ad_banner
ޝައިޠާނީ ކަނީސާ (22)

އަޙުމަދު ފަޔާޒު ޙަސަން

22 އޯގަސްޓް 2026

(2026 އޮގަސްޓު 11ގައި ޝާއިޢުކުރެވުނު އަދަދާ ގުޅޭ)

[ވަރލްޑު ޖުވިޝް ކޮންގްރެސް]ގެ ރައީސްކަމުގައިވާ ކެއިމް ވައިޒްމަން ޑިސެމްބަރ 03ގައި ނިޔުޔޯކުގައި ބުންޏެވެ.

[އަހަރެމެން އިންކާރެއްނުކުރަމެވެ. އަދި އިޢުތިރާފުވުމަކީ އަހަރެމެން ޖެހިލުންވާ ކަމެއް ވެސް ނުމެނޫންމެއެވެ. މި ހަނގުރާމައަކީ އަހަރެމެންގެ ހަނގުރާމައެވެ. އަދި މި ހަނގުރާމަ މި ކުރެވެނީ ޔަހޫދީން މިނިވަންކުރުމަށް ޓަކައެވެ. ހުރިހައި ޖަމާއަތްތައް އެއްކުރުމުން ވާވަރަށް ވުރެ ވެސް އަހަރެމެންގެ ޖަމާއަތް، ޔަހޫދީންގެ ޖަމާއަތް ވަރުގަދަވާނެއެވެ. މުޅި ހަނގުރާމައިގެ އުފެއްދުންތެރިކަން އެ ކަމުގެ މައްޗަށް ބިނާވެފައިވާ ކަންތައްކަމުގައިވާ ފައިސާގެ އެހީ އަހަރެމެން މި ހަނގުރާމައަށް ދެނީކީ އެކަންޏެއް ނޫނެވެ. މި ހަނގުރާމަ ކުރިއަށްގެންދިއުމުގެ ރޫޙާނީ ހަކަތަކަމުގައިވާ ދޮގު ޚަބަރާއި މަޢުލޫމާތު ފެތުރުމަށް އަހަރެމެންގެ ހުރިހައި ބާރެއް ދެނީކީ އެކަންޏެއް ވެސް ނޫނެވެ.]

ލިއޮނާޑު ގޯލްޑެންޝަން (Leonard Goldenson)، އޭ.ބީ.ސީ. ޓެލެވިޒަން ނެޓުވޯކު ޤާއިމްކުރިއެވެ. އަދި އެ ވިއުގައިގެ ރައީސްގެ ގޮތުގައި ހުރެގެން، އެ ކުންފުނީގެ ކާމިޔާބީގެ މޭސްތިރިއެއްގެ ގޮތުގައި ހިމެނުނީ ވެސް ހަމަ އޭނާއެވެ.

1943ގައި "ޖުވިޝް އޭޖެންސީ ރެސްކިޔު ކޮމިޓީ"ގެ ވެރިޔާކަމުގައިވާ ޞަހުޔޫނީ، އިޒާކު ގްރީންބައުމް (Izaak Greenbaum) ފެބްރުއަރީ 18ގައި [ޒަޔަނިސްޓު އެގްޒެކެޓިވު ކައުންސިލް]އަށް ދިން ތަގުރީރެއްގައި ބަޔާންކުރިއެވެ.

[ޔުނައިޓެޑު ޖުވިޝް އެޕީލް] ޚައިރާތުގެ ފަރާތުން ޔަހޫދީން ސަލާމަތްކުރުމަށް އެހީތެރިވުމަށް ފައިސާ ދެވިދާނެތޯ މީހުން އަހުރެންނާ ސުވާލުކޮށްފި ނަމަ، އަހުރެންގެ ޖަވާބަކަށް ވާނީ ނޫނެކޭއެވެ. އަދި ދެވަނަ ފަހަރަށް ވެސް އަހުރެން ބުނާނީ ނޫނެކޭއެވެ! ފަލަސްޠީނުގައިވާ އެންމެ ގެރިއެއް ވެސް، ޕޯލަންޑުގައިވާ ހުރިހައި ޔަހޫދީންނަށްވުރެ މާ އަގުބޮޑެވެ!]

1944ގައި މެދުއިރުމަތީގައި ހުންނަވާ އިނގިރޭސިވިލާތުގެ މިނިސްޓަރ ރެސިޑެންޓު، ލޯރޑު މޮއީން (Lord Moyne)، ޔަހޫދީންގެ ޓެރަރިސްޓު ޖަމާއަތެއްކަމުގައިވާ [ސްޓަރން] ގޭންގުގެ ދެ މެންބަރުން ޤާހިރާގައި ނޮވެމްބަރ 06ގައި އަވަހާރަކޮށްލިއެވެ. އެ ޖަމާއަތުގެ އިސް މީހަކީ މުސްތަގުބަލުގެ އިސްރާއީލުގެ ބޮޑު ވަޒީރު ޔިޓުޒާކު ސަމީރް (Yitzhak Shamir)އެވެ. ހަމަ އެއަހަރު ފަލަސްޠީނަށް ކަނޑައެޅިފައި ހުންނަވާ އިނގިރޭސި ސަފީރު ހެރޮލްޑު މެކުމައިކަލް (Harold MacMichael) އަވަހާރަކޮށްލާން ކުރެވުނު މަސައްކަތެއްގެ ޒިންމާ އުފުލާން ޖެހުނީ އޭނާއެވެ.

 

އެމެރިކާގެ ނިޔު ހޭމްޕުޝަޔަރގެ [ބްރެޓަން ވުޑުސް]ގައި ބައިނަލްއަގުވާމީ މާލީ އިދާރާ (އައި.އެމް.އެފު.) އާއި ވަރލްޑު ބޭންކު (މި ބޭންކަށް ފެށުމުގައި ދެވިފައިވާ ނަމަކީ "އިންޓަރނޭޝަނަލް ބޭންކު ފޮރ ރިކޮންސްޓުރަކުޝަން އެންޑު ޑިވެލޮޕުމެންޓު، ނުވަތަ އައި.ބީ.އާރ.ޑީ. އެވެ.) އެމެރިކާގެ ފުރިހަމަ ބައިވެރިވުމާ އެކު ތަޞްދީގުކުރެވުނެވެ. ފަހުން [ވަރލްޑު ބޭންކު] މި ނަން ބޭނުންކުރާން ފެށީ 1975ގައެވެ.

އައި.އެމް.އެފު. އާއި ވަރލްޑު ބޭންކުން އަސާސީ ގޮތެއްގައި ކުރި ކަމަކީ، 1913ގެ ފެޑެރަލް ރިޒާރވުގެ ޤާނޫނުން އެމެރިކާގައި ޤާއިމްކުރި ކަންތައް، ދުނިޔޭގެ ފެންވަރުގައި ތަކުރާރުކުރުމެވެ. އަމިއްލަ ފަރާތްތަކުގެ މިލްކުގައިވާ ދުނިޔޭގެ މަރުކަޒީ ބޭންކުތަކުގެ މައްޗަށް އެކުލެވޭ ބޭންކިންގގެ އިއްތިޙާދެއް މި ބޭންކުތަކުން އުފެއްދިއެވެ. ދުނިޔޭގެ ހުރިހައި ބޭންކުތަކެއްގެ ދަރަނިދިނުމުގެ ސިޔާސަތުތައް ކަނޑައެޅުމުގެ ބާރު މި އިއްތިޙާދުން ތަދުރީޖީ ގޮތެއްގައި ލިބިގަތެވެ.

1945 ގައި ބޮޑު ހަނގުރާމަ ނިމުނެވެ.

އެޓޮމިކު ބޮމުގެ ފުރަތަމަ ކާމިޔާބު ޓެސްޓު "ޓުރިނިޓީ" ސައިޓުގައި ޖުލައި 16ގައި ހިންގުނެވެ. އެއީ ލޮސް އެލަމޮސްގެ ދެކުނުން 200 މޭލު ދުރެވެ. އެޓޮމިކު ބޮމް އުފެއްދި މީހާ ކަމުގައިވާ، ރޮތުސްޗައިލްޑު ޢާއިލާގެ ޖޭ. ރޮބަރޓު އޮޕެންހައިމަރ (J. Robert Oppenheimer) ޙައިރާންކަމާ އެކު ބުންޏެވެ.

[އަހަރެން މި ވަނީ މަރުކަމުގައި ވެފައެވެ. ދުނިޔެތައް ފަނާކުރާ މީހާކަމުގައި ވެފައެވެ.]

އޭނާ އެ ބުނީ ހަމަ ރަނގަޅަށެވެ. އޭނާ އެހެން ބުނިތާ މަހެއްގެ ތެރޭގައި ޖަޕާނުގެ ހިރޮޝީމާއާއި ނަގަސާކީގައި ގޮއްވައިލެވުނު ބޮންތަކުން ހިރޮޝީމާގައި އެއް ލައްކަ ސާޅީސް ހާސް މީހުން، އަދި ނަގަސާކީގައި އަށްޑިހަ ހާސް މީހުން މަރުވިއެވެ.

ރިޕޯޓުކުރެވިފައިވާ ގޮތުގައި ޖަރުމަނުވިލާތަށް ދެވުނު ބޮމުގެ ޙަމަލާތަކުގައި، ރޮތުސްޗައިލްޑު ޢާއިލާއިން ކޮންޓުރޯލުކުރާ ކުންފުންޏެއްކަމުގައިވާ [އައި.ޖީ. ފާރބެން] ކުންފުނީގެ ކާރުޚާނާތަކަށް ޚާއްޞަ ގޮތެއްގައި އެއްވެސް ޙަމަލާއެއް އަމާޒެއްނުކުރެވެއެވެ.

މުޅި ދުނިޔޭގެ މައްޗަށް އެ މީހުންގެ ބާރު ހިންގުމަށް ރޮތުސްޗައިލްޑު ޢާއިލާއިން ކަނޑައަޅައިފައިވާ އަމާޒަށް ވާޞިލުވުމަށް ދުނިޔޭގެ ސަރުކާރެއް ޤާއިމްކުރުމަށް ވަރަށް ބޮޑު ފިޔަވަޅެއް މި އަހަރު އެޅުނެވެ. އެއީ މި ގޮތުން އެ މީހުން ފާޅުގައި ހިންގި ތިންވަނަ މަސައްކަތެވެ. އެއީ ދެވަނަ [ލީގް އޮފު ނޭޝަންސް]ކަމުގައިވާ [ޔުނައިޓެޑު ނޭޝަންސް] (ނުވަތަ އ.ދ.) މި އަހަރުގެ ތެރޭގައި ތަޞްދީގުކުރުމެވެ.

1946ގައި މި އަހަރުގެ ޖެނުއަރީ 03 ގައި ވިލިއަމް ޖޮއިސް ޤަތުލުކުރެވުނެވެ. މަރުވުމުގެ ހިނދުކޮޅެއް ކުރީން އޭނާ ބުނިކަމަށްވެއެވެ.

"ދިރިހުރުމުގައިހެންމެ، މަރުވުމުގައި ވެސް އެންމެ ފަހުގެ މި ހަނގުރާމަ ހިންގި މީހުންކަމުގައިވާ ޔަހޫދީންނާ އަހުރެން އިދިކޮޅު ހަދަމެވެ. އަދި އެ މީހުން ތަމްސީލުކުރާ އަނދިރިކަމުގެ ބާރުތަކާ އަހުރެން އިދިކޮޅު ހަދަމެވެ. އަދި ސޮވިއެޓު ޔޫނިއަންގެ ޢުދުވާނީ އިސްތިޢުމާރިއްޔަތާ މެދު އިނގިރޭސިވިލާތުގެ ރައްޔިތުންނަށް އަހުރެން އިންޒާރުކުރަމެވެ.

ވަރަށް އިތުބާރުހުރި ފަލަސްޠީނުގެ ފަރާތަކުން 12 ފެބްރުއަރީގައި އިނގިރޭސިވިލާތުގެ ސެކިއުރިޓީ ސާރވިސަސްއަށް ލިބުނު ޓެލެގްރާމެއްގައިވާ ގޮތުގައި "ސްޓާރން" ގޭންގުގެ ފަރާތުން ދަނީ އިނގިރޭސި ރާޖާގެ ސަރުކާރުގެ މެންބަރުން ޤަތުލުކުރުމަށް މީހުން ތަމްރީނުކުރަމުންނެވެ. ވަކިން ޚާއްޞަކޮށް އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު އާރނަސްޓު ބެވިން (Ernest Bevin) ޤަތުލުކުރުމަށެވެ.

އިސްރާއީލުގެ މުސްތަގުބަލުގެ ބޮޑު ވަޒީރުކަމުގައިވާ، އަސްކެނާޒީ ޔަހޫދީ ޑޭވިޑު ބެން-ގިއުރިއަން (David Ben-Gurion)، ފަލަސްޠީނުގެ ކިންގް ޑޭވިޑު ހޮޓަލަށް ޓެރަރިސްޓު ޙަމަލާއެއްދިނުމަށް، މުސްތަގުބަލުގެ އިސްރާއީލުގެ އެހެން ބޮޑު ވަޒީރެއްކަމުގައިވާ އަސްކެނާޒީ ޔަހޫދީ މެނާޚިމް ބޭގިންއަށް އަމުރުކުރިއެވެ. މި ޙަމަލާގެ މަގުޞަދަކީ ފަލަސްޠީނުގައި ތިބި އިނގިރޭސި ސިފައިން ފަލަސްޠީނުން ބޭރުކުރުމެވެ. މި ޙަމަލާގެ ނަތީޖާއެއްގެ ގޮތުން 91 މީހުން މަރުވިއެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ މަދަނީންނެވެ.

އޭނައަކީ މެދު އިރުމަތީގެ ޓެރަރިޒަމްގެ ބައްޕަ ކަމުގައި ދެކެމުތޯ، ފުންނާބުއުސް ނޫސްވެރިޔާ ރަސެލް ވޮރެން ހޯވު (Russel Warren Howe) މަނާޚެމް ބޭގިން ކުރެން ސުވާލުކުރުމުން، ފަޚުރުވެރިކަމާ އެކު، ބޭގިން ޖަވާބުދިނީ ތިރީގައިވާ ގޮތަށެވެ.

[ކީއްހެއްޔެވެ! މުޅި ދުނިޔޭގައިވެސް މެއެވެ.]

އޭގެ 60 އަހަރު ފަހުން، އިސްރާއީލުގެ މުސްތަގުބަލުގެ އެހެން ބޮޑު ވަޒީރަކުކަމުގައިވާ ބެންޖަމިން ނަތަންޔާހޫ، އިސްރާއީލުގެ ސަރުކާރުގެ އެތައް ގިނަ އެހެން މަންދޫބުންނާ އެކު، ޓެރަރިސްޓު ޖަރީމާ ހިންގުނު އެ ސަރަޙައްދުގައި 22 ޖުލައި 2006ގައި ފިލައެއް ތަޚުޞީޞްކުރިއެވެ. އެ ފިލާގައި ލިޔެފައިވާ ގޮތުގައި އެ ބޮމުގެ ޙަމަލާދިން މީހުންނަކީ އިސްރާއީލުގެ ދައުލަތުން އެ މީހުންގެ އަގު ވަޒަންކުރާންޖެހޭ، އިސްރާއީލުގެ މިނިވަންކަމަށް ޓަކައި ހަނގުރާމަކުރި މީހުންނެވެ.

ކިންގް ޑޭވިޑު ހޮޓަލަށް ދެވުނު އެ ޙަމަލާއަށް އޭގެ ޙަޤީޤީ ނަޒަރުން ބަލައިލުމަށް ޓަކައި، އެއީ ދުވަހަކު ވެސް ދެވުނު އެންމެ ބޮޑު ޓެރަރިސްޓު ވަކި ޙަމަލާއިން އެންމެ ގިނަ އަދަދަކަށް މީހުން އެހައި ތަނަށް މަރުވި ޙާދިސާކަން ފާހަގަކޮށްލާންޖެހެއެވެ. އެ ޙަމަލާއަށް ވުރެ ބޮޑު ޙަމަލާއެއް ދެން ދެވުނީ އޭގެ ގާތްގަނޑަކަށް ސާޅީސް އަހަރު ފަހުން، 1982ގައި ބޭރޫތުގައި އެމެރިކާގެ ސިފައިން ދިއިރުޅޭ މަރުކަޒަށް ދެވުނު ބޮމުގެ ޙަމަލާއެވެ.

ބޭންކު އޮފު އިންގްލެންޑު މި އަހަރު ނެޝަނަލައިޒްކުރެވުނެވެ. މީގެ މާނައަކީ، ބޭންކު އޮފު އިންގްލެންޑުގެ ހުރިހައި ޙިއްސާއެއް ސަރުކާރަށް ނެގި ވާހަކައެވެ. މިހެންކަމުން، އެ ބޭންކުގެ ޙިއްސާތައް މިހާރު މިލްކުވެގެންވަނީ އިންގިރޭސި ދައުލަތުގެ މާލިއްޔަތަށެވެ. އެ ޙިއްސާތައް އަމާނަތުން ބަލަހައްޓާނީ އިނގިރޭސިވިލާތުގެ ޓުރެޒަރީ ސޮލިސިޓަރގެ މަޤާމް ފުރާ މީހާއެވެ.

މިހެންކަމުން، ބޭންކު އޮފު އިންގްލެންޑަކީ މިހާރު ދައުލަތުގެ މިލްކެއްކަމުގައިވީ ނަމަވެސް، ކަމުގެ ޙަޤީޤަތަކީ، އަދިވެސް އިނގިރޭސިވިލާތުގެ މަނީ ސަޕުލައި މުޅިންހެން ވަނީ އަމިއްލަ މީހުންގެ އަތްމަތީގައިކަމެވެ. އޭގެ 97 އިންސައްތަ ވަނީ އަމިއްލަ ވިޔަފާރި ބޭންކުތަކުން އުފައްދައިފައިވާ، ކޮންމެވެސް އެއް ވައްތަރެއްގެ އިންޓަރެސްޓު ދައްކާންޖެހޭ ލޯނުގެ ގޮތުގައެވެ.

މި ކަމުގެ ނަތީޖާއެއްގެ ގޮތުން، ބޭންކު އޮފު އިންގްލެންޑު އަދި ވެސް ބޮޑު މިންވަރަކަށް ކޮންޓުރޯލުކޮށް ހިންގަމުންދަނީ ވިޔަފާރި ބޭންކުތަކުގެ މީހުންނާއި، ކޮންވެންޝަނަލް އިގުތިސާދުގެ ފިކުރުގެ މީހުންނެވެ. ބޭންކުގެ ސިޔާސަތު ކަނޑައަޅައި، ބޭންކުގެ މަސައްކަތްތައް ބެލެހެއްޓުމަށް ޤާއިމްކުރެވިފައިވާ [ކޯޓު އޮފު ޑިރެކުޓަރޒް]އަށް މެންބަރުން ނެގިފައިވަނީ މުޅިންހެން ބޭންކުތަކާއި، އިންޝޫރެންސް ކުންފުނިތަކާއި، އިކޮނޮމިސްޓުންނާއި، ބޮޑެތި ވިޔަފާރި ގެތަކުންނެވެ. އޮޅުމެއް ނެތި އެނގޭނޭ ފަދައިން، ރޮތުސްޗައިލްޑު ޢާއިލާގެ މީހަކު ވެސް ބޭންކުގެ ބޯރޑުގައި ހިމެނެއެވެ.

1947ގައި ޔަހޫދީންގެ ޓެރަރިސްޓު ޙަރަކާތްތަކުން ފަލަސްޠީނު ރައްޔިތުންނާއި، އަދި އިނގިރޭސި ސިފައިން ވެސް ޙިމާޔަތްކުރުމަށްޓަކައި ޔަހޫދީން އިތުރަށް ފަލަސްޠީނަށް ހިޖުރަކުރުމެއް ދެން ނޯންނާނެކަމަށް ބުނެ އިޢުލާނުކުރި އިނގިރޭސިން، ފަލަސްޠީނުގެ ކޮންޓުރޯލު މި އަހަރު އ.ދ.އަށް ބަދަލުކުރިއެވެ. ޔަހޫދީންނަށާއި އަރަބީންނަށް ދެބައި ލިބޭ ގޮތަށް ފަލަސްޠީނު ދެބައިކުރުމަށް އ.ދ.އިން މިއަހަރު ޤަރާރެއް ފާސްކުރިއެވެ. އެއީ، ހުރިހައި ދީންތަކެއްގެ މީހުންނަށް ވެސް ބޭނުންކުރެވޭ، ބައިނަލްއަގުވާމީ ސަރަޙައްދެއްގެ ގޮތުގައި ޤުދުސް ބާއްވައިފައެވެ.

ބެލެނިވެރިކަން ބަދަލުކުރުމުގެ މި ޙަރަކާތް ހިންގުމަށް ތާވަލުކުރެވިފައިވާ ތާރީޚަކީ 15 މެއި 1948ގައެވެ. ނަމަވެސް، އ.ދ. ކޮންޓުރޯލުކުރަނީ ކޮން ފަރާތަކުންތޯ ބަލައިލުމަށް ޓަކައި، އަރަބީންގެ ބިމެއް އެހެން ބަޔަކަށް ދިނުމުގެ ޙައްޤެއް އ.ދ.އަކަށް ނޯންނާނެކަން ދެނެވަޑައިގެން ތިއްބަވާށެވެ. އެ ޒަމާނުގައި ފަލަސްޠީނުގެ ބިމުން ޔަހޫދީންނަށް މިލްކުވެގެންވަނީ އެންމެ 06 އިންސައްތަކަމުގައި ވީނަމަވެސް، އަދި އަރަބީންގެ މިލްކުގައި 94 އިންސައްތަ އޭރު އޮތްކަމުގައި ވީނަމަވެސް، ޤަރާރު 181އިން ފަލަސްޠީނުގެ ބިމުގެ 57 އިންސައްތަ ޔަހޫދީންނަށް ދިނެވެ. އަދި އަރަބިންނަށް ލިބުނީ ބާކީ 43 އިންސައްތައެވެ.

އެންޓަރި ޑިފެމޭޝަން ލީގް (އޭ.ޑީ.އެލް.) އިން އެމެރިކާގެ ރައްޔިތުންގެ މައްޗަށް ހިންގާ ޖާސޫސީ ޙަރަކާތްތަކުން އެ ޖަމާއަތުން އެއްކޮށްފައިވާ މަޢުލޫމާތު، ހައުސް އޮފު ރެޕުރެޒެންޓެޓިވުސް ގެ "އެމެރިކާ ވަންތަ ނޫން ޙަރަކާތްތަކާބެހޭ ސެލެކުޓު ކޮމެޓީ" އިން ބޭނުންކުރެއެވެ. ޝައްކުކުރެވޭ ކޮމިއުނިސްޓުންނާ ބެހޭގޮތުން އެ ޖަމާއަތުން އެކުލަވާލާފައިވާ ރިޕޯޓުތަކާ މެދު އެ ކޮމެޓީގެ، ސަބްކޮމެޓީގެ މުޤައްރިރު ކަމުގައިވާ ކުލެއަރ ހޮފުމަން (Clare Hoffman) ދެކެނީ އެއީ ތޯތޯ ވާހަކަތަކެއް ކަމުގައެވެ. އަދި އޭނާ އެފަދަ ރިޕޯޓުތައް އިންކާރުކުރެއެވެ.

އަސްކެނާޒީ ޔަހޫދީއެއް ކަމުގައިވާ އަލްބަރޓު އައިންސްޓައިން، ހުޅުވާލެވިފައިވާ ސިޓީއެއް އޮކުޓޫބަރު މަހުގައި އ.ދ. އަށް ލިޔުނެވެ. އ.ދ. އިސްވެއޮވެގެން ހިންގާނެ އެއް-ދުނިޔޭގެ ސަރުކާރެއް އެކުލަވާލުމަށްޓަކައި ހުރިހައި ޤައުމީ ސަރުކާރުތަކެއް ނައްތާލުމަށް އެ ސިޓީގައި އޭނާ ބާރު އަޅާފައިވެއެވެ.

21 ޖުލައިގައި ރައީސް ހެރީ އެސް. ޓުރޫމަން އޭނާގެ ޑައިރީގައި ލިޔުނެވެ.

[ނިސްބަތާ ބެހޭ އެއްވެސް އެނގުމެއް ޔަހޫދީންގެ ކިބައަކު ނުވެއެވެ. އަދި ދުނިޔޭގެ މައްސަލަތަކާ ބެހޭ އެއްވެސް ވިސްނުމެއް ވެސް އެމީހުންގެ ކިބައަކު ނުވެއެވެ. އަހުރެންނަށް ފެންނަ ގޮތުގައި ޔަހޫދީންނަކީ ވަރަށް، ވަރަށް އަމިއްލަ އެދުން ބޮޑު ބަޔެކެވެ. ގެދޮރުން މަޙުރޫމުވެފައިވާ އަސީރުންގެ ގޮތުގައި ކިތަންމެ ބަޔަކު ތިއްބަސް، އަދި އެ މީހުން މަރައި، އެ މީހުންނާ މެދު ކިތަންމެ އިހާނެތިކޮށް ކަންތައް ކުރެވުނުކަމުގައިވިއަސް، ޔަހޫދީންނަށް ޚާއްޞަ އިމްތިޔާޒުތައް ލިބޭހާ ހިނދަކު، އެމީހުންނަކަށް އެއްވެސް ފަރުވާލެއްނެތެވެ. ނަމަވެސް އެމީހުންނަށް ބާރު ލިބިއްޖެނަމަ، އަނިޔާ ކުރުމުގައި ހިޓުލަރުވެސް، އަދި ސްޓާލިންވެސް ޔަހޫދީންނާ އަޅައިކިޔޭ ވަރެއް ނުވާނެއެވެ.

1948 ގައި އެމެރިކާގެ ރައީސް ހެރީ އެސް. ޓުރޫމަން އަށް މިއަހަރުގެ ރަބީޢު މޫސުމުގައި ރޮތުސްޗައިލްޑު ޢާއިލާ މީހުން ރިޝްވަތު ދިނެވެ. އެ ރިޝްވަތުގެ އަދަދަކީ 02 މިލިއަން އެމެރިކާ ޑޮލަރެވެ. އެ ރިޝްވަތު އެމީހުން ދިނީ ރައީސް ޓުރޫމަންގެ ކެމްޕޭން ރޭލުގައި ދަތުރު ކުރައްވަމުން ދަނިކޮށެވެ. އެ ރިޝްވަތުގެ މަގުޞަދަކީ މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި އެމެރިކާއިން އިސްރާއީލް ޤަބޫލު ކުރުވުމެވެ. އެކަން އެމެރިކާއިން ކުރީ އިސްރާއިލް އުފެދުނުތާ އެގާރަ މިނެޓުންނެވެ.

އިސްރާއީލުގެ ދައުލަތުގެ ދިދަ ހާމަ ކުރެވުނެވެ. ދިދައިގައިވާ ނިޝާނަކީ ރޮތުސްޗައިލްޑު ޢާއިލާގެ ރަތް ހަފިޔަ ތަރީގެ ނިޝާނުގެ ނޫކުލައެކެވެ. އެ ނިޝާނުގެ މައްޗާއި ތިރީ ކައިރީގައި ނޫ ކުލައިގެ ރޮނގެއްވެއެވެ. އެ ދެ ރޮނގު ރަމްޒުކޮށްދެނީ ނީލަ ކޯރާއި ފުރާތު ކޯރެވެ. އެ ރޮނގުތައް ނިޝާނަށް ލެވިފައިވަނީ ޔަހޫދީ ދައުލަތުގެ ސަރަޙައްދީ އެދުންތައް ވަރަށް ސާފުކޮށް ހާމަ ކޮށްދިނުމަށެވެ. އެއީ ބައިބަލުގައި ވާފަދަ ސަރަޙައްދީ ރޮނގުތަކެއް ލިބިފައިވާ އިސްރާއީލެއް ދެއްކުމެވެ. ސާފުކޮށް އެނގޭ ގޮތުގައި މީގެ މާނައަކީ، ޢިރާޤު، ސޫރިއާ، ޢުރުދުން، ލުބްނާން އަދި ސަޢޫދީ އަރަބިއްޔާގެ ބައިތަކެއް ހިމެނޭ އިސްރާއީލެކެވެ.

ރޮތުސްޗައިލްޑު ޢާއިލާގެ ހަފިޔަ ތަރީގެ ޙަޤީޤަތް ވަނީ ވަންހަނާ ކުރެވިފައެވެ. ރޮތުސްޗައިލްޑު ޢާއިލާއިން ކޮންޓުރޯލްކުރާ މީޑިއާގައި މި ނިޝާނަށް ނިސްބަތް ކުރެވެނީ "ދާވޫދުގެފާނުގެ ތަރީގެ" ގޮތުގައެވެ. ނަމަވެސް ސިހުރުވެރިކަމާ (އެސޯޓެރިކު) ގުޅޭ ނިޝާންތަކާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ކޮންމެ މީހަކަށްވެސް އެނގޭނޭ ފަދައިން، އެވޭލާ ސިއްރު/ޚާއްޞަ ދީންތަކުގައި މި ނިޝާން ބޭނުން ކުރެވިފައިވަނީ "މޮލެކު" (Molech) އާއި "އަސްޓަރޮތު" (Astaroth) ގެ ރަމްޒެއްގެ ގޮތުގައެވެ. މޮލެކު ބަޔާން ކުރެވިފައިވަނީ ނުރުހުންތެރި ޤުރުބާނީގެ ފުރޭތަ ކަމުގައެވެ. ހަމައެހެންމެ، އެއީ އެމެރިކާގެ "ބޮހީމިއަން ގްރޯވު" (ބޮހީމިއަން ކުލަބު) ގައި އެލީޓުން އަޅުކަންކުރާ ހިލަ ބަކަމޫނުގެ (ސްޓޯން އަވުލް) ނަންވެސް މެއެވެ. އަސްޓުރޮތު ބަޔާން ކުރެވިފައިވަނީ ނަރަކައިގެ އެންމެމަތީ ޚަޒާންދާރުގެ ގޮތުގައެވެ. އެ ނިޝާނަށް ހަ ރޮނގު ލިބިފައިވުމާއި، ތިނެސްކަން ހަ ސޫރަ ލިބިފައިވުމާއި، އަދި ހަ ތުނޑު ލިބިފައިވުމުން، ޢާންމު ގޮތެއްގައި އެ ނިޝާން ބެލެވިފައިވަނީ ޝައިޠާނާގެ ނިޝާނެއްގެ ގޮތުގައެވެ.

މިހެންކަމުން، ކުރުކޮށްލުމުގެ ގޮތުން ދަންނަވަންޖެހެނީ، އިސްރާއީލުގެ ދިދައިގައިވާ ހަފިޔަ ތަރި ތަމްސީލުކޮށްދެނީ 666 ޙައިވާނުގެ ނަންބަރު ކަމުގައެވެ. މި ނަންބަރަކީ ޝައިޠާނާގެ އެވޭލާ ރަމްޒު ކުރުމެކެވެ. ޝައިޠާނާއަށް "ސެޓާރން" މިގޮތަށްވެސް ކިޔެއެވެ. އަދި ހަފުތާގައި އަންނަ ޔަހޫދީންގެ ދީނީ ދުވަހަށް ކިޔަނީ "ސެޓާރންސް ޑޭ" މިހެންނެވެ. (ނުނިމޭ)

ކޮމެންޓު