Advertisement

އެހެން ކްލިނިކްތަކާއި މި ކްލިނިކާ ހުރި ފަރަގު

01 Nov 2023 | 10:07
ޑރ. ފާޠިމަތު ޝިފާ: "މަގޭ ފިޒިއޯގެ އެއް މުއައްސިސް އަދި މޭސްތިރިޔާ

ނޮވެންބަރު މަސް ފެށުނީއެވެ. މިއީ ދިވެހި ގައުމީ ތާރީޚުގައި މުހިންމު މަހެކެވެ. ހުޅަނގު މޫސުމުގެ 16ވަނަ ނަކަތްކަމުގައިވާ ވިހާނަކަތް ވެސް މިއަދު މި ފެށުނީއެވެ. ހިސާބަކަށް ވައި ޖެހޭ ނަކަތެއްކަމަށް ވިޔަސް މާ ގަދަ ނަކަތެއްކަމަކަށް ނުބެލެއެވެ. ވައިޖެހޭނީ އާންމު ގޮތެއްގައި 11 ވަރަކަށް މޭލު ބާރުމިނުގައެވެ. ހިސާބަކަށް ވާރޭވެހޭނެއެވެ. މި މަހު 14ގައި ނޮރަ ނަކަތް ފެށޭނެއެވެ. އަދި ހުޅަނގު މޫސުމުގެ އެންމެ ފަހު ނަކަތްކަމަށްވާ ދޮށަ ނަކަތް ވެސް ފެށޭނީ މި މަހު 27ގައެވެ.

މާދަމާ ނޫން އަނެއް ދުވަހަކީ ދިވެހިރާއްޖޭގެ ނަސްރުގެ ދުވަހެވެ. ފަހުގެ ތާރީޚުގައި ދިވެހިރާއްޖެއަށް މާއްދީ ގޮތުން ކުރިމަތިވި އެންމެ ނުރައްކާތެރި ޢުދުވާނާ ދިވެހީން ކުރިމަތިލައި ﷲގެ ވާގިފުޅާއެކު ދިވެހީންނަށް ނަޞްރު ލިބުނު ދުވަހެވެ. މި މަހު 11ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ދެވަނަ ޖުމުހޫރިއްޔަތުގެ އުފަންދުވަހެވެ. ޖުމުހޫރީ ދުވަހުގެ ގޮތުގައި ދިވެހީން ފާހަގަކުރާ ދުވަހެވެ. މި މަހު 17ވަނަ ދުވަހަކީ އިންތިޚާބީ ރައީސް ޑރ. މުޙަންމަދު މުޢިއްޒު ގައުމުގެ ރިޔާސަތާ ޙަވާލުވެވަޑައިގަންނަވާ ދުވަހެވެ.

އެއްވެސް ޝައްކެއް ނެތެވެ. ނޮވެންބަރު މަހަކީ ދިވެހީންނަށް ތާރީޚީ ގޮތުން މުހިންމު މަހެކެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަދު ދިވެހީންނަށް މި މަސް ޚާއްޞަވާ އެހެން ސަބަބެއް ވެސް އެބަ އޮތެވެ. އެންމެ މަތީ ފެންވަރުގެ ޒަމާނީ އާލަތާއެކު ދިވެހި މުވައްޒަފުންގެ ލޭފަވެތި އަތްތަކުން ދިވެހީންނަށް ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދޭނޭ ޒަމާނީ ކްލިނިކެއް މިއަދު ޚިދުމަތަށް ނުކުތުމަކީ މި މަސް މި އަހަރު އަޅުގަނޑަށް ޚާއްސަވާ އެއް ސަބަބެކެވެ.

މި އަހަރު ޖޫން މަހު ފުރަތަމަ ދުވަހު މުޅީން ދިވެހި މުވައްޒަފުންނާއެކު ހަމައެކަނި ފިޒިއޯތެރަޕީގެ ޚިދުމަތްދިނުމަށް ޓަކައި ވުޖޫދަށް ގެނެވުނު "މަގޭ ފިޒިއޯ" މިއަދުން ފެށިގެން އާންމު ބަލިތަކަށް ޚިދުމަތް ދޭ ކްލިނިކެއްގެ ގޮތުގައި ޚިދުމަތަށް ނުކުމެއްޖެއެވެ. ހަމައެކަނި ޢާންމު ބަލިތަކެއް ނޫނެވެ. ނިޔުރޯލޮޖީ (ނާރުތަކާ ބެހޭ ބަލިތައް)އާ ބެހޭ ޚާއްޞަ ފަރުވާ ވެސް މިއަދުން ފެށިގެން މި ކްލިނިކުން ލިބިވަޑައގަންނަވާނެއެވެ.

މާފަންނު ޝަހީދު ޢަލީ ހިނގުމުގެ އުތުރުކޮޅުގައި ހުންނަ މ. "ނައިން ހައުސް"ގެ އަށްވަނަ ބުރީގައި ޚިދުމަތްދޭ މި ކްލިނިކަނީ އެންމެ ޒަމާނީ އާލަތާއެކު ޚިދުމަތަށް ނުކުތް ޞިއްޙީ މަރުކަޒެކެވެ. ޑޮކްޓަރީ ތަޢުލީމުގެ އިތުރަށް ޞިއްޙީ މުއައްސަސާތައް ހިންގުމުގެ ދާއިރާއިން ވެސް މަތީ ތަޢުލީމު ޙާޞިލުކުރައްވައިފައިވާ ޑރ. ފާޠިމަތު ޝިފާގެ މޭސްތިރިކަމުގެ ދަށުން ޚިދުމަތަށް ނުކުތް މި ކްލިނިކުން މިހާރު ވެސް އެޕޮއިންޓްމެންޓް ހެއްދުމަށް ފަހު ޚިދުމަތް ލިބިވަޑައިގަންނަވާނެއެވެ. އެޕޮއިންޓްމެންޓެއް ބޭނުންފުޅުނަމަ 7573666 މި ނަންބަރާ ގުޅުއްވަމުން ގެންދަވާންވީއެވެ. ހިތްހެޔޮ އޯގާވެރި މުވައްޒަފުން އުފަލާއެކު ޖަވާބުދޭނެއެވެ.

ޑޮކްޓަރަށް ދައްކަވާން، ދެން ކިޔޫގައި ތިއްބަވާކަށް ޖެހިވަޑައެއްނުގަންނަވާނެއެވެ. އަޅެ، އަޖުމަބައްލަވައިލައްވާށެވެ! ތަފާތު ދިވެހި ތަޖުރިބާއެކެވެ. އެއީ "މަގޭ ފިޒިއޯ"އެވެ. މިއީ މި އަހަރުގެ ނޮވެންބަރު މަސް ވެސް ޚާއްޞަވި ސަބަބެކެވެ. އާދޭހެވެ! ރިޔާސީ އާ ދައުރެއް މި މަހު ފެށޭއިރު ޞިއްޙީ އާ ޚިދުމަތެއް ވެސް މިއަދު މި ތަޢާރަފުވީއެވެ. ނާރުތަކާ ބެހޭ ބަލިތަކުގެ ޚާއްޞަ ދިވެހި ޑޮކްޓަރުންނާއި އާންމު ބަލިތަކުގެ ޚާއްޞަ ޑޮކްޓަރުން މި ކްލިނިކުގައި ޚިދުމަތްދެއްވާނެއެވެ. އަދި ފިޒިއޯތެރަޕީގެ ޚާއްޞަ ޚިދުމަތްތައް ވެސް އެންމެ ޒަމަނީ ވަސީލަތްތަކާއެކު މި ތަނުން ފޯރުކޮށްދެނީ މި ދާއިރާއި ތަޢުލީމާއި ތަޖުރިބާ ހޯއްދަވައިފައިވާ ދިވެހީންކަން ފާހަގަކޮށްލެވެއެވެ. އެހެން ކްލިނިކްތަކާއި މި ކްލިނިކާ ހުރި ފަރަގު ވެސް އަޅެ ތަޖުރިބާކޮށްލަމާތޯއެވެ!

Advertisement

ކޮމެންޓް