ad_banner
ކާ ތަށިތައް ނުދޮވެ ސިންކުގައި ގިނަ އިރު ބެހެއްޓުމަކީ ސިއްޙީ ގޮތުން ނުރައްކާތެރި ކަމެކެވެ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

31 ޖުލައި 2026

ފަނިފަކުސައާއި ސޫފާސޫތްޕަކީ ވެސް އަޅުގަނޑުމެންގެ މާހައުލުގައި މާތް ލައްވައިފައިވާ ދިރުންތަކެއްކަމަށްވާ އިރު، ގޭތެރޭގައި އެކި ބާވަތުގެ ކުދި ސޫފާސޫފި އުޅުމަކީ ނުވެ ނުދާނެ ކަމެކެވެ. އެހެންނަމަވެސް، ނޭނގި ނަމަވެސް އެ ތަކެތި އިނބަގެ ގެއަށް އައުމަށް ދަޢުވަތުނުދެވޭކަން ކަށަވަރުކުރުމަށް ޓަކައި ކުރެވިދާނެ ބައެއް ކަންތައްތައް އެބަ ހުއްޓެވެ. އަޅުގަނޑުމެން އިންސާނުންނެކޭ އެއްފަދައިން، ސޫފާސޫފި ވެސް ދިރިއުޅުމަށް ޓަކައި ހިޔާވަހިކަމާއި، ކާނާއާއި، ފެން ބޭނުންވެއެވެ. ހަޑިވެފައި ހުންނަ ތަށިތައް ނުދޮވެ ރޭގަނޑު ބެހެއްޓުމަކީ އެ ތަކެތި އާލާވުމަށް އެންމެ އެކަށީގެންވާ މާހައުލެއް ފަހިކޮށްދެވޭ ކަމެކެވެ.

މިއީ ގެއްލުމެއް ނެތް އާދައެއް ހެން ހީވިނަމަވެސް، މީގެ ސަބަބުން ކޮންޓުރޯލުކުރާން ދަތިވާ ވަރަށް މި ބާވަތުގެ ސޫފާސޫފި އިތުރުވުމަކީ ވަރަށް އެކަށީގެންވެއެވެ. ރޭގަނޑު ސިންކުގައި ތަށިތައް ބެހެއްޓުމުން އަސްލު ދިމާވާ ކަންތައްތައް އޮޅުންފިލުވައިދިނުމަށް ޓަކައި، ސޫފާސޫފި ކޮންޓުރޯލުކުރުމާއި ސާފުތާހިރުކަމުގެ ދާއިރާގެ މާހިރުންނާ ވާހަކަދައްކަވައި އިރުޝާދުދެއްވައިފައި އެބަ ހުއްޓެވެ. މި މަގާލުގައި އަޅުގަނޑު ވާހަކަދައްކާނީ އާންމުކޮށް ބަދިގޭގައި ބޭނުންކުރެވޭ މި ފަދަ ނެދެވޭ އާދަތަކުގެ ސަބަބުން ސޫފާސޫފި ގެއަށް އަންނާން މެދުވެރިވާ ސަބަބާއި، އެ ތަކެތި ދުރުކުރުމަށް ޓަކައި ބަދިގެ ސާފުކޮށް ބަހައްޓާނެ ގޮތާ ބެހޭ ގޮތުން އެ ފަދަ މާހިރުން ދެއްވައިފައިވާ އިރުޝާދުތަކުގެ މައްޗަށެވެ.

ހަޑިވެފައި ހުންނަ ތަށިތައް ނުދޮވެ ސިންކުގައި ނުބަހައްޓާންވީ ސަބަބުތައް

ކެއުމަށް ފަހު، ފަހުން ދޮވުމަށް ޓަކައި ނުވަތަ މާދަމާ ހެނދުނު ހޭލައިގެން ދޮވުމަށް ޓަކައި، ހަޑިވެފައި ހުންނަ ތަށިތައް ސިންކަށް އަޅައިފައި ބެހެއްޓުމަކީ ގެއްލުމެއް ނެތް ކަމެއް ހެން ހީވި ނަމަ ވެސް، މި ކަމުގެ ސަބަބުން ބަދިގޭގެ ސާފުތާހިރުކަމަށް ބޮޑެތި މައްސަލަތަކެއް ދިމާވެދާނެއެވެ. ވަކީން ޚާއްޞަކޮށް ތަށިތައް ނުދޮވެ ރޭގަނޑު ބަހައްޓައިފިނަމަ މި ފަދަ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެއެވެ.

ސިންކުގައި ހަޑި ތަށިތައް ބެހެއްޓުމުގެ އާދައަކީ، ކުރަތްޕާއި ހިންޏާއި، މީދާ ފަދަ ސޫފާސޫފިތަކަށް މެދުކެނޑުމެއްނެތި ކާނާ ލިބޭނެ މަގެއް ތަނަވަސްވާ ކަމެކެވެ. ދުވަސްވަމުންދާ ވަރަކަށް، އެ ތަކެތި ސިންކާއި ކައިރީގައި ދިރިއުޅޭނެ އާނގަތަކާއި ޖާގަތައް ހަދައި، ގެއްލުމެއް ނެތްކަމަށް ހީވި މި އާދައިގެ ސަބަބުން ސޫފާސޫފި ކޮންޓުރޯލުކުރުމުގެ ބޮޑު މައްސަލައަކަށް މި ކަން ބަދަލުވެދެއެވެ. ބައެއް ގޭގެއިން ހިންޏާއި ކުރަފި ހުސްނުވާ އެއް ސަބަބަކީ މިއީއެވެ.

[އެ ގޮތަށް ސިންކުގައި ހުންނަ ނުސާފު ތަށިތަކުގެ ވާހާއި ރަހައަށް ދެވިހިފައިގެން އަންނަ ސޫފާސޫފިތައް ކާމެޒުމަތީގައި ހިނގައި ދުވެ، އަލަމާރިތަކުގެ ތެރެއަށް ވަދެ ނަޖިސްކޮށް، އަދި ސަމުސާ އޫ ފަދަ ތަކެއްޗަށް ކުޑަކަމުގޮސް ސީލައި ހަދާނެއެވެ.] ޓެކުނިކަލް ސޭފްޓީ މެނޭޖަރ އަދި އެސޯސިއޭޓް ސަރޓިފައިޑް އެންޓޮމޮލޮޖިސްޓް ސްޓޫ މިއަރ ވިދާޅުވެފައި ވެއެވެ.

[ސޫފާސޫފީގެ ތިނެސްކަން (ނުވަތަ ޕެސްޓް ޓްރައިއެންގަލް)އަކީ އިނބަގެ ގޭގައި އެ ތަކެތި އާލާވުމަށް ބޭނުންވާ ކަންތައްތަކެވެ. އެ ތިނެސްކަނުގެ ތިން ފަރާތަކީ ކާނާއާއި، ފެނާއި، ހިޔާވަހިކަމެވެ. އެހެންކަމުން އިނބަ ތިޔަ އުފައްދައިދިނީ ނުވަތަ ބިނާކޮށްދިނީ ސޫފާސޫފިތަކަށް އެންމެ ފުރިހަމަ ގެއެކެވެ. އަދި މި ގޯސް އާދައަށް ބަދަލެއް ނުގެނެސްފި ނަމަ، އެ ތަކެތި ވާނީ އިނބަގެ ގޭގެ އަދި އިނބަގެ އާއިލާގެ ބަޔަކަށެވެ.] މިއަރ ވިދާޅުވިއެވެ.

ރޭގަނޑު ތަށިތައް ފެނަށް އަޅައިފައި ބެހެއްޓުމުން ދިމާވާ ކަންތައްތައް

ތަށިމެދުމުގެ ތެރޭގައި، ތަށީގައި ނުވަތަ ތެލީގައި ގަދަޔަށް ހިފައިވާ ކާނާގެ ބައިތައް ފިލުވައިލުމަށް ޓަކައި ސިންކަށް މާމާ ދިޔައި އޯމޯ ނުވަތަ މި ފަދަ ތަށި ދޮންނަ ކޮންމެވެސް ކެމިކަލެއް އަޅައި، ތަށިތައް ފެނަށް އަޅައިފައި ބެހެއްޓުމަކީ ބައެއް ގޭގޭގައި ވަރަށް އާންމު ކަމެކެވެ. މިއީ ތަށިދޮވުމުގެ މަރުޙަލާގައި ކުރެވޭ އާދައިގެ ކަމެއްކަމުގައި ހީވި ނަމަ ވެސް، މި ގޮތަށް ފެނަށް އަޅައިފައި ބެހެއްޓުމުން ޖަރާސީމު (ބެކްޓީރިއާ) އިތުރުވާން ފަށާކަމަށާއި، މީގެ ސަބަބުން އެ ފެންގަނޑު އެހީތެރިވާ ފެންގަނޑަކުން ކިލަނބު ފެންގަނޑަކަށް ބަދަލުވެގެންދާ ކަމަށް 'ހަމްބަލް ސަޑްސް' ގެ ކޯ-ފައުންޑަރ ޖެނިފަރ ޕާނެލް ވިދާޅުވެފައި ވެއެވެ.

"މީގެ ސަބަބުން އުފެދޭ ތެޔޮ ދުލި ފަށަލައިގެ ސަބަބުން ތަށިތައް ދޮވެ ސާފުކުރުމަށް ދެގުނަ އިތުރަށް ވަގުތު ހޭދަވާނެއެވެ. އެހެންކަމުން ފެނަށް އަޅއިފައި ބެހެއްޓުމަކީ އަބަދުވެސް ކުރު ވަގުތުކޮޅަކަށް ކުރާ ކަމަކަށް ހަދާންޖެހެއެވެ. ޖެހިގެން އަންނަ ދުވަހަށް ބަހައްޓާ އާދައަކަށް ހަދައިގެން ނުވާނެއެވެ.] ޕާނެލް ވިދާޅުވިއެވެ. ހަޑިވެފައިވާ ތަށިތައް ރޭގަނޑު ފެނަށް އަޅައިފައި ބެހެއްޓުމުން އެ އުފެދެނީ، މި ދާއިރާގެ މާހިރުން، އެ އަށް 'ސޫފާސޫފީގެ ތިނެސްކަން' (ޕެސްޓް ޓްރައިއެންގަލް)އޭ ކިޔާ ފުރިހަމަ މާހައުލެވެ. އެއީ އެ ފަދަ ސޫފާސޫތްޕަށް ފަހިކޮށްދެވޭ ހިޔާވަހިކަމެކެވެ. ކާނާއަޢި ބޯފެނާއި ދިރިއުޅޭނެ ވާސައެއް ފަހިކޮށްދެވޭ މާހައުލެކެވެ.

ބަދިގޭގައި ސޫފާސޫތްޕާއި ޖަރާސީމާއި ވަސް އުފެދި އިތުރުވާ ގޮތް

ޕާނެލް ވިދާޅުވާ ގޮތުގައި، ހަޑިވެފައި ހުންނަ ތަށިތައް ރޭގަނޑު ފެނަށް އަޅައިފައި ބެހެއްޓުމުން ޖަރާސީމު (ބެކްޓީރިއާ) ވަރަށް އަވަހަށް އިތުރުވެއެވެ. ޚާއްޞަކޮށް ފެނުގެ ހޫނުމިން 110 ފެރަންހައިޓް (ނުވަތަ 43.3 ޑިގްރީ ސެލްސިއަސް) އަށް ވުރެ ދަށްވުމުން މި ކަން ދިމާވާނެއެވެ. ޖަރާސީމު އިތުރުވުމުގެ އިތުރަސް، ތަށިތަކުގައި ހުންނަ ގަދަ ވަސް ދުވާ ކާނާގެ ބައިތަކުގެ ސަބަބުން، ވަސް ނުކުންނަ އަދި ތެތްކަން ހިފަހައްޓާ ބަދިގޭގެ ތަކެއްޗަށް (މިސާލަކަށް: ލަކުޑި، ފޮތި، އަދި އިސްޕަންޖު ފަދަ ތަކެއްޗަށް) އެ ވަސްތައް ފޯރައެވެ. "ލަކުޑިއަކީ މި ކަމަށް އެންމެ ނާޒުކު އެއްޗެކެވެ. އެއީ ތެތްކަމާއި ވަސް ވަރަށް އަވަހަށް އެތެރެއަށް ދަމައިގަންނަ އެއްޗެކެވެ. އަދި އޭގައި ހުންނަ ކުދި ރެނދުތަކާއި ދޭތެރެތަކަކީ ޖަރާސީމު ރައްކާތެރިވެ ތިބުމަށް ޓަކައި އެންމެ ފުރިހަމަ މާޙައުލެވެ.] ޕާނެލް ވިދާޅުވެފައި ވެއެވެ.

ނުފިލައި ހުންނަ ކާނާގެ ބައިތަކާއި ވަހުގެ ސަބަބުން، ސޫފާސޫފިތަކަށް އަބަދުވެސް ކާނާ ލިބޭނެ ކަމުގެ ޔަގީންކަން ލިބި، އެތަކެތި ތަކުރާރުކޮށް އެނބުރި އައުމަށް މަގުފަހިވެއެވެ. މީގެ ސަބަބުން ގެއިން އެތަކެތި ނައްތައިލުމަކީ ދުވަހެއް ދުވަހަކަށް އުނދަގޫކަމަކަށް ވެދެއެވެ.

ސޫފާސޫފިން ބަދިގެ ރައްކާތެރިކޮށް ބެހެއްޓުމަށް ޓަކައި ކުރެވިދާނެ އެންމެ ސާދާ ކަންތައްތައް

ކާނާގެ ބައިތައް ތަށީގައި ހިކިފައި ހުއްޓަނުދިނުމަށް ޓަކައި، ބޭނުންކުރުމަށް ފަހު ވަގުތުން ތަށިތައް ދޮވެލުމުގެ އާދަ އަށަގެންނެވުމަކީ އެންމެ ރަނގަޅު ކަންތަކެވެ. ކޮންމެހެން އަންހެނަކަށް ވަގުތު ވީ އިރަކުން ދޮންނާން ނުބަހައްތައި އެ މީހަކު ކާ ތަށި އެ މީހަކު ދޮވެލުމަކީ އެންމެ ރަނގަޅު ގޮތެވެ.  ތަށިދޮންނަ މެސިނެއް ހުންނަ ނަމަ، ހަޑިވާ ތަށިތައް ވަގުތުން އޭގެ ތެރެއަށް އެޅުމަށް ޕާނެލް އިރުޝާދުދެއްވައެވެ. މި ފަދަ މެޝިން ހުންނާނީ މަދުގެޔެއްގައެވެ. މި ފަދަ މެޝިނެއް ނެތް ނަމަ، ސިންކަށް ހޫނުފެނާއި ކުޑަ މާމާ ދިޔައި އޯމޯ ފޮދެއް އެޅުމަށް ފަހު، ދޮވެލުމުގެ ކުރިން ކުޑަ ވަގުތުކޮޅަކަށް ތަށިތައް ފެނަށް އަޅައިފައި ބަހައްޓައިލައިފައި އަވަހަށް ދޮންނާށެވެ. ފަހުން ދޮންނާން ނުބަހައްޓާށެވެ.

[އެންމެ ރަނގަޅު ގޮތަކީ ރޭގަނޑު ނިދާން ކޮޓަރިއަށް ވަނުމުގެ ކުރީން އެންމެހައި ތެއްޔާއި ތަށިތަކެއް ދޮވެ ސާފުކުރުމެވެ. ސަބަބަކީ ސާފު އަދި ހުސް ސިންކެއްގެ ސަބަބުން ސޫފާސޫތްޕަށް އަބަދު ލިބޭ ކާނާގެ މަގު ބަންދުވެ، އެ ތަކެއްޗަށް އެހެން ދިމާލަކުން ކާނާ ހޯދާން ދާން މަޖުބޫރުވާނެތީއެވެ.] މިއަރ ވިދާޅުވިއެވެ.

ސިންކު ސާފުކޮށް ބެހެއްޓުމަށްޓަކައި، ކަންކަން ފަސްކުރުމުގެ ބަދަލުގައި ވަގުތުން ވަގުތަށް ސާފުކުރުމަށް އިނބަގެ އާދަތައް ބަދަލުކުރާށެވެ. [ރޯމަސް ނުވަތަ ކުކުޅުމަސް ފަދަ އެއްޗެއް ކޮންމެ ވެސް ތަނެއްގައި ޖެހިފައިވާ ނަމަ، ބޭކިންގ ސޯޑާއާއި، ސާބޯންޏާއި ފެން ބޭނުންކޮށްގެން އުނގުޅައި ސާފުކުރުމަށް ފަހު، ޖަރާސީމު ނައްތައިލާ އިސްޕުރޭއެއް (ސެނިޓައިޒިންގ އިސްޕުރޭ) ބޭނުންކުރާށެވެ!] ޕާނެލް ވިދާޅުވިއެވެ. [އާންމުކޮށް ބޭނުންކުރާ ތަކެތީގައި ރޯމަސް ޖެހިފައި ނުވާ ނަމަ، ރަނގަޅަށް ދޮވެލުމާ އެކު 'ސްކައުރ ކްލީނިންގ ޕޭސްޓް' ފަދަ ބޭކިންގ ސޯޑާ އެކުލެވޭ ކެމިކަލަކުން ހަފުތާއަކު އެއް ފަހަރު ސާފުކޮށްލުމުން، ތަންތަން ސާފުކޮށް އަދި ވަސްނުދުވާ ގޮތަށް ބެހެއްޓުމަށް ޓަކައި ފުދޭނެއެވެ.]

މީގެ އިތުރަށް، ސިންކުގައި ޖަރާސީމު އަށަގަތުން ހުއްޓުވުމަށް ޓަކައި ގަވާއިދުން އިސްޕަންޖާއި ތަށިދޮންނަ ފޮތިތައް ސެނިޓައިޒްކުރުމަށާއި، ނުވަތަ ހޫނުފެނުން ދޮވުމަށާއި ކާނާގެ ބައިތައް ކުނިވުމުގެ ކުރީން ސިންކުގެ ފެން ހިންދާ ބައި ހޫނުފެނުން ސާފުކުރުމަށް ޕާނެލް އިރުޝާދުދެއްވައެވެ.

އަދި މީގެ އިތުރަށް ކާމޭޒުމަތީގައި ކުޑަ ގޮތަކަށް މަތީގައި އެއްޗެއް ބާއްވައިލައިފައި ނަމަވެސް ކާތަކެތި ނުބަހައްޓާށެވެ! އޭގެ ބަދަލުގައި  ސޫފާސޫތްޕަށް ނުވަދެވޭނެ ފަދަ ބާރަށް މަތިޖަހައިފައިވާ ރައްކާތެރި (ކޮންޓެއިނަރު ފަދަ) ތަކެތީގައި ނޫނީ ކާތަކެތި ނުބަހައްޓާށެވެ!  މި ނުން ގޮތަކަށް ކާމޭޒުމަތީގައި ކާތަކެތި ބަހައްޓާ ނަމަ، އެ ކާތަކެތީގެ ތެރެއަށް  އެކި ފާޑުގެ ސޫފާ ސޫފި ވަދެ ކައި ނަޖިސްކޮށް ހަދާނެއެވެ. އަޅުގަނޑުމެންނަށް ނުފެނުނު ނަމަވެސް އެ ފަދަ ކާބޯތަކެތި ހުންނާނީ ނަޖިސްކޮށްފައެވެ. ވީމާ ކާމޭޒުމަތީގައި ކާބޯތަކެތި ބެހެއްޓުމުގެ އާދައަކީ ވެސް އަޅުގަނޑުމެން ދުރުހެލިވާންޖެހޭ ނުރަނގަޅު އާދައެކެވެ. އެހެން ނޫން ނަމަ މި ކަމުގެ ސަބަބުން އެކި ބާވަތުގެ ސިއްހީ މައްސަލަތަކާ ކުރިމަތިވެދާނެއެވެ.

މި ފަދަ އިރުޝާދުތަކަށް ޢަމަލުނުކުރާ ނަމަ، އަޅުގަނޑުމެންނަށް އެނގިފައިނުވާ ޞިއްޙީ އެތައް މައްސަލަަަތަކަކާ ކުރިމަތިވެދާނެއެވެ. މި މި ކަންކަމަށް އަޅުގަނޑުމެންނަށް ސަމާލުކަން ނުދެވޭ ނަމަ، ބަދިގެއާއި ކާގޭގައި ހިންޏާއި ކުރަފި ގިނަ ވާހަކަ ނުދައްކަމާ ހިންގަވާށެވެ!

(މި މާގާލަށް މާއުލޫމާތު ނެގީ: https://www.marthastewart.com/never-leave-dirty-dishes-overnight 30.07.2026ގައި)

ކޮމެންޓު
ކޮމެންޓުތައް
ޙައްވާ ޢަލީފާ
1 އޯގަސްޓް 2026 07:59
ވަރަށް ބޮޑަށް ޝުކުރިއްޔާ! ހަގީގަތުގައި ތިޔަ ގެނެސްދެއްވީ ވަރަށް މުހިންމު މަޢުލޫމާތެއް