އަބާ މުޙަންމަދު
7 ނޮވެންބަރު 2026
އިއްޔެ މީސްމީޑީއާގައި ވިރަވީ ވަރަށް އާދަޔާ ޚިލާފު ވީޑިއޯތަކެކެވެ. މީގެ ތެރެއިން އެއް ވީޑިއޯއެއްގައި ދަބަރުޖަހައިފައިވާ ދޮރުތަކެއް ހުރި، ދެ ތައްޓުގެ ގެއެއްގެ ކައިރީގައި ފުލުހުންތަކެއް ފޯރިމަރާން ތިބިތަން ފެނެއެވެ. އެ ގޭގެ ކުރިމަތީގައި ޕެރަމެޑިކް އާ ޔުނިފޯމެއްގައި، ރީތިކޮށް މޭކަޕް ކޮށްގެން ހުރި އަންހެނަކު ކަކޫ މައްޗަށް ތިރިވެ އިނދެ ހަޅޭއްލަވާ އަޑު އިވެއެވެ.
އޭރު އޭނާ ގަދަ އަޑުން މީހުންގެ ސަމާލުކަމަށް ގެންނާން މަސައްކަތްކުރަމުން ގޮވަމުން ހަޅޭއްލަވަމުން ގެންދަނީ ޔުކްރޭންގެ ވެރިރަށް ކިޔީވްގެ ރަށްބޭރުގައި އޮންނަ މި ސަރަހައްދުގައި، މަޖުބޫރުން ސިފައިންގެ ތެރެއަށް ވައްދައިފައިވާ ފިރިހެނުންތަކެއް އެ އިމާރާތުގައި ހައްޔަރުކޮށްފައިވާކަމަށް ބުނެއެވެ.
ފަހުން އެއީ ވެލެންޓީނާ މޮލޮޑާ ނަމަކަށް ކިޔާ، އުމުރުން 49 އަހަރުގެ ނަރުހެއްކަމަށް އެނގިފައިވާ މި އަންހެން މީހާ ބުނާ ގޮތުގައި އެ ތަނުން އެކަކު މިހާރު ވަނީ މަރުވެފައެވެ. އޭނާއަކީ މީގެ ކުރީން ޕްލާސްޓިކް ސާޖަރީ ކްލިނިކެއްގައި މަސައްކަތްކޮށްފައިވާ މީހެއްކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް، ޕެރެމެޑިކްއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ އޭނާއަށް ލިބިފައިނުވާކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
އޭނާ އައި އެމްބިއުލާސްގައިވަނީ 2023ވަނަ އަހަރު ޚިދުމަތްދިނުން ހުއްޓައިލައިފައިވާކަމަށް ބުނާ އަމިއްލަ މެޑިކަލް ކުންފުންޏެއްގެ ލޯގޯއެވެ. މޮލޮޑާގެ "އެމްބިއުލާސް ޓީމް"ގައި ހިމެނޭ އަންހެނަކު އެ މަންޒަރު މީސްމީޑިއާ މެދުވެރިކޮށް ވަގުތުން ދުރަށް ފަތުރަމުން ގެންދެއެވެ. އެ ތަނަށް މީހުން އެއްވެ، [އަނިޔާކުރަމުންދާ ތަނެއް]ކަމަށް އޭނާ ސިފަކުރާ އެ ތަނަށް ވަނުމަށް ގޮވައިލާ ގޮވައިލުންތަކުގައި ބައިވެރިވެއެވެ.
[އަހަރެން ދެކަކޫ މައްޗަށް ތިރިވެ މި އާދޭސްކުރަނީ، އެ މީހުން ގާތަށް އަހަރެން ދިޔަދިމުމަށެވެ] މޮލޯޑާ އާދޭސްކުރަމުން ގެންދިޔައީ އެތެރޭގައި ބަންދުކޮށްފައި ތިބި 40 ފިރިހެނުންނަށް [ހަތިޔާރުއެޅި] ސިފައިން އަނިޔާކުރަމުން ގެންދާކަމަށް ތުހުމަތުކޮށެވެ.
ސިފައިންނަށް ވައްދާ އޮފިސަރުންގެ ބައެއް އަނިޔާވެރި އަމަލުތަކުގެ ސަބަބުން ރައްޔިތުންގެ ނުރުހުން އަމާޒުވެފައިވާ މިފަދަ ގައުމެއްގައި، އޭނާ ދައްކާ ވާހަކަތަކަށް އެއްވެ ތިބި މީހުންގެ ތާއީދު ލިބެމުންދެއެވެ.
މުޒާހަރާގެ ބައިވެރިން ފުލުހުންނާ ދިމާއަށް ބިސް އުކައި ޓޮމާޓޯ ފަދަ ތަކެތި އެ އިމާރާތުގެ ފުރާޅުމައްޗަށް އުކަމުން ގެންދެއެވެ. މި މުޒާހަރާގައި 500 ވަރަކަށް މީހުން ބައިވެރިވިއެވެ. އޭގެ ތެރެއިން ގިނަ ބަޔަކު މެންދަން ވަންދެން ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގައެވެ.
ދެ ލަފުޒެއްގެ މާނަ:
ވިރަވުން މ. ޚަބަރެއް ނުވަތަ ވީޑިއޯއެއް ނުވަތަ ފޮޓޯއެއް ފަދަ އެއްޗެއް ޖާލުގެ ޒަރީއާއިން ހަލުވިކޮށް ފެތުރިގެން ދިއުން. become viral
ޖާލު ނ. ސާވަރުތަކަކުން ކޮމްޕިއުޓަރުތައް ގުޅުވައިދޭ ވިއުގަ.