ad_banner
ޝައިޠާނީ ކަނީސާ (21)

އަޙުމަދު ފަޔާޒު ޙަސަން

11 އޯގަސްޓް 2026

(2026 ޖުލައި 27ގައި ޝާއިޢުކުރެވުނު އަދަދާ ގުޅޭ)

ޖަރުމަނުވިލާތުގެ ވެރިކަމަށް އޭނާ އައީއްސުރެ ފެށިގެން ވެސް، އިގުތިސާދީ ގޮތުން ޤައުމު ރަނގަޅު މަގަށް އަނބުރައިލުމުގައި ހިޓުލަރު ވަނީ ވަރަށް އާދަޔާޚިލާފު ކުރިއެރުންތަކެއް ހާސިލުކޮށްފައެވެ. އޭނާ މި ކަން ހާސިލުކުރި ގޮތަކީ، ފުރަތަމައިން ބައިނަލްއަގުވާމީ ޔަހޫދީ ބޭންކަރުންނާ އެއްކޮށް ގުޅުން ކަނޑައިލީއެވެ. އެއަށް ފަހު އޭނާ ކުރި ކަމަކީ، ޖަރުމަނުވިލާތުގައި އުފައްދާ މުދަލުގެ ތެރެއިން އެ ޤައުމުގެ ބޭނުމަށް ބޭނުންކޮށްފައި އިތުރަށް ހުންނަ މުދާ، އެހެން ޤައުމެއްގައި އިތުރުވެފައި ހުންނަ ޖަރުމަނުވިލާތަށް ބޭނުންވާ މުދަލާ، އެއްވެސް ފައިސާގެ މުޢާމަލާތެއް ނުހިންގާ، މުދަލަށް މުދާ ބަދަލުކުރާ އުޞޫލުން (ބާރޓަރ ސިސްޓަމުން) ބަދަލުކުރުމެވެ. މި ގޮތުން ދެ ފަރާތުންކުރެ އެއްވެސް ފަރާތެއްގައި އެއްވެސް ދަރަންޏެއް ނޯންނަ ގޮތަށް މުދާ ބަދަލުކުރެވުނެވެ.

އޭނާގެ ކުރީން އެބްރަހަމް ލިންކަން ކަންތައް ކުރެއްވި ފަދައިން، ސަރުކާރަށް އެ ހިނދަކަށް ބޭނުންވާ ފައިސާ އޭނާ ދޫކުރީ ހަމައެކަނި ސަރުކާރުގެ އަމުރަށެވެ. އެއީ ޖަރުމަނު ރައްޔިތުންގެ މަސައްކަތްތެރީންގެ އުފެއްދުންތެރިކަމުގެ މައްޗަށް ބަރޯސާވާ ގޮތުގައެވެ. އޭނާ ދޫކުރާ ފައިސާ ބަރޯސާ ވެފައިވަނީކީ ޔަހޫދީ ބައިނަލްއަގުވާމީ ބޭންކަރުންގެ ހުސް ވަޢުދުތަކުގެ މައްޗަކަށް ނޫނެވެ. ޔަހޫދީންނަކީ ދަރަނި ނެތް ޤައުމެއްގައި އެއް ގޮތަކަށް ވެސް ޙަރަކާތްތެރި ވެވޭނެ ބަޔެއްނޫނެވެ.

ހިޓުލަރުގެ މި ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން، ޖަރުމަނުވިލާތަކީ މުޅި ޔޫރަޕުގައި ވެސް އޮތް އެންމެ ބާރުގަދަ އަދި އެންމެ ފާގަތި ދައުލަތްކަމުގައި އެންމެ ހަތް އަހަރުގެ ތެރޭގައި ވިއެވެ.

1978ގައި ޝާއިޢުކުރެވުނު "ވިޗް ވޭ ދަ ވެސްޓަރން މޭން" (ހުޅަނގުގެ މީހާ ކޮން މިސްރާބަކަށް)، މި ފޮތުގައި ވިލިއަމް ގޭލޭ ސިމްޕުސަން (William Gayley Simpson) ބަޔާންކޮށްފައި ވެއެވެ.

"އޭގެ ކުރީން މުޅިން ފަނާވުމާ ކުރިމަތިވެފައި ތިބި ޖަރުމަނުވިލާތުގެ ކުދި ދަނޑުވެރީންނަށް، އެ ޤައުމުގެ ރައްޔިތުންނަށް ކާނާ ހޯދައިދިނުމުގެ މަޞްދަރުގެ ގޮތުގައި ވަނީ ވަރަށް އިޙްތިރާމް ލިބިފައިވާ ދަރަޖައެއް ދެވިފައެވެ. އެ މީހުންގެ ބިންތައް ޔަހޫދީންގެ ސޫދުކާ ވިޔަފާރިވެރީންގެ މުށުތެރެއިން ވީއްލައި، އެ ފަދަ ބިންތައް އެއް ޢާއިލާއެއްގެ ތެރޭގައި، އެއް ޖީލުން އަނެއް ޖީލަށް ވާރުތަވާ ގޮތުގައި ދާއިމީ ގޮތެއްގައި ދެމިއޮންނާނެކަން ކަށަވަރުކުރެވޭނެ ފަދަ ފިޔަވަޅުތައް އެޅުނެވެ. އެއީ، ބައްޕަގެ އަތުން ދަރިފުޅަށް ވާރުތަވާނޭ ގޮތުގައެވެ. މި ކަން މި ގޮތަށް ކުރިއަށްދިއުމަށް ހުއްދަކޮށްގެން ތިބުމަކީ ޔަހޫދީންނަށް ކުރެވޭނެ ކަމެއްނޫނެވެ. ސަބަބަކީ، ދަރަނީގެ މައްޗަށް ބިނާވެފައިވާ އެ މީހުންގެ މާލީ ނިޒާމް މި ކަމުގެ ސަބަބުން އެއްކޮށް ހަލާކުވެގެން ދާނެތީއެވެ. މިހެންކަމުން ދެވަނަ ބޮޑު ހަނގުރާމަ ގެނައުމުގެ ކަންތައް މި އަހަރު ތެރޭގައި ވަރަށް ސީރިއަސްކަމާ އެކު ފެށުނެވެ.''

"އޯލްޑުހެމް" އިންތިޚާބީ ދާއިރާގެ ކޮންޒަވޭޓިވު ޕާޓީގެ ޕާރލިއަމެންޓުގެ މެންބަރު އެންތޮނީ ކުރޮސްލީ (Anthony Crossley) 22 މެއިގައި ހައުސް އޮފު ކޮމަންސްގައި ފަލަސްޠީނުގެ އަރަބީންނަށް ޖެހިފައިވާ ނިކަމެތި ޙާލާ މެދުބުންޏެވެ.

"އިނގިރޭސިވިލާތުގެ ބަރުލަމާނުގައި އަރަބި މެންބަރަކު ނުވެއެވެ. މި ޤައުމުގައި އެ މީހުން ތަމްސީލުކުރާ ބަރުލަމާނުގެ މެންބަރުންގެ މައްޗަށް ނުފޫޒުފޯރުވޭނެ ރައްޔިތުންނެއް އިންތިޚާބީ ދާއިރާތަކުގައި ނުވެއެވެ. މި ޤައުމުގެ ނޫސްތަކުގެ މައްޗަށް އަރަބީންގެ އެއްވެސް ކޮންޓުރޯލެއް ނެތެވެ. "ޓައިމްސް"ގައި އަރަބިންނާ އެއްކޮޅަށް ސިޓީއެއް ޖަހައިލުމަކީ ގާތްގަނޑަކަށް މުސްތަޙީލު ކަމެކެވެ.

"އިނގިރޭސިވިލާތުގެ މާލީ މަރުކަޒުގައި ("ދަ ސިޓީ" ގައި) ފައިސާގެ ބޮޑެތި އަދަދުތައް ކޮންޓުރޯލުކުރާ އަރަބީންގެ ވިޔަފާރިގެތަކެއް ނުވެއެވެ. މި ޤައުމުގައި ނޫސްތަކުގެ އިޝްތިހާރުތަކުގެ މައްޗަށް އަރަބީންގެ އެއްވެސް ކޮންޓުރޯލެއް ނެތެވެ.

މަތީގައި ވާގޮތަށް އޭނާ ވާހަކަދެއްކިތާ ތިން މަހަށްވުރެ ވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ޑެންމާކުގެ އައްސޭރީން ބޭރުގައި ހަނގުރާމައިގެ މައިދާނުގައި ޙަރަކާތްތެރިވަނިކޮށް، އޮގަސްޓު 15ގައި އެންތަނީ ކުރޮސްލީ މަރައިލެވުނެވެ. ދެވަނަ ބޮޑު ހަނގުރާމަ ފެށުނުތާ މާ ގިނަ ދުވަހެއް ނުވަނީސް އޭނާ ވަނީ އިނގިރޭސިވިލާތުގެ ހަތިޔާރުއެޅި ލަޝްކަރުތަކާ ގުޅިފައެވެ.

1940ގައި "އިންސައިޑު ދަ ގެސްޓާޕޯ" (ގެސްޓާޕޯގެ އެތެރޭގައި) މި ފޮތުގައި ހާންސްޔުރްގަން ކޮއިލަރ (Hansjurgen Koehler) ހިޓުލަރުގެ މާމަ، މާރިއާ އަނާ ޝިކުލްގުރްބަރ (Maria Anna Schicklgruber) އާމެދު ބުންޏެވެ.

"ނޯކިރީކުރާ ކުޑަ އަންހެން ކުއްޖަކު ވިއެނާއަށް އައިސް، ރޮތުސްޗައިލްޑު ޢާއިލާގެ ހަވޭލީގައި ގެންގުޅޭ ކުއްޖެއްގެ ގޮތުގައި އުޅުނެވެ. ހީވާ ގޮތުގައި، އެނގިފައިނުވާ ހިޓުލަރުގެ ކާފަގެ މަޢުލޫމާތު ހޯދާންޖެހޭނީ މި ހިތްގައިމު ހަވޭލީގެ ތެރެއިންނެވެ."

އޭނާ ލިޔުނު "ދަ މައިންޑު އޮފު ހިޓުލަރ" (ހިޓުލަރުގެ ބުއްދި) މި ފޮތުގައި ވޯލްޓަރ ލޭންޖަރ (Walter Langer) ވެސް ވަނީ މި ވާހަކަ ތަކުރާރު ކުރަމުން ބުންޏެވެ.

"އެޑޮލްފުގެ ބައްޕަ އެލޮއިސް ހިޓުލަރަކީ (Alois Hitler)، މާރިއާ އަނާ ޝިކުލްގުރްބަރގެ ނަހަލާލު ދަރިއެވެ. މާރިއާ އަނާ ޝިކުލްގުރްބަރ ބަނޑުބޮޑުވި އިރު އޭނާ ދިރިއުޅެނީ ވިއެނާގައި، ބެރޮން ރޮތުސްޗައިލްޑުގެ ގޭގައި ނޯކަރެއްގެ ވަޒީފާގައެވެ. އޭނާ ބަނޑުބޮޑުކަން ރޮތުސްޗައިލްޑު ޢާއިލާގެ މީހުންނަށް އެނގުމާ އެކު އޭނާގެ ރަށަށް މާރިއާ އަނާ ޝިކުލްގުރްބަރ އަނބުރައި ފޮނުވާލެވުނެވެ. ހިޓުލަރުގެ ބައްޕަ އެލޮއިސް (Alois) ވިހެއީ އެ މީހުންގެ ރަށުގެ ގޭގައެވެ."

ޖަރުމަނުވިލާތަށް އަމިއްލައަށް އަރުވައިލެވިގެންހުރި އިނގިރޭސި ރައްޔިތެއްކަމުގައިވާ ވިލިއަމް ޖޮއިސް (William Joyce)، ލިޔުނު "ޓުވައިލައިޓު އޯވަރ އިންގްލެންޑު" (އިނގިރޭސިވިލާތުގެ މައްޗަށް އެޅިފައިވާ ރަތްވިލާތައް) މި އަހަރު ޝާއިޢުކުރިއެވެ. ޔަހޫދީންގެ ސުލޫކާ މެދު އޭގައި އޮތެވެ.

"ބޯހަރު މާއްދިއްޔަތުކަމާއި، ބޭރުފުށުން ދީންވެރިކަން ދެއްކުމުގެ ހުނަރުވެރިކަމަކާއި، އެހެން ނަސްލުތަކާމެދު ކުޑައިމީސްކުރުމުގެ ވަރަށް ދަރަޖަ މަތީ ސިފައަކާއި، އެހެން މީހުންގެ ޙައްޤުތަކަށް އެއްވެސް އަޅައިލުމެއް ނެތުމާއި، އެހެން މީހުން ނަކަލުކުރުމުގައި ވަރަށް ކުޅަދާނަވެފައި، އެ ކަން ކުރިއެރުވުމާއި މަތީ ފައިދާތަކާ ގުޅިފައިނުވާ ކޮންމެ ވައްތަރެއްގެ މަސައްކަތާ ނުރުހުންތެރިވުމާއި، ފައިސާ އުފެއްދުމުގެ މަގުގައި ވަރަށް ހީވާގިވުން ފަދަ ކަންކަމުގެ ބަޔެކެވެ.

ޔަހޫދީން ވަޒަންވެރިވެގެން އުޅޭ ކޮންމެ މުޖުތަމަޢެއްގައި ވެސް މި ފާހަގަކުރި ނަތީޖާތައް ފާޅުވުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ.

1941ގައި ބާ ދަގަނޑާއި ތެޔޮ، ޖަޕާނަށް އިތުރަށް ވިއްކުމަށް އިންކާރުކުރުމުގެ ވަޢުދާ އެކު ރައީސް ރޫޒެވެލްޓު، ދެވަނަ ބޮޑު ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވެއްދިއެވެ. ޖަޕާނު އޭރު ވަނީ ޗައިނާއާ އެކު ކުރާ ހަނގުރާމައެއްގެ މެދުތެރޭގައެވެ. އަދި އެމެރިކާއިން ވިއްކާ ބާ ދަގަނޑާއި ތެލާ ނުލައި އެ ހަނގުރާމަ ކުރިއަށް ގެންދިއުމަށް ޖަޕާން ނުކުޅެދޭނެކަން އެމެރިކާ މީހުން ދަނެއެވެ. އަނެއްކޮޅުން، މި އިގުތިސާދީ ބޮއިކޮޓުގެ ސަބަބުން އެމެރިކާއަށް ޢުދުވާނީ ޙަމަލާ ދިނުމަށް ޖަޕާން އުތުރިއަރާނެކަން ވެސް ރޫޒަވެލްޓު ދެނެހުއްޓެވެ. ކަން ހިނގީ ހަމަ އެ މަގަށްމެއެވެ. ޖަޕާނުން ފަހުން ވަނީ ޕާރލް ހާބަރއަށް ބޮން އަޅައި، އެމެރިކާއަށް ޙަމަލާދީފައެވެ.

ޔޫރަޕުގައި ކުރެވެމުންދާ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވެއްދުން އަވަސްކުރުމަށް 1939ގައި ރޫޒެވެލްޓު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ. އޭގެ ބޭނުމަކީ އެމެރިކާއާއި، އަދި މުޅި ދުނިޔޭގައި ވެސް ޔަހޫދީންނަށް ޤަރާރުކަން ހޯދައިދިނުމެވެ. ނަމަވެސް އެ ކަން ނާކާމިޔާބުވުމުން، އެހެން އުކުޅެއް ޚިޔާރުކުރާން ޖެހޭނެކަން ރޫޒެވެލްޓު ދެނެހުށްޓެވެ. ސާފުކޮށް އެނގޭ ފަދައިން، ޕާރލް ހާބަރގައި ހިނގި ކަންތަކަކީ އެއީއެވެ.

1928އިން 1941 އަށް ބޭންކު އޮފު އިނގްލެންޑުގެ ޑިރެކުޓަރުކަންކުރެއްވި ސަރ ޖޯސިއާ ސްޓޭމްޕު (Josiah Stamp)، ބޭންކު ވިޔަފާރިއާ ބެހޭ ގޮތުން ވިދާޅުވިއެވެ.

"މި ޒަމާނުގެ ބޭންކިންގ ވިޔަފާރީގެ ނިޒާމުން، ނެތް އެއްޗަކުން ފައިސާ އުފައްދައެވެ. ބެލެވޭ ގޮތުގައި މި ޙަރަކާތަކީ ދުވަހަކު ވެސް އީޖާދުކުރެވުނު އެންމެ ޙައިރާންކުރުވަނިވި އަތުގެ މަކަރުވެރިކަމެވެ. ބޭންކިންގގެ ވިޔަފާރި މާބަނޑުވީ މަކަރުވެރިކަމުގެ ތެރެއިންނެވެ. އަދި އެ ވިޔަފާރި އުފަންކުރެވުނީ ފާފައިގެ ތެރެއިންނެވެ. ބިން މިލްކުކޮށްފައިވަނީ ބޭންކަރުންނެވެ. ބިން އެ މީހުންގެ ކިބައިން ނިގުޅައިގަނެފައިމެ، އެ މީހުންގެ އަތުގައި ފައިސާ ޗާޕުކުރުމުގެ ބާރު ބާއްވައިފި ނަމަ، ގަލަން އަނބުރައިލާ ފަދަ ބާރުމިނުގައި އެ މީހުން އެބިން އަނބުރާ އަތުލާނެއެވެ.''

1942ގައި އެމެރިކާގެ މުސްތަގުބަލުގެ ރައީސުންކަމުގައިވާ ޖޯރޖު ހާބރޓު ވޯކަރ (George Herbert Walker)، އަދި ޖޯރޖު ޑަބްލިޔު. (George W.)ގެ،  އެ ތަރުތީބުން ބައްޕަ އަދި ކާފަކަމުގައިވާ ޕުރެސްކޮޓު ބުޝް (Prescott Bush)ގެ ވިޔަފާރި ކުންފުނި، "ޓުރޭޑިންގ ވިތު ދި އެނެމީ" (ދުޝްމަނުންނާ ވިޔަފާރި ކުރުމުގެ) ޤާނޫނުގެ ދަށުން ސަރުކާރަށް ނެގުނެވެ. ޖަރުމަނު ސިފައިން އެމެރިކާގެ ސިފައިން މަރަމުން ގެންދިޔައިރު، އެމެރިކާގައި ހުރެގެން ޕުރެސްކޮޓު ބުޝް ގެންދިޔައީ ހިޓުލަރުގެ ހަނގުރާމައަށް ފައިސާ ދޫކުރަމުންނެވެ. އެންޓައި ޑިފެމޭޝަން ލީގުން (އޭ.ޑީ.އެލް.) ބުޝް ޢާއިލާގެ އެއްވެސް މެންބަރަކު މި ކަމަކަށް ދުވަހަކުވެސް ފާޑެއް ނުކިޔައެވެ. (ނުނިމޭ)

ކޮމެންޓު