ވިހައިފައި ވެސް ވެއެވެ. އިސްރާއީލުން ހޮސްޕިޓަލުތަކަށް ޙަމަލާދެނީ އެއީ މުޖާހިދުންގެ މަރުކަޒުތަކެއްކަމަށާއި އެ މީހުންގެ ބިންގަރާސްތަކަށް ފައިބާނެ ދޮރުތައް ހުންނަނީ ހޮސްޕިޓަލުގެ ތެރެއިންކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް މި ކަން އިސްރާއީލުން ކަށަވަރުކޮށްދީފައި ނުވާއިރު އެއީ ކަނޑައެޅިގެން ދޮގެއްކަމަށާއި ޙަމާސް ޖަމާޢަތުގެ އެއްވެސް މަސްލަހަތެއް ހޮސްޕިޓަލް ސަރަހައްދުގައި ނުވާނެކަމަށް ހަމާސް ޖަމާޢަތުން ވަނީ ބުނެފައެވެ.

ހޮސްޕިޓަލްތަކަށް ހަމަލާ ދީފައި ވެސް އިސްރާއީލުން ބުނަނީ މަދަނީންނަށް އަމާޒުކޮށްގެން ހަމަލައެއް ނުދޭކަމަށާއި އެއީ ޒަޚަމުވެފައިވާ މީހުން މިޞްރަށް ވަންނާން މަގު ފަހިކޮށްދިނުމަށް ޓަކައި ދޭ ޙަމަލާތަކެއްކަމަށެވެ.

އައްޝިފާ ހޮސްޕިޓަލާ މޭލެއްހާ ކައިރިއަށް އިސްރާއީލުގެ ޓޭންކުތަކާއެކު ފައުޖުތަކެއް މިއަދު (ހުކުރު ދުވަހު) ވަނީ ވައްދައިފައިކަމަށް ޣައްޒާގެ މަދަނީއަކު ބުނެފައިވެއެވެ. މިއީ ނިރުބަވެރި ނަތަންޔާހޫ ބައިނަލްއަޤުވާމީ ޤާނޫނުތައް ކިހިނެއް މާނަކޮށްގެން ހިންގާ ޖަރީމާއެއްތޯ އޭނާ ވަނީ ސުވާލު ވެސް އުފައްދައިފައެވެ. ލަފާކުރެވޭ ގޮތުގައި މިއީ ހޮސްޕިޓަލުތައް ތަޅައި ބިމާ ހަމަކޮށްލާން ގެނައި އުޅަނދުތަކަކާއި ލަސްކަރުތަކެކެވެ. ބޭނުމަކީ މުޅި ޣައްޒާއިން މީހުން ހުސްކޮށް ޢިމާރާތްތައް ނައްތައިލުމަށް ފަހު އެއީ އިސްރާއީލުގެ ބިންކަމަށް ހަދައި، ޔަހޫދީން ވަޒަންވެރިކުރުމަށް ޓަކައި ގެދޮރު ބިނާކުރުމެވެ.

Advertisement

ކޮމެންޓް