އަބާ މުޙަންމަދު
17 އޯގަސްޓް 2026
އިސްރާއީލުން ދިން ހަމަލާއެއްގައި ވޭތުވެ ދިޔަ ހޮނިހިރު ދުވަހު އަވަހާރަކޮށްލެވުނު އަލީ އަލްޙައްޖު ޙަސަނާއި އޭނާގެ އަންހެނުން އަދި ހަތަރު ކުދިންގެ ޖަނާޒާ (ފޮޓޯ: އޭޕީ)
އިސްރާއީލުގެ ޗެނަލް 12އިން މަޢުލޫމާތުދޭ ގޮތުގައި އިސްރާއީލު ސިފައިން ދަނީ ލުބުނާނުގެ ދެކުނަށް ދެމުންދާ އަސްކަރީ އޮޕަރޭޝަންތަކާއި ހަމަލާތަކާ އެކު، ލުބުނާނުގައި ނުރައްކާ ބޮޑުވެދާނެކަމަށް އެތައް މަހެއް ވަންދެން ހަނގުރާމަކުރާން ތައްޔާރުވަމުންނެވެ.
އެ ޗެނަލުން ނަން ހާމަނުކުރާ އަސްކަރީ މަސްދަރުތަކަކާ ހަވާލާދީ އިއްޔެ (އާދީއްތަ ދުވަހު) ބުނީ، ހިޒްބުاللهގެ އަސާސީ ވަސީލަތްތަކަށް އަމާޒުކޮށް [ލުބުނާނުގައި އެތައް މަހަކަށް ހަނގުރާމަކުރުމުގެ ފުރުސަތަށް] ސިފައިން ތައްޔާރުވަމުންދާކަމަށެވެ.
އަދި އިސްރާއީލުން އެ ވަސީލަތްތައް މުޅިން ހަލާކުކޮށްލުމަށް ބާރުއަޅަމުންދާކަމަށާއި، ލުބުނާނުގެ ދެކުނުގައިވާ އަލީ އައްޠާހިރު އުސްބިންތަކުގެ ސަރަހައްދުގައި ހިޒްބުاللهގެ ދިހައަށް ވުރެ ގިނަ މެންބަރުން ބިމުގެ އަޑީގައި ތިބީ ބަންދުވެފައިކަމަށް ވެސް އެ މީޑިއާއިން ދައުވާކުރެއެވެ.
އަދި އިސްރާއީލު ސިފައިން ވަނީ ބަންދުވެފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިޒްބުاللهއިން ކުރި މަސައްކަތްތައް ނާކާމިޔާބުކޮށްލާފައިކަމަށް ބުނެފައިވެއެވެ. ނަމަވެސް ނާކާމިޔާބު ކޮށްލި ގޮތުގެ ތަފުސީލެއް ނުދެއެވެ.
އެމެރިކާ މެދުވެރިވެގެން ލުބުނާނުގެ ސަރުކާރާ އެކު ކުރިއަށްދާ މަޝްވަރާތަކަށް ހުރަސްއެޅިދާނެތީ، ފާއިތުވި ދުވަސްތަކުގައި ތައްލު އަބީބުން އަމަލުކުރީ [ކެތްތެރިކަމާއެކު]ކަމަށް އެ ޗެނަލުން ދައުވާކުރެއެވެ.
އަދި [މަޝްވަރާތަކުގެ މިސްރާބަށް އަސަރުކޮށްފާނެތީ، ހިޒްބުاللهގެ ހަރަކާތްތަކަށް ރައްދުދިނުމަށް ސިފައިން ހުށަހެޅި ބައެއް އޮޕަރޭޝަންތަކަށް އިސްރާއީލުގެ ސިޔާސީ ވެރިން (ފާއިތުވި ދުވަސްތަކުގައި) ހުއްދަދީފައެއް ނުވެއެވެ.]
(ޙަވާލާ: https://www.aljazeera.net/news/)