އަބާ މުޙަންމަދު
24 އޯގަސްޓް 2026
ކަރައަކީ ބޭރު ގައުމުތަކުގައި ހޫނު މޫސުމުގެ މުހިންމު މޭވާއެއް ނަމަވެސް ދިވެހިރާއްޖޭގައި އެއީ ރޯދަމަހަށް ޚާއްޞަ މޭވާއެކެވެ. އެކި ސިފަސިފައިގައްޔާއި، އެކި މިންވަރަށް، އަދި އެކި ގޮތްގޮތަށް ތައްޔާރުކޮށްގެން ކޮންމެ އެއްވުމަކުން ވެސް ކަރާ ފެންނާނެއެވެ. އާންމު ގޮތެއްގައި ކަރައެއްގައި ހަތް ކިލޯ ނުވަތަ އެއަށްވުރެ ބަރުދަން ހުރެދާނެއެވެ. އެހެންކަމުން، ކަރައެއް ފަޅައިލައިގެން ކަރާފޮއްޗެއް ނުވަތަ ދެ ފޮތި ކައިލުމަކީ ހަމައެކަނި ލުއި ކާނާއެއް ކައިލާން ނިންމާ ނިންމުމެއް ނޫނެވެ. އެއީ ބޮޑު މަސައްކަތެކެވެ. ބުރަ ކަމެކެވެ. އޭގެ އިތުރަށް އެއީ ހައްލުކުރާންޖެހޭ ވަރަށް ބޮޑު މައްސަލައެކެވެ. ކާބޯތަކެތީގެ ސައިންސުން އެނގޭ ގޮތުގައި، ކަރާގެ ފަޅައިލުމާއެކު، މުޅި ކަރާ ހަލާކުވާން ފަށާ ވަގުތުގެ ސުންގަޑި ފެށެއެވެ. އޭގައި ގިނައަދަދަކަށް ފެން އެކުލެވިފައިވުމަކީ، ކަރާ އަވަހަށް ހަލާކުވާން މެދުވެރިވާ ސަބަބުވެސްމެއެވެ.
އަމިއްލައަށް ކޮށައިގެން ކެޔަސް ނުވަތަ ފަސޭހައަކަށް ޓަކައި ކޮށައިފައި ހުންނަ ކަރާ ގަތްކަމުގައި ވިޔަސް، ކާން ރަނގަޅު ކަރާއަކާއި ހަލާކުވެފައިވާ ކަރާއެއް ވަކިކުރާން އެނގުމަކީ ޞިއްހީ ގޮތުން ވަރަށް މުހިންމު ހުނަރެކެވެ. ތިބާގެ ސިއްޙަތާއި، ޚަރަދަށާއި، ރައްކާތެރިކަމަށް ޓަކައި ދަސްކޮށްލާން ބޭނުންވަނީ އާދައިގެ ކަންތައްތަކެކެވެ.
ކޮށައިފައިވާ ކަރާ ގިނަ ދުވަހަށް ރައްކާކުރާނެ ގޮތް
ކަރައެއް ފަޅާލުމަށްފަހު، އެއީ ފަސޭހައަކަށްޓަކައި ދެފަޅި ކޮށްލުން ކަމުގައި ވިޔަސް، އެ ގިނަދުވަހު ނުހަލާކުވެ ހުންނާނެ މުއްދަތު ނިންމާ އެންމެ މުހިންމު ކަމަކީ ރަނގަޅު ގޮތުގައި ރައްކާކުރުމެވެ. ކަރާ ކޮށާތާ އެންމެ ލަސްވެގެން ދެ ގަޑިއިރުގެ ތެރޭގައި އައިސްއަލަމާރިއަށް ލާންޖެހޭނެއެވެ. އަދި ކަރާ ބަހައްޓަންވާނީ ވައި ނުވަންނަ އެއްޗެއްގައި ބަންދުކޮށްގެން، ނުވަތަ ކާއެއްޗެހި ރައްކާކުރާން އޮޅާ ތުނި ރަބަރު އޮޅައި، ވައިނުވަންނާނެ ގޮތް ހަދައިފައެވެ. ފަޅައިފައިވާ ދެފަޅި ނުވަތަ ކޮށައިފައިވާ ކުދިފޮތިތައް ބަހައްޓަންވާނީ ކޮށައިފައިވާ ފަރާތް (އެތެރޭ ބައި) އަޑިއަށް ވާގޮތަށެވެ. އެއީ ވަޔަށް ހާމަވާ މިންވަރު ކުޑަކުރުމަށް ޓަކައެވެ. މި ގޮތުގެ މަތީން ރަނގަޅަށް ރައްކާކޮށްފި ނަމަ، ފަލައިފައިވާ ކަރާ ތިން ދުވަހާއި ފަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ހަލާކުނުވެ ހުންނާނެއެވެ.
ޕާޓީއެއް ނުވަތަ ހަފްލާއެއްގައި ބަހައްޓާން ކަރާ ކޮށި ނަމަ ވެސް، މުޅި ކަރާ އެއް ފަހަރާ ކޮށައިފައި މޭޒުމަތީގައި ގިނައިރު ވަންދެން ބެހެއްޓުމުގެ އާދައިން ދުރުވާން ޖެހެއެވެ. އޭގެ ބަދަލުގައި، މަދުމަދުން ކޮށައިގެން މޭޒުމައްޗަށް ލަމުން، ބާކީބައި ފިނިކޮށްފައި ބަހައްޓައިގެން ބޭނުންވާ ވަރަކަށް ތަށިތައް ފުރަމުން ގެންދާށެވެ. މި ފަދަ އާދަތަކުގެ ސަބަބުން ތާޒާކަންމަތީ ގިނައިރު ކަރާ ހުރުމަށް އެހީތެރިވެދޭނެއެވެ. އަދި ފަހުން ދިމާވެދާނެ (ފުޑު ސޭފުޓީގެ) ނުރައްކާތެރި ހާލަތްތަކުން އިނބަ ސަލާމަތްކޮށްދޭނެއެވެ.
ހަލާކުވަމުންދާކަމުގެ ނިޝާންތައް
ލޮލަށް ފެންނަން ހުންނަ ނިޝާންތައް
ފަންގަސް: މިއީ ކަރާ ހަލާކުވެފައިވާކަން އަންގައިދޭ އެންމެ ސާފު ނިޝާނެވެ. ކަރާގައި ގިނައަދަދަކަށް ފެން އެކުލެވޭތީ، ބޭރުން ފެންނާން ހުންނަ މިންވަރަށް ވުރެ ބޮޑަށް ފަންގަހުގެ އަސަރު އެތެރެއަށް ފޯރައެވެ. ކަރާގެ ކޮންމެ ތަނަކުން ފަންގަސް ފެނުނުކަމުގައި ވިޔަސް، މުޅި ކަރާ އުކައިލާންޖެހޭނެއެވެ.
ކުލަ ބަދަލުވުން: މިއީ އެހައި ބޮޑަށް ފާހަގަނުކުރެވޭ ނަމަވެސް މުހިންމު ނިޝާނެކެވެ. ތާޒާ ގަދަ ފިޔާތޮށި ކުލައިގެ ބަދަލުގައި، ކަރާގެ އެތެރެބައި އަނދިރިވެ، އަޅިކުލައަކަށް ނުވަތަ ފެންނަގޮތަށް ދެފަރާތް އަލިފުރޭ ގޮތް ވުމަކީ ކަރާ ހަލާކުވަމުންދާ އިރު އޮކްސިޑައިޒްވުމާއި އެންޒައިމްތަކުގެ ސަބަބުން ކުލަ ބަދަލުވުމުގެ ނަތީޖާއެވެ. މިއީ ކޮށައިފައިވާ އާފަލެއްގެ ކުލަ ބަދަލުވާ ފަދަ އާދައިގެ މަރުހަލާއެކެވެ. އޭގެ އަމިއްލަ ޒާތުގައި، މީގެ މާނައަކީ ކަރާގެ އެންމެ މީރު ރަހަ ގެއްލިފައިވުމެވެ. އެއީ ކާން ނުރައްކާތެރި އެއްޗަކަށް ވުމެއް ނޫނެވެ. ނަމަވެސް، މޭވާ އިތުރަށް ހަލާކުވަމުންދާ ވަރަކަށް، އެއީ ބެކުޓީރިއާ އުފެދުމަށް އެންމެ އެކަށީގެންވާ މާހައުލަކަށް ވެދެއެވެ. ކުލަ ބަދަލުވުމާ އެކު ނުބައި ވަހެއް ދުވުން ނުވަތަ ފެން ގިނަވެ، ކޮޅުކޮޅަށް ދެމޭ ގޮތް ވުމަކީ އެ ކަރާ އުކައިލާންޖެހޭކަމުގެ ނިޝާނެކެވެ.
ދިޔަ ފޭބުން: މިއީވެސް އެފަދަ އުސޫލަކަށް ތަބާވާ ކަމެކެވެ. ކަރާ ބަންދުކޮށްފައިވާ އެތީގެ ތެރޭގައި ކުޑަ ދިޔަފޮދެއް އެއްވެފައި ހުރުމަކީ އެ އެއްޗެއް ހަލާކުވީކަމުގެ ފުރިހަމަ ނިޝާނެއް ނޫނެވެ. އެއީ ހަމައެކަނި އެއީ ވަރަށް މީރު، ދިޔަގިނަ ކަރައެއްކަން އަންގައިދޭ ކަމަކަށް ވެސް ވެދާނެއެވެ. މޭވާ ފިލުނދުވެ، އޭގެ ހަތާތައް ހަލާކުވަމުންދާ ވަރަކަށް، އޭގެ ދިޔަތައް ބޭރަށް ފައިބާ މިންވަރު ގިނަވެއެވެ. ޚާއްޞަކޮށް، ދިޔަ ފޭބުމަކީ މޭވާގެ ތާޒާކަން ކެނޑި، ބެކުޓީރިއާ އުފެދުމަށް މަގުފަހިވަމުންދާކަން ދުރާލައި އަންގައިދޭ ނިޝާނެކެވެ. އެހެންކަމުން، ގޮތެއް ނިންމުމުގެ ކުރީން އޭގެ ވަހާއި އަދި އޭގައި ހުރި ތެތްކަން ބަލައިލުން މުހިންމެވެ.
ވަހާއި ރަހަ
ތާޒާ ކަރައަކުން ދުވާނީ ތާޒާ، އަދި ކުޑަކޮށް ފޮނި ވަހެކެވެ.
ހުތް ވަސް ނުވަތަ ރާ ވަސް: ކަރައިން ރާ ވަސް ނުވަތަ ހުތް ވަހެއް ދުވުމަކީ ފޯވުން އަންގައިދޭ ކަމެކެވެ. މިއީ މޭވާގައި ގުދުރަތީ ގޮތުން ހުންނަ ކަމީރުވާ ބައާއި ބެކުޓީރިއާގެ ސަބަބުން އޭގައިވާ ފޮނިކަން ހަލާކުވެ، އޭގެ ތެރެއިން އަލްކަޙޫލް، އެސިޑާއި ކާބަން ޑައިއޮކްސައިޑް އުފެދޭ މަރުހަލާއެކެވެ.
އެމޯނިއާ ފަދަ ވަހެއް ދުވުން: އެމޯނިއާ ފަދަ ވަހެއް ދުވުމަކީ ފެން ގިނަވުމުގެ މަރުހަލާއަށް ވުރެ ބޮޑަށް ގޯސްވެފައިވާކަމުގެ ނިޝާނެކެވެ. ކަރާގައި ހުންނަ ހަކުރުގެ ބައި ބޭނުންކޮށް ނިމުމުން، އެހެން ބެކުޓީރިއާތަކުން އޭގެ ކަންކަމާ ހަވާލުވެ، ކަރާގެ އެތެރޭގައި ހުންނަ މަދު ޕްރޮޓީންކޮޅާއި އެމިނޯ އެސިޑްތައް ހަލާކުކުރާން ފަށައެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އެމޯނިއާ ގޭސް އުފައްދައެވެ. މިއީ ކަރާ ހަލާކުވުމުގެ ދެވަނަ މަރުހަލާއެވެ. މި ޙާލަތަށް ކަރާ ގޮސްފައި އޮތް ނަމަ، އެއްވެސް ހާލަތެއްގައި މި ފަދަ ކަރައެއްގެ އެއްވެސް ބޭނުމެއްކޮށްގެންނުވާނެއެވެ.
ރާޅުކަން އުފެދުން: ކަރައިން ނުބައި ވަހެއް ނުދުވި ކަމުގައި ވިޔަސް، މަޑުވެ ނުވަތަ އޮމާންކަން ކެނޑި ރާޅުކަން އުފެދުމަކީ އިނބަގެ ނޭފަތަށް ފާހަގަނުކުރެވުނުކަމުގައި ވިޔަސް ހަލާކުވުމުގެ މަރުހަލާ ފެށިފައިވާ ކަމުގެ ފާލުކަން ބޮޑު ނިޝާނެކެވެ. އެހެންކަމުން އެފަދަ ކަރާ އުކައިލާންޖެހޭނެއެވެ.
ދޫ ތޮރުފާ ގޮތްވުން (ފިޒް): ދުލުގައި ޖެހުމުން ކުޑަކޮށް ގޭސް އުފެދިފައި ހުންނަ ގޮތް ވުމަކީ ފޯވަމުންދާކަމުގެ އިތުރު ނިޝާނެކެވެ. މިއީ ކަރާގައިވާ ފޮނިބައި ބެކްޓީރިއާތަކުން ހަލާކުކުރަމުންދާ އިރު ބޭރުވާ ކާބަންޑައިއޮކްސައިޑްގެ ސަބަބުން ދިމާވާ ކަމެކެވެ. މިއީ ކެމިކަލް ރިއެކްޝަނެވެ. މިއީ އެއްގޮތަކަށް ވެސް ރަހަބަލާން ރަނގަޅު މަރުޙަލާއެއް ނޫނެވެ.
މި ފަދަ ނިޝާންތަކާއި، ވަހާއި، ރަހައާއި މުޅި ކަރައަށް އަންނަ ބަދަލުތަކަށް ބަލައިލުމުން، ކަރާގެ ތާޒާކަން ވަޒަންކުރާކަށް އުނދަގުލެއްނުވާނެއެވެ. އެހެންކަމުން ކަރައެއް ފަޅައިލުމަށް ފަހު، ގިނަ ދުވަހު ނުކައި ބަހައްޓާން ނުވިސްނާށެވެ. ރަނގަޅީ އެ ދުވަހު ނުވަތަ ތެދިން ދުވަހެއްގެ ތެރޭގައި ކައި ހުސްކޮށްލުމެވެ. ކުރީން ދަންނަވައިލި ގޮތަށް ރައްކާތެރި ފިޔަވަޅުތަކާ އެކުގައެވެ.
ޙަވާލާ: https://www.marthastewart.com/how-to-tell-if-cut-watermelon-is-still-good-to-eat