އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
13 ނޮވެންބަރު 2026
އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގާ ޣައިރުގާނޫނީ ހަނގުރާމައިގައި އީރާނުން އޮތީ ދޫދޭ ގޮތަކަށް ނޫނެވެ. އެމެރިކާއިން ދޭ އެއްވެސް އިންޒާރަކަށް ކުޑަކޮށް ވެސް އެ މީހުންނެއް ނުސިހެއެވެ. އެމެރިކާއާއި އިޒުރޭލުން ކެތްމަދުވެފައިވަނީ އީރާނުން ހަނގުރާމައިން ބަލިވެގެން އެމެރިކާގެ ކުރިމަތީގައި ކުޑަކަކޫޖަހާނެ ދުވަހަކަށެވެ. އަދި އެ މީހުން ރާވަމުން އަދިވެސް ގެންދަނީ ވަގުގަދަ ޙަމަލާއެއް ދީގެން އީރާނު ގިއްގަޅުވައިލުމަށެވެ. ހަގީގަތުގައި އީރާނުގެ އާރާއި ބާރު އަދި ވެސް އެ މީހުންނަކަށް އިޙުސާސެއް ނުކުރެވެއެވެ. އެ މީހުންގެ ހިތުގައި އުފެދިފައިވާ ޙަސަދަވެރިކަމާއި ޢުދުވާނުގެ ސަބަބުން އެ މީހުންނަށް ތަޖުރިބާއިން ޢިބްރަތް ޙާޞިލުކުރާކަށް ނޭނގެއެވެ.
އެމެރިކާއާއި އިޒުރޭލުން އަލުން އީރަނަށް ޙަމަލާދޭން ވިސްނައި ރާވަމުން ގެންދާތީ އީރާނުން މި ވަނީ އެމެރިކާއަށް ވަރުގަދަ އިންޒާރެއްދީފައެވެ. އީރާންގެ އަސްކަރިއްޔާގެ އިސް ތަރުޖަމާނު އިންޒާރު ދެއްވައިފައިވަނީ، އެމެރިކާއިން ދޭނެ ކޮންމެ އާ ހަމަލާއަކަށް ރައްދުދޭނީ [ދިހަ ގުނަ] ބޮޑުކޮށްކަމަށެވެ. އޭނާ ރައްދުދެއްވައި މި އިންޒާރުދެއްވީ، ދެން އެމެރިކާއިންދޭ ޙަމަލާތައް، ކުރީގެ ހަމަލާތަކަށް ވުރެ ފަސް ގުނަ ވަރުގަދަވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕު އިންޒާރުދިނުމާ ގުޅިގެންނެވެ.
އީރާނުގެ ހަނގުރާމައިގައި ސުލްހަވެރި ޙައްލެއް ހޯދާން މަޝްވަރާކުރާ އިސް މަންދޫބުކަމަށްވާ، އީރާންގެ ބަރުލަމާނުގެ ރައީސް މުޙައްމަދު ބާޤިރު ޤާލިބާފު، އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އިރާންގެ ޔޫރޭނިއަމް ފުނޑުފުނޑުކޮށް [ގަވާއިދާ ޚިލާފަށް] ރައްކާކޮށްފައިވާ ސްޓޮކްޕައިލް ތިންވަނަ ޤައުމަކަށް ބަދަލުކުރުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުން ތަހުގީގުކޮށް، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި އީރާނުން ހުށަހަޅައިފައިވާ އެންމެ ފަހުގެ ހުށަހެޅުމާ މެދު އެމެރިކާއިން ގޮތެއް ނިންމައި، އެ ކަން [އިއުލާންކުރާންޖެހޭނެ]ކަމަށެވެ.
އިރާންގެ އިސްލާމީ އިންގިލާބީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ)އިން ބުނީ، ހުރުމުޒު ކަނޑުއޮޅީގެ ހުއްދަ ނެތް މަގަކުން ދަތުރުކުރަމުން ދަނިކޮށް، ބޮޑު ގޮވުމަކަށް ފަހު، ދެ ސުޕަރ ޓޭންކަރެއްގައި އަލިފާން ރޯވެފައިވާކަމަށެވެ.
އިރާންގެ ޕާލަމެންޓުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ރައީސް އިބްރާހީމް ޢަޒީޒީ ވަނީ، އިރާނާ ދެކޮޅަށް އެމެރިކާއިން ކުރާ ކޮންމެ [ގޯސް އަންދާޒާ]އެއް ނުވަތަ ގޯސް ނިންމުމަކުން ދުރުހެލިވާން އިންޒާރުދެއްވައިފައެވެ.
އެމެރިކާ ސިފައިންގެ ބައެއް މީހުން ގެންދިއުމަށް ނިންމުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އޭނާ ސިފަކުރެއްވީ އެއީ އެމެރިކާއިން އީރާނުގެ މީނާބް އިސްކޫލަށް ދިން ހަމަލާގެ [ބައިވެރީން]ގެ ގޮތުގައެވެ. ހަނގުރާމައިގެ ކުރީކޮޅު ހިނގި އެ ހަމަލާގައި ގާތްގަނޑަކަށް 170 މީހުން (ގިނައީ ކުޑަކުދީން) މަރުވެފައިވާ ކަމަށް [އެމްނެސްޓީ އިންޓަރނޭޝަނަލް]އިން ލަފާކޮށްފައިވެއެވެ.
"އިރާންގެ އަސްކަރީ ސިޔާސަތު ވަނީ ބަދަލުވެފައި - އަލުން ނުރަނގަޅު ހިސާބެއް ހަދައިފި ނަމަ، އަނބުރައި ފޮނުވައިލާނެ ހަށިގަނޑެއް ވެސް ނުފެންނާނެއެވެ.] އީރާނުންދޭނެ ރައްދު ޙަމަލާތަކުގެ ބާރުގަދަކަން ދޭހަކޮށްދިނުމަށް ޓަކައި އޭނާ އެކްސް (ޓުވިޓަރ)ގައި ކުރެއްވި ޕޯސްޓެއްގައި އިންޒާރުދެއްވިއެވެ.