އޒ. އިބްރާހީމް ރަޝީދު މޫސާ
21 ސެޕްޓެންބަރު 2026
ނާކާމިޔާބަކީ މީހެއްގެ ހަޔާތުގައި އިސްތިސްނާ ކަމެއްނޫނެވެ. އެއީ ކުރިއަށްދާން ބޭނުންވާ އިންސާނާގެ ޙަޔާތުގެ ރާސްތާގެ ޠަބީޢީ ފިޔަވައްސެކެވެ. މައްޗަށް އަރާން އުޅޭ އިރު ކައްސައިލައިގެން ވެއްޓިދާނެއެވެ. ޙަޤީޤީ ކާމިޔާބުތަކުގެ ވާހަކަތަކަށް ބަލާ އިރު، މި ވާހަކަތަކުގެ ބަޠަލުންނަށް ކާމިޔާބީއާ ހަމައަށް ދެވުނީ އެތައް ނާކާމިޔާބުތަކަކަށް ފަހުގައެވެ. ބޮޑެތި ސައެންސީންނާއި މޮޅެތި ކުޅިވަރުކުޅުންތެރީން އުޑުގައި ފިޔަޖަހާން ފެށުމުގެ ކުރީން ވަނީ ނާކާމިޔާބުގެ ހިތި ރަހަ ދެކެފައެވެ.
ވީމާ މަސްއަލައަކީ ނާކާމިޔާބުވުމެއްނޫނެވެ. ނާކާމިޔާބު ތަޞައްވުރުކުރާ ގޮތެވެ. ބިންމައްޗަށް ހަމަ ވެއްޓޭ އިރަށް މެށުނު ތަންކޮޅާ މެދު ކަންބޮޑުވުމެވެ. ފަސޭހަނުވެދާނެތީ ބިރުގަތުމެވެ. އެ މީހުންގެ ވިސްނުމާ މި ނަތީޖާއާ ގުޅުވުމެވެ. ތަޖުރިބާއެއްގައި ނަތީޖާ ނުނެރުވުމަކީ ނުވަތަ މުހިންމަތެއް ޙާޞިލުނުކުރެވުމަކީ ނާކާމިޔާބެއްނޫނެވެ. އެއީ ދަސްކުރުމާއި އުނގެނުމުގެ ފިޔަވައްސެކެވެ. ނާކާމިޔާބު ތިބާއާ ދިމާއަށް ހުށްޓޭށެކޭ ނުބުނާނެތެވެ. އެހެނެއްކަމަކު އޭގެ ސުވާލަކަށް ވާނީ ދެން ތިބާ ކުރާނީ ކޮން ކަމެއްހެއްޔެވެ؟ ނާކާމިޔާބު ތިބާއަށް ދެ ޚިޔާރެއް ދެއެވެ. ފުރަތަމަ ޚިޔާރަކީ ވެއްޓުނީމާ ނުތެދުވެ ގެއްލުންތައް ގުނާން އޮތުމެވެ. ދެވަނަ ޚިޔާރަކީ ވެއްޓޭ އިރަށް ފުންމައިގެން ތެދުވެ ކުރިއަށް ދުއްވައިގަތުމެވެ. ލިބުނު ތަޖުރިބާތަކާ އެކުގައެވެ.
ކާމިޔާބުވާ މީހާއާއި ވަންހަނާވެގެންދާ މީހާގެ ތަފާތަކީ ނަސީބެއްނޫނެވެ. ވިސްނުންތޫނުކަމެއް ވެސް ނޫނެވެ. އެޅޭ ބޮނޑިތަކާ އެކުގައި ވެސް ހުންނަ ކުރިއަށް ދިޔުމުގެ ޤާބިލުކަމެވެ. ވޭނާއެކު ދަސްކުރުމެވެ.
ލިބޭ ނާކާމިޔާބާ އެކު "މަށަކީ އަބަދު ނާކާމިޔާބު ލިބޭ މީހެކޭ" ނުބުނާށެވެ. އެ ކަން ޤަބޫލުކުރާ މީހަކަށް ނުވާށެވެ! ތެދުތެދަށް ބުނާ ނަމަ ނާކާމިޔާބަކީ ވަރަށް ހަރުކަށި އެދުރެކެވެ. އެހެނަސް އެއީ ތެދުވެރި މުދައްރިސެކެވެ. އޭނާ ތިބާގެ ބަލިފައިތައް ހާމަކޮށްދޭނެއެވެ. ތިބާ ހޭލުންތެރިކުރުވާނެއެވެ.
ޙަޤީޤީ ބާރު ފަސޭހަ ވަގުތުތަކުގައެއް ނުފެންނާނެތެވެ. މި ބާރު ފެންނާނީ ކުރިއަށްދާން ބޭނުންވާ ވަގުތުގައެވެ. ގެއްލުންތައް ކުރިމަތިވާ ވަގުތުގައެވެ. ވެއްޓޭ އިރަށް އައްދިއްޔޯތް ނުކިޔައި ތެދުވާންވާނެއެވެ. ނާކާމިޔާބަށް ފިލާން ދުވެގެން ކާމިޔާބެއް ނުލިބޭނެއެވެ. ކާމިޔާބު ލިބޭނީ ނާކާމިޔާބުގެ ކުރިމަތީގައި ފައިތިލަ ސާބިތުކޮށްގެންނެވެ.
ގަލަން ބާއްވަމުން ބުނާނީ ނާކާމިޔާބަކީ ތިބާގެ ދުޝްމަނެއްނޫނެވެ. އެއީ ތިބާގެ ދިގުމަގުގެ ބައެކެވެ. އެއީ ތިބާގެ އީމާންކަމާ ކުރިމަތިވާ އިމްތިޙާނެކެވެ. ތިބާއަށް އުނގަންނައިދޭން އެ އެތި ދޫކޮށްލާށެވެ. އެކަމުން ދަސްވާ ކޮންމެ ފިޔަވަޅަކީ ތިބާއަށް ޙައްޤު ކާމިޔާބީ ގާތަށް ގެނެސްދޭނެ ބަހާއެކެވެ.
ދެ ލަފުޒެއްގެ މާނަ:
ބަހާ ނ. ބައި. factor
ފިޔަވަހި ނ. (1) ކުރެވޭ މަސައްކަތުގެ ތަފަތު ބައިތަކުގެ ތެރެއިން ބައެއް. (2) މަޗްރޫޢެއްގެ ނުވަތަ ކަމެއްގެ ފާހަގަކުރެވޭފަދަ ބައިބައި. phase