އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
19 އޯގަސްޓް 2026
މުސްލިމުން ވަނީ އެ ސޫރަތް ކިޔަވާން އާދަކޮށްފައެވެ.
ކޮންމެ ދުވަހަކުއެވެ. ކޮންމެ ނަމާދެއްގައެވެ. އަދި ކިއެއްހެއްޔެވެ؟ ކޮންމެ ރަކުޢަތެއްގައެވެ.
މި ސޫރަތް ނުކިޔަވައި އެ ރަކުޢަތެއް ޞައްހައެއްނުވާނެތެވެ. އެ ނަމާދު ޤަބޫލެއްނުކުރައްވާނެތެވެ.
އެއީ ނަމާދުގެ ރުކުންތަކުގެ ތެރެއިން އެންމެ ވަރުގަދަ ރުކުނެވެ.
މާތްﷲ އެ ފަދަ ސޫރަތެއް ތައުރާތުގައި ވެސް އިންޖީލުގައި ވެސް އަދި ޒަބޫރުގައި ވެސް ބާވައިލައްވައިފައެއްނުވެތެވެ.
"الفاتحة"ގެ ނިޢުމަތަށް ޓަކައި އިބަރަސްކަލާނގެއަށް ޙައްޤުވެގެންވާ މިންވަރަށް ޙަމްދުކޮށް އިބަރަސްކަލާނގެއަށް ސަނާދަންނަވަމެވެ.
އެއީ ކީރިތި ޤުރްއާނުން އެއްކޮށް (މުޅީން އެއް ފަހަރާ) ބާވައިލެއްވި ފުރަތަމަ ސޫރަތެވެ. އެއީ ކީރިތި ޤުރްއާނުގެ އެންމެ މާތް ސޫރަތެވެ.
އެއީ أمُّ الكتاب އެވެ. އެއީ أمُّ القرآنއެވެ. އެއީ السَّبع المثانيއެވެ. އެއީ الوافيةއެވެ. އެއީ الكافيةއެވެ.
މުޞްޙަފު ފެށޭ ސޫރަތަކަށް މި ސޫރަތް އޮތްއޮތުމުން މި ސޫރަތުގެ މަތިވެރިކަމާއި މާތްކަން އެނގެއެވެ.
މި ސޫރަތަކީ ހުރިހައި ނަޒަރަކުން ބެލިޔަސް އެންމެ ފުރަތަމަ ސޫރަތެވެ. ތަރުތީބުގެ ގޮތުން ފުރަތަމަ ސޫރަތެވެ. މާތްކަމުގެ ގޮތުން އެއްވަނަ ސޫރަތެވެ.
އެއީ އައްލައުޙުލްމަޙްފޫޡުން ބާވައިލެއްވުނު ފުރަތަމަ ސޫރަތެވެ. އެއީ މި ލައުޙުގައި ލިޔެވުނު ފުރަތަމަ ސޫރަތެވެ.
އެއީ މާތްﷲ އަށް ތާރީފާއި ސަނާދެންނެވުމުގެ ޝަރަފު ލިބުނު ފުރަތަމަ ސޫރަތެވެ.
އެއީ ކީރިތި ޤުރްއާނުގެ ހުރިހައި މާނަތަކަކާއި މަގުސަދުތަކެއް ހިމެނޭ ހަމައެކަނި ސޫރަތެވެ.
އެއީ އެ ސޫރަތުގެ ނާރެސް ދީނުގެ އުޞޫލުތަކާއި ގޮފިތަކުގެ ވަށައިގެން ދައުރުކުރާ ސޫރަތެވެ.
އެއީ ނަމާދުގައި ޤުރްއާން ކިޔެވުން ހުޅުވައިދޭ ސޫރަތެވެ.
އެއީ ނަމާދުން ބޭރުގައި ދީނުގެ ވާހަކަތައް ޚުލާޞާކޮށް ކިޔައިދޭ ސޫރަތެވެ.
އެއީ ނަމާދުގެ މިޙުރާބުގައި ތިބާއަށް ނޫރުގެ ގައުސުތައް ހުޅުވައިދޭ ސޫރަތެވެ.
އެއީ ތިބާ އެ ސޫރަތެއްގެ އާޔަތްތަކުން ތިބާގެ ވެރިރަސްކަލާނގެއަށް މުނާޖާ ދަންނަވާ، އަދި ތިބާ އެ ސޫރަތަކުން އެކަލާނގެއާ މުޚާޠަބުކުރާ ސޫރަތެވެ.
އެއީ ތިބާ އެކަލާނގެ އިލާހުވަންތަކަން މާތްކޮށް އެކަލާނގެ ރުބޫބިއްޔަތު މަތިވެރިކޮށް އެކަލާނގެ ރަޙުމަތްވަންތަކަމަށް ސަނާދަންނަވާ ސޫރަތެވެ.
އެއީ އަހުރެމެންނަށް ހިނގާންވީ މަގު ހުޅުވައިދޭ، ހެޔޮކަމުގެ ތަޅުދަނޑި އަތަށް ލައިދޭ ސޫރަތެވެ.
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ (1) الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (2) الرَّحْمَنِ الرَّحِيمِ (3) مَالِكِ يَوْمِ الدِّينِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (5) اهْدِنَا الصِّرَاطَ الْمُسْتَقِيمَ (6) صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (7) – މާނައީ : رحمن ވަންތަ رحيم ވަންތަ اللَّه ގެ اسم ފުޅުން ފަށައިގަންނަމެވެ. (1) حمد ހުރީ، عالم ތަކުގެ ވެރި اللَّه އަށެވެ(2). (އެކަލާނގެއީ) رحمن ވަންތަ رحيم ވަންތަ ރަސްކަލާނގެއެވެ. (3) قيامة ދުވަހުގެ ވެރި ރަސްކަލާނގެއެވެ. (4) އަޅަމެން އަޅުކަންކުރަނީ، އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، އިބަރަސްކަލާނގެ حضرة ންނެވެ. (5) އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ! (6) (އެއީ) އެއުރެންނަށް އިބަރަސްކަލާނގެ نعمة ދެއްވި މީހުންގެ މަގެވެ. އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ (7)
7 އާޔަތެވެ. 29 ކަލިމައެވެ. 143 އަކުރެވެ.
ހިނގައިގަތުމުގެ ކުރިން ރަނގަޅަށް ބަލައި ކަށަވަރުކުރާށެވެ!
فاتحة الكتابގައި ﷲގެ ރިވެތި އިސްމުފުޅުތަކުން ތިން އިސްމުފުޅެއް އައިސްފައިވެއެވެ.
މި އިސްމުފުޅުތައް މި ސޫރަތުގައި މި އަންނަ ގޮތަށް 6 ފަހަރު ތަކުރާރުވެފައިވެއެވެ.
اللَّهِ - الرَّحْمَنِ – الرَّحِيمِ – لِلَّهِ - الرَّحْمَنِ – الرَّحِيمِ
މި ހަ އިސްމުފުޅުގެ އަކުރުތަކުގެ ޖުމްލައަކީ 31 އަކުރެވެ.
މި ހަ އިސްމުފުޅުގެ އަކުރުތަކުގައިވާ ނުކުތާތަކުގެ އަދަދަކީ 6 އެވެ.
މި ހަ އިސްމުފުޅުގައި ތަޝްދީދު ޖެހިގެންވާ އަކުރުތަކުގެ އަދަދަކީ 6 އެވެ.
فاتحة الكتاب ގައި އުބުފިލި ޖެހިގެންވާ ޙާލަތުގައިވާ އަކުރުތަކުގެ އަދަދަކީ 6 އެވެ.
ހިނގައިގަތުމުގެ ކުރިން މި ޙަޤީޤަތްތައް ކަށަވަރުކުރާށެވެ.
ﷲ ތަޢާލާގެ އިސްމުފުޅުތައް فاتحة الكتاب ގައި އިޙްތިފާލު ކުރަމުންދާ ގޮތަށް ބަލައިލަމާ ހިނގާށެވެ!
މި ހަ ނަންފުޅުގެ އަކުރުތަކުގެ ޖުމްލައަކީ 31 އެވެ.
الفاتحة ސޫރަތުގެ އަކުރުތަކުގެ ނިޒާމުގެ ފުރިހަމަކަމަށް ބަލައިލަމާ ހިނގާށެވެ!
ފުރަތަމަ ކަލިމަ
ކޮންމެ އާޔަތެއްގެ ފުރަތަމަ ކަލިމައަށް ބަލަމާ ހިނގާށެވެ.
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ (1) الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (2) الرَّحْمَنِ الرَّحِيمِ (3) مَالِكِ يَوْمِ الدِّينِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (5) اِهْدِنَا الصِّرَاطَ الْمُسْتَقِيمَ (6) صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (7)
މި ކަލިމަތަކަކީ :-
بِسْمِ - الْحَمْدُ - الرَّحْمَنِ - مَالِكِ - إِيَّاكَ - اِهْدِنَا - صِرَاطَ
މި ކަލިމަތަކުގެ އަކުރުތަކުގެ ޖުމްލައަކީ 31އެވެ.
ދެވަނަ ކަލިމަ
ކޮންމެ އާޔަތެއްގެ ދެވަނަ ކަލިމައަށް ބަލަމާ ހިނގާށެވެ.
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ (1) الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (2) الرَّحْمَنِ الرَّحِيمِ (3) مَالِكِ يَوْمِ الدِّينِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (5) اِهْدِنَا الصِّرَاطَ الْمُسْتَقِيمَ (6) صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (7)
މި ކަލިމަތަކަކީ
اللَّهِ - لِلَّهِ - الرَّحِيمِ - يَوْمِ - نَعْبُدُ - الصِّرَاطَ - الَّذِينَ
މި ކަލިމަތަކުގެ އަކުރުތަކުގެ ޖުމްލައަކީ 31އެވެ.
ތިންވަނަ ކަލިމަ
ކޮންމެ އާޔަތެއްގެ ތިންވަނަ ކަލިމައަށް ބަލާށެވެ.
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ (1) الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (2) الرَّحْمَنِ الرَّحِيمِ (3) مَالِكِ يَوْمِ الدِّينِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (5) اِهْدِنَا الصِّرَاطَ الْمُسْتَقِيمَ (6) صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (7)
މި ކަލިމަތަކަކީ
الرَّحْمَنِ - رَبِّ - 0 - الدِّينِ - وَإِيَّاكَ - الْمُسْتَقِيمَ - أَنْعَمْتَ
މި ކަލިމަތަކުގެ އަކުރުތަކުގެ ޖުމްލައަކީ 31އެވެ.
މި ސޫރަތުގެ 3ވަނަ އާޔަތުގައި ތިންވަނަ ކަލިމައެއް ނެތެވެ. އެކަމަކު ވެސް ހަ ކަލިމައިގެ އަކުރުތަކުގެ ޖުމްލައަކީ ހަމަ 31އެވެ.
މިއީ ސުމޭކު ޙަޤީޤަތްތަކެކެވެ. އިތުރަށް ޖަދަލުކުރާނެ ޖާގައެއްނެތެވެ.
ކުރިއަށް ދަމާ!
މި ތިން ގުރޫޕުގެ ކަލިމަތަކަށް ބަލަމާ ހިނގާށެވެ!
الفاتحة ސޫރަތުގެ އާޔަތްތަކުގެ ފުރަތަމަ ކަލިމަތަކަކީ
بِسْمِ - الْحَمْدُ - الرَّحْمَنِ - مَالِكِ - إِيَّاكَ - اِهْدِنَا – صِرَاطَ
الفاتحة ސޫރަތުގެ އާޔަތްތަކުގެ ދެވަނަ ކަލިމަތަކަކީ
اللَّهِ - لِلَّهِ - الرَّحِيمِ - يَوْمِ - نَعْبُدُ - الصِّرَاطَ – الَّذِينَ
الفاتحة ސޫރަތުގެ އާޔަތްތަކުގެ ތިންވަނަ ކަލިމަތަކަކީ
الرَّحْمَنِ - رَبِّ - 0 - الدِّينِ - وَإِيَّاكَ - الْمُسْتَقِيمَ - أَنْعَمْتَ
މިއިން ކޮންމެ ގުރޫޕެއްގެ އަކުރުތަކުގެ ޖުމްލައަކީ 31 އެވެ.
(ނުނިމޭ)