ad_banner
ޝައިޠާނީ ކަނީސާ (23)

އަޙުމަދު ފަޔާޒު ޙަސަން

19 ސެޕްޓެންބަރު 2026

(2026 އޮގަސްޓު 22ގައި ޝާއިޢުކުރެވުނު އަދަދާ ގުޅޭ)

އޭޕުރިލް މަހުގެ 19 ވަނަ ދުވަހުގެ މެންދަމުގެ ވަގުތުގައި، މަނާޚިމް ބޭގިންގެ ވެރިކަމުގައިވާ "އިރްގުން" ގޭންގާއި، މުޔިޓުޒާކު ސަމީރުގެ ވެރިކަމުގެ ދަށުގައިވާ "ސްޓާރން" ގޭންގްގެ 132 ޓެރަރިސްޓުން ވެގެން އަރަބި އަވަށެއްކަމުގައިވާ "ދޭރު ޔާސީން"ގައި ނިދާން ތިބި 200 ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދީން ވަރަށް ރަޙުމްކުޑަ ގޮތެއްގައި މަރައިލިއެވެ. 

ޝައްކެއް ނެތް ގޮތުގައި، އެ ޤަތުލުޢާންމުން ސަލާމަތްވި މީހުންގެ ފަރާތުން ލިބިފައިވާ ރިޕޯޓުތައް، 1948ގެ އޭޕުރިލް 13، 15، އަދި 16ގައި، 179/110/17/GS މި ނަންބަރުގައި ފަލަސްޠީނުގެ ސަރުކާރުން ޝާއިޢުކޮށްފައިވާ ލިއުމެއްކަމުގައިވާ [ރިޕޯޓު އޮފު ދަ ކުރިމިނަލް އިންވެސްޓިގޭޝަން ޑިވިޝަން] (ޖިނާއީ ޖަރީމާތައް ތަޙުޤީޤުކުރާ އިދާރާގެ ރިޕޯޓު) މި ނަމުގައި ނެރެފައިވެއެވެ. މި ރިޕޯޓު ތަޙްޤީޤުކުރި އިނގިރޭސި އޮފިސަރުކަމުގައިވާ، އެސިސްޓެންޓު އިންސްޕެކުޓަރ ޖެނެރަލް ރިޗަރޑު ކެޓުލިންގ (Richard Catling) ބުނެފައިވެއެވެ.

[މި ޤަތުލުގެ ސަބަބުން އަންހެނުންނަށް ކޮށްފައިވާ ނަފުސާނީ އަސަރުގެ ބޮޑުކަމުން ބަޔާންތައް ނެގުމުގައި ދަތިތަކެއް ދިމާވިއެވެ. ބަޔާންތައް ނަގަމުން ދަނިކޮށް ވަރަށް ގިނަ ފަހަރު އެ މީހުން ނަފުސާނީ ގޮތުން ބަލިބޮޑުވެ، ރޯން ފަށްޓައެވެ. މަރައިލެވުނު މީހުންނާ މެދު ޙަމަލާދިން ޔަހޫދީން ވަރަށް ގިނަ ޖިންސީ އަނިޔާތައް ހިނގައިފައިވާކަމާ މެދު އެއްވެސް ޝައްކެއްނެތެވެ. މަދުރަސީ ޢުމުރުގެ ޒުވާން އެތައް ކުދީންނެއްގެ ޢިއްފަތް ވަނީ ފޭރިގަނެފައެވެ. އަދި އެއަށް ފަހު އެ ކުދީން ކަތިލެވިފައިވެއެވެ. މުސްކުޅި އަންހެނުންނަށް ވެސް ޖިންސީ ހާނީއްކަކޮށްފައިހުއްޓެވެ.]

[ހަމަ ގާތްގަނޑަކަށް ދަންނަވާ ނަމަ ޅަ އަންހެންކުއްޖަކު ދެ ފަޅިއަށް އިރައިލެވިފައިވާ ވާހަކައަކީ މިހާރުވެސް މީހުންގެ ތެރޭގައި ދެކެވެމުންދާ ވާހަކައެކެވެ. އެތައް ތުއްތުކުދީންނެއް ވަނީ ކަރު ބުރިކޮށްލައި މަރައިލެވިފައެވެ.

ފަލަސްޠީނުގެ ބިން، މިނިވަން ޔަހޫދީ ދައުލަތަކަށާއި، މިނިވަން އަރަބި ދައުލަތަކަށް އ.ދ. އިން، މޭ 15ގައި ބަދަލުކުރުމާ ގުޅިގެން އަރަބިންނާ މެދު (މިއަދު ފަލަސްޠީނު މީހުންގެ ގޮތުގައި އިޝާރާތްކުރެވޭ) ޔަހޫދީން އިތުރު އަޝްކަރީ ޙަމަލާތަކެއްދިނެވެ. އަރަބިން އެ މީހުންގެ ސަރަޙައްދުތައް ދޫކޮށް ނުގޮސްފި ނަމަ، އެ މީހުން ކަތިލެވޭނެކަމަށް މި ޙަމަލާގެ ތެރޭގައި ޓުރަކުތަކުގައި ހަރުކޮށްފައިވާ އަޑުގަދަކުރާތަކުން ޔަހޫދީން ހަރުއަޑުން ގޮވަމުން ގެންދިޔައެވެ.

އެ މީހުންގެ ހިތްތަކުގެ އެންމެ ކުރީގައި ދޭރު ޔާސީންގެ ޤަތުލުޢާންމުގެ ހަނދާތައް ތާޒާކޮށް ހުރި 08 ލައްކަ އަރަބިން،  އެ މީހުންގެ ބިންތައް ދޫކޮށް އަވަހަށް ބިރުން ފިލިއެވެ. އަވައްޓެރި އަރަބި ޤައުމުތަކުން އެ މީހުން މަދަދަށް އެދުނެވެ. ނަމަވެސް އަރަބި ދައުލަތްތަކުން މި ހަމަނުޖެހުމުގެ ތެރެއަކަށް ނުވަނެވެ. ސަބަބަކީ، ރަޝިއާގައިވާ ޔަހޫދީ ސްޓާލިނިސްޓު ސަރުކާރުން ޔަހޫދީންނަށް ލިއްބައިދީފައިވާ އެންމެ ޒަމާނީ ބަރު ހަތިޔާރުތަކާ މުޤާބަލާކުރެވޭނެ ފެންވަރެއް އެ ޤައުމުތަކުގެ އަޝްކަރިއްޔާތަކުގައި ނެތުމެވެ.

ގިނަ އަދަދަކަށް މީހުން މެރުނު މި ޤަތުލުޢާންމުތައް ހިމެނުނު ހަނގުރާމައިގެ ޖަރީމާތަކުގެ ސިލްސިލާއަށް ފަހު ކުރީގެ ފަލަސްޠީނުގެ 78 އިންސައްތައިގެ ކޮންޓުރޯލް މިހާރުވަނީ ޔަހޫދީންގެ އަތްމަތީގައެވެ. އެއީ ޔަހޫދީން ކޮންޓުރޯލުކުރާ، އ.ދ. އިން ޣައިރުޤާނޫނީ ގޮތުގައި ޔަހޫދީންނަށް މިހާރު ވެސް ދީފައިވާ، 57 އިންސައްތައާ ޚިލާފަށެވެ.

ކޮމާންޑަރ އެންޓަން މަލަރ (Anton Muller) އާއި އޭނާގެ ނައިބު އެމިލް ލަކޫޓު (Emil Lachout) ގެ ފަރާތުން ކަމާބެހޭ ހުރިހައި ފަރާތްތަކަށް ތިރީގައިވާ މެމޯ މި އަހަރުގެ އޮކުޓޫބަރ 01 ގައި ވިއެނާއިން ފޮނުވުނެވެ.

"މިލިޓަރީ ޕޮލިސް ސާރވިސް

ސާރކިއުލަރ ސިޓީ ނަންބަރު 48/31

ވިއެނާ، 01 އޮކުޓޫބަރ 1948

10 ވަނަ މެސެޖު

އިއްތިޙާދީން ޤާއިމްކުރި ތަޙްޤީޤުކުރާ ކޮމިޝަންތަކުން މިހާތަނަށް ނިންމައިފައިވާ ގޮތުގައި މި ދަންނަވާ ކޮންސެންޓުރޭޝަން ކޭންޕުތަކުގައި ވިހަ ގޭސް ޖަހައިގެން އެއްވެސް މީހަކު މަރައިފައި ނުވާކަން ވަނީ ސާބިތުވެފައެވެ. އެއީ: ބާރގެން-ބެލްސެން (Bergen-Belsen)، ބުކެންވާލްޑު (Buchenwald)، ޑަކައު (Dachau)، ފުލޮސެންބާރގް (Flossenburg)، ގްރޮސް-ރޮސެން (Gross-Rosen)، މައުތައުސެން (Mauthausen) އާއި އެއާ ގުޅިފައިވާ އަރިމަތީ ކޭންޕުތައް، ނަޓުޒްވައިލަރ (Natzweiler)، ނިއުންގޭމް (Neuengamme)، ނިއަރޑަރހަގެން (Niederhagen) (ވެވެލްސްބާރގް) (Wewelsburg)، ރަވެންސްބްރުކު (Ravensbruck)، ސަކުޝެންހައުސެން (Sachsenhausen)، ސްޓަޓޮފު (Stutthof)، ތެރެސިއެންސްޓާޑުޓު (Theresienstadt) މިއެވެ.

މި ތަންތަނުގައި ހިނގި ކަންތައްތަކަށް ބަލާ އިރު، މީހުންގެ އިޢުތިރާފުތައް ހޯދިފައިވަނީ އަނިޔާކޮށްގެންކަމުގައި ވަނީ ސާބިތުކުރެވިފައެވެ. އަދިހަމަ އެހެންމެ، މީހުންގެ ފަރާތުން ހޯދިފައިވާ ހެކިބަސްތަކަކީ ވެސް މުޅީން ދޮގު އެއްޗެއްސެވެ. ތަޙްޤީޤުތައް ހިންގައި، ހަނގުރާމައިގެ ކުށްތަކާ މެދު މީހުންނާ ސުވާލުކުރެވޭ އިރު މި ކަންކަމުގެ މައްޗަށް ރިޢާޔަތްކުރުން ހުއްޓެވެ. މި ތަޙުޤީޤުގެ ނަތީޖާތައް ކުރީން ކޮންސެންޓުރޭޝަން ކޭންޕުތަކުގައި ހައްޔަރުކުރެވިފައިވާ މީހުންގެ ސަމާލުކަމަށް ގެންނަންވާނެއެވެ. އެ މީހުންނަކީ އެ ކަންކަމާ މެދު ހިންގުނު ޝަރީއަތުގެ އަޑުއެހުންތަކުގައި، އެ ކޭންޕުތަކުގައި ވިހަ ގޭސް ޖަހައިގެން މީހުން މަރައިފައިވާކަމަށް، ޚާއްޞަކޮށް ޔަހޫދީން މަރައިފައިވާކަމަށް ހެކިބަސް ދީފައިވާ މީހުންނެވެ. އެ މީހުން ދީފައިވާ މި ފަދަ ބަޔާންތަކުގައި ހިފަހައްޓާން އެ މީހުން ޤަޞްދުކުރާ ނަމަ، އެ މީހުން ދޮގު ބަޔާންތައް ދީފައިވާ ކަންމައްޗަށް އެ މީހުންނާ މެދު ފިޔަވަޅު އެޅޭންވާނެއެވެ.]

1949ގައި "ހާރސްޓު ޕުރެސް" ނޫހުގައި އޭނާ ލިޔަމުންގެންދާ "ސޮސައިޓީ ނިޔުސް" ކޮލަމުގައި ރޮތުސްޗައިލްޑު ޢާއިލާގެ މީހެއްކަމުގައިވާ ޖޭކަބް ސްކިފު އާ ބެހޭ ގޮތުން ޗޮލީ ނިކަރބޮކަރ (Cholly Knickerbocker) ފެބްރުއަރީ މަހުގެ 03ވަނަ ދުވަހު ލިޔުނެވެ.

1950ގައި ހިސާބުގެ އަދަދުތަކުން އެނގޭ ގޮތުގައި، ރޮތުސްޗައިލްޑު ޢާއިލާގެ މީހުން ރާވައިފައިވާ ގޮތަށް ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގައި ޝާމިލުވި ކޮންމެ ޤައުމެއް ވެސް ވަނީ އެ މީހުންގެ ދަރަނި އެތައް ގުނައަކަށް އިތުރުކޮށްފައެވެ. މި ކަމުގެ ސަބަބުން އެ މީހުން ޔަހޫދީންގެ ކޮންޓުރޯލުގެ ދަށަށް އިތުރަށް ދިޔައެވެ. 1940އާއި 1950އާ ދޭތެރޭގައި އެމެރިކާގެ މަރުކަޒީ ސަރުކާރުގެ ދަރަނި 43 ބިލިއަން ޑޮލަރުން 257 ބިލިއަން ޑޮލަރަށް އިތުރުވެގެންދިޔައެވެ. މިއީ %598ގެ އިތުރުވުމެކެވެ. ހަމަ އެ މުއްދަތުގެ ތެރޭގައި ޖަޕާނުގެ ދަރަނި %348،1އަށް އިތުރުވެގެންދިޔައެވެ. އަދި ފުރާންސުގެ ދަރަނި %583އަށް އިތުރުވެގެންދިޔައެވެ. ހަމައެހެންމެ، ކެނެޑާގެ ދަރަނި %417އަށް އިތުރުވެގެންދިޔައެވެ.

ރޮތުސްޗައިލްޑު ޢާއިލާގެ މީހުން، ދުނިޔޭގެ ސަރުކާރު ޤާއިމުކުރުމުގެ އެ މީހުންގެ ރޭވުމާއިގެން ކުރިއަށްދިޔައެވެ. އެ ކަން ފެށެނީ މުޅި ދުނިޔޭގެ އިގުތިސާދީ ނިޒާމުތައް މަރުކަޒީކުރުމަށް ހިންގޭ ތިން ފިޔަވަހީގެ ރޭވުމަކުންނެވެ. އެ ފިޔަވަހި ތަކަކީ:

1.    މުޅި ދުނިޔޭގައިވެސް، މަރުކަޒީ ބޭންކުތައް މެދުވެރިކޮށް ޤައުމީ އިގުތިސާދުތައް ކޮންޓުރޯލް ކުރުން.

2.    ޔޫރަޕިއަން ޔޫނިއަން ފަދަ ސުޕަރ ސްޓޭޓުތަކާއި، "ނަފުޓާ" (NAFTA) ފަދަ ސަރަޙައްދީ ވިޔަފާރީގެ އިއްތިޙާދުތައް މެދުވެރިކޮށް މަރުކަޒީ ކުރެވިފައިވާ ސަރަޙައްދީ އިގުތިސާދުތަކެއް ޤާއިމްކުރުން.

3.    މުޅި ދުނިޔޭގެ މަރުކަޒީ ބޭންކަކާއި ދުނިޔޭގެ ކަރަންސީއެއް މެދުވެރިކޮށް ދުނިޔޭގެ އިގުތިސާދު މަރުކަޒީކުރުން. އަދި "ގެޓު" (GATT) ފަދަ މުޢާހަދާތައް މެދުވެރިކޮށް ވިޔަފާރީގެ ހުރިހައި ޑިއުޓީއެއް ނައްތާލައިގެން ޤައުމުތަކުގެ މިނިވަންކަން ނައްތައިލުން.

1951ގައި މުޅި ދުނިޔެއަށް ބިރުވެރިކަން ފަތުރާނެ އިދާރާއެއްކަމުގައިވާ އިސްރާއީލުގެ ސިއްރު ޖާސޫސީ އިދާރާ ކަމުގައިވާ "މޮސާދު" (Mossad) އޭޕުރިލް 01ގައި އުފެއްދުނެވެ. އެ އިދާރާގެ އެމެރިކާގެ ގޮފިކަމުގައިވާ "އެންޓައި ޑިފެމޭޝަން ލީގް" (އޭ.ޑީ.އެލް.)ގެ ކޮންޓުރޯލު މޮސާދުގެ އަތްމައްޗަށް ވަރަށް އަވަހަށް ނެގިއެވެ. ހީވާ ގޮތުގައި މޮސާދުގެ ޝިޢާރަކީ މުޅި ދުނިޔޭގައި ވެސް ވާ ޖާސޫސީ އިދާރާތަކުގެ ޝިޢާރުތަކުގެ ތެރެއިން އެންމެ ހިތަށް އުނދަގޫކުރާ ޝިޢާރެވެ. އެ ޝިޢާރަކީ "ބައި ވޭ އޮފު ޑިސެޕުޝަން، ދައު ޝެލްޓު ޑޫ ވޯރ" (ތިބާ ހަނގުރާމަ ކުރާނީ، ހީލަތުގެ އުކުޅުތަކުގެ ތެރެއިންނެވެ.)

1952ގައި މަ ސީދާ އިސްރާއީލުގެ ބޮޑު ވަޒީރު ޑޭވިޑު ބެން-ގިއުރިއަންގެ ބެލުމުގެ ދަށުން އިސްރާއީލުގެ ދަށް ފަންތީއެއްކަމަށް ބެލެވޭ ސެފާރޑިކު ޔަހޫދީންގެ ނަސްލު ނައްތައިލުމަށް ކުރެވުނު މަސައްކަތެކެވެ.  

1953ގައި،  ޔަހޫދީއެއް ކަމުގައި ބުނެވުނު ޑުވައިޓު އައިޒަންހަވަރ (Dwight Eisenhower) އެމެރިކާގެ ރައީސްކަމަށް އިންތިޚާބު ކުރެވުނެވެ.  

ޖާސޫސްކުރުމުގެ ކުށުގައި ދެ ޔަހޫދީންކަމުގައިވާ ޖޫލިއަސް ރޮޒެންބާރގް (Julius Rosenberg)އާއި އީތެލް ރޮޒެންބާރގް (Ethel Rosenberg) ޖޫން 19ގައި އެމެރިކާގައި ޤަތުލުކުރެވުނެވެ. އެ މީހުން ހިފުނީ އެމެރިކާއިން އުފައްދާ އެޓޮމިކު ބޮން އުފެއްދުމާ ބެހޭ ސިއްރުތަކެއް ސޮވިއެޓު ޔޫނިއަންއަށް ފޯރުކޮށްދިނުމުގެ ތެރޭގައި އުޅެނިކޮށެވެ. އެ ޤައުމަކީ އެ މީހުން ނުހަނު ގާތްކޮށް ދެކޭ ޤައުމެކެވެ.

[އެން. އެމް. ރޮތުސްޗައިލްޑު އެންޑު ސަންސް] ކުންފުނީން [ބްރިޓިޝް ނިޔު ފައުންޑު ލޭންޑު ކޯރޕޮރޭޝަން ލިމިޓެޑު]ގެ ނަމުގައި ކުންފުންޏެއް އުފެއްދިއެވެ. އެއީ ކެނެޑާގެ ނިޔު ފައުންޑު ލޭންޑުގައި 000،60 އަކަމޭލުގެ ބިން ތަރައްޤީކުރުމަށެވެ. މި މަޝްރޫޢުގެ ތެރޭގައި [ހެމިލްޓަން] (ފަހުން [ޗާރޗިލް]ގެ ނަން ދެވިފައިވާ) ވޯޓަރފޯލުން ކަރަންޓު އުފެއްދުމަށް ޕަވަރ އިސްޓޭޝަނެއް ބިނާކުރުން ހިމެނެއެވެ. އެ ދުވަސްވަރުގެ ނިސްބަތުން ބަލައިފި ނަމަ، އެއީ ޕުރައިވެޓު ކުންފުންޏަކުން ދުވަހަކު ވެސް ހިންގި އާރާސްތުކުރުމުގެ އެންމެ ބޮޑު މަޝްރޫޢެވެ.

1954ގައި [ލެވޮން] (Lavon) މައްސަލައިގެ ކަންތައްތައް ހިނގީ މި އަހަރުއެވެ. މި ކަމުގައި ހިނގި ކަމަކީ، މިޞްރުގައިވާ ހުޅަނގުގެ ޤައުމުތަކުގެ ތަންތަނަށް ބޮމުގެ ޙަމަލާދީ އެ ތަންތަން ގޮއްވުމަށް ޓަކައި، އިސްރާއީލުގެ ޖާސޫސީ އޭޖެންޓުން މިޞްރުގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ޔަހޫދީ ނަސްލުގެ މީހުން ރެކުރޫޓުކުރުމެވެ. މި ކަމުގައި ރޭވިފައި އޮތީ އެ ފަދަ ތަންތަން ގޮއްވުމަށް ފަހު އެ ކަމުގެ ޒިންމާ އަރަބީންގެ ބޮލުގައި އެޅުވުމަށެވެ.

ޓެލްއަވީވުގައި ހުންނަ އެމެރިކާގެ ސަފީރުގެ އޮފީހުގައި އިސްރާއީލް މީހުން ވަގަށް ހަރުކޮށްފައިވާ މައިކުރޮފޯނެއް މި އަހަރު ފެނުނެވެ.

[ބިލްޑަރބާރގް ޖަމާއަތް] (Bilderberg Group) ފުރަތަމަ ފަހަރަށް ހޮލެންޑުގައި، އާރންހެމްގެ ބިލްޑަރބާރގް ހޮޓެލްގައި ބައްދަލުކުރިއެވެ. ބިލްޑަރބާރގް ޖަމާއަތަކީ ރޮތުސްޗައިލްޑު ޢާއިލާއިން އުފައްދައިގެން ހިންގާ، ގާތްގަނޑަކަށް 100-200އާ ދެމެދުގެ އަދަދަކަށް މެންބަރުން ހިމެނޭ ބައިނަލްއަގުވާމީ ޖަމާއަތެކެވެ.

ބިލްޑަރބާރގް ގެ ބައްދަލުވުންތަކުގެ އެހެން ބޭނުމެއްވެސް އޮވެއެވެ. އެއީ، ރޮތުސްޗައިލްޑު އާއި ޑޭވިޑު ރޮކެފެލަރ އަށް، އަދި ޔަހޫދީންގެ ފަރުދާގެ ކުރިމަތީގައި ތިބޭ މީހުން (ފުރޮންޓު މީހުން)ކަމުގައިވާ ހެންރީ ކިސިންޖަރ ފަދަ މީހުންނަށް ކުރިމަގުގައި ޤައުމުތަކުގައި ކުރިއަށް ނުކުންނަން ތިބި ލީޑަރުން ފާހަގަވުމެވެ. ޤައުމުތަކުގެ ލީޑަރުންނަށް ވާންތިބި މީހުންނަކީ އެޤައުމުތަކުގެ ލީޑަރުންގެ ގޮތުގައި ނެރެން ކަމުދާ މީހުންތޯ ނުވަތަ ނޫންތޯ އެމީހުން ކަނޑައަޅާނެއެވެ. މިސާލަކަށް ދަންނަވާނަމަ، 1991 ގައި ބިލް ކުލިންޓަން އެ ބައްދަލުވުމުގައި ބައިވެރިވިއެވެ.

1955ގައި މިޞްރުގެ ވެރިރަށް ޤާހިރާގައިވާ އެމެރިކާގެ އެތައް ތަނަކަށް އިސްރާއީލް ސަރުކާރުން ސިއްރު ޓެރަރިސްޓު ބޮމުގެ ޙަމަލާތައް ދީފައިވެއެވެ. މި ސިއްރު ޙަމަލާތަކުގެ ބޭނުމަކީ، އެ ޙަމަލާތައް ދެނީ މިޞްރު މީހުންކަން އެމެރިކާއަށް ވިސްނައި ދިނުމެވެ. މަގުޞަދަކީ އެމެރިކާއާއި މިޞްރާއި ދެމެދުގައިވާ ގުޅުން ގޯސްކުރުމެވެ.

"ކޮމްޕަންޔީ ފިނޭންސިއެރޭ" (Compagnie Financiere) އެޑުމަންޑު ޑި ރޮތުސްޗައިލްޑު މިއަހަރު ޤާއިމްކުރިއެވެ.

1956 ގައި ދޭރު ޔާސީން ޤަތުލުޢާންމުގެ އިސް މޭސްތިރި، މަނާޚިމް ބޭގިން ތެލްއަވީވު ގައި އޮތް މަހާސިންތާއެއްގައި އޮކުޓޫބަރ 28 ގައި ތިރީގައި ބުންޏެވެ.   

"އޭ އިސްރާއީލުގެ މީހުންނޭވެ! ތިޔަބައިމީހުންގެ ދުޝްމަނުން މެރުމަށްފަހު ތިޔަބައިމީހުންގެ ހިތްތަކުގައި އެމީހުންނާ މެދު އެއްވެސް ރަޙުމެއް އުފެދިގެން ނުވާނެއެވެ. އެމީހުންގެ އެކިޔާ އަރަބި ސަގާފަތް، އަހަރެމެން އެއްކޮށް ހަލާކު ކޮށްފުމަށް ދާންދެން އެމީހުންނާ މެދު ތިޔަބައިމީހުންގެ ހިތްތަކުގައި އެއްވެސް ހަމްދަރުދީއެއް އުފެދިގެން ނުވާނެއެވެ. އަހަރެމެންގެ އަމިއްލަ ޙަޟާރަތު އަހަރެމެން ބިނާކުރާނީ އެމީހުންގެ ވީރާނާވެފައިވާ ސަގާފަތުގެ ހަށިގަނޑުގެ މަތީގައެވެ."

1957ގައި އިނގިރޭސިވިލާތާއި، އިސްރާއީލާއި، އަދި ފަރަންސޭސިވިލާތުން ގުޅިގެން ސުއޭޒް ކެނެލަށް ދިން ޙަމަލާއެއްގައި އޭރިއަލް ޝެރޯން (Ariel Sharon) ގެ އަމުރުގެ ދަށުގައިވާ ޔުނިޓަކުން މިޞްރުގެ ހަނގުރާމައިގެ ކުށްވެރީން މަރާފައިވެއެވެ.

ޖޭމްސް ޑި ރޮތުސްޗައިލްޑު މި އަހަރު މަރުވިއެވެ.

[ޓޭލްސް އޮފު ދަ ބްރިޓިޝް އެރިސްޓޮކުރެސީ] (އިނގިރޭސިވިލާތުގެ މަތީ ފަންތީގެ މީހުންގެ ވާހަކަތައް) މި ފޮތުގެ 219 ވަނަ ޞަފުޙާގައި [ބާރކީޒް ޕީރޭޖު]ގެ އެޑިޓަރ އެލް. ޖީ. ޕައިން (L. G. Pine) ވެއެވެ.

[އިނގިރޭސިވިލާތުގެ ބޭފުޅުންގެ ފަންތީގެ މީހުންނާ ޔަހޫދީން މިހާރު ލާމެހިފައިވާލެއް ބޮޑުކަމުން، އެ ދެ ބައިމީހުންނަށްވެސް ދޭދޭ ގޮތުން ގެއްލުން ނުވާ ގޮތެއްގައި އެއިން އެއް ބަޔަކަށް ވަކިން ގެއްލުމެއް ވުމަކީ ދުރު ކަމެކެވެ. ޔަހޫދީންނާއި ލޯރޑުން ގުޅި ލާމެހިފައިވާލެއް ބޮޑު ކަމުން، މި ޤައުމުގެ ބޭފުޅު ފަންތީގެ މީހުންނަށް ވެސް ގެއްލުމެއްނުވާ ގޮތުގައި ޔަހޫދީންނާ ދެކޮޅަށް ދުންމާރިއެއް ފުމެލުމަކީ ވެސް މިހާރު ވާނެ ކަމެއްނޫނެވެ.]

މި އަހަރު ޕެރިސްގައި މޯރިސް ޑި ރޮތުސްޗައިލްޑު މަރުވިއެވެ.  (ނުނިމޭ)

ކޮމެންޓު