ad_banner
އަޚުލާޤު ހަލާކުކޮށް ފަސާދަކުރުމުގައި ޞިހުޔޫނީންގެ ދައުރު

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

31 ޖަނަވަރީ 2025

ޞިހުޔޫނީ ޙަރަކާތުގެ މައިގަނޑު އަމާޒަކީ ދުނިޔެ ފަސާދަކޮށްގެން މުޅި ދުނިޔޭގެ މައްޗަށް ވެރިވެގަތުމެވެ.

އިންޓަނެޓުގައި ޝާއީކޮށް ފަތުރައިފައިވާ ބަރަހަނާ ޗެނެލްތަކުގެ އަދަދު، ތޭރަ ވަރަކަށް ހާހަށް ވުރެ ގިނަކަމަށް ދަންނަވައިފި ނަމަ، ސިހިވަޑައިގަންނަވާނުތޯއެވެ؟ މި ޗެނެލްތައް ބަލާ މީހުންގެ އަދަދު  91 ބިލިއަނަށް ވުރެ ގިނަކަމަށް ދަންނަވައިފި ނަމަ، އަދި ވަކީން ބޮޑަށް ޙައިރާންފުޅުވެވަޑައިގަންނަވާނު ދޮގެއްތޯއެވެ؟

ދުނިޔެ ދެކެމުންދާ މި ލާއަޚްލާޤީ ހަޑި ހުތުރު ޢަމަލުތަކަކީ ގިޔަމާއި އަޚްލާޤުގެ ޢާލަމު އެހެން ލަނޑުދަނޑިތަކަކަށް ޓަކައި، ހަލާކުކޮށް ސުންނާފަތިކުރާންވެގެން ވަރަށް މޮޅަށް ރާވައި ގަތައިގެން ހިންގާ ޢަމަލުތަކެއްކަން ކަށަވަރެވެ.

މި މަސައްކަތްތަކުގެ ފަހަތުގައި އޮތީ ޞިހްޔޫނިއްތާއި މި ޙަރަކާތުގެ ވިއުގައިގައި ހިމެނޭ ޖަމާޢަތްތަކާއި ޖަމުޢިއްޔާތައްކަން މިއަދު ވަނީ ބޭޒާރުވެފައެވެ. ނަސްލީ އިމްތިޔާޒުގެ ސިޔާސީ  ޙަރަކާތެއްކަމުގައިވާ ޞިހްޔޫނިއްޔަތު ވުޖޫދަށް ގެނެވުނީ ފަލަސްޠީނުގައި ޔަހޫދީ ދައުލަތެއް ޤާއިމުކޮށް  މި ދައުލަތުގެ ފައިތަކުގެ ތެރެއިން ލައިފައި މުޅި ދުނިޔޭގެ ވެރިކަމަށް އިސްވުމަށެވެ. މި ކަމަށް ޓަކައި ޤާނޫނު ހުއްދަކުރާ ވަސީލަތްތަކާއި ހުއްދަނުކުރާ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

މި ޙަރަކާތުން ދުނިޔޭގެ އިގުތިސާދާ ކުޅުމަށް ޓަކައި، ކަރލް މާކުސް ވުޖޫދަށް ގެނައެވެ. މި ޙަރަކާތުން ދުނިޔޭގެ މަސްރަޙަށް ލާދީނީ ފިކުރުތައް ފަތުރައި، ޢަޤީދާތައް ހަލާކުކޮށްލުމަށް ޓަކައި ޑާވިންގެ އިވޮލިޔުޝަން ނަޒަރިއްޔާ ވިއްސުވައި މަދުރަސާތަކުގެ މަންހަޖަށް މި ނަޒަރިއްޔާ އިތުރުކުރިއެވެ. މި ޙަރަކާތުން ދުނިޔޭގައި ބަދުއަޚްލާޤު ފެތުރުމަށް ޓަކައި ފްރޮއިޑުގެ ފާޙިޝް ފަލްސަފާ އުފަންކުރުވައި މަޝްހޫރުކުރުވިއެވެ.

ޞިހުޔޫނީ ޙަކީމުންގެ ނުވަވަނަ ޕްރޮޓުކޯލު ބުނާ ގޮތުގައި އަޚުލާޤު ފުނޑުފުނޑުކޮށްލުމަށާއި ނަޞާރާ ފައްޅީގެ އާދަކާދަތަކާއި އިސްލާންދީނުގެ ތަޢުލީމުތަކާއި އަޚުލާޤީ ކޮންމެ ގިޔަމަކީ ތަރައްޤީއާ ދުޝްމަނު އުޞޫލުތަކެއްކަން ވިސްނައިދިނުމަށް ޓަކައި، ދާއިމީ ސިފައެއްގައި މަސައްކަތްކުރާނެ އޭޖެންޓުންތަކެއް ތަމްރީނުކޮށް ތައްޔާރުކުރެވޭނެއެވެ.

މި ޕްރޮޓްކޯލްގައި އައިސްފައި ވެއެވެ. "އަހުރެމެންގެ ވަށައިގެންވާ އުންމަތްތަކުގެ އަޚުލާޤު ހަލާކުކޮށްލުމަށް ޓަކައި އަހުރެމެންގެ އުޞޫލުތަކަށް ޚާއްޞަ ޢިނާޔަތެއް ދޭންޖެހޭނެއެވެ. މި އުންމަތްތަކުގެ ތަޢުލީމު އަހުރެމެންގެ އުޞޫލުތަކާ އެއް ގޮތަށް ބައްޓަންކޮށްފުމަށް ދާންދެން އަހުރެމެންގެ މަސައްކަތަށް ކާމިޔާބު ލިބޭނެކަމަށް ތިޔަބައިމީހުން ހީނުކުރާށެވެ! ތިޔަބައިމީހުން ހީވާގިކަމާ އެކު، މަސައްކަތްކޮށްފި ނަމަ، އެންމެ ވަރުގަދައަށް އަޚުލާޤުގައި ހިފަހައްޓައިގެން އޮތް ގައުމުތަކުގެ އަޚުލާޤު ވެސް ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ބަދަލުކޮށްލެވިދާނެއެވެ.  

ޞިހްޔޫނީވެގެން އުޅޭ މީހުން މި ޕްރޮޓުކޯލުގައި އައިސްފައިވާ އިރުޝާދުތައް އަކުރުން އަކުރަށް ތަންފީޒުކުރަމުންދާ ތަން ފެނެއެވެ. ފިލްމު އުފައްދާ ޞިހުޔޫނީއެއްކަމުގައިވާ ގޯލްޑަސްޓައިން ބަދުއަޚްލާޤީ ބަރަހަނާ ފިލްމުގެ ޞިނާޢަތަށް ޔަހޫދީން އަތްގަދަކޮށްފައިވާ ސަބަބާ ބެހޭ ގޮތުން ބުންޏެވެ. "ބަދުއަޚްލާޤީ ބަރަހަނާ ފިލްމުތަކުގެ ޞިނާޢަތުގައި ޔަހޫދީން އަތްގަދަކުރަމުންދާ ހަމައެކަނި ސަބަބަކީ އަހުރެމެން ޢީސާގެފާނު ދެކެ ނުރުހުންވުމެވެ."  

ފާޅުކޮށްފައިވާ ރޭވުންތައް

އިންސާނީ މުޖުތަމަޢުގެ ފަރުދުންގެ އަޚްލާޤު ފާސިދުކޮށް ހަލާކުކޮށްލުމަށް ޓަކައި ޞިހްޔޫނިއްޔަތުން ވަރަށް ގިނަ ކަންތައްތަކެއް ވަނީ އީޖާދުކޮށްފައެވެ. ބަދުއަޚްލާޤީ ފިލްމުތަކާއި އޮރިޔާން ކާޑުތަކާއި އެހެނިހެން ވެސް މި ފަދަ ޢަމަލުތަކަށް ޔަހޫދީންގެ އަތްގަދަވެގެން ދިޔައީ ގްލޯރިޔާ ލިޔުނާޑް ނަމަކަށް ކިޔާ ޔަހޫދީ އަންހެނަކު ރޯބަރަހަނާ ޖިންސީ މޮށުންތައް ފޯނުން ހިންގާންފެށި (phone sex lines) ހިސާބުންނެވެ. އެއަށް ފަހު، އޭނާ އެމެރިކާގެ "ހައި ސޮސައިޓީ" ނަމަކަށް ކިޔާ މަޖައްލާއެއްގެ މުހައްރިރުކަން ކުރިއެވެ. މިއީ ބަދުއަޚްލާޤީ ފޮޓޯތަކާއި ލާއަޚުލާޤީ ވާހަކަތައް ޝާއީކުރުމަށް ނެރުނު މަޖައްލާއެކެވެ. މިއީ، އިރޯޓިކް މަޖައްލާ (Erotic Magazines)ގެ ފެށުމެވެ. ރޯބަރަހަނާ ފިލްމުތައް އުފެއްދުމަށާއި އެ ފަދަ ފިލްމުތަކަށް ޚާއްޞަ ބައިސްކޯފުގެތައް (Adult theatre) ޤާއިމުކުރުމަށް  އެންމެ ބޮޑަށް ވަކަލާތުކުރި އެކަކީ މި އަންހެނާއެވެ.

ބަރަހަނާ ޞިނާޢަތުގެ މައިދާނުގައި މަޝްހޫރު މީހެއްގެ ގޮތުގައި ދެން ފާހަގަކުރެވޭ މީހަކީ ޞިހްޔޫނީއެއް ކަމުގައިވާ ރޮބިން ސްޓާމަނެވެ. އޭނާއަކީ ބަރަހަނާ މަޖައްލާތަކުގެ ދުއިސައްތަ ވަރަކަށް ފިހާރައިގެ ވެރިއެކެވެ. ވޭތުވެ ދިޔަ ސައްތައިގެ ފަންސާހުގެ އަހަރުތަކުގެ ތެރޭގައި ޝާއީކުރާން ފެށި މަޝްހޫރު ޕްލޭބޯއީ (Playboy) މަޖައްލާގެ ހުރިހައި ޙަރަކާތްތަކެއްގައި އިސްނަގައިގެން އުޅެފައިވަނީ ޔަހޫދީންނެވެ. މި މަޖައްލާގެ އިސް މުޙައްރިރުންގެ ތެރޭގައި ހިމެނޭ، ނެޓު ލެހްރްމާން (Nat Lehrman) ބުންޏެވެ. "މި މަޖައްލާގެ މަސައްކަތު ޓީމުގެ އެންމެންނަކީ ޔަހޫދީންނެވެ."

ފޮޓޯގެ މައިދާނުން ވީޑިއޯގެ މައިދާނަށް ބަރަހަނާކަން ނެރުނީ ޔަހޫދީންނެވެ. މި މައިދާނުގައި މަޝްހޫރު ޞިހްޔޫނީއަކީ މައިކް ކޮލެޝެވެ. އޭނާ ވީޑިއޯގެ ފަންނިއްޔަތު އީޖާދުކޮށް ޑީވީޑީ އުފައްދާ ކުންފުނިތައް ބިނާކުރިއެވެ. މި މައިދާނުގެ ގިނަ ތަރީންނަކީ ޞިހްޔޫނީންނެވެ. ޑީވީޑީއާއި ވިއެޗްއެސްއާއި ބިޓަމެކްސް ވުޖޫދަށް ގެނެސް ބަރަހަނާ ދުނިޔެއަށް ބޮޑު އިންޤިލާބެއް ގެނައީ ޔަހޫދީންނެވެ.

އިންޓަނެޓު ވުޖޫދަށް އައުމާ އެކު ޞިހްޔޫނީން ބަރަހަނާ ފިލްމުތަކާއި ވީޑިއޯތަކާއި މަޖައްލާތަކުގެ ބާޒާރު އެ މީހުންގެ ބާރުގެ ދަށަށް ގެނައެވެ. އިންޓަނެޓު ވުޖޫދުވުމާ އެކު ޞިހްޔޫނީން ބަރަހަނާ ބާޒާރަށް އަތްގަދަކުރުމަށް އަވަސްވެގަތެވެ. ބަރަހަނާ ޖިންސީ ފިލްމުތައް އުފެއްދުމުގައި އެންމެ އިސް ދައުރެއް ކުޅުނީ ޞިހްޔޫނީ މީހެއްކަމުގައިވާ ސީމޯރ ބެޓްސެވެ. އެމެރިކާގެ ފޯބިސް މަޖައްލާ (Forbes)އިން ޞިހްޔޫނީންގެ ދައުރު ހާމަކުރަމުން ބުނެފައިވާ ގޮތުގައި ބަރަހަނާ ބާޒާރުގެ 30 %ގެ މިލްކުވެރި ފަރާތަކީ (Vivid) މުއައްސަސާއެވެ. މި ކުންފުންޏާ އެންމެ ބޮޑަށް ވާދަކުރާ ކުންފުންޏަކީ ވެސް ޞިހްޔޫނީ ކުންފުންޏެކެވެ. މި ކުންފުނީގެ ވެރިޔަކީ ސްޓެފަން އޮރެންސްޓައިންނެވެ.

ހޮލީވުޑަށް ބަލާ އިރު، މި ކުންފުނީގެ ބޮޑު ބަޔަކަށް ބާރުފޯރުވައިފައި ވަނީ ޞިހްޔޫނީންނެވެ. ބަރަހަނާ ފިލްމު ކުޅުމާއި އުފެއްދުމުގައި މަޝްހޫރު ތަރި ރޮން ޖެރެމީއަކީ ޔަހޫދީއެކެވެ. އޭނާއަކީ ރޯބަރަހަނާ ފިލްމުތައް  ކުޅުމުގެ ލެޖެންޑެކެވެ. ގިނެސް ބުކް ބުނާ ގޮތުގައި އޭނާ ދެ ހާހަށް ވުރެ ގިނަ ބަރަހަނާ ފިލްމު ކުޅެފައިވެއެވެ.

ނާސިގެތަކާއި ރަންޑީޚާނާތަކުގެ ވިޔަފާރިއާއި އެއްޖިންސުން ޖިންސީ ގުޅުން ހިންގުމަށް ހިތްވަރުދީ އެ ކަމަށް ގޮވައިލާ ޙަރަކާތްތައް ފަށައި ފެތުރުމުގައި ވެސް ޞިހްޔޫނީންގެ ދައުރު ވަކީން ކުޑައެއްނޫނެވެ. އަންހެނުން ލައްވައި ހަށިވިއްކުމުގެ ވިއުގަތަކަށް ބަލާ އިރު، ދުނިޔޭގައި ޤާއިމުކޮށްފައިވާ ޢާލަމީ ވިއުގަތަކަކީ ޔަހޫދީން އެ ކަމުގެ ފަހަތުގައި ތިބެގެން ހިންގާ  ވިޔަފާރިތަކެކެވެ. އަންހެނުންނާއި ފިރިހެނުންގެ އިތުރަށް ބަދުއަޚާޤީ ޢަމަލުތަކުގެ ވިޔަފާރީގެ ތެރެއަށް ކުޑަކުދީން ވެސް އެންމެ ފުރަތަމަ ވެއްދީ ޔަހޫދީންނެވެ. އެއްޖިންސުން ޖިންސީ ގުޅުން ހިންގާ މީހުންގެ ޙައްޤުތައް ރައްކައުތެރިކުރުމަށް ޓަކައި ޤާނޫނުތައް ހަދާން ފުރަތަމަ ގޮވައިލި ޖަރްމަނުގެ ނޫސްވެރިޔާ ކަރޓް ހިލަރަކީ ޞިހްޔޫނީއެކެވެ.

މިނިވަންކަމާއި އެއްބަނޑުއެއްބަފައިކަމާއި ހަމަހަމަކަމާއި އިންސާނިއްޔަތުކަމުގެ ރީތި އޮފުގަދަ ޝިޢާރުތަކުގެ ފަހަތުގައި ފިލައި ތިބެގެން ހުރިހައި ހަޑިހުތުރު ބަދުއަޚްލާޤީ ފާޙިޝް ޢަމަލުތަކަކަށް ހިތްވަރު ދީފައިވަނީ އަދި މިއަދު ހިތްވަރުދެމުންދަނީ ޔަހޫދީންނާއި ޞިހުޔޫނީންނެވެ. މި ފަދަ  ޙަރަކާތްތަކުގެ ތެރޭގައި މާސޯނީން ވެއެވެ.

1922ވަނަ އަހަރު މާސޯނީން ބޭއްވި ބޮޑު ބައްދަލުވުމުގައި އެ މީހުން އެއްބަސްވި ކަންތައްތަކުގެ ތެރޭގައި އައިސްފައިވެއެވެ. "އަހުރެމެންނަށް ލިބިފައިވާ ހުރިހައި ހަކަތައެއް ބޭނުންކޮށްގެން މީސްތަކުންގެ ނަފުސުގައި މިނިވަންކަމުގެ ޟަމީރު ހަރުދަނާކޮށް ވަރުގަދަކުރާނަމެވެ. މުޅި އިންސާނިއްޔަތުގެ ދުޝްމަނެއްކަމުގައިވާ ދީނާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް އިޢުލާނުކުރާނަމެވެ." މި ކަން ކަށަވަރުކޮށްދެމުން މާސޯނީން ބުންޏެވެ. "ދީންވެރީންނާއި އަޅުކަންކުރާ ތަންތާނގެ މައްޗަށް ގަދަވެގަނެގެން އަހުރެމެންނަށް ފުއްދައެއް ނުލެވޭނެއެވެ. އެހެނަސް އަހުރެމެންގެ އަސާސީ ލަނޑުދަނޑިއަކަށް ހަދަންޖެހޭނީ އެމީހުން ވުޖޫދުން ފުހެލުމެވެ."       

ޔަހޫދިއްޔަތާއި މާސޯނިއްޔަތުގެ ގުޅުން

މާސޯނިއްޔަތާއި ޔަހޫދިއްޔަތާ ދެމެދުގައިވާ ގުޅުމަކީ ވަރަށް ވަރުގަދަ ގުޅުމެކެވެ. ޔަހޫދީ ރާހިބެއްކަމުގައިވާ ޙާޚާމު ލެކުވޭޒު ބުނާ ގޮތުގައި "މާސޯނިއްޔަތުގެ ތާރީޚަށާއި އުޞޫލުތަކަށާއި އިރްޝާދުތަކަށާއި ފާސްބަސްތަކަށް ބަލާ އިރު، އެއީ ފެށުނީއްސުރެ ނިމެންދެން ޔަހޫދިއްޔަތެވެ." ޞިހްޔޫނީ ޙަކީމުންގެ ޕްރޮޓްކޯލްތައް ކަށަވަރުކޮށްދޭ ގޮތުގައި "އަހުރެމެންނަށް ދުނިޔޭގެ ވެރިކަމަށް އިސްވެވެންދެން މުޅި ދުނިޔޭގައި މިނިވަން މާސޯނީންގެ ހަތާތައް ޤާއިމުކޮށް ބިނާކުރުމަށް އަހުރެމެން މަސައްކަތް ކުރާނޫއެވެ."

ޑރ. ޢަބްދުލްވައްހާބުލް މަސީރީ ވިދާޅުވާ ގޮތުގައި "ޞިހްޔޫނީ މުޖްތަމަޢަކީ އަޚްލާޤުގެ އެންމެ މުޑުދާރު މާޙައުލެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ. "ތައްލުއަބީބަކީ މަސްތުވާތަކެއްޗާއި އެއްޖިންސުން ގުޅުން ހިންގުމުގައި އަމްސްޓާރޑަމާ އެއް ފަދަ ސަހަރެކެވެ."

ޞިހްޔޫނީ ސިޔާސީ ދާރިސެއް ކަމުގައިވާ އަމްނޫން ރޮބިޝްޓައިން އޭނާގެ ފޮތެއްކަމުގައިވާ "ޞިހްޔޫނީ ހުވަފެނަށް އެނބުރިދިޔުން" (މި ފޮތު)ގައި ބަޔާންކޮށްފައިވާ ގޮތުގައި ޞިހްޔޫނީ މުޖްތަމަޢަކީ ދުނިޔޭގައި އެންމެ ލާއަޚްލާޤީ މުޖްތަމަޢުތަކުގެ ތެރޭގައި ގުނައިލެވޭ މުޖްތަމަޢެވެ. ބަދުއަޚްލާޤީ ޖިންސީ ފާޙިޝް ކަމެއް ދުނިޔޭގެ ތަނެއްގައި އޮތް ނަމަ، އޭގެ ނަމޫނާއެއް މި މުޖްތަމަޢުން ފެންނާނެއެވެ. 1988ވަނަ އަހަރު އިސްރާއީލުގެ ބަރުލަމާނު ކަނީސަތުން ވަނީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމާ ބެހޭ ޢަމަލުތައް ކުށްވެރިކުރާ ޤާނޫނުތައް ބާޠިލުކޮށް އުވައިލައިފައެވެ. އެލްޖީބީޓީ މީހުންގެ ބައިނަލްއަޤްވާމީ ތިންވަނަ މަހާސިންތާ 1991ވަނަ އަހަރު ބާއްވައިފައި ވަނީ އިސްރާއީލުގެ ވެރިރަށް ތައްލުއަބީބުގައެވެ. އިސްރާއީލުގެ މަރުކަޒީ ބޭންކު ބުނާ ގޮތުގައި ހަށިވިއްކުމުގެ ވިޔަފާރީން އިސްރާއީލުގެ ތިޖޫރީއަށް އަހަރަކު ހަތަރު ބިލިއަން ޑޮލަރު ވަދެއެވެ.  

ބައެއް ލަފުޒުގެ މާނަ:

ބަރުލަމާނު ނ.    (1) ގާނޫނު ހެދުމުގެ ބާރު ލިބިފައިވާ މަޖިލިސް. (2) ގާނޫނު ހަދާން ނުވަތަ ގާނޫނު ހަދާށާއި ސަރުކާރު ހިންގާން ރައްޔިތުން އިންތިޚާބުކުރާ ނުވަތަ އައްޔަނުކުރާ މަޖިލިސް ނުވަތަ މަޖިލިސްތައް.

ކަނީސަތު  ނ.    އިސްރާއީލޭ ކިޔާ ދައުލަތުގެ ގާނޫނު ހަދާ މަޖިލިސް

ޢާލަމު    ނ.    (1) ދުނިޔެ. (2) މާތް ﷲ ހައްދަވައިފައިވާ ހައި އެއްޗެއް.

އިނާޔަތް   ނ.    (1) އެހީ. (2) އަޅައިލުން. (3) ރައްކާތެރިކަން.

މަހާސިންތާ ނ.    ބޮޑެތި މަޝްވަރާ.

ގިޔަމު    ނ.    ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް.

ކޮމެންޓު