އޒ. އިބްރާހީމް ރަޝީދު މޫސާ
21 އޮކްޓޯބަރު 2026
ޤުރްއާނަކީ އެންމެ ތެދުވެރި އެންމެ ރިވެތި ބަހެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((اللَّهُ نَزَّلَ أَحْسَنَ الْحَدِيثِ كِتَابًا مُتَشَابِهًا مَثَانِيَ - الزمر : 23 – މާނައީ : اللَّه، އެންމެ ރިވެތި ބަސްތައް ފޮތެއްގެ ސިފައިގައި ބާވައިލެއްވިއެވެ. (ފުރިހަމަކަމުގައި) އެއް ފަދަވެގެންވާ، ތަކުރާރުކޮށް ކިޔެވޭ ފޮތަކަށްވާ حالގައެވެ.))
މި ޤުރްއާން ދޫތަކުން ކިޔެވުމުގެ ކުރީން ހިތްތަކުން ކިޔަވައެވެ. ލޯތަކަށް ފެނުމުގެ ކުރީން ހިތްތަކަށް ފެނެއެވެ.
ބައެއް މީހުންނަށް އެ މީހުންގެ ހިތްތަކުން ﷲގެ ފޮތުގެ އިޢުޖާޒެއް ނުފެނެތެވެ.
އެ ކަލާނގެ އެ ފަދަ މީހުންނަށް އެ މީހުންނަށް މުނާސަބު ބަސްމަގެއް މި ފޮތުގައި ލައްވައިފައިވެއެވެ. އެއީ ސުމޭކު ބަސްމަގެވެ.
ޤުރްއާނުގެ ސުމޭކު ފޭރާމަކީ ހުރިހާ ގިންތިއަކާއި މިންތިއެއްގެ މީހުންނާއެކު ވާހަކަދައްކާ، އެ މީހުންނަށް އަޑު އިއްވައިދޭ އެ މީހުންނަށް ދައްކުވައިދޭ، އެ މީހުންނަށް ހެޔޮވަރު ފޭރާމެކެވެ.
އަދަދުތަކުންނާއި ތަފާސްހިސާބުން ދައްކާ ވާހަކައާ ދެކޮޅަށް ޖަދަލެއްނުކުރެވޭނެތެވެ. އެ ހިސާބުން އަނގަތައް ބަންދުވެގެންދާނެތީއެވެ. ﷲގެ މަޢޫޞުމު ފޮތް ފެށުނު ހިސާބުން އަހުރެމެން ވެސް ފަށަމާ ހިނގާށެވެ!
އެއީ سورة الفاتحة އެވެ. މުޞްޙަފުގެ ފުރަތަމަ ސޫރަތެވެ.
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ (1) الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (2) الرَّحْمَنِ الرَّحِيمِ (3) مَالِكِ يَوْمِ الدِّينِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (5) اهْدِنَا الصِّرَاطَ الْمُسْتَقِيمَ (6) صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (7)
މި ސޫރަތުގައި ލަފުޒު (حديث) ގެ އަކުރުތައް ތަކުރާރުވެފައިވާ ގޮތަށް ބަލާށެވެ!
|
އަކުރު |
الفاتحةގައި ތަކުރާރުވެފައިވާ އަދަދު |
|
ح |
5 |
|
د |
4 |
|
ي |
14 |
|
ث |
0 |
|
ޖުމުލަ |
23 |
سورة الفاتحةގައި ލަފުޒު (حديث) ގެ އަކުރުތައް ތަކުރާރުވެފައި ވަނީ 23 ފަހަރުއެވެ.
ދެން سورة الفاتحةގައި ލަފުޒު (وحي)ގެ އަކުރުތައް ތަކުރާރުވެފައިވާ ގޮތަށް ބަލާށެވެ!
|
އަކުރު |
الفاتحةގައި ތަކުރާރުވެފައިވާ އަދަދު |
|
و |
4 |
|
ح |
5 |
|
ي |
14 |
|
ޖުމުލަ |
23 |
سورة الفاتحةގައި ލަފުޒު (وحي)ގެ އަކުރުތައް ތަކުރާރުވެފައި މި ވަނީ 23 ފަހަރުއެވެ.
23 އަކީ ރަސޫލުﷲގެފާނުގެ މައްޗަށް ވަޙީ ބާވައިލެއްވުނު އަހަރުތަކުގެ އަދަދެވެ.
سورة الفاتحةގައި ލަފުޒު (نور)ގެ އަކުރުތައް ތަކުރާރުވެފައިވާ ގޮތަށް ބަލަމާ ހިނގާށެވެ!
|
އަކުރު |
الفاتحة ގައި ތަކުރާރުވެފައިވާ އަދަދު |
|
ن |
11 |
|
و |
4 |
|
ر |
8 |
|
ޖުމުލަ |
23 |
ލަފުޒު (نور) ގެ އަކުރުތައް ތަކުރާރުވެފައި ވަނީ ހަމަ 23 ފަހަރުއެވެ.
23 އަކީ ވަޙީގެ އަހަރުތަކުގެ އަދަދެވެ. ވަޙީއަކީ النُّورއެވެ.
މުހިންމު ސުވާލެއް.
ލަފުޒު (وحي)ގެ އަކުރުތަކުން އަކުރެއް ނެތް އާޔަތެއް ކީރިތި ޤުރްއާނުގައި ވޭހެއްޔެވެ؟
މި ސުވާލު އެހެން ގޮތަކަށް ކުރަމާ ހިނގާށެވެ!
އަކުރު الواو އާއި އަކުރު الحاء އާއި އަކުރު الياء ނެތް ކިތައް އާޔަތް ޤުރްއާނުގައި ވޭ ހެއްޔެވެ؟
މި ސުވާލާމެދު ވިސްނައިލީންހެއްޔެވެ؟
(وحي)ގެ އަކުރުތަކުން އަކުރެއް ނެތް އާޔަތްތަކުގެ އަދަދަކީ 114އެވެ.
114 އަކީ ވަޙީއިން ބާވައިލެއްވުނު ޤުރްއާނުގެ ސޫރަތްތަކުގެ އަދަދެވެ.
މި އަދަދާ އެކު سورة طهގެ މި އާޔަތަށް ދަމާހިނގާށެވެ!
فَتَعَالَى اللَّهُ الْمَلِكُ الْحَقُّ وَلَا تَعْجَلْ بِالْقُرْآنِ مِنْ قَبْلِ أَنْ يُقْضَى إِلَيْكَ وَحْيُهُ وَقُلْ رَبِّ زِدْنِي عِلْمًا - طه: 114
ވިސްނާށެވެ!: وَلَا تَعْجَلْ بِالْقُرْآنِ مِنْ قَبْلِ أَنْ يُقْضَى إِلَيْكَ وَحْيُهُ – މާނައީ: ކަލޭގެފާނަށް وحى ބާވައިލައްވައި ނިމުމުގެކުރީން ކަލޭގެފާނު އެ قرآن ކިޔަވައިވިދާޅުވުމަށް އަވަސްވެވަޑައިނުގަންނަވާށެވެ!
ލަފުޒު (وحيه) ކީރިތި ޤުރްއާނުގެ އެހެން އެއްވެސް އާޔަތެއްގައި ވާރިދުވެފައެއް ނުވެތެވެ.
މި އާޔަތުގެ ނަންބަރަކީ 114
114 ސޫރަތް ބާވައިލައްވައި ނިމުމުން ވަޙީ ނިމުނީއެވެ.
سورة الأنعامގެ މި އާޔަތަށް ބަލާށެވެ!
أَفَغَيْرَ اللَّهِ أَبْتَغِي حَكَمًا وَهُوَ الَّذِي أَنْزَلَ إِلَيْكُمُ الْكِتَابَ مُفَصَّلًا وَالَّذِينَ آتَيْنَاهُمُ الْكِتَابَ يَعْلَمُونَ أَنَّهُ مُنَزَّلٌ مِنْ رَبِّكَ بِالْحَقِّ فَلَا تَكُونَنَّ مِنَ الْمُمْتَرِينَ - الأنعام : 114
ﷲ ތަޢާލާގެ މި ބަސްފުޅަށް ވިސްނައިލާށެވެ!
وَهُوَ الَّذِي أَنْزَلَ إِلَيْكُمُ الْكِتَابَ مُفَصَّلًا – މާނައީ : އެކަލާނގެއީ، (حقއާއި باطل) تفصيلކޮށް ބަޔާންކުރައްވައިފައިވާ ގޮތުގައި، ތިޔަބައިމީހުންނަށް ފޮތް ބާވައިލެއްވި ކަލާނގެއެވެ.
ދެން މި ބަސްފުޅަށް ބަލާށެވެ!
وَالَّذِينَ آتَيْنَاهُمُ الْكِتَابَ يَعْلَمُونَ أَنَّهُ مُنَزَّلٌ مِنْ رَبِّكَ بِالْحَقِّ - އަދި އެއީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން حق ގޮތާއިގެން ބާވައިލެއްވި ފޮތެއްކަން، ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތް ދެއްވި މީހުން ދަނެތެވެ.
މި އާޔަތުގެ ނަންބަރަކީ 114އެވެ. އެއީ ޙައްޤާއި ބާޠިލު ތަފުޞީލުކޮށް ބަޔާންކުރެއްވި ފޮތުގެ ސޫރަތްތަކުގެ އަދަދެވެ.
މި އާޔަތް ނިމިފައިވާ ކަލިމައަކީ (الْمُمْتَرِينَ) އެވެ. މި ކަލިމައިގެ އަކުރުތައް ސޫރަތުލް الفاتحة ގައި ތަކުރާރުވެފައިވަނީ 114 ފަހަރުއެވެ.
މި އާޔަތުގެ ކަލިމަތަކުގެ އަދަދަކީ 23އެވެ. ޙައްޤާއި ބާޠިލު ތަފުޞީލުކޮށް ބަޔާންކުރެއްވި ފޮތް ބާވައިލައްވައިފައިވަނީ 23 އަހަރުގެ ތެރޭގައެވެ.
ﷲ ސުބްޙާނަހޫ ވަ ތަޢާލާގެ މި ބަސްފުޅަށް ބަލާށެވެ.
يَعْلَمُونَ أَنَّهُ مُنَزَّلٌ مِّن رَّبِّكَ بِالْحَقِّ - މި ބަސްފުޅުގައި އޮތީ 23 އަކުރެވެ.
ލަފުޒުތައް ދޭހަކޮށްދޭ މާނަތައް ވަރުގަދަކޮށްދިނުމަށް ޓަކައި އަދަދުތައް ގެތިފައިވާ ގޮތް ތިބާއަށް ފެނިއްޖެކަމަށް ހީކުރަމެވެ.
(ނުނިމޭ)