އިސްމާޢީލު މުބާރަކު
28 ސެޕްޓެންބަރު 2026
(2026 ސެޕްޓެންބަރު 26 ދުވަހާ ގުޅޭ)
އޭ.ޓީ.ޕީ (އެޑިނަސީން ޓްރައި ފޮސްފޭޓް)އަކީ ދިރިހުރި ހުރިހައި ހަތާތަކެއްގައި ހަކަތަ ބޭނުންކުރުމަށް ގެންގުޅޭ މައިގަނޑު ވަސީލަތެވެ. މިއީ މަސްތައް ކުރުގެޅުމާއި، ނާރުތަކުގެ ސިގްނަލްތައް ފޮނުވުމާއި، އަދި އާ ޕްރޮޓީންތައް އުފެއްދުން ފަދަ ހަތާތަކުގެ ހުރިހާ މުހިންމު މަސައްކަތްތަކެއް ހިންގުމަށް ބޭނުންވާ ކެމިކަލް ހަކަތަ ރައްކާކޮށްދީ، އެ ހަކަތަ ފޯރުކޮށްދޭ ވަސީލަތެވެ.
ގްލޫކޯޒަކީ އަގުބޮޑު 'ގިފްޓް ކާޑެއް' ފަދަ އެއްޗެއްގެ ގޮތުގައި ތަސައްވަރުކުރައްވާށެވެ. ހަތާގެ އެތެރޭގައި ހުންނަ ކުދިކުދި މެޝިންތައް ހިންގުމަށްޓަކައި ހަތާތަކަށް މި 'ކާޑު' ސީދާކޮށް ބޭނުމެއްނުކުރެވޭނެއެވެ. އެހެންކަމުން، ހަތާތަކުން ކުރާ ކަމަކީ ގްލޫކޯޒް މުގުރައިލަނީއެވެ. އޭގައި ރައްކާކުރެވިފައިވާ ހަކަތަ، ސެލްގެ ގުނަވަންތަކަށް ވަގުތުން ބޭނުންކުރެވޭ ފަދަ އެތައް ސަތޭކަ ކުދި އޭ.ޓީ.ޕީ [ފައިސާފޮތި]ތަކަކަށް ބަދަލުކުރަނީއެވެ.
ހަތާތަކުން އޮކްސިޖަނާއި ގުލޫކޯޒް ބޭނުންކޮށްގެން އޭ.ޓީ.ޕީ (ATP) އުފައްދާ ގޮތް
ހަތާތަކުން އޭ.ޓީ.ޕީ އުފައްދަނީ "ސެލިއުލަރ ރެސްޕިރޭޝަން" (cellular respiration) ނުވަތަ ހަތާގެ، ނޭވާލުމުގެ ނިޒާމުގެ ތެރެއިންނެވެ. މި މަސައްކަތް މައިގަނޑު ގޮތެއްގައި ހިނގަނީ ހަތާގެ ހެޑްކުއާޓަރ (ބާރުގެ މަރުކަޒު)ކަމަށްވާ [މައިޓަކޮންޑްރިއާ] (mitochondria) ތެރޭގައެވެ.
މި މަސައްކަތުގައި ކޮންމެ މާއްދާއެއް އަދާކުރާ ދައުރަކީ:
1. ގުލޫކޯޒަކީ (ފިއުލް ނުވަތަ ހަކަތައިގެ މަސްދަރު): ކާނާއިން ލިބޭ ގުލޫކޯޒަކީ ކާބަންގެ އޮނިގަނޑާއި ހަކަތަ މަތި އިލެކްޓްރޯންތައް ފޯރުކޮށްދޭ މާއްދާއެވެ. ހަތާގެ [ސައިޓޯޕްލާޒަމް]އާއި މައިޓަކޮންޑްރިއާގެ ތެރޭގައި ގުލޫކޯޒްގެ މޮލިކިއުލްތައް ރޫޅި، އޭގެ ބޮންޑުތަކުގައި ހުންނަ ކެމިކަލް ހަކަތަ މިނިވަންވެގެންދެއެވެ.
2. އޮކްސިޖަނަކީ [އިލެކްޓްރޯން ބަލައިގަންނަ ބާރު]: މައިޓަކޮންޑްރިއާގެ ތެރޭގައި ހިނގާ އިލެކްޓްރޯން ޓްރާންސްޕޯޓް ޗެއިންގެ އެންމެ ފަހު މަރުހަލާގައި، އޮކްސިޖަން މަސައްކަތްކުރަނީ އިލެކްޓްރޯންތައް ދަމައިގަންނަ މައިގަނޑު ބާރެއްގެ ގޮތުގައެވެ. މި ނިޒާމުގެ ތެރެއިން އިލެކްޓްރޯންތައް ދައުރުވުމުން، ގިނަ އަދަދަކަށް އޭ.ޓީ.ޕީ އުފައްދާ "އޭ.ޓީ.ޕީ ސިންތޭސް" (ATP synthase) ކިޔާ މޮލިކިއުލަރ އިންޖީނު މަސައްކަތްކުރާން ފަށައެވެ. އޮކްސިޖަން ނެތް ނަމަ، ހަކަތަ އުފެއްދުމުގެ ނިޒާމަށް ވަރަށް ބޮޑަށް ހުރަސްއެޅި މަޑުޖެހިގެންދެއެވެ.
3. އޭ.ޓީ.ޕީ (ކުރިން ނަންގަނެވުނު ދޭތީން ހަށިގަނޑަށް ހަކަތަދޭން އުފެއްދި ޕްރަޑަކްޓް ނުވަތަ ބެޓެރީ): ކޮންމެ އޭ.ޓީ.ޕީ މޮލިކިއުލެއް އެކުލެވިގެންވަނީ އެޑެނީން ބޭސްއަކާއި، ރައިބޯސް ހަކުރާއި، އަދި ތިން ފޮސްފޭޓް ގުރޫޕެއްގެ މައްޗަށެވެ. ފޮސްފޭޓް ގްރޫޕްތައް ގުޅުވައިދޭ ކެމިކަލް ބޮންޑުތަކުގައި ބޮޑު ހަކަތައެއް ރައްކާކުރެވިފައިވެއެވެ. ސެލްއަކަށް ހަކަތަ ބޭނުންވުމުން، އޭގެ އެންމެ ބޭރުގައިވާ ފޮސްފޭޓް ވަކިކޮށްލައެވެ. (މީގެ ސަބަބުން އޭ.ޓީ.ޕީ، އޭ.ޑީ.ޕީ އާއި ހަކަތައަށް ބަދަލުވެއެވެ).
އޮކްސިޖަނާއި ގުލްކޯޒް ލިބެން ހުންނަ ހާލަތްތަކުގައި، އަނެއްކާ އޭ.ޑީ.ޕީ އަލުން އޭ.ޓީ.ޕީ އަށް ބަދަލުކޮށް ރީޗާޖް ކުރުމަށްޓަކައި ސެލްއިން އޭގައި އަލުން ފޮސްފޭޓެއް ގުޅުވައިދެއެވެ.
ބަޔޯއިލެކްޓްރިސިޓީއާއި ސެލިއުލަރ ހަކަތަ (ATP)
މި ނިޒާމުގެ ތެރޭގައި ATPގެ ދައުރު އެންމެ ބޮޑަށް ފާހަގަކުރެވެނީ ހަތާތަކުގެ ފެންވަރުގައެވެ. ގަދީމީ ބައެއް ބޭސްވެރިކަމުގެ ފަލްސަފާތަކުގައި ހަށިގަނޑުގެ "ނާޑީ"އޭ ކިޔާ މަރުކަޒުތަކުގެ ތެރެއިން ހަކަތަ ދައުރުވާކަމަށް ބުނާ އިރު، ޒަމާނީ ސައިންސުން މި ކަމާ އެއްގޮތް ކަންތައްތަކެއް ބަޔޯއިލެކްޓްރިސިޓީގެ ޒަރީއާއިން ފާހަގަކުރެއެވެ.
އެއަށް [ބަޔޯއިލެކްޓްރިކް ކަރަންޓު]އޭ މިޒަމާނުގައި ކިޔައެވެ. ހިތުގެ ކޮންމެ ވިންދަކާ އެކު ނުވަތަ ނާރުތަކުގެ ނިޒާމުގެ ތެރޭގައި ސިގްނަލްތައް ދަތުރުކުރާ އިރު، އަޔަން ޗެނަލްތަކުން (ސޯޑިއަމް، ޕޮޓޭސިއަމް އަދި ކެލްސިއަމް) ހަތާތަކުގެ ދުލިފަށްތަކުގެ (cell membranes) ތެރެއިން ޗާޖު ހުންނަ ކުދި އެތިކޮޅުތައް ދައުރުކުރުވައެވެ.
(އޭޓީޕީ ATP)އާ ހުރި ގުޅުން: ސެލްތަކުގެ މި އިލެކްޓްރިކަލް ވޯލްޓޭޖް ހިފަހައްޓައިދޭ ސޯޑިއަމް-ޕޮޓޭސިއަމް ޕަމްޕުތަކަކީ، ހަށިގަނޑުން އުފައްދާ މުޅި ATP ގެ ގާތްގަނޑަކަށް %30 ބޭނުންކުރާ ނިޒާމެކެވެ. މެދުކެނޑުމެއްނެތި ސެލްތަކުން ATP އުފައްދައިނުދޭ ނަމަ، ނާރުތަކުގެ ނިޒާމުގައިވާ ބަޔޯއިލެކްޓްރިކް [ހަކަތައިގެ ދާއިރާ] ވަގުތުން ހުއްޓުމަކަށް އަންނާނެއެވެ.
މަތީން ތިރިއަށް (ނާރުތަކުގެ ނިޒާމާއި އެންޑޯކްރީން ނިޒާމު)
އިންސާނާގެ ވިސްނުމާއި، އުޅޭ މާހައުލާއި، އަދި އިހުސާސްތަކުގެ ސަބަބުން ނާރުތަކުގެ ސިގުނަލްތަކާއި (ބަޔޯއިލެކްޓްރިސިޓީ) ހަށިގަނޑުގެ މައިގަނޑު ގްލޭންޑްތަކުން ހޯމޯންތައް ދޫކުރުމަށް މަގުފަހިކޮށްދެއެވެ.
ތިރީން މައްޗަށް (ހަތާތަކުގެ އޭ.ޓީ.ޕީ)
ހަށިގަނޑުގައި އުފެދޭ ކޮންމެ ހޯމޯންއަކަށާއި ފޮނުވައިދޭ ކޮންމެ ނާރުގެ ސިގނަލެއްގެ މަސައްކަތް ފުރިހަމަކުރުމަށްޓަކައި އެތައް މިލިއަން އޭ.ޓީ.ޕީ (ATP) މޮލިކިއުލްތަކެއްގެ އެހީތެރިކަން ބޭނުންވެއެވެ.
ސިއްޙަތު ސަލާމަތުން ހުރުން ވަނީ މި ދެބައި ތަވާޒުނުވުމުގައެވެ. (اصلها ثابت وفرعها في السماء)
ރަނގަޅު ތަވާޒުނެއްގައި ހުރި ގަހެކެވެ. އެ ގަހުގެ މޫތައް ވަނީ ބިމުގައި ސާބިތުވެފައެވެ. ގޮފިތައް ވަނީ އުޑުގައެވެ. ބިމުން އަންނަ ބާރަކާއި އުޑުން އަންނަ ބާރަކުން ބާރުލިބިގެންނެވެ. (ނުނިމޭ)
ދެތިންލަފުޒެއްގެ މާނަ:
ހަތާ ނ. ދިރޭއެއްޗެއްގައި ދިރުން ހުންނަ އެންމެ ކުޑަ ބައި، ނުވަތަ ހުރިހާ ދިރޭ އެއްޗެހި އެ އެއްޗަކުން އުފެދިގެންވާ އަސާސީ މާއްދާ. މައިކްރޯބް ފަދަ ސާދާ ދިރޭ އެއްޗެހި އުފެދިފައިވަނީ އެންމެ ހަތަޔަކުންނެވެ. އިންސާނުން ފަދަ އޮޅުންބޮޅުން ބޮޑު އެއްޗެހި އުފެދިގެންވަނީ އެތައް މިލިޔަން ހަތާތަކަކުންނެވެ. cell
ތަވާޒުނު ނ. ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން. balance
ސިގުނަލް ނ. އިޝާރާތް signal