ad_banner
ހަ ނަންފުޅު (4)

އޒ. އިބްރާހީމް ރަޝީދު މޫސާ

9 ސެޕްޓެންބަރު 2026

(2026 ސެޕްޓެންބަރު 02ގެ އަދަދާ ގުޅޭ)

 ދަތުރު ކުރިއަށް ގެންދޭ

ކީރިތި ޤުރްއާނުގައި 31 ނުކުތާ އޮތް ފުރަތަމަ އާޔަތަކީ:-

وَإِذَا لَقُوا الَّذِينَ آمَنُوا قَالُوا آمَنَّا وَإِذَا خَلَوْا إِلَى شَيَاطِينِهِمْ قَالُوا إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِئُونَ (14) البقرة

ކީރިތި ޤުރްއާނުގައި 31 ނުކުތާ އޮތް އެންމެ ފަހު އާޔަތަކީ:-

أَوَلَمْ يَرَوْا إِلَى الطَّيْرِ فَوْقَهُمْ صَافَّاتٍ وَيَقْبِضْنَ مَا يُمْسِكُهُنَّ إِلَّا الرَّحْمَنُ إِنَّهُ بِكُلِّ شَيْءٍ بَصِيرٌ (19) الملك

ފުރަތަމަ އާޔަތުގެ އަކުރުތަކުގެ ނުކުތާތަކުގެ އަދަދަކީ 31އެވެ.

ދެވަނަ އާޔަތުގެ އަކުރުތަކުގެ ނުކުތާތަކުގެ އަދަދަކީ  31އެވެ.  

މި ދެ އާޔަތުގެ ކަލިމަތަކުގެ އަދަދަކީ 31 ކަލިމައެވެ.

ކީރިތި ޤުރްއާނުގައި އެ އާޔަތެއްގެ އަކުރުތަކުގައި 31 ނުކުތާ އޮތް އެންމެ ކުރު އާޔަތަކީ

ثُمَّ نُنَجِّي الَّذِينَ اتَّقَوْا وَنَذَرُ الظَّالِمِينَ فِيهَا جِثِيًّا (72) مريم

ކީރި ޤުރްއާނުގައި އެ އާޔަތެއްގެ އަކުރުތަކުގައި 31 ނުކުތާ އޮތް އެންމެ ދިގު އާޔަތަކީ

وَمَا أَمْوَالُكُمْ وَلَا أَوْلَادُكُمْ بِالَّتِي تُقَرِّبُكُمْ عِنْدَنَا زُلْفَى إِلَّا مَنْ آمَنَ وَعَمِلَ صَالِحًا فَأُولَئِكَ لَهُمْ جَزَاءُ الضِّعْفِ بِمَا عَمِلُوا وَهُمْ فِي الْغُرُفَاتِ آمِنُونَ (37) سبأ

އަޖައިބުވަނިވި ކަމަކީ މި ދެ އާޔަތުގެ ކަލިމަތަކުގެ އަދަދަކީ 31 ކަމުގައި ވުމެވެ.

ކުރިއަށް ދިޔުމުގެ ކުރިން މަޑުކޮށްލައި މި އަންނަ ހަތަރު އާޔަތާމެދު ވިސްނައިލާށެވެ!

1-    وَإِذَا لَقُوا الَّذِينَ آمَنُوا قَالُوا آمَنَّا وَإِذَا خَلَوْا إِلَى شَيَاطِينِهِمْ قَالُوا إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِئُونَ (14) البقرة

2-    أَوَلَمْ يَرَوْا إِلَى الطَّيْرِ فَوْقَهُمْ صَافَّاتٍ وَيَقْبِضْنَ مَا يُمْسِكُهُنَّ إِلَّا الرَّحْمَنُ إِنَّهُ بِكُلِّ شَيْءٍ بَصِيرٌ (19) الملك

3-    ثُمَّ نُنَجِّي الَّذِينَ اتَّقَوْا وَنَذَرُ الظَّالِمِينَ فِيهَا جِثِيًّا (72) مريم

4-    وَمَا أَمْوَالُكُمْ وَلَا أَوْلَادُكُمْ بِالَّتِي تُقَرِّبُكُمْ عِنْدَنَا زُلْفَى إِلَّا مَنْ آمَنَ وَعَمِلَ صَالِحًا فَأُولَئِكَ لَهُمْ جَزَاءُ الضِّعْفِ بِمَا عَمِلُوا وَهُمْ فِي الْغُرُفَاتِ آمِنُونَ (37) سبأ

މި ހަތަރު އާޔަތުގައި އައިސްފައިވާ ލަފުޒުލްޖަލާލަތި (ﷲ)ގެ އަކުރުތައް ތަކުރާރުވެފައިވާ ގޮތާމެދު ބަލާށެވެ!

ا

ل

ل

ه

ޖުމްލަ

60

28

28

8

124

މި ހަތަރު އާޔަތުގައި ލަފުޒުލްޖަލަލަތި ( ﷲ ) ގެ އަކުރުތައް ތަކްރާރުވެފައިވަނީ 124 ފަހަރުއެވެ.

މި ހަތަރު އާޔަތުގެ ނުކުތާތަކުގެ އަދަދަކީ ވެސް 124 އެވެ.

 124  =   31 × 4

4 އެއީ އާޔަތްތަކުގެ އަދަދެވެ.  31  މި ވަނީ 4 އާ ގުނަކޮށްފައެވެ.

 މި ހަތަރު އާޔަތުގެ ކަލިމަތަކުގެ ޖުމުލައަކީ 62 އެވެ. އެއީ  = 31 × 2

ސުމޭކުގެ މި ޙަޤީޤަތާމެދު ތިބާ ބުނާނީ ކީކޭ ހެއްޔެވެ؟ މިއީ އިންކާރު ކުރެވިދާނެ ކަމެއްނޫނެވެ. 

ނުހުއްޓި ކުރިއަށް

ކީރިތި ޤުރްއާނުން އެންމެ ފުރަތަމަ ބާވައިލެއްވި އާޔަތްތަކަކީ:-

اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ (1) خَلَقَ الْإِنْسَانَ مِنْ عَلَقٍ (2) اقْرَأْ وَرَبُّكَ الْأَكْرَمُ (3) الَّذِي عَلَّمَ بِالْقَلَمِ (4) عَلَّمَ الْإِنْسَانَ مَا لَمْ يَعْلَمْ (5)

މި ފަސް އާޔަތުގެ އަކުރުތަކުގެ ނުކުތާތަކަކީ 31 ނުކުތާއެވެ.

އެންމެ ފަހު އާޔަތުގެ އަކުރުތަކަކީ މުޤައްޠަޢާތު އަކުރުތަކެވެ. މި އާޔަތުގައި މުޤައްޠަޢާތު ނޫން އަކުރެއް ނެތެވެ.

މި ފަސް އާޔަތުގެ އަކުރުތަކުގެ އަދަދަކީ 78އެވެ.

މި ފަސް އާޔަތުގެ ފުރަތަމަ ދެ ކަލިމަ (اقْرَأْ بِاسْمِ)ގެ އަކުރުތައް މި ފަސް އާޔަތުގައި ތަކުރާރުވެފައިވަނީ 78 ފަހަރުއެވެ.

78 އަކީ ކީރިތި ޤުރްއާނުގައިވާ މުޤައްޠަޢާތު އަކުރުތަކުގެ ޖުމުލައެވެ.

ފުރަތަމަ އާޔަތުގެ އަކުރުތަކުގެ އަދަދަކީ 18އެވެ.

ފަހު އާޔަތުގެ އަކުރުތަކުގެ އަދަދަކީ 18އެވެ.

ކީރިތި ޤުރްއާނުގެ މި ލާސާނީ ގެތުމުގެ ނިޒާމާމެދު ތިބާ ހައިރާނެއް ނުވަން ހެއްޔެވެ؟ އެއީ އިންސާނަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

އަލުން ބަސްމަލާ (ބިސްމި) އަށް ދަމާހިނގާށެވެ! އެއީ ކީރިތި ޤުރްއާނުގެ ފުރަތަމަ އާޔަތެވެ.

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ (1) الفاتحة

މި އާޔަތުގެ އަކުރުތަކުގެ ޠަބީޢަތަށް ބަލައިލަމާ ހިނގާށެވެ!

ބަސްމަލާގައި އޮތީ ނުކުތާ ޖެހި ތިން އަކުރެވެ. އެއީ (ن ب ي)

އެއީ ލަފުޒު (نبي) ގެ އަކުރުތަކެވެ.

މި ތިން އަކުރު الفاتحة  ސޫރަތުގައި ތަކުރާރުވެފައިވަނީ 29 ފަހަރުއެވެ.

سورة الفاتحة ގެ ކަލިމަތަކުގެ އަދަދަކީ 29އެވެ.

سبحانك ربّي! އިބަރަސްކަލާނގެ މަތިވެރިކަމާއެވެ! އިބަރަސްކަލާނގެ ފޮތުގެ ގެތުންތަކުގެ މޮޅުކަމާއެވެ!

އިބަރަސްކަލާނގެ ފޮތުގެ ފުރަތަމަ އާޔަތުގައި އިބަރަސްކަލާނގެ ނަބިއްޔާގެ ނަބީކަމަށް ހެކިބަސްދީފައިވެއެވެ.

الفاتحة ގައި އޮތީ 7 އާޔަތެވެ. ކީރިތި ޤުރްއާނުގައި 7 އާޔަތް އޮތް އެހެން ސޫރަތެއް ވޭހެއްޔެވެ؟

އާއެކެވެ! އެހެން ސޫރަތެއްވެއެވެ. އެއީ  الماعون ސޫރަތެވެ.

أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ (1) فَذَلِكَ الَّذِي يَدُعُّ الْيَتِيمَ (2) وَلَا يَحُضُّ عَلَى طَعَامِ الْمِسْكِينِ (3) فَوَيْلٌ لِلْمُصَلِّينَ (4) الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ (5) الَّذِينَ هُمْ يُرَاؤُونَ (6) وَيَمْنَعُونَ الْمَاعُونَ (7)

سورة الماعون ގައި ލަފުޒު (نبي)  ގެ އަކުރުތައް ތަކްރާރުވެފައިވަނީ 29 ފަހަރުއެވެ.

سورة الماعون ގެ މުޞްޙަފު ތަރުތީބީ ވަނައަކީ 107އެވެ.

މި ދެ އަދަދުގެ ޖުމުލައަކީ 114އެވެ.

114 އިޝާރަތް ކުރަނީ  ޤުރްއާނުގެ ސޫރަތުގެ އަދަދަކަށްނޫނެވެ. މީގެ އިތުރަށް އެއީ سورة الماعونގެ އަކުރުތަކުގެ އަދަދު ވެސް މެއެވެ.  

ހަނދާނުގައި ބަހައްޓާށެވެ! 

سورة الفاتحةގައި ﷲ ތަޢާލާގެ އެންމެ ރިވެތި އިސްމުފުޅުތަކުގެ ތެރެއިން 6 އިސްމުފުޅެއް އައިސްފައިވެއެވެ. އެއީ:-

اللَّهِ - الرَّحْمَنِالرَّحِيمِلِلَّهِ - الرَّحْمَنِالرَّحِيمِ

 މި ހަ އިސްމުފުޅުގެ އަކުރުތަކުގެ ނުކުތާތަކުގެ އަދަދަކީ 6އެވެ.

މި ހަ އިސްމުފުޅުގައި ވާ ތަޝްދީދުތަކުގެ އަދަދަކީ 6އެވެ.

فاتحة الكتاب ގައި އުބުފިލީގެ ޙާލަތުގައިވާ އަކުރުތަކުގެ އަދަދަކީ 6އެވެ.

 سورة الفاتحة ފެށޭކޮޅުން ގުނާއިރު 6ވަނަ ކަލިމައަކީ (لِلَّهِ)

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ (1) الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (2) 

މި ތާނގައި ﷲގެ އިސްމުފުޅު ألفއާ ނުލައި (لِلَّهِ) އައިސްފައިވަނީ ކީއްވެގެންހެއްޔެވެ؟

 (ނުނިމޭ)

ކޮމެންޓު