ad_banner
އެމެރިކާ-އީރާނު ހަނގުރާމަ ނިމުމަކަށް އަތުވެދާނެ ގޮތްތައް: އިސްތިރާޖީ ތަޙުލީލެއް

އަބާ މުޙަންމަދު

29 އޯގަސްޓް 2026

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރިއަށްގެންދާ އަސްކަރީ އަދި އިގުތިސާދީ ފިއްތުންތަކާއި، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ހިންގާ ހަރަކާތްތައް ނިމުމަކަށް އަތުވެދާނެ ގޮތްތަކާ މެދު ސިޔާސީ އަދި އިސްތިރާޖީ ގޮތުން ދިރާސާކުރާ ފަރާތްތަކުން ތަފާތު ނަޒަރިއްޔާތުތައް ނެރެއެވެ.

އާދޭހެވެ! އެމެރިކާއާއި އީރާނާ ދެމެދު އޮތް ނުވަތަނަވަސްކަމަކީ މިހާރު ހަމައެކަނި ދެ ޤައުމުގެ ދެމެދުގައި އޮތް މައްސަލައެއް ނޫނެވެ. މިއީ މުޅި މެދުއިރުމައްޗާއި ބައިނަލްއަގުވާމީ އިގުތިސާދަށް އޭގެ ނޭދެވޭ އަސަރު ފޯރަމުންދާ ބޮޑު ކަންތައްގަނޑެކެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާއި، ގާނޫނީ އިމުގެ ބޭރުން ހިންގާ އަސްކަރީ ހަރަކާތްތައް އެންމެ ފަހުން ނިމުމަކަށް އަތުވެދާނެ ކަމަށް ބެލެވޭ މައިގަނޑު ނަޒަރިއްޔާތައް މި ދަންނަވަނީއެވެ.

1.  ސިއްރު އަދި ފާޅުކަން ބޮޑު ދިގުދެމިގެންވާ ހަނގުރާމައަކުން ދެ ގައުމު ވަރުބަލިވުން

·     އިގުތިސާދީ ފިއްތުން: ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިގުތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިނަމަވެސް، އީރާނުން ވަނީ ސަރަހައްދީ ނުފޫޒުގަދަ ބާރެއްގެ ގޮތުގައި ސާބިތުކޮށްދީ އެމެރިކާ ހީވެސްނުކުރާ މަގުތަކުން އެމެރިކާގެ މަޞްލަހަތުތަކަށް ބޮޑެތި ގެއްލުންތަކެއްދީފައެވެ.

·     ޚަރަދާއި ވަސީލަތް: އެމެރިކާއަށް ސީދާ ބޮޑު ހަނގުރާމައަކަށް ދިއުމަކީ ސިޔާސީ ގޮތުންނާއި މާލީގޮތުން ބޮޑު ބުރައެކެވެ. މީގެ ސަބަބުން ދެ ޤައުމުން ވެސް ސީދާ ކުރިމަތިލުމުގެ ބަދަލުގައި، ސޫރިއްޔާ، ޢީރާޤު އަދި ޔަމަން ފަދަ ސަރަހައްދުތަކުގައި ކުރިއަށްދާ އެހީތެރީންގެ ކުދިކުދި ކުރިމަތިލުންތައް އެއް މިންގަނޑެއްގައި ހިފެހެއްޓުމަށް މަޖުބޫރުވާނެއެވެ.

2.  ބައިނަލްއަގުވާމީ ސުލްހައާއި ސިއްރު ޑިޕްލޮމެސީގެ މަގު

·     ތިންވަނަ ފަރާތެއްގެ މެދުވެރި އެއްގެ ދައުރު: ޢުމާނާއި، ޤަޠަރު ނުވަތަ ޗައިނާ ފަދަ ޤައުމުތައް މެދުވެރިވެގެން ސިއްރު މަޝްވަރާތަކެއް ކުރިއަށްގެންގޮސްފާނެއެވެ.

·     އައު އެއްބަސްވުމެއް: ނިއުކްލިއަރ މައްސަލައާއި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމުގެ މައްޗަށް އެކުލެވޭ [ނިއުކްލިއަރ އެއްބަސްވުން]، އާ ގޮތަކަށް ބަދަލުކޮށް، ދެ ފަރާތަށް ވެސް ފައިދާހުރި ސިޔާސީ މެދުމިނުގެ ހައްލަކަށް އަތުވެދާނެއެވެ.

3.  ބައިނަލްއަގުވާމީ ބާރުތަކުގެ ތަވާޒުނު ބަދަލުވުން

·     ޗައިނާއާއި ރަޝިޔާގެ ދައުރު: ޗައިނާއާއި ރަޝިޔާއިން އީރާނާއެކު އޮންނަ އިގުތިސާދީ އަދި އަސްކަރީ ގުޅުން ބަދަހިކުރުމުގެ ސަބަބުން، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނުފޫޒު ވަރަށް ބޮޑަށް ކުޑަވެއެވެ.

·     މެދުއިރުމަތީގެ މަސްރަޙު: ސަޢޫދީ އަރަބިއްޔާއާއި އީރާނާ ދެމެދު ގުޅުން ބަދަހިވާން ފެށުމާއެކު، އެމެރިކާއިން މެދުއިރުމަތީގައި ގެންގުޅޭ "އީރާނު އެކަހެރިކުރުމުގެ" ސިޔާސަތު ބަލިކަށިވެ، ހަނގުރާމަވެރި އުކުޅުތައް ހުއްޓައިލާން އެމެރިކާއަށް މަޖުބޫރުވެއެވެ.

4.  އެމެރިކާގެ އެތެރޭގެ ސިޔާސީ ބަދަލުތައް

·     އާމުންގެ ނުރުހުން: އެމެރިކާގެ ރައްޔިތުންގެ މެދުގައި ޚާރިޖީ ހަނގުރާމަތަކަށް ކުރާ ޚަރަދުތަކާ މެދު އުފެދެމުންދާ ނުރުހުމުގެ ސަބަބުން، އެމެރިކާގެ ލީޑަރުންނަށް އަސްކަރީ ހަރަކާތްތައް މަޑުޖައްސައިލާން މަޖުބޫރުވެއެވެ.

·     ސިޔާސަތުތައް ބަދަލުވުން: އެމެރިކާގެ ވެރިކަމަށް އަންނަ ބަދަލުތަކާ އެކު، ޚާރިޖީ ސިޔާސަތުތަކަށް އަންނަ ބަދަލުތަކުން އީރާނާއެކު މަޝްވަރާގެ މަގު އިޚުތިޔާރުކުރުމުގެ ފުރުޞަތު ބޮޑުވެއެވެ.

5. ދުނިޔެއަށް މުސީބަތެއް ކުރިމަތިކުރުމަށް ފަހު، އެމެރިކާ އެނބުރި ދިޔުން:

·    ނިޔުކުލިއަރު ހަމަލާ: ބައެއް މުހައްލިލުން ލަފާކުރާ ގޮތުގައި އެމެރިކާ ބަލި ގަބޫލުކޮށްގެން މި ހަނގުރާމަ ނިންމާކަށް ބޭނުމެއް ނުވާނެއެވެ. މި ފަދަ ބާރުތައް ނިމިގެންދަނީ ދުނިޔެއަށް މުޞީބާތެއް ކުރިމަތިކޮށްފައެވެ. އެހެންކަމުން މި ހަނގުރާމައިން ނުކުތުމަށް ޓަކައި އީރާނުގެ ނިޔުކުލިއަރު މަރުކަޒުތަކަށް އެމެރިކާއިން ބާރުދެރަ ނިޔުކުލިއަރު ހަމަލާއެއް ދީފައި ފިލައިގެންދިޔުމަކީ އެކަށިގެންވާ ކަމެކެވެ. މި ކަމާ މިހާރު ވެސް އިޒުރޭލާ އެކު މަޝްވަރާކުރަމުންދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެމެރިކާގެ ހަރަކާތްތަކާ ބެހޭ ސިއްރު މަޢުލޫމާތު ރަޝިޔާއިން އީރާނަށް ފޯރުކޮށްދިނުމެވެ. އެހެންކަމުން މި ކަމާ ބެހޭ ގޮތުން ޑީލެއް ހެދުމަށް ޓަކައި އެމެރިކާގެ ސިއްރު އެޖެންޓެއް ރަޝިޔާއަށް ދަތުރުކޮށްފައިވާކަމުގެ އަޑުތަކެއް ވެސްވަނީ ފެތުރިފައެވެ.

އެމެރިކާއިން ހުށަހެޅި ޑީލެއްކަމަށް އިވިފައިވަނީ ޔޫކުރޭނާ ދެކޮޅަށް ރަޝިޔާއިން ރާވާ ރޭވުންތަކުގެ ޖާސޫސީ މަޢުލޫމާތު ޔޫކުރޭނަށް ފޯރުކޮށްނުދިނުން ޝަރުޠުކޮށް، އެމެރިކާއިން އީރާނާ ދެކޮޅަށް ރާވާ ރޭވުންތަކުގެ މަޢޫލޫމާތު ވެސް ރަޝިޔާއިން އީރާނަށް ނުދިނުމެވެ. މި މަޝަވަރާތަކުގެ ތަފުސީލެއް އެއްވެސް މީޑިއާއަކުން އަދި ލިބިފައެއް ނެތެވެ.

މި މައްސަލަ ނިމުމަކަށް އައުމުގައި އެންމެ އެކަށީގެންވަނީ ސީދާ ބޮޑު ހަނގުރާމައަކުން އެއް ގައުމު އަނެއް ގައުމު ބަލިކުރުމުގެ ބަދަލުގައި، އިގުތިސާދީ އަދި ސިޔާސީ މަޖުބޫރީތަކާ ހުރެ ދެ ފަރާތުން ވެސް ދޫތަކެއްދީ، ބައިނަލްއަގުވާމީ ޑިޕްލޮމެޓިކް ސުލްހައަކަށް އައުމެވެ. ނުވަތަ އީރާނަށް އެމެރިކާއިން ނިޔުކުލިޔަރު ކުޑަ ހަމަލާއެއް ދިނުމަށް ފަހު، އެ ސަރަހައްދު ދޫކޮށް އެމެރިކާ ފައިބައިގެން ދިޔުމެވެ.

 

 

ލަފުޒެއްގެ މާނަ:

ޑީލު   ނ.     ދޭދޭ ފަރުދުންގެ މެދުގައި ނުވަތަ ދެ ފަރާތެއްގެ ދެމެދުގައި ހިންގޭ ނާޖާއިޒު މުޢާމަލާތު. މި މުޢާމަލާތުގައި ދެ ފަރާތުގެ ވެސް މަޞްލަޙަތުތަކެއް ހިމެނޭނެއެވެ.

ކޮމެންޓު