ad_banner
ޝައިޠާނީ ކަނީސާ (14)

އަޙުމަދު ފަޔާޒު ޙަސަން

5 މޭ 2026

2026 އެޕްރީލް 23ގެ ޢަދަދާ ގުޅޭ)

ފާރޑިނަންޑު ޑި ރޮތުސްޗައިލްޑު މިއަހަރު މަރުވިއެވެ.

1899 ގައި ސައުތު އެފުރިކާ އިން ފެނުނު ރަނާއި އަލިމަހުގެ މުއްސަނދިކަމުގެ ސަބަބުން، ރޮތުސްޗައިލްޑު ޢާއިލާގެ އޭޖެންޓުން ކަމުގައިވާ ލޯރޑު އަލްފުރެޑު މިލްނަރ (Alfred Milner) އާއި، ސިސިލް ރޯޑުސް (Cecil Rhodes) މެދުވެރިކޮށް، ސައުތު އެފުރިކާގައިވާ ރޮތުސްޗައިލްޑު ޢާއިލާގެ ދުޝްމަނުން ކަމުގައިވާ 000،30 ބޮޔަރ ދަނޑުވެރީންނާ ހަނގުރާމަ ކުރުމަށް 000،400 އިނގިރޭސި ސިފައިން ސައުތު އެފުރިކާއަށް ފޮނުވުނެވެ.

"ކޮންސެންޓުރޭޝަން ކޭމްޕު" ގެ މަފުހޫމް އީޖާދު ކުރެވުނީ، ހަނގުރާމައެއް ކަމުގައި ކިޔެވުނު މި ހަމަނުޖެހުމުގެ ތެރޭގައެވެ. މި ހަނގުރާމައިގެ ތެރޭގައި، ބޮޔަރުންނަށް ހަމްދަރްދީ ފާޅުކުރި ކޮންމެ މީހަކު (އޭގެތެރޭގައި އަންހެނުންނާއި، ކުޑަކުދިންވެސް ހިމެނެއެވެ.) އިނގިރޭސި ސިފައިން އެއްކޮށް، އެއްވެސް ސާފުތާހިރުކަމެއް ނެތް ބަލިމަޑުކަން ފެތުރިފައިވާ ކޭމްޕު ތަކުގައި އެމީހުން ޖަމާކުރިއެވެ. ރޮތުސްޗައިލްޑުގެ އިނގިރޭސި ލަޝްކަރު މި ހަނގުރާމަ ކާމިޔާބުކުރިއެވެ. އަދި ރަނާއި އަލިމަހުގެ ބޮޑު މުއްސަނދިކަން ރޮތުސްޗައިލްޑުއަށް ލިބުނެވެ.

މި ހަނގުރާމައާއި ބެހޭގޮތުން ރިއަރ އެޑުމިރަލް ހެންރީ ހެމިލްޓަން ބީމިޝް (Henry Hamilton Beamish) 30 އޮކުޓޫބަރ 1937 ގައި ބުނެފައިވެއެވެ.

"ބޮޔަރ ހަނގުރާމަ ހިނގީ މީގެ 37 އަހަރު ކުރިންނެވެ. ބޮޔަރ ގެ މާނައަކީ ދަނޑުވެރިޔާއެވެ. ބޮޔަރ އިން ފަދަ ބަޔަކު ނައްތާލައި ބިންމަތިން ފޮހެލަން އިނގިރޭސިވިލާތް ފަދަ ބޮޑު ބާރަކުން މަސައްކަތް ކުރުމުން ވަރަށް ގިނަ ބަޔަކު އިނގިރޭސިވިލާތަށް ފާޑުކިޔެއެވެ. މިކަން ތަޙްޤީޤު ކުރުމުން އަހުރެންނަށް އެނގުނު އެއްޗަކީ، ސައުތު އެފުރިކާގައިވާ ހުރިހައި ރަނާއި އަލިމަހުގެ މައިންތައް ވަނީ ޔަހޫދީންގެ މިލްކުގައިކަމެވެ. ހުރިހައި ރަނެއް ހުރީ ރޮތުސްޗައިލްޑު ޢާއިލާގެ ކޮންޓުރޯލްގައި ކަމެވެ. މިބައިމީހުން އެއްވެސް އެއްޗެއްގައި އަތްލައިފިނަމަ، ހަމަ ޔަޤީނުންވެސް އެއެއްޗެއް އެމީހުން ތަޣައްޔަރު ކުރެއެވެ.

ސައުތު އެފުރިކާގެ ޓުރާންސްވާލް ޖުމްހޫރިއްޔާގެ މިހާރުގެ ރައީސް ސްޓެފަނަސް ޖޮހާނަސް ޕޯލް ކުރުގަރ (Stephanus Johannes Paul Kruger) ސައުތު އެފުރިކާއަށް ޞުލްޙަ ގެނެވޭނެކަމަށް އޭނާއަށް ފެންނަ ހަމައެކަނި ގޮތުގެ ތަޞައްވުރާ މެދު ވާހަކަދައްކަމުން ބުންޏެވެ.

"އިނގިރޭސިވިލާތާ އެކު ހަނގުރާމައެއް ކުރާން ނުޖެހި ޔަހޫދީ މޮނޮޕޮލިސްޓުން މި ޤައުމުން އެކީ އެކައްޗަކަށް ބޭރުކޮށްލުމަކީ އެއީ ކުރެވިދާނެކަމެއް ކަމުގައިވަނީނަމަ، އެއީ ދާއިމީ ޞުލްޙައިގެ މައްސަލަ އެއްކޮށް ޙައްލުވެގެންދާނެ ކަމެކެވެ."

1901 ގައި ކޮލޮނީތަކުން އައިސް ފަލަސްޠީނުގައި އެޑުމަންޑު ޖޭމްސް ޑި ރޮތުސްޗައިލްޑު ވަޒަންވެރި ކުރުވައިފައިވާ ޔަހޫދީން އޭނާގެ ގާތަށް ވަފުދެއް ފޮނުވިއެވެ. އެމީހުން އޭނާ ގާތުގައި ބުންޏެވެ.

"ތިބާ ޔިޝުވް (ޔަހޫދީންގެ ވަޒަން) ރައްކާތެރިކުރާން ބޭނުން ކަމަށްވާނަމަ، މިކަމުގެ ތެރެއިން ތިބާ ނުކުންނާށެވެ. އަދި ކޮލޮނީތަކުގެ ވަޒަންވެރީންގެ ކަންތައްތަކުގެ ތެރެއިން ރަނގަޅުކުރާން ހުރި ކަންތައްތައް އެމީހުން އަމިއްލައަށް ރަނގަޅުކުރުމުގެ ހުއްދަ ދޭށެވެ."

މި ވަފުދު ބަލައިގަތުމަކަށް އެޑުމަންޑު ޖޭމްސް ޑި ރޮތުސްޗައިލްޑު އެއްގޮތަކަށްވެސް ނުރުހުނެވެ. އަދި އެމީހުންނަށް އޭނާ ބުންޏެވެ.

"ޔިޝުވް އުފެއްދީ އަހަންނެވެ. އަހަރެން އެކަންޏެވެ. މިހެންކަމުން، އަހަރެންގެ ރޭވުމުގެ ތެރެއަށް ވަނުމުގެ ޙައްޤު އެއްވެސް ބަޔަކަށް، ކޮލޮނީތަކުގެ ވަޒަންވެރީންނަށްވެސް، އަދި އެއްވެސް ޖަމާޢަތަކަށްވެސް ލިބިގެންނުވެއެވެ."

ޖަރުމަނުވިލާތުގެ ފުރޭންކުފަރޓު ގައި ހުޅުވައިފައިވާ ރޮތުސްޗައިލްޑު ޢާއިލާގެ ބޭންކު ވިޔަފާރިގެ ކަމުގައިވާ "އެމް. އޭ. ފޮން ރޮތުސްޗައިލްޑު އުންޑު ސް؟ހުނޭ" އާ ޙަވާލުވާނެ އެއްވެސް ފިރިހެން ދަރިއަކު ނެތުމާއެކު އެ ބޭންކު ބަންދުކުރިއެވެ.

1902 ގައި ފިލިއްޕޭ ޑި ރޮތުސްޗައިލްޑު އުފަންވިއެވެ.

1903 ގެ އޮގަސްޓުގައި ސްވިޓުޒަރލޭންޑުގެ ބޭސްލް ގައި ބޭއްވުނު 06 ވަނަ ޒަޔަނިސްޓު ކޮންގްރެސްގައި، ޔަހޫދީންގެ މުސްތަޤްބަލުގެ ދައުލަތް ޤާއިމްކުރުމަށް މަރުކަޒެއްގެ ގޮތުގައި ޔޫގަންޑާއިން ޖާގަ ފަހިކޮށްދިނުމުގެ ހުށަހެޅުމެއް އިނގިރޭސިވިލާތުން ލިބިފައިވާތީ އެކަމާމެދު މަޝްވަރާ ކުރެވުނެވެ.

އެމީހުން ބޭނުންވަނީ ފަލަސްޠީނު ކަމުގައި ޖަލްސާއަށް ހާޒިރުވެތިބި ޔަހޫދީން ހާމަކުރިއެވެ. ޔަހޫދީންނަށް ފަލަސްޠީނުގެ ބިން ލިބޭނެ ގޮތުގެ މޮޅު ބަޔާނަކުން މެކުސް ނޯރޑައު (Max Nordau) އެންމެން ސިއްސުވާލިއެވެ. އޭނާ ބުނީ މިފަދައިންނެވެ.

"ހަރުގަނޑެއްގެ ގަޅިއަކުން ގަޅިއަކުން މައްޗަށް އަރާ އުޞޫލުން މައްޗަށް، އަދި އިތުރަށް މައްޗަށް އަރާނެ ގޮތް ތިޔަބައިމީހުންނަށް ދައްކުވައިދޭ ފަދަޔަކުން އަހުރެން ތިރީގައިވާ ބަސްތައް ކިޔައިދެންހެއްޔެވެ؟ ހާރޒްލް؛ ދަ ޒަޔަނިސްޓު ކޮންގްރެސް؛ އިނގިރޭސިން ހުށަހެޅި ޔޫގަންޑާގެ ހުށަހެޅުން؛ ކުރިމަގުގައި ހިނގާނެ ދުނިޔޭގެ ބޮޑު ހަނގުރާމަ؛ އަދި އެއަށްފަހު، ޞުލްޙައިގެ ވާހަކަތައް ދެއްކުމަށް ބޭއްވޭ ޖަލްސާ؛ މި ޖަލްސާގެ ތެރެއިން، އިނގިރޭސިވިލާތުގެ އެހީއާއެކު މިނިވަން، އަދި ޔަހޫދީ ފަލަސްޠީނުގެ ދައުލަތެއް އުފެއްދޭނެއެވެ." އޭގެ 15 އަހަރުފަހުން އޭނާ އެބުނި ގޮތަށް ހަމަ ބަރާބަރަށް އެކަން އަކުރުން އަކުރަށް  ހިނގިއެވެ.

1905 ގައި ރޮތުސްޗައިލްޑު ޢާއިލާއިން ވާގިދީގެން ތިބި ޒަޔަނިސްޓު ޔަހޫދީ ޖަމާޢަތަކުން، ޖޯރޖީ އެޕޮލޮނޮވިޗް  ގޭޕަން (Georgi Apollonovich Gapon) ގެ ވެރިކަމުގައި ކޮމިއުނިސްޓު އިންޤިލާބެއް ގެނެސްގެން ރަޝިއާގެ ޒާރ ވެރިކަމުން ވައްޓާލަން މަސައްކަތް ކުރިއެވެ. އެމީހުންނަށް މިކަން ނާކާމިޔާބު ވުމާއެކު އެމީހުން ރަޝިއާއިން ނުކުތުމަށް މަޖުބޫރު ކުރެވުނެވެ. ނަމަވެސް އެމީހުންނަށް ޖަރުމަނުވިލާތުން ޙިމާޔަތް ދެވުނެވެ.

ކެތަލިކު ފައްޅި ކޮންޓުރޯލްކުރުމާ ބެހޭގޮތުން މިއަހަރުގެ ޔަހޫދީ އިންސައިކުލޮޕީޑިއާ (ވޮލިއުމް 2، ޞަފުޙާ 497) ގައި ބުނެފައިވެއެވެ.

"ރޮތުސްޗައިލްޑު ޢާއިލާއާއި ވާދަކުރާނޭ ކެތަލިކު ވާދަވެރިއެއް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތުގެ ސިލްސިލާއަކީ ކޮންމެވެސް ވަރެއްގެ ޙައިރާންކަމެއް ލިއްބައިދޭ ކަމެކެވެ. އެހެނީ، ކެތަލިކު ބާބާގެ (ފައްޅީގެ) ޚަޒާނާގެ މިހާރުގެ ބެލެހެއްޓުން ތެރިންނަކީ ރޮތުސްޗައިލްޑު ޢާއިލާކަމަށް ވާތީއެވެ."

1906 ގައި އެ ސަރަޙައްދުގައި އިތުރުވަމުންދާ ސިޔާސީ ހަމަނުޖެހުންތަކާއި، ރޮކެފެލަރ ޢާއިލާގެ (ރޮކެފެލަރ ޢާއިލާގެ މީހުންނަކީ، ރޮތުސްޗައިލްޑު ޢާއިލާގެ އަންހެނެއްގެ މަތިފުށުން އައިސްފައިވާ ބައެކެވެ.) ފަރާތުން، އެމީހުންގެ މިލްކުގައިވާ "ސްޓޭންޑަރޑު އޮއިލް" ކުންފުނިން ކުރިމަތި ކުރަމުންދާ ވާދަވެރިކަމުގެ ސަބަބުން، ރޮތުސްޗައިލްޑު ޢާއިލާގެ "ކެސްޕިއަން އެންޑު ބްލެކުސީ ޕެޓުރޯލިއަމް ކޮމްޕެނީ", "ރޯޔަލް ޑަޗް އެންޑު ޝެލް" ކުންފުންޏަށް ވިއްކާލަން ނިންމާފައިވާކަމަށް ރޮތުސްޗައިލްޑު ޢާއިލާއިން ބުންޏެވެ. މިއީ، އެމީހުންގެ ޙަޤީޤީ މުއްސަނދިކަން އެހެން މީހުންނަށް ވަންހަނާކުރުމަށް ރޮތުސްޗައިލްޑު ޢާއިލާއިން ކުރާ މަސައްކަތުގެ އެހެން މިސާލެކެވެ. ނަމަވެސް ޙަޤީޤަތުގައި އެމީހުން އެމީހުންގެ މުއްސަނދިކަން އިތުރަށް ވަރުގަދަ ކުރިއެވެ.

1907 ގައި ރޮތުސްޗައިލްޑު ޢާއިލާގެ މީހެއްކަމުގައިވާ، "ކޫން، ލޮއިބް އެންޑު ކޯ" ގެ އިސްމީހާ ކަމުގައިވާ ޖޭކަބް ސްކިފު، ނިޔުޔޯރކު ޗޭމްބަރ އޮފު ކޮމާރސް އަށް ދިން ތަޤްރީރެއްގައި އިންޒާރުކުރިއެވެ.

[ދަރަންޏަށް ފައިސާދިނުން ކޮންޓުރޯލްކުރާ އެކަށީގެންވާ މަރުކަޒީ ބޭންކެއް އަހަރެމެންނަށް ލިބިފައި ނުވާނަމަ، މި ޤައުމުގެ ތާރީޚުގައި ދެކެފައިވާ އެންމެ ބިރުވެރި ފައިސާގެ ތާށިކަމުގެ ވޭންހުރި، އަދި ޒަމާންތަކަށް އޭގެ އަސަރު ދެމިގެންދާނެ ދުވަސްތައް މި ޤައުމު ދެކޭނެއެވެ.]

ދާދިއަވަހަށް އެމެރިކާ އެފަދަ ދަތިކަމެއްގެ ތެރެއަށް ވެއްޓުނެވެ. މަޝްހޫރު  1907 ގެ މާލީ ދަތިކަމުގައި އެމެރިކާގެ އެތައް މިލިއަން ރައްޔިތުން މަރުވިއެވެ.

1909ގައި "ނޭޝަނަލް އެޑުވާންސްމަންޓު ފޮރ ދި އެސޯސިއޭޝަން އޮފު ދަ ކަލަރޑު ޕީޕަލް" (އެން.އޭ.އޭ.ސީ.ޕީ. NAACP) ކިޔާ ޖަމާޢަތެއް ޖޭކަބް ސްކިފު އުފެއްދިއެވެ. މި ޖަމާޢަތް އުފެއްދުނީ، ކަޅު މީހުން ލައްވައި މަގުމަތީގައި ހަމަނުޖެހުން އުފައްދައި، ތަންތަން ލޫޓުވައި، އަދި އެނޫންވެސް ހައިޖާނު އުފެއްދުމަށެވެ. މަޤްޞަދަކީ ކަޅު ނަސްލުގެ މީހުންނާއި ދޮން ނަސްލުގެ މީހުންގެ މެދުގައި ބައިބައިވުން އުފައްދައި، ދެ ބައިމީހުން ޖެއްސުމެވެ.

އޭނާ ލިޔުނު "އެ ހިސްޓުރީ އޮފު ދަ ޖޫޒް އިން އެމެރިކާ" (އެމެރިކާގައި ދިރިއުޅޭ ޔަހޫދީންގެ ތާރީޚެއް) މި ފޮތުގައި ޔަހޫދީ މުއައްރިޚް ހަވަރޑު ސާކަރ (Howard Sachar) ބުންޏެވެ.

[1914 ގައި ކޮލަމްބިއާ ޔުނިވަރސިޓީގެ ޕުރޮފެސަރ އެމެރިޓަސް ޖޮއިލް ސްޕިންގާރން (Joel Spingarn) އަށް NAACP ގެ ޗެއާރމަން ގެ މަޤާމު ލިބުނެވެ. އަދި ޖޭކަބް ސްކިފު އާއި، ޖޭކަބް ބިލިކޮފު (Jacob Billikopf) އާއި، ޙަބްރު ސްޓީވަން ވައިސް (Stephen Wise) ފަދަ މީހުން، އެ ޖަމާޢަތުގެ ބޯރޑަށް އޭނާ ޢައްޔަން ކުރިއެވެ. އެ ޖަމާޢަތުގެ އެހެން މުއައްސިސުން ކަމުގައި، ޖޫލިއަސް ރޮސެންތަލް (Julius Rosenthal) އާއި، ލިލިއަން ވޯލްޑު (Lillian Wald) އާއި، ޙަބްރު އެމިލް ޖީ. ހާރޝް (Emil G. Hirsch) ހިމެނެއެވެ. އޭގެ 60 އަހަރުފަހުން 1970 ގެ ތެރޭގައި މެނުވީ އެ ޖަމާޢަތުގެ ފުރަތަމަ ކަޅު ރައީސް، NAACP އިން ޢައްޔަން ނުކުރެއެވެ. އެއީ ބެންޖަމިން ހޫކުސް (Benjamin Hooks) އެވެ.]

އަސްކެނާޒީ ޔަހޫދީއެއް ކަމުގައިވާ ނޮމީ ހަލްފެން (Nomie Halphen) އާ މޯރިސް ޑި ރޮތުސްޗައިލްޑު މިއަހަރު ކައިވެނި ކުރިއެވެ.

1911 ގައި "ދަ ޖޫޒް އެންޑު މޮޑަރން ކެޕިޓަލިޒަމް" (ޔަހޫދީންނާއި، މި ޒަމާނުގެ ކެޕިޓަލިސްޓު ވިޔަފާރި) މި ފޮތުގައި ވާރނަރ ސޮމްބާރޓު (Werner Sombart) ބަޔާންކޮށްފައި ވާގޮތުގައި 1820 އިން ފެށިގެން އައި ޒަމާންތަކަކީ އެއީ ރޮތުސްޗައިލްޑުގެ ޒަމާނެވެ. އޭނާގެ ވާހަކަ ނިންމަމުން ބުނެފައި ވާގޮތުގައި ޔޫރަޕުގައި ވަނީ އެންމެ ބާރެކެވެ. އެއީ ރޮތުސްޗައިލްޑު ޢާއިލާއެވެ. އަދިވެސް އޭނާ ބުންޏެވެ.

[އެމެރިކާ މިހާރު މިއޮތް ގޮތަށް – އެއީ އެމެރިކާވަންތަ ތަނަކަން – ހެދި އެއްޗަކީ ޔަހޫދީ ނުފޫޒެވެ. ފަހެ، އަހަރެމެން މިކިޔާ އެމެރިކާވަންތަ ކަމަކީ، ޔަހޫދީ ރޫޙު އެއާ އެއްކުރެވިފައިވާ މިޒަމާނުގެ ކެޕިޓަލިސްޓު ވިޔަފާރިއެވެ. މިބުނި، މިޒަމާނުގެ ވިޔަފާރިއަކީ ޔަހޫދީ ރޫޙުން އުފެއްދި އެއްޗެކެވެ. ކެޕިޓަލިސްޓު ވިޔަފާރި އުފަންވީ ދަރަންޏަށްދޭ ފައިސާއިންނެވެ. މިމަފުހޫމުގެ މޫ ވަނީ ދަރަންޏަށް ފައިސާ ދިނުމުގައެވެ. ތަލްމޫދުގެ ޞަފުޙާތަކަށް ތިބާ އެނބުރި ހިނގައްޖެނަމަ، ދަރަންޏަށް ފައިސާ ދިނުމުގެ ކަންތަކުން ޔަހޫދީން ފަންނެއް އުފައްދާފައިވާކަން ތިބާއަށް ފެންނާނެއެވެ. ފައިސާ މިލްކުކުރުމުގެ ކަންތަކުން އެމީހުންގެ އެންމެ އިސް ހިތްހަމަޖެހުން ހޯދުމަށް ޔަހޫދީންނަށް ވަރަށް ޅައިރުއްސުރެ ދަސްކޮށްދެވެއެވެ. ފައިސާގައި ފޮރުވިފައިވާ އެންމެހާ ސިއްރުތައް އެމީހުން ދެނެގަތެވެ. އެމީހުން ފައިސާގެ ޞާޙިބުން ކަމުގައިވިއެވެ. އަދި އެއާއެކު ދުނިޔޭގެ ޞާޙިބުން ކަމުގައިވެސްވިއެވެ.]

1912 ގައި "ޓުރުތު" (ޙަޤީޤަތް) މަޖައްލާގެ ޑިސެމްބަރުގެ ޢަދަދުގައި ޖޭކަބް ސްކިފު އާ ބެހޭގޮތުން ޖޯރޖު އާރ. ކޮންރޯއި (George R. Conroy) ބުނެފައިވެއެވެ.

[މރ. ސްކިފު އަކީ ޕުރައިވެޓު ބޭންކިންގ ވިޔަފާރިގެއެއް ކަމުގައިވާ "ކޫން، ލޮއިބް އެންޑު ކޯ" ގެ އިސްފަރާތެވެ. އެއީ އެޓުލާންޓިކު ކަނޑުގެ މިފަޅިން ރޮތުސްޗައިލްޑު ޢާއިލާގެ މަޞްލަޙަތުތައް ތަމްސީލުކޮށްދޭ ކުންފުންޏެވެ.]

1913 ގައި އެމެރިކާގެ 28ވަނަ ރައީސްކަމުގައި ވޫޑުރޯ ވިލްސަން (Woodrow Wilson) މާރޗް 4ގައި އިންތިޚާބުވިއެވެ. އޭނާ އިފުތިތާޙް ކުރެވުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާއަށް ޒިޔާރަތްކުރާން ވައިޓުހައުސްއަށް ދިޔަ މީހަކީ އަސްކެނާޒީ ޔަހޫދީއެއް ކަމުގައިވާ ސެމުއެލް އުންޓާރމްޔަރ (Samuel Untermyer) އެވެ. އޭނާއަކީ ޤާނޫނީ ޚިދުމަތްދޭ ކުންފުންޏެއްކަމުގައިވާ "ގަގަންހައިމް، އުންޓާރމްޔަރ، އެންޑު މާރޝަލް"ގެ ބައިވެރިއެކެވެ. އޭނާ މަސައްކަތްކުރީ 000،40 ޔޫ. އެސް. ޑޮލަރަށް ވޫޑުރޯ ވިލްސަން ބްލެކުމެއިލްކުރުމަށެވެ. އެއީ، ޕުރިންސްޓަން ޔުނިވަރސިޓީގެ ޕުރޮފެސަރެއްގެ ގޮތުގައި ވޫޑުރޯ ވިލްސަން އުޅުނު ދުވަސްވަރު އެހެން ޕުރޮފެސަރެއްގެ އަނބިމީހާއާ އެކުގައި އޭނާ ހިނގައިފައިވާ ނަހަމަ ގުޅުމެއް މަތިކޮށްގެންނެވެ. (ނުނިމޭ)

ކޮމެންޓު