އަޙުމަދު ފަޔާޒު ޙަސަން
11 އޮކްޓޯބަރު 2026
(2026 ސެޕްޓެންބަރު 19ގައި ޝާއިޢުކުރެވުނު އަދަދާ ގުޅޭ)
1959ގައި ކޮމިއުނިސްޓު އިންޤިލާބެއް ގެނައުމަށް ފަހު، ކިޔުބާގެ ބޮޑު ވަޒީރުކަމުގައި ކުރިޕުޓޯ ޔަހޫދީއެއްކަމުގައިވާ ފިޑެލް ކާސްޓުރޯ އިފުތިތާޙްކުރެވުނެވެ.
1960ގައި ޝާއިޢުކުރެވުނު "އިމްޕެކުޓު – އެސޭޒް އޮން އިގްނޮރަންސް އެންޑު ދަ ޑިކުލައިން އޮފު އެމެރިކަން ސިވިލިޒޭޝަން" (ލޮޅުން – އެމެރިކާގެ ޙަޟާރަތުގައިވާ ޖަހާލަތާއި، އަދި އެ ޙަޟާރަތުގެ ދަށަށްދިއުން) ގައި އެޒްރާ ޕައުންޑު (Ezra Pound) ބުނެފައިވެއެވެ.
"ދަރަނިވެރި ނުވާނެ ޤައުމެއް، ސޫދު ނަގާ މީހުން ރުޅިއަރުވައިފިއެވެ."
1962 ގައި އެމެރިކާގެ ސުޕުރީމް ކޯޓުން 25 ޖޫންގައި ނެރުނު ޙުކުމެއްގެ ސަބަބުން، އެމެރިކާގެ ބަންޑާރަ ސްކޫލްތަކުގައި އަޅުކަންކުރުން މަނާކުރެވުނެވެ. މި ޙުކުމް ބިނާ ކުރެވުނީ ނިޔުޔޯރކުގެ ޔަހޫދީއެއް ކަމުގައިވާ އެންގެލް (Engel) ކިޔާ މީހަކު ސުޕުރީމް ކޯޓަށް ހުށަހެޅި މައްސަލައެއްގެ މައްޗަށެވެ.
"އިލްޙާދުގެ (އެތީޒަމްގެ) ގޯސް މަފުހޫމްތައް ބަލައިގަތުމަށް އަހަރެމެންވެސް ތައްޔާރަށް ތިބިކަމުގައި ވުމަކީ ހަމަ ވެދާނެ ކަމެއްހެއްޔެވެ؟ އެމެރިކާގެ ރޫޙާ ކޮންމެވެސް މީހަކު ދަނީ ކުޅެމުންނެވެ. އެއީ ކާކުކަން ކަނޑައެޅުމަށް އަހުރެން ތިޔަބައިމީހުންނަށް ދޫކޮށްލަމެވެ."
އެ މީހުންގެ މަޢުދަން ނަގާ ހުރިހައި މަޞްލަޙަތުތައް ބަލަހައްޓާ ކުޑައެއްގެ ގޮތުގައި، "ޑި ރޮތުސްޗައިލްޑު ފުރެސް" އިން "އިމްޓަލް" (Imtal) ކުންފުނި މިއަހަރު އުފެއްދިއެވެ.
އޭނާ ލިޔުނު "ދަ ރޮތުސްޗައިލްޑުސް" (ރޮތުސްޗައިލްޑު ޢާއިލާގެ މީހުން) މި ފޮތް، ފުރެޑެރިކު މޯރޓަން (Frederic Morton) މި އަހަރު ޝާއިޢުކުރިއެވެ. އޭގައި ވެއެވެ.
"އެ ޢާއިލާގެ މިލްކުގައި އެތައްއެތައް ޞިނާޢީ، ތިޖާރީ، މައިނިންގ، އަދި ފަތުރުވެރިކަމުގެ އެތައް ކޯރޕަރޭޝަންތަކެއް ވާއިރުވެސް، އެއިން އެއްވެސް ކުންފުންޏެއްގައި ރޮތުސްޗައިލްޑުގެ ނަން ހިމެނިފައެއް ނުވެއެވެ. އެ މީހުންގެ ކުންފުނިތަކަކީ ޕުރައިވެޓު ޕާރޓުނަޝިޕު ތަކެއް ކަމުގައިވީހިނދު، ޢާންމު ކުރެވިފައިވާ ހަމަ އެންމެ ބެލެންސް ޝީޓެއްވެސް އެ ޢާއިލާގެ ވިޔަފާރިގެތަކުން ޝާއިޢުކުރާކަށް ނުޖެހެއެވެ. އަދި ނުވެސް ކުރޭމެއެވެ. އަދި އެ މީހުންގެ މާލީ ޙާލަތާ ބެހޭ އެނޫންވެސް އެއްވެސް މާލީ ބަޔާނެއް އެ މީހުން އެއްގޮތަކަށްވެސް ޝާއިޢެއް ނުކުރެއެވެ."
1963 ގައި ރޮތުސްޗައިލްޑު ޢާއިލާގެ މިލްކުގައިވާ ފެޑެރަލް ރިޒާރވު މެދުވެރި ނުކޮށް ފައިސާ ނެރުމުގެ ބާރު އެމެރިކާގެ ސަރުކާރަށް އަނބުރާ ލިބިދިނުމަށް ރައީސް ޖޯން އެފު. ކެނެޑީ ޖޫން 04 ގައި އެގްޒެކެޓިވު އޯޑަރ 11110 ގައި ސޮއި ކުރެއްވިއެވެ. ނޮވެމްބަރ 22 ގައި، ރޮތުސްޗައިލްޑު މީހުން ކުރީގެ ރައީސް ލިންކަން އަވަހާރަކޮށްލި ގޮތަށް ރައީސް ކެނެޑީވެސް އަވަހާރަ ކޮށްލިއެވެ. ރައީސް ކެނެޑީ ބޭނުންވެ ވަޑައިގަތީ، ބޭރުގެ ހަނގުރާމަވެރި، ފައިސާ އަތުލާ ބޭފުޅު ބަޔަކަށްޓަކައި އެމެރިކާގެ ފައިސާ ޗާޕުކުރުމުގެ ބަދަލުގައި އެމެރިކާގެ ރައްޔިތުންނަށްޓަކައި އެމެރިކާގެ ފައިސާ ޗާޕުކުރާށެވެ. ކުރިޕުޓޯ ޔަހޫދީއެއް ކަމުގައި ބުނެވުނު އެމެރިކާގެ ރައީސް ލިންޑަން ބައިނީޒް ޖޯންސަން (Lyndon Baines Johnson) މި އެގްޒެކެޓިވު އޯޑަރ އުވާލެއްވިއެވެ.
ރައީސް ކެނެޑީ އަވަހާރަކޮށްލުމުގެ އަނެއް، ސަބަބަކީ އެއްވެސް ޙާލަތެއްގައި އިސްރާއީލް އަކީ ނިއުކުލިއަރ ޤައުމަކަށްވުމަށް އެމެރިކާއިން އެއްބަސް ނުވާނެ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ޑޭވިޑު ބެން-ގިއުރިއަން އަށް ރައީސް ކެނެޑީ ވަރަށް ސާފުކޮށް އެންގެވުމެވެ.
ރައީސް ކެނެޑީގެ އަނބިކަނބަލުން ޖެކީ ކެނެޑީއަކީ ޔަހޫދީއެކެވެ. މިކަން ހާމަކޮށްފައިވަނީ ގޯރ ވައިޑާލް (Gore Vidal) ލިޔުނު އޭނާގެ އަމިއްލަ ސީރަތު ކަމުގައިވާ "ޕެލިމްޕުސެސްޓު: އެ މެމްވާރ" މި ފޮތުގައެވެ. ކަންދިމާކުރި ގޮތުން، ވައިޑާލް ގެ ދޮންބައްޕަ ކަމުގައިވާ ހިޔޫ އޯޝިންކުލޮސް (Hugh Auchincloss)، ޖެކީ ކެނެޑީގެ މަންމަ ކަމުގައިވާ ޖެނެޓު ބޯވިއަރ (Janet Bouvier) އާ ކައިވެނިކުރިއެވެ. މިވާހަކަ ވަނީ ނިޔުޔޯރކު ޓައިމްސް ގެ 09 ނޮވެމްބަރ 1995 ގެ އަދަދުގައިވެސް ޝާއިޢު ކޮށްފައެވެ.
ވެންޗަރ ކެޕިޓަލް ހައުސް އެއްގެ ގޮތުގައި "ލަ ކޮމްޕަންޔީ ފިނޭންސިރޭ އެޑުމޮންޑު ޑި ރޮތުސްޗައިލްޑު" (އެލް. އެފު. ސީ.) ގެ ނަމުގައި އެޑުމޮންޑު ޑި ރޮތުސްޗައިލްޑު ސްވިޓުޒަރލޭންޑުގައި ކުންފުންޏެއް ޤާއިމްކުރިއެވެ. މި ކުންފުނި ފަހުން ވަނީ އެތައް ގޮފިތަކެއް ހިމެނޭ އިންވެސްޓުމެންޓު ބޭންކަކަށާއި، އެސެޓު މެނޭޖުމެންޓު ކުންފުންޏަކަށް ތަރައްޤީވެފައެވެ. ހަމަ މިއަހަރު އޭނާގެ އަންހެނުން ނަޑީން (Nadine) އާ އޭނާ ކައިވެނިކުރިއެވެ. އަދި އެ މީހުންނަށް ބެންޖަމިން ޑި ރޮތުސްޗައިލްޑު ކިޔާ ފިރިހެން ދަރިއަކު ލިބުނެވެ.
ކޮމިއުނިސްޓު މެނިފެސްޓޯ ގެ 45 އަމާޒު އެމެރިކާގެ ކޮންގްރެސް ގައި ފުލޮރިޑާގެ އޭ. އެސް. ހަރލޯންގް ޖޫނިއަރ (A. S. Herlong Jr.) މިއަހަރުގެ 10 ޖެނުއަރީގައި ބަޔާންކުރިއެވެ. މިހެންކަމުން އެވާހަކަ ވަނީ ކޮންގްރެސްގެ އެދުވަހުގެ ރެކޯރޑުތަކުގެ ތެރޭގައި ހިމެނިފައެވެ. ތިރީގައިވަނީ އެއިން ބައެއް އަމާޒެވެ.
1. ރަޝިއާ އާއި ސޮވިއެޓު ޔޫނިއަން ގެ އަހުދުގައިވާ ޤައުމުތަކަށް ދުރުރާސްތާގެ ލޯނުތައް ދޫކުރުން.
2. ޤައުމުތައް ކޮމިއުނިޒަމް ގެ ދަށުގައިވޭތޯ ނުވަތަ ނުވޭތޯ ބެލުމެއްނެތި، އެމެރިކާގެ އެހީ ހުރިހައި ޤައުމަކަށްވެސް ފޯރުވުން.
3. ރަތް ޗައިނާ، ސިޔާސީ ގޮތުން ޤަބޫލުކުރުން. ރަތް ޗައިނާ އ.ދ. ގެ މެންބަރަކަށް ހެދުން.
4. ވަފާތެރިކަމުގެ ހުރިހައި ހުވާތައް ނައްތައިލުން.
5. އެމެރިކާގެ ޕޭޓެންޓު އޮފީހުގެ ބޭނުން ރަޝިއާއަށް ކުރެވޭނެ ގޮތަށް ބޭއްވުން.
6. އެމެރިކާގައިވާ އެކެއް، ނުވަތަ ދެ ސިޔާސީ ޕާރޓީވެސް އަތުލައިގަތުން.
7. އެމެރިކާގެ އަސާސީ މުއައްސަސާތަކުގެ އަމަލުތަކުގެ ސަބަބުން މަދަނީ ޙައްޤުތަކަށް ގެއްލުން ލިބޭކަމަށް ދަޢުވާކޮށްގެން، ކޯޓުތަކުގެ ފަންނީ ޙުކުމްތަކުގެ ތެރެއިންލާފައި އެފަދަ މުއައްސަސާތައް ބަލިކަށިކުރާން މަސައްކަތްކުރުން.
8. އެމެރިކާގެ މަދުރަސާތަކުގެ ކޮންޓުރޯލް ހޯދުން.
9. ކިޔަވާކުދިންގެ ހުރިހައި ނޫސްތަކެއްގެ ކޮންޓުރޯލް ހޯދުން.
10. ނޫސްވެރިކަމުގެ ކޮންޓުރޯލް ހޯދުން.
11. ރޭޑިއޯއާއި، ޓީވީއާއި، އަދި މޯޝަން ފިލްމުތަކުގެ މުހިންމު މަޤާމްތަކުގެ ކޮންޓުރޯލް ހޯދުން.
12. ފޮތްތަކުގައާއި، މަޖައްލާތަކުގައާއި، ފިލްމުތަކާއި، ރޭޑިއޯއާއި، އަދި ޓީވީގައި އޮރިޔާންކަމާއި ފާޙިޝް ކަންތައްތައް ފަތުރައި، ކުރިއަރުވައިގެން އަޚްލާޤިއްޔާތުގެ އެންމެހާ ސަގާފީ މިންގަނޑުތައް ހަލާކުކޮށްލުން.
13. އެއްޖިންސުން ގުޅުން ހިންގުމާއި، ނާތަހުޒީބުވުމާއި، ގިނަ މީހުންނާއެކު ޖިންސީ ގުޅުން ހިންގުމަކީ އާދައިގެ، ޠަބީޢީ، އަދި ޞިއްޙަތަށް ފައިދާހުރި ކަންތައްތަކުގެ ގޮތުގައި ހުށަހެޅުން.
14. ފައްޅިތަކުގެ ތެރެއަށް ފޭދިގަނެ، ބާވައިލެއްވިފައިވާ ދީނުގެ ބަދަލުގައި އިޖުތިމާޢީ ދީން މީސްތަކުންގެ އަޤީދާގައި އިންދުން. ބައިބަލުގެ އަގުވައްޓާލައި، ފިކުރީ ގޮތުން ތަޞައްރަފު ފުދުމުގެ ބޭނުންތެރިކަމަށް ބާރުއެޅުން.
15. އިސްކޫލްތަކުގެ ތެރޭގައި އަޅުކަންކުރުމުގެ، އަދި ދީން ފާޅުކުރުމުގެ އެއްވެސް ފިޔަވައްސެއް ހިނގިޔަ ނުދިނުން.
16. ތަޅާފޮޅުމުގެ ޙަރަކާތްތަކާއި، ވެރިކަމާ އިދިކޮޅަށް ބަޣާވާތްކުރުމަކީ އެމެރިކާގެ އާދަކާދައިގެ ޖާއިޒު ބަހާތަކެއްކަމުގައި ދެއްކުން.
17. އަމިއްލަ ވެރިކަން ހިންގުމަށް އަހުލީ އާބާދީތައް ތައްޔާރުވުމުގެ ކުރީން އިސްތިޢުމާރީ ހުރިހައި ވެރިކަމެއް ވައްޓައިލުން.
18. ޕެނެމާ ކެނެލް ބައިނަލްއަގުވާމީ ތަނަކަށް ހެދުން.
1965 ގައި އިސްރާއީލުން ފައްކާ ކޮށްފައިވާ ޔުރޭނިއަމް، "ނިއުމެކު" (ނިއުކުލިއަރ މެޓީރިއަލްސް އެންޑު އިކުއިޕުމަންޓުސް ކޯރޕަރޭޝަން) ކުންފުނިން އިން ޣައިރުޤާނޫނީ ގޮތެއްގައި ހޯދިއެވެ.
އިނގިރޭސިވިލާތުގައި ދިރިއުޅޭ ތަފާތު ނަސްލުތަކުގެ މީހުންގެ މެދުގައިވާ އަރައިރުމުގެ ސަބަބުން، 1965ގެ "ރޭސް ރިލޭޝަންސް އެކުޓު" (ނަސްލީ ގުޅުންތަކާ ބެހޭ ޤާނޫނު) ގެ ބިލް، އޭރު އިނގިރޭސިވިލާތުގެ އެޓާރނީ ޖެނެރަލް ގެ މަޤާމުގައި ހުރި ރަޝިއާ ނަސްލުގެ ޔަހޫދީއެއްކަމުގައިވާ ފުރޭންކު ސޮސްކައިސް (Frank Soskice)، އިނގިރޭސިވިލާތުގެ ޕާރލަމެންޓަށް ހުށަހެޅިއެވެ. ޢާންމު (ބަންޑާރަ) ތަންތަނުގައި ނަސްލީ ގޮތުން ތަފާތުކުރުމަކީ ޣައިރުޤާނޫނީ ކަމެއްކަމުގައި މި ޤާނޫނުގައި ކަނޑައެޅުނެވެ.
އެ މީހުންގެ ނަސްލު އެ މީހުން ހާމަކުރާ ހަމައެކަނި ވަގުތަކީ، ތަފާތުވުމުގައި ހުރި ބޮޑެތި ފައިދާތަކާ މެދު އެ މީހުން ވާހަކަދައްކާ ހިނދުގައެވެ. އަދި މިގޮތުން އެ މީހުން ދައްކާ ވާހަކައާ އެއްބަސްނުވާ ކޮންމެ މީހަކު ވާނީ ނަސްލީ ގޮތުން ތަފާތުކުރާ، ނުވަތަ ވަކި ނަސްލެއްދެކެ ރުޅިއަރާ ބައެއް ކަމުގައެވެ. ނަމަވެސް އެ މީހުން ފަތުރައި، ކުރިއަރުވަމުންގެންދާ މަޝްރޫޢުގެ ނަތީޖާއަކަށްވާނީ އެތަކެއްހާސް އަހަރު ކުރިއްސުރެ ދުނިޔޭގައި އުޅެމުން އައިސްފައިވާ ވަކި ނަސްލުތަކެއް އެއްކޮށް ނެތިގެންދިއުމެވެ. ނަމަވެސް އެއީ ވަކި ނަސްލަކާ މެދު ތަފާތުކުރުން ކަމުގައެއް، ނުވަތަ ވަކި ނަސްލެއް ދެކެ ނަފުރަތުވުން ކަމުގައެއް އެ މީހުން ނުދެކެވެ. ޙައިރާންވާންޖެހޭ ފަދަ ގޮތެއްގައި، މީސްތަކުންގެ މެދުގައިވާ ތަފާތުކަމާއި، "ސިޔާސީ ގޮތުން ހެޔޮވުން" އެއީ ރަނގަޅު ކަންކަމުގެ ގޮތުގައި ޔަހޫދީންގެ މުށުތެރޭގައިވާ މުޅި ދުނިޔޭގެ މީޑިއާއިން ކުރިއެރުވުމަށް މަސައްކަތް ކުރާނެއެވެ. އަނެއްކޮޅުން، އިސްރާއީލޭ ކިޔާ އަޕާރތައިޑު ދައުލަތް ކުރިއެރުވުމަށްވެސް ހަމަ އެ މީހުން މަސައްކަތް ކުރެއެވެ! އެ ޤައުމަށް ހިޖުރަ ކުރުމަށްޓަކައި ވަކި ނަސްލަކަށް ނިސްބަތްވުން ޝަރުޠުވާ ހަމައެކަނި ދައުލަތަކީ ދުނިޔޭގައި އިސްރާއީލެވެ. އާދޭހެވެ! އެ ޤައުމަށް ހިޖުރަ ކުރުމަށްޓަކައި އަޙްޔާއީ ގޮތުން ތިބާ ޔަހޫދީއަކަށް ވާންޖެހެއެވެ. އަދި ޔަހޫދީނޫން މީހަކާ ކައިވެނިކުރުމަކީ ޔަހޫދީންނަށް ޙަރާމް ކަމެކެވެ.
1967 ގައި އިސްރާއީލުން ހަމަ ކުއްލިއަކަށް މިސްރާއި އުރުދުނާއި ސޫރިޔާއަށް އެއްފަހަރާ ޙަމަލާދިނެވެ. މިއާއެކު، ޣައްޒާވެސް ހިމެނޭ ސައިނާއީ ސަރަޙައްދު އިސްރާއީލުން އަތުލައިގަތެވެ. އަދި ހުޅަނގު އައްސޭރިއާއި އުރުދުން ކޯރު، އުރުދުންގެ ކިބައިން ފޭރިގަނެވުނެވެ. އަދި އެއަށްފަހު، އެމެރިކާގެ މަނަވަރު ޔޫ.އެސް.އެސް. ލިބަރޓީ އަށް އިސްރާއީލުގެ މަތީންދާ ބޯޓުފަހަރާއި ޓޯރޕިޑޯ ބޯޓުފަހަރުން 08 ޖޫންގައި ޙަމަލާއެއް ދިނެވެ. މިކަން އެ މީހުން ކުރީ، އެއީ މިޞްރުން ކުރި ކަމެއްކަމަށް ދައްކައިގެން އިސްރާއީލުގެ ފަޅިއަށް އެމެރިކާ ހަނގުރާމައަށް ވެއްދުމަށްޓަކައެވެ.
އިސްރާއީލުން މި ދިން ޙަމަލާގެ ސަބަބުން އެމެރިކާގެ ލަޝްކަރީންގެ 34 މީހުން މަރުވެ، 174 މީހުން ޒަޚަމްވިއެވެ. އާދައިގެ މަތީން މި ހާދިސާއާ މެދު ވެސް އިސްރާއީލުން ދޮގުހެދިއެވެ. (ނުނިމޭ)