ad_banner
ސަޖިދަވެރި އަކުރުތައް (3)

އޒ. އިބްރާހީމް ރަޝީދު މޫސާ

7 އޮކްޓޯބަރު 2026

(2026 ސެޕްޓެންބަރު 30ގެ އަދަދާ ގުޅޭ)

މި ލިސްޓުގައިވާ ފުރަތަމަ ސޫރަތަކީ سورة الفاتحةއެވެ. މިސޫރަތް ފެށުނީ އިބިފިލިޖެހިގެންވާ އަކުރު الباءއިންނެވެ. މި ސޫރަތުގައި އިބިފިލިޖެހިގެންވާ 4 الباء ވެއެވެ. މި ސޫރަތް ނިމުނީ އަކުރު النونއިންނެވެ. މި ސޫރަތުގައި 11 ފަހަރު އަކުރު النون ތަކުރާރުވެފައިވެއެވެ. މި ދެ އަކުރު ތަކުރާރުވެފައިވަނީ ޖުމުލަ 15 ފަހަރުއެވެ. އެއީ ތިލާވަތުގެ ސަޖދައިގެ އަދަދެވެ.

މި ކަންކަމުން އެނގެނީ ސަޖިދައާ އިބިފިއްޔާ ގުޅިފައިވާ ގުޅުމުގެ ބަދަހިކަމެވެ.

އިތުރަށް ބޭނުން ނަމަ:

ލިސްޓުގައި އައިސްފައިވާ އެންމެ ފަހު ސޫރަތަށް ދަމާހިނގާށެވެ! އެއީ سورة النصرއެވެ. މި ސޫރަތް ފެށުނީ އަކުރު الألفއިންނެވެ. މި ސޫރަތުގައި މި އަކުރު 17 ފަހަރު ތަކުރާރުވެފައިވެއެވެ. މި ސޫރަތް ނިމުނީ ވެސް 17 ފަހަރު ތަކުރާރުވެފައިވާ އަކުރަކުންނެވެ. މި ދެ އަދަދުގެ ޖުމުލައަކީ 34 އެވެ. އެއީ ރެއަކާއިދުވާލު ކުރާންޖެހޭ ފަރްޟު ސަޖިދަތަކުގެ އަދަދެވެ.

އިތުރަށް:

މި ލިސްޓުގެ ފުރަތަމަ ސޫރަތަށް ޖެހިލާނަމެވެ. އެއީ سورة الفاتحة އެވެ. އެއީ މުޞްޙަފުގެ  ފުރަތަމަ ސޫރަތެވެ.

މި ލިސްޓުގައި ހިމެނޭ އެންމެ ފަހު ސޫރަތަކީ سورة النصر އެވެ. އެއީ ކީރިތި ޤުރްއާނުން ބާވައިލެއްވުނު އެންމެ ފަހު ސޫރަތެވެ.

15ގެ ތާވަލަށް އެބުރި ދާނަމެވެ.

އިބިފިއްޔަކުން ފެށިފައިވާ ފުރަތަމަ ސޫރަތަކީ سورة الفاتحة (السبع المثاني)އެވެ.

މި ސޫރަތާ ޖެހިގެން އޮތް އިބިފިއްޔަކުން ފެށޭ ސޫރަތަކީ سورة الفتحއެވެ. މި ދެ ސޫރަތުގެ ދެމެދުގައިވާ ދުރުމިން ވަރަށް ބޮޑެވެ.

سورة الفاتحة ގެ ތަރުތީބީވަނައަކީ 1 އެވެ. سورة الفتحގެ ތަރުތީބީ ވަނައަކީ 48 އެވެ.

މި ދެ ސޫރަތުގެ ތަރުތީބީ ވަނަތަކުގެ ޖުމުލައަކީ 49އެވެ. އެއީ 7 × 7

އަދަދު 7އާ ސަޖިދައާ ހުރި ގުޅުމަކީ ކޮބައިހެއްޔެވެ؟

އާނއެކެވެ! ސަޖިދަކުރާން ޖެހޭނީ 7 ގުނަވަން މަތީގައެވެ.

اللَّه عزّ وجلّ އަށް އިންސާނާ ސަޖިދަކުރާން ޖެހޭނީ 7 ގުނަވަނުންނެވެ. އެއީ ނިތްކުރިއާއި ދެ އަތްތިލައާއި ދެ ކަކުލާއި ދެފައިތިލައިގެ ކޮޅުތަކުންނެވެ.

އިތުރަށް ވިސްނުމަށް

-    (الفاتحة)ގެ ނަމުގެ އަކުރުތަކާ (الفتح)ގެ ނަމުގެ އަކުރުތަކަކީ ހަމަ، އެއް އަކުރުތަކެކެވެ.

-    سورة الفاتحةގެ ކަލިމަތަކުގެ އަދަދަކީ 29އެވެ. سورة الفتحގައި އޮތީ 29 އާޔަތެވެ.

-    މި ދެ ސޫރަތުގައި ލަފުޒުލްޖަލާލަތި ( ﷲ)ގެ އަކުރުތައް ތަކުރާރުވެފައިވާ އަދަދުގެ ޖުމުލައަކީ 41އެވެ.

-    މިއީ މުޤައްޠަޢާތު އަކުރުތަކުގައި ލަފުޒުލްޖަލާލަތި ( ﷲ) ގެ އަކުރުތައް ތަކުރާރުވެފައިވާ އަދަދެވެ.

އިބިފިލީން ފެށިފައިވާ ސޫރަތްތަކުގެ ލިސްޓަށް އަލުން ދާށެވެ!

-    އޭގެ ތެރޭގައި އިބިފިއްޔަށް ނިމޭ 6 ސޫރަތެއް ވެއެވެ. މި ސޫރަތްތަކަކީ:

ސޫރަތް

ތަރުތީބީވަނަ

އާޔަތްތަކުގެ އަދަދު

ލަފުޒުލްޖަލާލަތި الله

القمر

54

55

0

الواقعة

56

96

0

الانفطار

82

19

1

الانشقاق

84

25

1

القدر

97

5

0

قريش

106

4

0

ޖުމުލަ

479

204

2

 

 

 

 

 

 

 

-    މި ހަ ސޫރަތުގެ އާޔަތްތަކުގެ ޖުމުލައަކީ 204 އެވެ. އެއީ 34 × 6

-    ސޫރަތްތަކުގެ އަދަދަކީ 6 އެވެ. ރެއަކާދުވާލުގެ ތެރޭގައި ކުރާން ފަރްޟުކުރައްވައިފައިވާ ސަޖިދައިގެ އަދަދަކީ 34 އެވެ.  

މި މަޖުމޫޢުގެ ތިންވަނަ ސޫރަތަކީ سورة الانفطارއެވެ.

-    މިއީ ކީރިތި ޤުރްއާނުގައި ލަފުޒުލްޖަލާލަތި ( ﷲ) އަށް ނިމޭ ހަމައެކަނި ސޫރަތެވެ.

-    މި ސޫރަތުގެ އެންމެ ފަހު އާޔަތުގެ އެންމެ ފަހު އަކުރުގައި އޮތީ އިބިފިއްޔެކެވެ.

-    މުޞްޙަފުގައި ލަފުޒުލްޖަލާލަތި ( ﷲ ) ފުރަތަމަ ފަހަރަށް ވާރިދުވެފައިވަނީ އެންމެ ފަހު އަކުރުގައި އިބިފިލި ޖެހިގެންނެވެ.

-    ކީރިތި ޤުރްއާނުގެ ފުރަތަމަ އާޔަތުގައި ﷲ ތަޢާލާގެ އެންމެ ރިވެތި އިސްމުފުޅުތަކުން ތިން އިސްމުފުޅެއް އައިސްފައިވެއެވެ.މި ތިން އިސްމުފުޅުގެ ފަހު އަކުރުގައި އޮތީ އިބިފިއްޔެވެ. ބަލާށެވެ! މާތް ﷲ ވަޙީކުރެއްވިއެވެ.

-    بِسْمِ اللَّـهِ الرَّحْمَـنِ الرَّحِيْمِ – الفاتحة: 1

-    ކީރިތި ޤުރްއާނުން ބާވައިލެއްވި އެންމެ ފަހު އަކުރުގައި ވެސް އޮތި އިބިފިއްޔެވެ.

އެކަލާނގެ މަތިވެރިކަމަށް ޓަކައި ހުރިހާ އެއްޗެއް ސަޖިދަކުރެތެވެ. އެ ފަރާތުގެ ހުސްޠާހިރުވަންތަކަމާއެވެ!

-    سورة الانفطارގެ އެންމެ ފަހު އާޔަތަށް ދާނަމެވެ. ލަފުޒުލްޖަލާތި (ﷲ )އަށް ނިމުނު ހަމައެކަނި އާޔަތަކީ މި އާޔަތެވެ. އެއީ:

يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْئًا وَالْأَمْرُ يَوْمَئِذٍ لِلَّهِ - الانفطار: 19

-    މިއާޔަތުގެ އަކުރުތަކުގެ އަދަދަކީ 34އެވެ. ރެއަކާދުވާލު އަދާކުރާންޖެހޭ ފަރްޟު ސަޖިދައިގެ އަދަދަކީ 34އެވެ.

(ނުނިމޭ)

ކޮމެންޓު