އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
5 އޯގަސްޓް 2026
(2026 ޖުލައި 29ގެ އަދަދާ ގުޅޭ)
ވިސްނައިލާން ހުއްޓިއެއްނުލާނަންތަ!
البقرة ސޫރަތުގައި ލަފުޒު (الحقّ) 17 ފަހަރު ވާރިދުވެފައިވެއެވެ.
ފުރަތަމަ ފަހަރަށް އައިސްފައިވަނީ އާޔަތުގެ ފެށޭ ކޮޅުން 17ވަނަ ކަލިމައަށެވެ.
ގުނާލައި ކަށަވަރުކޮށްލާ!
إِنَّ اللَّهَ لَا يَسْتَحْيِي أَنْ يَضْرِبَ مَثَلًا مَا بَعُوضَةً فَمَا فَوْقَهَا فَأَمَّا الَّذِينَ آمَنُوا فَيَعْلَمُونَ أَنَّهُ الْحَقُّ مِنْ رَبِّهِمْ وَأَمَّا الَّذِينَ كَفَرُوا فَيَقُولُونَ مَاذَا أَرَادَ اللَّهُ بِهَذَا مَثَلًا يُضِلُّ بِهِ كَثِيرًا وَيَهْدِي بِهِ كَثِيرًا وَمَا يُضِلُّ بِهِ إِلَّا الْفَاسِقِينَ - البقرة :26
މި ކަލިމަ އެންމެ ފަހުން ވާރިދުވެފައިވަނީ މުޞްޙަފު ފެށޭކޮޅުން 289ވަނަ އާޔަތުގައެވެ.
289 = 17 × 17
البقرة ސޫރަތުގައި ލަފުޒު (الحقّ)، 14 އާޔަތެއްގައި 17 ފަހަރު ވާރިދުވެފައިވެއެވެ. މި ލަފުޒު އައިސްފައިވާ އާޔަތްތަކުގެ ތަރުތީބު ނަންބަރުތަކަކީ
(26، 42، 61، 71، 91، 109، 119، 144، 146، 147، 176، 213، 252، 282).
(الحقّ) މި ކަލިމަ އައިސްފައިވާ އާޔަތްތަކުގެ ތަރުތީބު ނަންބަރުތަކުގެ ޖުމުލައަކީ 1879
އެވެ. ޤުރްއާނަކީ ﷲގެ ޙައްޤު ބަސްފުޅުކަން ސާބިތުކޮށްދިނުމަށް މި އަދަދު އެކަނި ވެސް ފުދެއެވެ.
އަދަދު (1879)އަކީ ފުރައަދަދެކެވެ. ފުރައަދަދުގެ ލިސްޓުގައި މި އަދަދުގެ ވަނައަކީ 289 އެވެ.
289 = 17 × 17
ކީރިތި ޤުރްއާނުގައި آية الدَّيْن ގެ ތަރުތީބު ވަނައަކީ 289އެވެ. އެއީ
17 × 17
މުޞްޙަފު ފެށޭ ކޮޅުން 4913ވަނަ އާޔަތަށް ދަމާހިނގާށެވެ!
ކީއްވެގެންހެއްޔެވެ؟ ސަބަބަކީ 4913 = 17 × 17 × 17ކަމަށް ވާތީއެވެ.
އެއީ الرَّحمن ސޫރަތުގެ މި އަންނަ އާޔަތެވެ.
وَالْحَبُّ ذُو الْعَصْفِ وَالرَّيْحَانُ - الرَّحمن : 12
މި އާޔަތުގައި ލަފުޒުލްޖަލާލަތި (ﷲ)ގެ އަކުރުތައް 10 ފަހަރު ތަކުރާރުވެފައިވެއެވެ.
މި އާޔަތުގައި (الملك)ގެ އަކުރުތައް 10 ފަހަރު ތަކުރާރުވެފައިވެއެވެ.
މި އާޔަތުގައި (الْحَبُّ) ގެ އަކުރުތައް 10 ފަހަރު ތަކުރާރުވެފައިވެއެވެ.
މި އާޔަތުގައި (الْعَصْفِ)ގެ އަކުރުތައް 10 ފަހަރު ތަކުރާރުވެފައިވެއެވެ.
މި އާޔަތުގެ އަކުރުތަކުގެ އަދަދަކީ 20އެވެ. އެއީ 10 + 10 އެވެ.
މި އާޔަތުގައި (الْمَلِكُ الْحَقُّ)ގެ އަކުރުތައް 19 ފަހަރު ތަކުރާރުވެފައިވެއެވެ.
މި އާޔަތުގައި (وَالرَّيْحَانُ)ގެ އަކުރުތައް 19 ފަހަރު ތަކުރާރުވެފައިވެއެވެ.
މި އާޔަތް ނިމުނީ މި ކަލިމައިންނެވެ.
އަޅަމެންގެ ވެރިރަސްކަލާނގެ ފޮތުގައި ސުމޭކު ހަނދާނުގެ މަތިވެރިކަމާ މެދު ނުވިސްނަންހެއްޔެވެ؟ އެއް ވަގުތެއްގައި ހުރިހައި ބަދަލުވުންތައް ގަތައިލައިފައިވާ ގޮތް ކިހައި ފުރިހަމަހެއްޔެވެ؟
އާޔަތުގެ ހުރިހައި ލަފުޒުތަކެއް މި ނިޒާމުގައި ހިސާބުކުރެވިފައިވެއެވެ. އެއްވެސް އެއްޗެއް އިހުމާލެއްނުކުރައްވަތެވެ.
سبحانك ربّي الملك الحقّ! - ދެ قولއާއި ދެ حقَّ
الحقّގެ އާޔަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ ކުރު އާޔަތަކީ:
قَالَ فَالْحَقُّ وَالْحَقَّ أَقُول - ص: 84
މި އާޔަތް ފެށިފައި ވަނީ (قال) މި ކަލިމައިންނެވެ. ނިމިފައިވަނީ (أقول) މި ކަލިމައަށެވެ.
ދެ قول ގެ ދެމެދުގައި ކަލިމަތު (الحقّ) ދެ ފަހަރު އައިސްފައިވެއެވެ.
(ق ا ل) ގެ އަކުރުތައް ހުރިހާ ކަލިމަތަކެއްގައި ތަކުރާރުވެފައިވެއެވެ.
މުޞްޙަފު ފެށޭކޮޅުން ފެށިގެން މި އާޔަތާ ހަމައަށް ލަފުޒު (الحقّ) ތަކުރާރުވެފައިވާ ގޮތަށް ބަލައިލަމާ ހިނގާށެވެ!
ތިބާއަށް ފާހަގަކުރެވޭނީ ފުރަތަމަފަހަރަށް ލަފުޒު (الْحَقَّ) އައިސްފައިވަނީ البقرة ސޫރަތުގެ 144ވަނަ އާޔަތުގައެވެ.
ދެވަނަ ފަހަރަށް ލަފުޒު (الْحَقَّ) އައިސްފައިވަނީ البقرة ސޫރަތުގެ 145ވަނަ އާޔަތުގައެވެ.
މި ދެ އަދަދުގެ ޖުމުލައަކީ 289އެވެ. އެއީ 17 × 17އެވެ.
މި އާޔަތުގެ އަކުރުތަކުގެ އަދަދަކީ 17އެވެ.
އެހެން މަގަކުން ދަތުރުކުރީމާ ވެސް މި ލެފުނީ ހަމަ 17ގެ ބަނދަރަށެވެ.
ކީރިތި ޤުރްއާނުގެ ސުމޭކީ ފޭރާމުގެ ރާސްތާތަކާ މެދު ވިސްނައިނުލާނަންހެއްޔެވެ؟
ކީރިތި ޤުރްއާނުގެ ސުމޭކީ ހަނދާން ކިހާ މަތިވެރިހެއްޔެވެ؟
އެއީ الملك الحقّގެ ޙައްޤު ބަސްފުޅެވެ.
ކީރިތި ޤުރްއާނުގައި ލަފުޒު (حَقًّا) ތަކުރާރުވެފައިވަނީ 17 ފަހަރުއެވެ.
ކީރިތި ޤުރްއާނުގައި ލަފުޒު (الحقّ) ތަކުރާރުވެފައި ވަނީ 187 ފަހަރުއެވެ.
ފުރަތަމަ ފަހަރަށް ލަފުޒު (حَقًّا) އައިސްފައިވަނީ މުޞްޙަފު ފެށޭ ކޮޅުން 187ވަނަ އާޔަތުގައެވެ. އެއީ
كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ إِنْ تَرَكَ خَيْرًا الْوَصِيَّةُ لِلْوَالِدَيْنِ وَالْأَقْرَبِينَ بِالْمَعْرُوفِ حَقًّا عَلَى الْمُتَّقِينَ - البقرة : 180
187 = 17 × 11
(الحقّ)އާ 17އާ ކިހައި ގުޅުން ބޮޑުހެއްޔެވެ؟
مُحمَّد ސޫރަތުގެ ފެށޭ ކޮޅުން 17ވަނަ ކަލިމައަށް ދަމާ ހިނގާށެވެ! އެއީ :-
الَّذِينَ كَفَرُوا وَصَدُّوا عَنْ سَبِيلِ اللَّهِ أَضَلَّ أَعْمَالَهُمْ (1) وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَآمَنُوا بِمَا نُزِّلَ عَلَى مُحَمَّدٍ وَهُوَ الْحَقُّ مِنْ رَبِّهِمْ كَفَّرَ عَنْهُمْ سَيِّئَاتِهِمْ وَأَصْلَحَ بَالَهُمْ (2) ذَلِكَ بِأَنَّ الَّذِينَ كَفَرُوا اتَّبَعُوا الْبَاطِلَ وَأَنَّ الَّذِينَ آمَنُوا اتَّبَعُوا الْحَقَّ مِنْ رَبِّهِمْ كَذَلِكَ يَضْرِبُ اللَّهُ لِلنَّاسِ أَمْثَالَهُمْ (3) – مُحمَّد: 1-3 -
(مُحمَّد)ގެފާނުގެ ނަންފުޅު އައިސްފައިވަނީ 17ވަނަ ކަލިމައަށެވެ.
މި ސޫރަތުގައި ލަފުޒު (الحقّ) ދެފަހަރު އައިސްފައިވެއެވެ. މި ދެ ލަފުޒުގެ ދެމެދުގައި 17 ކަލިމަ ވެއެވެ.
މި އާޔަތް އެ ބުނަނީ مُحمَّد ﷺ އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ވަޑައިގަތީ ޙައްޤު ގޮތުގައެވެ. ޙައްޤު ބަސްފުޅައިގެންނެވެ.
ﷲ ތަޢާލާގެ މި ބަސްފުޅާމެދު ވިސްނާށެވެ!
يَا أَيُّهَا النَّاسُ قَدْ جَاءَكُمُ الرَّسُولُ بِالْحَقِّ مِنْ رَبِّكُمْ فَآمِنُوا خَيْرًا لَكُمْ وَإِنْ تَكْفُرُوا فَإِنَّ لِلَّهِ مَا فِي السَّمَاوَاتِ وَالْأَرْضِ وَكَانَ اللَّهُ عَلِيمًا حَكِيمًا - النّساء : 170 - މާނައީ : އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން حق دين އާއިގެން رسول އާ ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ފަހެ، ތިޔަބައިމީހުން إيمان ވާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި، ތިޔަބައިމީހުން كافر ވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އުޑުތަކާއި ބިމުގައިވާހައި ތަކެއްޗެއް މިލްކުވެގެންވަނީ اللَّه އަށެވެ. މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.
މުޞްޙަފުގެ ފެށޭކޮޅުން މި އާޔަތުގެ ތަރުތީބީ ވަނައަކީ 663އެވެ. 663 = 17 × 39
މި ސޫރަތުގައި މި އާޔަތުގެ ތަރުތީބީ ވަނައަކީ 170އެވެ. 170 = 17 × 10
(ނުނިމޭ)