Advertisement

މަޝްހޫރު ކުޅުންތެރީން (1): މުޙަންމަދު ޞަލާޙު

.

އިސްލާމީ ދުނިޔޭގައި އެންމެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިއެއްކަމުގައި ފާހަގަކުރެވިފައިވާނީ މިޞްރުގެ ރައްޔިތެއްކަމުގައިވާ މުޙަންމަދު ޞަލާޙު ޙާމިދު މަޙުރޫސް ޣާލީ (محمد صلاح حامد محروس غالي)، އެންމެ އާންމު ނަމުން ނަމަ މުހަންމަދު ޞަލާހު ނުވަތަ ސަލާހުކަމާމެދަކު ޝައްކެއް ނެތެވެ. އެއީ ކަނާތު ވިންގަށް ނުވަތަ ކުރިއަށް ކުޅޭ (ފޯވަޑް) ކުޅުންތެރިއެކެވެ. އެއީ މިޞްރުގެ މަޝްހޫރު ދަންނީ ކުޅުންތެރިއެކެވެ. އިނގިރޭސި ޕްރިމިއަރލީގަށް ކުޅޭ މަޝްހޫރު ކުޅުންތެރިއެކެވެ. އެއީ މިޞްރުގެ ޤައުމީ ޓީމުގެ ކެޕްޓަނެވެ. ޕްރިމިއަރ ލީގުގެ ލިވަރ ޕޫލުގައި އޭނާގެ ނަންބަރަކީ 11ކަމުގައި ވިޔަސް، މިޞްރުގެ ގައުމީ ޓީމުގައި އޭނާގެ ނަންބަރަކީ 10އެކެވެ.

2017 ވަނަ އަހަރުން ފެށިގެން އިނގިރޭސި ކްލަބެއްކަމުގައިވާ ލިވަރޕޫލަށް ކުޅެމުންގެންދާ 31 އަހަރުގެ މުހަންމަދު ޞަލާޙު ދުނިޔޭގެ އަލިކަން ދެކެފައިވަނީ 15 ޖޫން 1992ގައެވެ. އެ ޓީމުގައި (2023ގައި) އޭނާގެ މުސާރައަކީ (އަހަރަކު) 18.2 މިލިޔަން އިނގިރޭސި ޕައުންޑެވެ. 2013 ވަނަ އަހަރުން ފެށިގެން އޭނާ އުޅެނީ މަގީ ސަލާހާ ކާވެނިކޮށްގެންނެވެ.

ލިވަރޕޫލަށް މި ދިޔަ އަހަރާއި މިއަހަރު އޭނާ ހޯދައިދިން ކާމިޔާބުތަކުގެ ތެރޭގައި  2022 ވަނަ އަހަރު "ފުޓްބޯލް އެސޯސިއޭޝަން ކޮމިޔުނިޓީ ޝީލްޑްގައި އެއް ލަނޑު ޖަހައިދީ އިތުރު ލަނޑެއްގައި އެހީތެރިވެދީފައިވެއެވެ. އަދި 2023- 2022ގެ ޔޫރަޕް ފުޓްބޯޅަ ލީގް ތައްޓަށް ކުޅުނު މުބާރާތުގައި ކުޅުނު އެއް މެޗްގައި އެއް ލަނޑު ޖަހައިދީފައިވެއެވެ. ޔުއޭފާ ޗެމްޕިއަންސް ލީގުގައި ކުޅުނު 8 މެޗްގައި 8 ލަނޑު ޖަހައިދީފައިވެއެވެ. ޔޫރޮޕާ ލީގަށް ކުޅުނު އެއް މެޗްގައި އެއް ލަނޑު ޖަހައިދީފައިވެއެވެ. ޕްރިމިއަރލީގުގައި ކުޅުނު ހަތް މެޗްގައި ތިން ލަނޑު ޖަހައި ހަތަރު ލަޑެއްގައި އެހީތެރިވެދީފައިވެއެވެ.

މުޙަންމަދު ސަލާހު އޭނާގެ އުމުރުން 14 އަހަރުގެ ތެރޭގައި 2010ވަނަ އަހަރު މިޞްރުގެ އަލްމުކައުލޫންގެ ޒުވާނުންގެ ޓީމުގައި ކުޅުމުގެ ތެރެއިން ފުޓްބޯޅައަށް ނުކުތެވެ. އެހާ ތަނުން ފެށިގެން އަދިއަދަށް ދާންދެން ވެސް އޭނާއަކީ މިޞްރުގައި ވަރަށް މަޝްހޫރު، އަދި ދުނިޔޭގައި ވެސް ނަން ހިނގާ ދަންނީ ކުޅުންތެރިއެކެވެ.

_____________

Advertisement

ކޮމެންޓް