ad_banner
ފިކުރުކޮށްބަލަ!

ޝާއިޢުކުރީ: ފަރަގު މީޑިއާ

21 ޖަނަވަރީ 2024

ދިވެހީންގެ ރީތި ދިވެހިރާއްޖޭގެ މަންޒަރެއް.

ކަނީރު ޢަބްދުއްރަޙީމް

ހިނގާ! ދިވެހިން އެކައްޗެއް އެއްގޮތަށް ދެފުށަށް ނުކެނޑިކިޔަމުން

    ހިނގާ ގޮތް ދުނިޔެ ދަނެ އެނގިގެން މިހިރަ ދިދައަށް ސަމާލުވަމުން

މި ދާހެން ދެ ދުހު ދެ އަމާޒަށް ނަގައި ދީލައި ހަދާން ޖެހުމުން

    މިދާ މަގު ބަލަގަ! ހަމަ ނާމާން ވަރަށް ނުސިޔާނު މިންބަލަމުން

ބަލައިބަލަ ކަން ވަމުން ދާ ގޮތް! ވެރީންނާ ވެރިކަމަށް ވާ ގޮތް

    ބަލައިހޯދައި އެ ފަދަ ޖެއްސުންކުރާ މިީހުންގެ ކުރި މަރަމުން

ރަނގަޅު ކަމުދާ އެކަކު ނުހުރޭ ވެ އެއް ބައި ދާ ގޮތެއް ނުއޮވޭ

    އަނގައިން ގަލަމުން އަތާ ފައިންނާ ދެކޮޅު ވާތީ އަޖައިބުވަމުން

ވެރީންނަށް އަބަދު ޖައްސާތީ އަމިއްލަ ސަލާމަތަށް ވިސްނާން

    އެ ރިއްސުރެ ވާނެ އިހުސާސުން ވެގެން ދާ ބަދަލުތައް ދެކެމުން

ނުވާތީ އެއް ކަމެއް ރަނގަޅަށް ކުރީން ކުރި ފިކުރު ދޫކޮށްލައި

    ނުވާނޭ ބުނެ ހިތާމަވެފައި ނަފާ ޖީބަށް ނަގާން ފެށުމުން

ނުވާނެންޏާ އެކުވެ އެއްބައި ހުވާ! ގެއްލޭނެ އަތު ހުރިހައި

    އުވާލާ ބަޔަކު ވެރިނުވަނީސް މި ދިދައަށް ފާރަލައި ބަލަމުން

ކަނީރުގެ  މީ ކުރާއާދޭސް  ކަލާކޯއޭ   ގޮވާ އާދޭސް

    ބުނީ މީ  ކާކުތޯ ނާހާ   ހިނގާ  މި ކަމާ ފިކުރުކުރަމުން

ކޮމެންޓު