އޒ. އިބްރާހީމް ރަޝީދު މޫސާ
16 ސެޕްޓެންބަރު 2026
(2026 ސެޕުޓެންބަރު 09ގެ އަދަދާ ގުޅޭ)
ﷲގެ އިސްމުފުޅު (لِلَّهِ)ގެ އަކުރުތައް ތަކުރާރުވެފައިވާ ގޮތް
|
އަކުރު |
ل |
ل |
ه |
ޖުމުލަ |
|
الفاتحة ގައި އަކުރު ތަކުރާރުވެފައިވާ އަދަދު |
22 |
22 |
5 |
49 |
|
އަކުރުގެ އަލިފުބާ ތަރުތީބުގެ ވަނަ |
23 |
23 |
26 |
72 |
(لِلَّهِ)ގެ އަކުރުތައް الفاتحةގައި ތަކުރާރުވެފައި ވަނީ 49 ފަހަރުއެވެ. އެ = 7 × 7
(لِلَّهِ)ގެ އަކުރުތަކުގެ އަލިފުބާ ތަރުތީބުގެ ވަނަތަކުގެ ޖުމުލައަކީ 72 އެވެ. އެ = 6 × 6 × 2
އިސްމުފުޅު (لِلَّهِ)އަކީ الفاتحة ސޫރަތުގެ ފެށޭ ކޮޅުން 6ވަނަ ކަލިމައެވެ. އިސްމުފުޅު (ﷲ)އަކީ ދެވަނަ އާޔަތުގެ ފެށޭ ކޮޅުން 2ވަނަ ކަލިމައެވެ.
ހަރުދަނާ މި ސުމޭކު ގެތުމަށް ނުވަތަ ނިޒާމަށް ނިކަން ބަލައިބަލާށެވެ! ޢަރަބީންނަށް މިހާރުގެ އަލިފުބާ ތަރުތީބު އެނގުނީ ޤުރްއާން ބާވައިލައްވައި ނިމުނުތާ އަށެއްކަ ދަހަރު ފަހުންނެވެ.
6 އިން ފަށަމާ ހިނގާށެވެ. الفاتحةގެ ފުރަތަމަ 6 އާޔަތަށް ބަލަމާ ހިނގާށެވެ!
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ (1) الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (2) الرَّحْمَنِ الرَّحِيمِ (3) مَالِكِ يَوْمِ الدِّينِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (5) اِهْدِنَا الصِّرَاطَ الْمُسْتَقِيمَ (6)
ފުރަތަ އާޔަތުގެ އަކުރުތަކުގެ އަދަދަކީ 19އެވެ.
ފަހު އާޔަތުގެ އަކުރުތަކުގެ އަދަދަކީ ވެސް 19އެވެ.
މި 6 އާޔަތުގެ އަކުރުތަކުގެ ޖުމުލައަކީ 99އެވެ.
މި 6 އާޔަތުގެ އެންމެ ފަހު ކަލިމައަކީ (الْمُسْتَقِيمَ)އެވެ.
އަޖައިބުވަނިވި ކަމަކީ ކަލިމަތު (الْمُسْتَقِيمَ)ގެ އަކުރުތައް ސޫރަތުލް ފާތިޙާގައި 99 ފަހަރު ތަކުރާރުވެފައިވުމެވެ.
އަހުރެމެން އެންމެން ގަބޫލުކުރާ ގޮތުގައި 99އަކީ ﷲ ތަޢާލާގެ އެންމެ ރިވެތި އިސްމުފުޅުތަކުގެ އަދަދެވެ.
- އާޔަތްތަކުގެ އަދަދަކީ 6އެވެ.
- މި އާޔަތްތަކުގައި ﷲގެ އިސްމުފުޅުތަކުން 6 އިސްމުފުޅު އައިސްފައިވެއެވެ.
- މި 6 އާޔަތުގައި އޭގެ ކޮންމެ ކަލިމައެއްގައި 6 އަކުރު ހިމެނޭ 6 ކަލިމައެއް ވެއެވެ. މި ކަލިމަތަކަކީ:-
الرَّحْمَنِ - الرَّحِيمِ - الرَّحْمَنِ - الرَّحِيمِ - نَسْتَعِينُ – الصِّرَاطَ
- މިއިން ކޮންމެ ކަލިމައެއްގައި 6 އަކުރުވެއެވެ.
- މި އަކުރުތަކުގެ ތެރެއިން އެންމެ ގިނައިން ތަކުރާރުވެފައިވާ އަކުރަކީ الألف އެވެ. މި އަކުރު 6 ފަހަރު ތަކުރާރުވެފައިވެއެވެ.
- މި 6 ކަލިމައިގެ އަކުރުތަކުގައިވާ ނުކުތާތަކުގެ އަދަދަކީ 12 އެވެ. އެ = 6 + 6
- މި 6 ކަލިމައިގައި ހިމެނޭ އަލިފުބާގެ އަކުރުތަކުގެ އަދަދަކީ 12 އެވެ. އެ = 6 + 6
މި 6 ކަލިމައިގައި ހިމެނޭ އަލިފުބާގެ 12 އަކުރަކީ :-
ا - ت - ح - ر - س - ص - ط - ع - ل - م - ن - ي
މި 6 ކަލިމައިގެ އަކުރުތަކުގެ ޝަޚުޞިއްޔަތަށް ބަލައިލަމާ ހިނގާށެވެ!
އަކުރު الألفގެ އަލިފުބާ ތަރުތީބަކީ 1 އެވެ.
އަކުރު التاءގެ އަލިފުބާ ތަރުތީބަކީ 3އެވެ.
އަކުރު الحاءގެ އަލިފުބާ ތަރުތީބަކީ 6އެވެ.
އަކުރު الرَّاءގެ އަލިފުބާ ތަރުތީބަކީ 10 އެވެ.
އަކުރު السّينގެ އަލިފުބާ ތަރުތީބަކީ 12 އެވެ.
އަކުރު الصَّادގެ އަލިފުބާ ތަރުތީބަކީ 14 އެވެ.
އަކުރު الطَّاءގެ އަލިފުބާ ތަރުތީބަކީ 16 އެވެ.
އަކުރު العينގެ އަލިފުބާ ތަރުތީބަކީ 18 އެވެ.
އަކުރު اللَّامގެ އަލިފުބާ ތަރުތީބަކީ 23 އެވެ.
އަކުރު الميمގެ އަލިފުބާ ތަރުތީބަކީ 24 އެވެ.
އަކުރު النُّونގެ އަލިފުބާ ތަރުތީބަކީ 25 އެވެ.
އަކުރު الياءގެ އަލިފުބާ ތަރުތީބަކީ 28 އެވެ.
މި 6 ކަލިމަ އެއިން އެކުލެވިގެންވާ އަލިފުބާ އަކުރުތަކުގެ ތަރުތީބު ވަނަތަކުގެ ޖުމުލައަކީ 180އެވެ. 180 = 6 × 6 × 5 އެވެ.
ތިބާގެ ސުވާލަކަށް ވާނީ 5 މި އިޝާރަތްކުރަނީ ކޮން އެއްޗަކަށް ހެއްޔެވެ؟
އަލުން މި 6 ކަލިމައަށް ބަލާށެވެ!
الرَّحْمَنِ - الرَّحِيمِ - الرَّحْمَنِ - الرَّحِيمِ - نَسْتَعِينُ - الصِّرَاطَ
ޚާއްޞަ ކަމެއް ފާހަގަކުރެވުނު ހެއްޔެވެ؟
މި 6 ކަލިމައިގައި އަކުރު الرَّاء ފަސް ކަލިމައެއްގައި 5 ފަހަރު ތަކުރާރުވެފައި ވެއެވެ. އެކަމަކު 5 ވަނަ ކަލިމައިގައި މި އަކުރު ތަކުރާރުވެފައެއް ނުވެއެވެ.
މި 6 ކަލިމައިގައި އަކުރު اللَّام ފަސް ކަލިމައެއްގައި 5 ފަހަރު ތަކުރާރުވެފައިވެއެވެ. އެކަމަކު 5ވަނަ ކަލިމައިގައި މި އަކުރެއް ނެތެވެ.
5ވަނަ ކަލިމަ (نَسْتَعِينُ)އަށް ތަންކޮޅެއް ބޮޑަށް ބަލައި ބަލާށެވެ!
މި ކަލިމަ ފެށެނީ އަކުރު النُّونއިންނެވެ. ނިމެނީ ވެސް އަކުރު النُّونއިންނެވެ.
އަކުރުالنُّونއަކީ އަލިފުބާ ތަރުތީބުގައި 25ވަނަ އަކުރެވެ. 25 = 5 × 5 އެވެ.
ކަލިމަތު (نَسْتَعِينُ)ގައި 6 ނުކުތާ ވެއެވެ. ބާކީ އޮތް 5 ކަލިމައިގައި ވެސް އޮތީ 6 ނުކުތާއެވެ.
ކޮންމެ ދުވަހަކު ތިބާ މި ސޫރަތް އެތައް ފަހަރަކު ކިޔަވާއިރު މި ކަންކަމާ މެދު ވިސްނައިލެވުނުބާވައެވެ. ތިބާގެ ދީނުގެ މަތިވެރިކަމެވެ. ތިބާގެ ފޮތުގެ މަތިވެރިކަމެވެ. ތިބާގެ ފޮތް އިންސީންނަށާއި ޖިންނީންނަށް ގޮންޖަހާ ގޮތެވެ.
އިތުރަށް ބަލާށެވެ!
ސޫރަތުލްފާތިޙާގެ ފުރަތަމަ 6 އާޔަތަށް އަލުން ދަމާ ހިނގާށެވެ!
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ (1) الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (2) الرَّحْمَنِ الرَّحِيمِ (3) مَالِكِ يَوْمِ الدِّينِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (5) اِهْدِنَا الصِّرَاطَ الْمُسْتَقِيمَ (6)
މި 6 އާޔަތުގައި ﷲގެ އެންމެ ރިވެތި އިސްމުފުޅުތަކުން 6 ނަންފުޅެއް އައިސްފައިވެއެވެ. އެއީ :-
اللَّهِ - الرَّحْمَنِ - الرَّحِيمِ - لِلَّهِ - الرَّحْمَنِ - الرَّحِيمِ
ލަފުޒުލްޖަލާލަތި (اللَّه)ގެ އަކުރުތައް މި 6 އާޔަތުގައި ތަކުރާރުވެފައި ވަނީ 52 ފަހަރުއެވެ.
(الرَّحمن)ގެ އަކުރުތައް މި 6 އާޔަތުގައި ތަކުރާރުވެފައިވަނީ 64 ފަހަރުއެވެ.
(الرَّحيم)ގެ އަކުރުތައް މި 6 އާޔަތުގައި ތަކުރާރުވެފައިވަނީ 65 ފަހަރުއެވެ.
(لله)ގެ އަކުރުތައް މި 6 އާޔަތުގައި ތަކުރާރުވެފައިވަނީ 33 ފަހަރުއެވެ.
(الرَّحمن)ގެ އަކުރުތައް މި 6 އާޔަތުގައި ތަކުރާރުވެފައިވަނީ 64 ފަހަރުއެވެ.
(الرَّحيم)ގެ އަކުރުތައް މި 6 އާޔަތުގައި ތަކުރާރުވެފައިވަނީ 65 ފަހަރުއެވެ.
މި 6 ނަންފުޅުގެ އަކުރުތައް ތަކުރާރުވެފައިވާ ޖުމުލައަކީ 343އެވެ.
343 = 7 × 7 × 7
سبحان اللَّه! الفاتحةއަކީ السَّبع المثاني (ތަކުރާރުކޮށް ކިޔެވޭ 7 އާޔަތް) ނޫން ހެއްޔެވެ؟
ދަތުރު ކުރިއަށް ގެންދޭ!
ސޫރަތުލްފާތިޙާ މި ވަނީއެވެ.
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ (1) الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (2) الرَّحْمَنِ الرَّحِيمِ (3) مَالِكِ يَوْمِ الدِّينِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (5) اهْدِنَا الصِّرَاطَ الْمُسْتَقِيمَ (6) صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (7)
ސޫރަތުލް الفاتحة ގެ އަކުރުތަކުގެ އަދަދަކީ 143 އަކުރެވެ.
- އެއީ މުޞްޙަފު ތަރުތީބުގައި 1 ވަނަ (ފުރަތަމަ) ސޫރަތެވެ. މި ސޫރަތުގެ އަކުރުތަކުގެ އަދަދަކީ 143 އެވެ.
- މުޞްޙަފު ތަރުތީބުގައި 2ވަނަ ސޫރަތަކީ البقرة ސޫރަތެވެ. މި ސޫރަތުގެ އާޔަތްތަކުގެ އަދަދަކީ 286 އެވެ. އެ = 143 × 2
- މި ސޫރަތުގެ 143 ވަނަ އާޔަތުގެ އަކުރުތަކުގެ އަދަދަކީ 196އެވެ.
- މި ސޫރަތުގެ 286 ވަނަ އާޔަތުގެ އަކުރުތަކުގެ އަދަދަކީ 196އެވެ.
- އަދަދު 196 = 7 × 7 × 2 × 2
الفاتحةއަކީ السَّبع المثاني!
سبحانك ربّي! އެ ފަދަ އެހެން މަސީލެއް ނެތް ރިވެތި ފުރިހަމަ ނިޒާމެއް ކީރިތި ޤުރްއާނުގެ ސުމޭކު ބަހާއި މަންޠިޤާ ބެހޭ ގޮތުން ބުނާނީ ކީކޭހެއްޔެވެ؟
ބިސްމިއަކީ ސޫރަތުލްފާތިޙާގެ އާޔަތެއްކަން މި ވާހަކަތަކުން ނޭނގޭހެއްޔެވެ؟
(ނިމުނީ)
ބައެއް ލަފުޒުގެ މާނަ:
ނިޒާމު ނ. (1) ރޭވިފައިވާ ގޮތް. system (2) ތަރުތީބު. order(3) އިންތިޒާމު . arrangement
ކަލިމަ ނ. (1) ލަފުޒެއް. (2) ބަހެއް . word
މަސީލު ނ. އެއް އުމުރެއްގެ ނުވަތަ އެއް ފެންވަރެއްގެ ނުވަތަ އެއް ގިންތިއެއްގެ ޖަމާއަތެއްގައި ހިމެނޭ ފަރުދެއް. peer
ދަހަރު ނ. ދިހަ އަހަރު decade
ސުމޭކު ނއ. (1) ކަށްޓެއް ނުވަތަ ތީރަކުން މިންވަރު ދައްކައިދިނުމުގެ ބަދަލުގައި ހިސާބު އަދަދުން މިންވަރު އަންގައިދޭ. digital (2) ހިސާބުކުރުމާ ގުޅުން ހުރި. (3) ހިސާބު ޢަދަދު ބޭނުންކޮށްގެން މަޢުލޫމާތު ރައްކާކޮށް ބޭނުންކުރާ.