ad_banner
ٱلْمَلِكُ ٱلْحَقُّ - ރަސްވަންތަ ޙައްޤުވަންތަ ރަސްކަލާނގެ (4)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

12 އޯގަސްޓް 2026

(2026 އޮގަސްޓް 5ގެ އަދަދާ ގުޅޭ)

އަޖައިބުވަނިވި ކަމަކީ 17އެއް ނޫނެވެ. އެހެނަސް 10އެވެ.

 އަދަދު 10 މި އިޝާރާތްކުރަނީ ކޮން އެއްޗަކަށްހެއްޔެވެ؟

يَا أَيُّهَا النَّاسُ قَدْ جَاءَكُمُ الرَّسُولُ بِالْحَقِّ مِنْ رَبِّكُمْ.

މި އާޔަތުގައި ލަފުޒު (الرَّسول) އައިސްފައި މި ވަނީ النّساء ސޫރަތުގެ ފެށޭކޮޅުން ގުނާއިރު 10ވަނައަށެވެ.

النّساء ސޫރަތުގައި ލަފުޒު (الرَّسول) 10 ފަހަރު ތަކުރާރުވެފައި ވެއެވެ. އެންމެ ފަހު ފަހަރު އައިސްފައިވަނީ މި އާޔަތުގައެވެ. 

އަކުރު

އާޔަތުގައި ތަކުރާރުވެފައިވާ އަދަދު

ا

24

ل

12

ر

5

س

3

و

7

ل

12

ޖުމުލަ

63

 

 

 

 

 

 

(الرَّسول)ގެ އަކުރުތައް ތަކުރާރުވެފައިވާ ގޮތަށް ބަލާ!

ލަފުޒު (الرَّسول)ގެ އަކުރުތައް މި އާޔަތުގައި ތަކުރާރުވެފައި މި ވަނީ 63 ފަހަރުއެވެ. އެއީ ރަސޫލާ ދުނިޔެ ދޫކުރެއްވިއިރުގެ ޢުމުރުފުޅެވެ.

النّساء ސޫރަތުގެ މި އާޔަތަށް ބަލާށެވެ!

أَيْنَمَا تَكُونُوا يُدْرِكْكُّمُ الْمَوْتُ وَلَوْ كُنْتُمْ فِي بُرُوجٍ مُشَيَّدَةٍ وَإِنْ تُصِبْهُمْ حَسَنَةٌ يَقُولُوا هَذِهِ مِنْ عِنْدِ اللَّهِ وَإِنْ تُصِبْهُمْ سَيِّئَةٌ يَقُولُوا هَذِهِ مِنْ عِنْدِكَ قُلْ كُلٌّ مِنْ عِنْدِ اللَّهِ فَمَا لِهَؤُلَاءِ الْقَوْمِ لَا يَكَادُونَ يَفْقَهُونَ حَدِيثًا  -  النّساء : 78 – މާނައީ : އުސްވެގެންވާ ގަދަފަދަ ކިއްލާތަކެއްގެ ތެރޭގައި ތިޔަބައިމީހުން ތިބިކަމުގައިވިޔަސް، ތިޔަބައިމީހުން ތިބި ކޮންމެ ތަނަކުން މަރު، ތިޔަބައިމީހުން އަތުލާނެތެވެ. އެއުރެންނަށް ހެޔޮގޮތެއް މެދުވެރިވެއްޖެނަމަ، މިއީ، اللَّه ގެ حضرة ން އައިކަމެކޭ އެއުރެން ބުނެތެވެ. އަދި، އެއުރެންނަށް ދެރަގޮތެއް މެދުވެރިވެއްޖެނަމަ، މިއީ، ކަލޭގެފާނުންގެ ފަރާތުން އައިކަމެކޭ އެއުރެން ބުނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކޮންމެކަމަކީވެސް، اللَّه ގެ حضرة ން އަންނަ ކަމެކެވެ. ފަހެ، މިބައިމީހުންނަށް އެއްވެސް ވާހަކައެއް ވިސްނޭން ގާތްވެސްނުވެ އެތިބީ ކީއްވެފައި ބާވައެވެ؟

މުޞްޙަފު ފެށޭކޮޅުން ގުނައިފިނަމަ މި އާޔަތުގެ ތަރުތީބީ ވަނައަކީ 571 އެވެ.

 571 އަކީ   ކީރިތި ރަސޫލާ مُحمَّد އުފަންވެވަޑައިގެންނެވި އަހަރެވެ. އެއީ ފީލުބާގައިގެ މީހުން ގެފުޅު މުގުރާން އައި އަހަރެވެ.

މި އާޔަތުގެ ފެށޭ ބަޔަށް ބަލާށެވެ!

މި އާޔަތުގައި އުފަންވެވަޑައިގަތުމާއި އަވަހާރަވުމުގެ ވާހަކަ އައިސްފައިވެއެވެ.

އަޖައިބުކަން މާ ބޮޑު!

އިސްވެ ބަޔާންކުރި ފަދައިން ލަފުޒު (الحقّ) ކީރިތި ޤުރްއާނުގައި 187 ފަހަރު އައިސްފައިވެއެވެ.

187 =  17 × 11

 17 އިޝާރާތް ކުރާ އެއްޗެއް މިހާރު ވާނީ އެނގިފައެވެ. 11 މި އިޝާރާތް ކުރަނީ ކޮން އެއްޗަކަށް ހެއްޔެވެ؟

مُحمَّد ސޫރަތުގައި އައިފައިވާ الحقّގެ ދެ އާޔަތާމެދު ވިސްނާށެވެ!

وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَآمَنُوا بِمَا نُزِّلَ عَلَى مُحَمَّدٍ وَهُوَ الْحَقُّ مِنْ رَبِّهِمْ كَفَّرَ عَنْهُمْ سَيِّئَاتِهِمْ وَأَصْلَحَ بَالَهُمْ  -   مُحمَّد: 2

ذَلِكَ بِأَنَّ الَّذِينَ كَفَرُوا اتَّبَعُوا الْبَاطِلَ وَأَنَّ الَّذِينَ آمَنُوا اتَّبَعُوا الْحَقَّ مِنْ رَبِّهِمْ كَذَلِكَ يَضْرِبُ اللَّهُ لِلنَّاسِ أَمْثَالَهُمْ  -   مُحمَّد: 3

ލަފުޒު  (الحقّ)  އަކީ ފުރަތަމަ އާޔަތުގެ 11 ވަނަ ކަލިމައެވެ.

ފުރަތަމަ އާޔަތުގައި އޮތީ 18 ކަލިމައެވެ. އަކުރުތަކުގެ އަދަދަކީ 81 އެވެ.

ދެވަނަ އާޔަތުގައި ވެސް އޮތީ 18 ކަލިމައެވެ. އަކުރުތަކުގެ އަދަދަކީ81 އެވެ.

18 = 9+9 އެވެ.   81= 9 × 9 އެވެ.

ޤުރްއާނުގެ ސުމޭކީ ފަރުމާއެކެވެ.

ފުރަތަމަ އާޔަތުގެ 9 ވަނަ ކަލިމައަށް ބަލާށެވެ!

އާއެކެވެ! އާޔަތުގެ ފެށޭކޮޅުން 9 ވަނަ ކަލިމައަކީ (مُحَمَّدٍ) ގެފާނުގެ ނަންފުޅެވެ.

ފުރަތަމަ އާޔަތް ބުނަނީ :  (وَهُوَ الْحَقُّ مِنْ رَبِّهِمْ) އެވެ.

 (وَهُوَ الْحَقُّ مِنْ رَبِّهِمْ) ގެ އަލިފުބާ އަކުރުތަކުގެ ތަރުތީބީ ވަނަތަކުގެ ޖުމުލައަކީ 242 އެވެ.

 (242)  = 11 × 11 × 2

ލަފުޒު (الحقّ) އަކީ ފުރަތަމަ އާޔަތުގެ 11 ވަނަ ކަލިމައެވެ.

ލަފުޒު (الحقّ) އަކީ ދެވަނަ އާޔަތުގެ 11 ވަނަ ކަލިމައެވެ.

 (الْحَقُّ مِنْ رَبِّهِمْ) ގެ އަކުރުތަކުގެ އަލިފުބާ ތަރުތީބުގެ ޖުމުލައަކީ 162 އެވެ.

 (162)  = 81 × 2

ފުރަތަމަ އާޔަތުގެ އަކުރުތަކުގެ އަދަދަކީ 81 އެވެ.

ދެވަނަ އާޔަތުގެ އަކުރުތަކުގެ އަދަދަކީ 81 އެވެ.  

މި ދެ އާޔަތުގައި  (الْحَقُّ مِنْ رَبِّهِمْ) ގެ އަކުރުތައް ތަކުރާރުވެފައިވަނީ  127 ފަހަރުއެވެ.

އަދަދު 127 އަކީ ފުރައަދަދެކެވެ. އެ އަދަދު ގެއްލޭނީ ހަމަ  އެ އަދަދުންނެވެ. ނުވަތަ 1 ންނެވެ.

ހަމައެފަދައިން  الحقّ  އަކީ ވެސް 1 އެވެ. ފަޅިފަޅިއެއް ނުކުރެވޭނެއެވެ. ޙާލަތު ބަދަލެއް ނުވާނެތެވެ.

ސުމޭކީ ބަސް ވަރަށް ސާފެވެ. އިތުރު ޝަރަޙައަކަށް ބޭނުމެއް ނުވެއެވެ.

ފުރަތަމަ އާޔަތުގެ އަކުރުތަކުގެ ނުކުތާތަކުގެ ޖުމުލައަކީ 22 އެވެ.

ދެވަނަ އާޔަތުގެ އަކުރުތަކުގެ ނުކުތާތަކުގެ ޖުމުލައަކީ 34 އެވެ.

22 = 11 + 11. އަދަދު 34 = 17 + 17

ފުރަތަމަ އާޔަތުގައި ލަފުޒު  (الحقّ) އަކީ 11 ވަނަ ކަލިމައެވެ.

ދެވަނަ އާޔަތުގައި ލަފުޒު (الحقّ) އަކީ 11 ވަނަ ކަލިމައެވެ.

ސުމޭކީ ބަސް ވަރަށް ސާފެވެ. އިތުރު ޝަރަޙައަކަށް ބޭނުމެއްނުވެއެވެ.

އިބަރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އިބަރަސްކަލާނގެއީ الملك الحقّއެވެ. 

އަޖައިބުކަން ބޮޑު

مُحمَّد ސޫރަތުގައި އައިސްފައިވާ الحقّ ގެ ދެ އާޔަތާމެދު އިތުރަށް ވިސްނައިލަމާ ހިނގާށެވެ!

وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَآمَنُوا بِمَا نُزِّلَ عَلَى مُحَمَّدٍ وَهُوَ الْحَقُّ مِنْ رَبِّهِمْ كَفَّرَ عَنْهُمْ سَيِّئَاتِهِمْ وَأَصْلَحَ بَالَهُمْ   - مُحمَّد: 2

ذَلِكَ بِأَنَّ الَّذِينَ كَفَرُوا اتَّبَعُوا الْبَاطِلَ وَأَنَّ الَّذِينَ آمَنُوا اتَّبَعُوا الْحَقَّ مِنْ رَبِّهِمْ كَذَلِكَ يَضْرِبُ اللَّهُ لِلنَّاسِ أَمْثَالَهُمْ  -  مُحمَّد: 3

މި ދެ އާޔަތުގެ އަކުރުތަކުގެ ފިލިތަކާ މެދު ވިސްނަމާ ހިނގާށެވެ.

ފުރަތަމަ އާޔަތުގައި ފުރަތަމަ ތަޝްދީދު އޮތީ އަކުރު اللَّام ގައެވެ.

 ފުރަތަމަ އާޔަތުގައި އަކުރު اللَّام  ތަކުރާރުވެފައިވަނީ 9 ފަހަރުއެވެ.

ފުރަތަމަ އުބުފިލި އައިސްފައިވަނީ އާޔަތުގެ ފެށޭކޮޅުން 9 ވަނަ އަކުރުގައެވެ.

މި އާޔަތުގައި އުބުފިލި ޖެހިގެންވާ އަކުރުތަކުގެ އަދަދަކީ 9 އަކުރެވެ.

ފުރަތަމަ އާޔަތުގައި އުބުފިލީގެ ދަރި الواو  ތަކުރާރުވެފައިވަނީ 9 ފަހަރުއެވެ.

ދެ އާޔަތުގައި ތަޝްދީދުޖެހިގެންވާ އަކުރުތަކުގެ އަދަދަކީ  18 އަކުރެވެ.

ފުރަތަމަ އާޔަތުގެ ކަލިމަތަކުގެ އަދަދަކީ 18 އެވެ. އަކުރުތަކުގެ އަދަދަކީ 81 އެވެ.

ދެވަނަ އާޔަތުގެ ކަލިމަތަކުގެ އަދަދަކީ 18 އެވެ. އަކުރުތަކުގެ އަދަދަކީ 81 އެވެ.

18 = 9+9 އެވެ. 81 = 9 × 9

ފުރަތަމަ އާޔަތް ފެށިފައިވަނީ އަކުރު الواو އިންނެވެ.  އަލިފުބާ ތަރުތީބުގައި އަކުރު الواو އަކީ 27  ވަނަ އަކުރެވެ. 27= 18 + 9

ދެވަނަ އާޔަތް ފެށިފައިވަނީ އަކުރު الذّال އިންނެވެ. މި އަކުރުގެ އަލިފުބާ ތަރުތީބަކީ 9 އެވެ.

މި އަޖައިބުވަނިވި ވިލަރެސްކަން ހިތަށް ގެނެސް ބަލާށެވެ!

ކީރިތި ޤުރްއާނުގެ އަކުރުތަކުގައި ފިލި ޖެހުނީ ރަސޫލާއަށް ފަހު 8 ދަހަރު ފަހުންނެވެ.

ކީރިތި ޤުރްއާން ލިޔެވިގެން ބާވައިލެއްވުމުގެ ބަދަލުގައި ތަލައްފުޒުކޮށް ބާވައިލެއްވި ޙިކްމަތް ތިބާއަށް މިހާރު ވިސްނިދާނެއެވެ.

މިއީ ޙައިރާންވާން ޖެހޭ ކަމެއްނޫނެވެ. ކައު ރަސޫލާ r ޙަދީސްކުރައްވައިފައިވާ ފަދައިން ޤުރްއާނުގެ އަޖައިބުތަކަކީ ހުސްވެގެންވާ އެއްޗެއްނޫނެވެ.

ﷲ ތަޢާލާއަކީ الملك الحقّއެވެ. ރަސްވަންތަ ޙައްޤުވަންތަ ރަސްކަލާނގެއެވެ. އެންމެ މާތް ފޮތުގައި ވާ އެންމެ މާތް އިސްމުފުޅެވެ.

(ނިމުނީ)

ކޮމެންޓު