ad_banner
ހަ ނަންފުޅު (3)

އޒ. އިބްރާހީމް ރަޝީދު މޫސާ

2 ސެޕްޓެންބަރު 2026

(2026 އޮގަސްޓު 26ގެ އަދަދާ ގުޅޭ)

އިތުރަށް ކަށަވަރުކޮށްދިނުން

النَّمل ސޫރަތުގެ ބަސްމަލާ އާޔަތާ ޖެހިގެން އައި އާޔަތަށް ބަލާށެވެ!

إِنَّهُ مِنْ سُلَيْمَانَ وَإِنَّهُ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ (30) أَلَّا تَعْلُوا عَلَيَّ وَأْتُونِي مُسْلِمِينَ (31) النَّمل

މި ދެ އާޔަތުގައި ލަފުޒުލް ޖަލާލަތި ( ﷲ )ގެ އަކުރުތައް ތަކުރާރުވެފައިވަނީ މި އަންނަ ގޮތަށެވެ.

މި ދެ އާޔަތުގައި އަކުރު  الألف ތަކުރާރުވެފައިވަނީ 10 ފަހަރުއެވެ..

މި ދެ އާޔަތުގައި އަކުރު اللَّام ތަކުރާރުވެފައިވަނީ 9 ފަހަރުއެވެ..

މި ދެ އާޔަތުގައި އަކުރު اللَّام ތަކުރާރުވެފައިވަނީ 9 ފަހަރުއެވެ..

މި ދެ އާޔަތުގައި އަކުރު الهاء ތަކުރާރުވެފައިވަނީ 3 ފަހަރުއެވެ..

ވީމާ ލަފުޒުލްޖަލާލަތި ( ﷲ )ގެ އަކުރުތައް ތަކުރާރުވެފައި މި ވަނީ  31 ފަހަރުއެވެ.

ނަތީޖާ ހަމަ އެއް ނަތީޖާއެކެވެ.

ނުހުއްޓޭތި!

މުޞްޙަފު ފެށޭކޮޅުން 31 ވަނަ އާޔަތަކީ ކޮބައިހެއްޔެވެ؟ އެއީ މި އާޔަތެވެ.

فَإِنْ لَمْ تَفْعَلُوا وَلَنْ تَفْعَلُوا فَاتَّقُوا النَّارَ الَّتِي وَقُودُهَا النَّاسُ وَالْحِجَارَةُ أُعِدَّتْ لِلْكَافِرِينَ (24) البقرة – މާނައީ:- ފަހެ، ތިޔަބައިމީހުންނަށް އެކަން ނުކުރެވުނުނަމަ - އަދި ތިޔަބައިމީހުންނަކަށް ހަމަ ހިލާ އެކަންތަކެއް ނުމެ ކުރެވޭނެއެވެ. - (އެކަން ނުކުރެވުނުނަމަ) ފަހެ، ތިޔަބައިމީހުން ނަރަކަޔަށް ބިރުވެތިވެ، ރައްކާތެރިވާށެވެ! އެނަރަކަޔަކީ، މީހުންނާއި ހިލަ، އޭގެ ދަރުކަމުގައިވާ ނަރަކައެވެ. އެ ނަރަކަ ތައްޔާރު ކުރައްވާފައިވަނީ، كافر ންނަށްޓަކައެވެ.

މި އާޔަތުގެ އަކުރުތަކުގެ ނުކުތާތަކުގެ އަދަދަކީ 31 އެވެ.

މި އާޔަތުގައި ވާ ލަފުޒުލްޖަލާލަތި (ﷲ)ގެ އަކުރުތައް ތަކުރާރުވެފައިވަނީ 36 ފަހަރުއެވެ.

މި އަދަދު އިޝާރަތްކުރަނީ ކޮން އެއްޗަކަށް ހެއްޔެވެ؟

މުޞްޙަފު ފެށޭކޮޅުން 36ވަނަ އާޔަތަށް ދަމާހިނގާށެވެ.

އެއީ ބަޤަރާ ސޫރަތުގެ  29ވަނަ އާޔަތެވެ. އެއީ :-

هُوَ الَّذِي خَلَقَ لَكُمْ مَا فِي الْأَرْضِ جَمِيعًا ثُمَّ اسْتَوَى إِلَى السَّمَاءِ فَسَوَّاهُنَّ سَبْعَ سَمَاوَاتٍ وَهُوَ بِكُلِّ شَيْءٍ عَلِيمٌ (29) البقرة – މާނައަކީ: އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ބިމުގައިވާ އެންމެހައި ތަކެތި ހެއްދެވި ރަސްކަލާނގެއެވެ. ދެން އެކަލާނގެ އުޑު ހެއްދެވުމަށް އިރާދަކުރައްވައި، އެ އުޑުތަކުގެ ހެއްދެވުން ހަތް އުޑަށް ފުރިހަމަކުރެއްވިއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްމެ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

މި އާޔަތުގެ އަކުރުތަކުގެ ނުކުތާތަކުގެ އަދަދަކީ 31އެވެ.

ލަފުޒުލްޖަލާލަތި ( ﷲ ) ގެ އަކުރުތައް މި އާޔަތުގައި ތަކުރާރުވެފައިވާ ގޮތަށް ބަލާށެވެ!

ا

ل

ل

ه

ޖުމުލަ

12

8

8

3

31

ނުހުއްޓި ކުރިއަށް ދޭ! 

މުޞްޙަފުގެ 31ވަނަ ސޫރަތަށް ދަމާހިނގާށެވެ!

އެއީ لقمان ސޫރަތެވެ.

މި ސޫރަތުގައިވާ  އާޔަތްތަކުގެ އަކުރުތަކުގެ ނުކުތާތަކުގެ ޖުމުލަ 31 ކަމުގައިވާ އާޔަތްތަކަށް ބަލައިލަމާ  ހިނގާށެވެ!

سورة لقمان ގައި ތިން އާޔަތެއްވެއެވެ. އެއިން ކޮންމެ އާޔަތެއްގައިވާ ނުކުތާތަކުގެ އަދަދަކީ 31 އެވެ. މި އާޔަތްތަކަކީ :-

-    الَّذِينَ يُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَهُمْ بِالْآخِرَةِ هُمْ يُوقِنُونَ (4) لقمان

-    وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَا بُنَيَّ لَا تُشْرِكْ بِاللَّهِ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ (13) لقمان

-    وَوَصَّيْنَا الْإِنْسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَى وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ (14) لقمان

ފުރަތަމަ އާޔަތުގެ އަކުރުތަކުގެ ނުކުތާތަކުގެ އަދަދަކީ 31 އެވެ.  

ދެވަނަ  އާޔަތުގެ އަކުރުތަކުގެ ނުކުތާތަކުގެ އަދަދަކީ 31 އެވެ.  

ތިންވަނަ އާޔަތުގެ އަކުރުތަކުގެ ނުކުތާތަކުގެ އަދަދަކީ 31 އެވެ.  

މި ތިން އާޔަތުގެ ތަރުތީބު ވަނަތަކުގެ ޖުމުލައަކީ 31 އެވެ.

މި ތިން އާޔަތުގައި އިބިފިލިޖެހިގެންވާ އަކުރުތަކުގެ އަދަދަކީ 31އެވެ.

މި ތިން އާޔަތުގެ މެދު އާޔަތަށް ބަލާށެވެ! އެއީ

وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَا بُنَيَّ لَا تُشْرِكْ بِاللَّهِ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ (13) لقمان

 މި އާޔަތުގެ އަކުރުތަކުގެ ނުކުތާތަކުގެ އަދަދަކީ 31 އެވެ.

މި އާޔަތުގައި ލަފުޒުލްޖަލާލަތި (ﷲ )ގެ އަކުރުތައް ތަކުރާރުވެފައިވާ ގޮތަށް ބަލާށެވެ!

ا

ل

ل

ه

ޖުމުލަ

9

9

9

4

31

ލަފުޒުލްޖަލާލަތި (ﷲ)ގެ އަކުރުތައް މި އާޔަތުގައި ތަކުރާރުވެފައި މި ވަނީ 31 ފަހަރުއެވެ. ޤުރްއާނުގެ ސުމޭކު ފޭރާމަށް ނިކަން ބަލައިބަލާށެވެ!

މި ގެތުމާމެދު ތިބާ ޙައިރާނެއް ނުވަންހެއްޔެވެ؟

ﷲގެ ކަލާމްފުޅުގެ މަތިވެރިކަމާއެވެ!

(ނުނިމޭ)

ކޮމެންޓު