އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
30 ޖުލައި 2025
(2025 ޖުލައި 23ގެ ޢަދަދާ ގުޅޭ)
މާތް ﷲ ވަޙީކުރެއްވިއެވެ. )قَالَتْ نَمْلَةٌ - ހިންޏެއް ބުންޏެވެ.( ދެން އޮތް ބަސްފުޅަކީ )فَتَبَسَّمَ ضَاحِكًا مِنْ قَوْلِهَا - ފަހެ (سليمان ގެފާނު) އެ ހިނި ބުނި ވާހަކަ އައްސަވައި ހިނިފުޅުވެޑުވިއެވެ.( މިއަދު ޢިލްމީގޮތުން އެނގޭ ގޮތުގައި ހިނީގެ ގެދޮރުތައް ބަލަހައްޓައި ޙިމާޔަތްކުރަނީ އަންހެން ހިންޏެވެ. ﷲގެ ބަސްފުޅުގައި )قَالَتْ نَمْلَةٌ( އޮތީމާ އެއީ އަންހެން އެއްޗެއް ކަން އެނގެއެވެ. ސަލާމުލެއްވި ސުލައިމާނު ނަބިއްޔާއަށް މި އަޑު އިވިވަޑައިގެން އޭތި ބުނި އެއްޗެއް ދޭހަވެވަޑައިގަތެވެ. މި ކުޑަކުޑަ ހިންޏަށް މާތްﷲ ދެއްވައިފައިވާ ވިސްނުން ފެނިވަޑައިގެން އެ ކަމާ މެދު އަޖައިބުފުޅުވިއެވެ. ހިނީގެ ބަސް އެނގި މި ބަސް އުނގަންނާދޭ އިންސާނަކު ނެތް ދުވަސްވަރެއްގައި މި ހިންޏަށް ވާހަކަދައްކައި ހެދުމަށް ބަހެއް ލިބިގެންވާކަން ކީރިތި ޤުރުއާނުގައި މި ވަނީ އަންގަވައިފައެވެ.
- النمل ސޫރަތުގައި النمل މި ލަފުޒު، ދެ ފަހަރު އައިސްފައިވެއެވެ. ފުރަތަމަ ފަހަރަށް އައިސްފައިވަނީ މި ސޫރަތުގެ ކަލިމަތަކުގެ ތަރުތީބުން 200ވަނައަށެވެ. ދެވަނަ ފަހަރަށް އައިސްފައިވަނީ ކަލިމަތަކުގެ ތަރުތީބުން 205 ވަނައަށެވެ. މި ދެ ޢަދަދުގެ ޖުމްލައަކީ 405އެވެ. އެއީ 27 × 15އެވެ.
- النمل ސޫރަތަކީ މުޞްޙަފުގެ ސޫރަތްތަކުގެ ތަރުތީބުން 27ވަނަ ސޫރަތެވެ.
- އަލިފުބާ ތަރުތީބުގައި و ގެ ތަރުތީބީ ވަނައަކީ ވެސް 27އެވެ.
ވިސްނަވާށެވެ!
- النمل ސޫރަތުގައި އެންމެ ފަހަރަކު و އައިސްވާ އާޔަތްތަކުގެ ޢަދަދަކީ 15އެވެ.
- النمل ސޫރަތުގައި و 2 ފަހަރަށް ތަކުރާރުވެފައިވާ އާޔަތްތަކުގެ ޢަދަދަކީ 15އެވެ.
- النمل ސޫރަތުގައި و 3 ފަހަރަށް ތަކުރާރުވެފައިވާ އާޔަތްތަކުގެ ޢަދަދަކީ 15އެވެ.
- النمل ސޫރަތުގައި و 4 ފަހަރަށް ތަކުރާރުވެފައިވާ އާޔަތްތަކުގެ ޢަދަދަކީ 15އެވެ.
- النمل ސޫރަތުގައި و 5 ފަހަރަށް ތަކުރާރުވެފައިވާ އާޔަތްތަކުގެ ޢަދަދަކީ 15އެވެ.
- މި 5 ގިންތީގައި و ތަކުރާރުވެފައިމި ވަނީ 225 ފަހަރުއެވެ. އެއީ 15 × 15އެވެ.
ފާހަގަކުރައްވާށެވެ!
- މި އާޔަތްތަކުގެ ވަނަތަކުގެ ޖުމްލައަކީ 729އެވެ. އެއީ 27 × 27އެވެ.
- 27 އަކީ النمل ސޫރަތަށް މުޞްހަފުގައި ލިބިފައިވާ ތަރުތީބީ ވަނައެވެ.
- 27 އަކީ އަލިފުބާ ތަރުތީބުގައި و ގެ ވަނައެވެ.
މި ޤުރްއާނަކީ ﷲގެ ކަލާންފުޅުކަމާ މެދު ޝައްކުކުރެވެން އެބަ އޮތްތޯއެވެ؟
- އެންމެ ފަހު ގިންތީގެ އާޔަތްތަކުގެ ޖުމްލައަކީ 773އެވެ. 773ވަނަ ޢަދަދަކީ 137ވަނަ ފުރަ ޢަދަދެވެ.
- النمل ސޫރަތުގައި و ން ފެށިފައިވާ އާޔަތްތަކުގެ ޢަދަދަކީ 33އެވެ.
- النمل ސޫރަތުގައި و ތަކުރާރުވެފައި ވަނީ 333 ފަހަރުއެވެ. 3 × 3 × 3 = 27 އަލިފުބާގެ ތަރުތީބުން و ވަނައަކީ 27އެވެ.
- މުޞްޙަފުގައި النمل ސޫރަތުގެ ތަރުތީބީ ވަނައަކީ 27އެވެ.
- النمل ސޫރަތުގައި ލަފުޡުލްޖަލާލަތި (ﷲ) ތަކުރާރުވެފައިވަނީ 27 ފަހަރުއެވެ.
- النمل ސޫރަތުގައި ލަފުޡުލްޖަލާލަތި (ﷲ)ން ފެށޭ ހަމައެކަނި އާޔަތް (26ވަނަ އާޔަތް) ގައި އޮތީ 27 އަކުރެވެ.
- النمل ސޫރަތުގައި و ނެތް ހަމައެކަނި އާޔަތުގެ ތަރުތީބީ ވަނައަކީ 27 އެވެ.
އަޖައިބެއް ނުވާނުތޯއެވެ؟
ޢަދަދު 33އަށް އަލުން ބަލައިލުން
- النمل ސޫރަތް އައިސްފައިވަނީ الشعراء ސޫރަތާ ވިދިގެން އޭގެ ފަހަތުންނެވެ.
- النمل ސޫރަތް ވެސް އަދި الشعراء ސޫރަތް ވެސް ފެށިފައިވަނީ ط އިންނެވެ. މި އަކުރު الشعراء ސޫރަތުގައި ތަކުރާރުވެފައިވަނީ 33 ފަހަރުއެވެ.
- النمل ސޫރަތުގައި ވެސް އަދި الشعراء ސޫރަތުގައި ވެސް ދެވަނަ އަކުރަކީ س އެވެ.
- النمل ސޫރަތުގައި ވެސް އަދި الشعراء ސޫރަތުގައި ވެސް س ތަކުރާރުވެފައިވަނީ 93 ފަހަރުއެވެ. النمل ސޫރަތުގައި އޮތީ 93 އާޔަތެވެ.
ޙަޤީޤަތާ ދެކޮޅުހަދާ މީހުންނަށް
ހަމަވިސްނުން ލިބިފައިވާ އެއްވެސް މީހަކު ޤުރުއާނަކީ ﷲގެ ބަސްފުޅުކަމާމެދު އިންކާރެއް ނުކުރާނެތެވެ. އެހެނަސް ޙައްޤަށް ފުރަގަސްދީ އެކަމާ ދެކޮޅުހަދާ ބަޔަކު އުޅެތެވެ.
ކީރިތި ޤުރުއާނުގައި ( جحود – ދެކޮޅުހެދުން ) މި ކަލިމަ ފުރަތަމަ ފަހަރަށް އައިސްފައިވަނީ الأنعام ސޫރަތުގެ 33 ވަނަ އާޔަތުގައެވެ. އަރަހުށި ﷲ ވަޙީކުރެއްވިއެވެ. ) قَدْ نَعْلَمُ إِنَّهُۥ لَيَحْزُنُكَ ٱلَّذِى يَقُولُونَ ۖ فَإِنَّهُمْ لَا يُكَذِّبُونَكَ وَلَٰكِنَّ ٱلظَّٰلِمِينَ بِـَٔايَٰتِ ٱللَّهِ يَجْحَدُونَ - އެއުރެން (އެބަހީ: كافر ން) ބުނާބުނުމުގެ ސަބަބުން ކަލޭގެފާނަށް މޮޅިވެރިކަން ލިބިވަޑައިގަންނަވަމުންދާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. ފަހެ، އެއުރެންނަށް އެ ދޮގުކުރެވެނީ ކަލޭގެފާނެއް ނޫންކަން ކަށަވަރެވެ. އެހެނެއްކަމަކު އަނިޔާވެރިން ދެކޮޅުހަދަނީ اللَّهގެ آيةތަކާ މެދުގައެވެ.(
- މިއީ الأنعام ސޫރަތުގެ 33ވަނަ އާޔަތެވެ.
- މި އާޔަތުގެ އަކުރުތަކުގެ ޢަދަދަކީ 66އެވެ. އެއީ 33 + 33އެވެ.
އަޖައިބުވަނިވި ކަމަކީ މި އާޔަތް ނިމޭ ކަލިމަ )يَجْحَدُونَ(ގައި ހިމެނޭ އަކުރުތަކުގެ އަލިފުބާ ތަރުތީބުގެ ޖުމްލައަކީ 99 ކަމެވެ.
- ى ގެ އަލިފުބާ ތަރުތީބަކީ 28 އެވެ.
- ج ގެ އަލިފުބާ ތަރުތީބަކީ 5 އެވެ.
- ح ގެ އަލިފުބާ ތަރުތީބަކީ 6 އެވެ.
- د ގެ އަލިފުބާ ތަރުތީބަކީ 8 އެވެ.
- و ގެ އަލިފުބާ ތަރުތީބަކީ 27 އެވެ.
- ن ގެ އަލިފުބާ ތަރުތީބަކީ 25 އެވެ.
ވީމާ )يَجْحَدُونَ( ކަލިމައިގައި ހިމެނޭ އަކުރުތަކުގެ ޖުމްލައަކީ 99އެވެ. އެއީ 33 + 33 + 33 އެވެ.
އަލުން ވިސްނަވައިލައްވާށެވެ!
ﷲ ތަޢާލާގެ ބަސްފުޅު )قَدْ نَعْلَمُ إِنَّهُ لَيَحْزُنُكَ الَّذِي يَقُولُونَ فَإِنَّهُمْ لَا يُكَذِّبُونَكَ وَلَكِنَّ الظَّالِمِينَ بِآيَاتِ اللَّهِ يَجْحَدُونَ( މި އާޔަތުގެ މުޞްޙަފު ތަރުތީބަކީ 822އެވެ. އެއީ 6 × 137އެވެ. 6 އަކީ މުޞްޙަފުގައި الأنعام ސޫރަތަށް ލިބިފައިވާ ސޫރަތުގެ ވަނައެވެ. 137އަކީ ފުރަ ޢަދަދެކެވެ. މި ޢަދަދުގެ ވަނައަކީ 33އެވެ.
ކޮންމެ މަގަކުން ދަތުރު ކުރިއަސް މި ދެވެނީ 33 އަށެވެ.
މުހިންމު ސުވާލެއް
النمل ސޫރަތުގައި 33 އަކުރު ހިމެނޭ އާޔަތްތަކެއް ވޭހެއްޔެވެ؟
ޖަވާބަކީ އާއެކެވެ. ދެ އާޔަތެއް ވެއެވެ.
- ފުރަތަމަ އާޔަތަކީ 29 ވަނަ އާޔަތެވެ. އެއީ )قَالَتْ يَا أَيُّهَا الْمَلَأُ إِنِّي أُلْقِيَ إِلَيَّ كِتَابٌ كَرِيمٌ (
- ދެވަނަ އާޔަތަކީ 85 ވަނަ އާޔަތެވެ. އެއީ )وَوَقَعَ الْقَوْلُ عَلَيْهِمْ بِمَا ظَلَمُوا فَهُمْ لَا يَنْطِقُونَ (
- މި ދެ އާޔަތުގެ ވަނައިގެ ޖުމްލައަކީ 29 + 85 = 114 އެވެ. މިއީ ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ ޢަދަދެވެ.
- ޢަދަދު 29އަކީ ކީރިތި ޤުރުއާނުގައި ލަފުޡުލްޖަލާލަތި (ﷲ) އައިސްފައިނުވާ އާޔަތްތަކުގެ ޢަދަދެވެ.
- ޢަދަދު 85އަކީ ކީރިތި ޤުރުއާނުގައި ލަފުޡުލްޖަލާލަތި (ﷲ) އައިސްފައިވާ އާޔަތްތަކުގެ ޢަދަދެވެ.
- އަޖައުބުވަނިވި ކަމަކީ 29 ވަނަ އާޔަތުގައި އަކުރު و އައިސްފައެއް ނުވެއެވެ.
- 58ވަނަ އާޔަތް ފެށިފައިވަނީ ދެ و އިންނެވެ. و އަކީ އަލިފުބާ ތަރުތީބުގައި 27ވަނަ އަކުރެވެ.
- النمل ސޫރަތުގައި ލަފުޡުލްޖަލާލަތި (ﷲ ) މި ލަފުޒު 27 ފަހަރު އައިސްފައިވެއެވެ.
15 އާޔަތެއްގައެވެ.
- މުޞްޙަފުގައި النمل ސޫރަތުގެ ތަރުތީބީ ވަނައަކީ 27އެވެ.
- النمل ސޫރަތް ފެށެނީ އަކުރު ط އިންނެވެ. މި ސޫރަތުގައި މި އަކުރު 27 ފަހަރު ތަކުރާރުވެފައިވެއެވެ.
- އަލިފުބާ ތަރުތީބުގައި و އަކީ 27 ވަނަ އަކުރެވެ.
- النمل ސޫރަތުގައި و ދެ ފަހަރު އައިސްފައިވާ 15 އާޔަތްވެއެވެ. މި އާޔަތްތަކުގެ ވަނަތަކުގެ ޖުމްލައަކީ 729 އެވެ. އެއީ 27 × 27 އެވެ.
النمل ސޫރަތުގައި ط ދެ ފަހަރު އައިސްފައިވާ 4 އާޔަތްވެއެވެ. އެއީ (16، 22، 47، 56) ވަނަ އާޔަތެވެ. މި ޢަދަދުތަކުގެ ޖުމްލައަކީ 141އެވެ. އެއީ 27 + 114އެވެ. 27އަކީ النمل ސޫރަތުގައި ط ތަކުރާރުވެފައިވާ ޢަދަދެވެ. 114އަކީ ޤުރުއާނުގެ ސޫރަތްތަކުގެ ޢަދަދެވެ. (ނުނިމޭ)