އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
19 ޖުލައި 2026
އެމެރިކާގެ މަރުކަޒީ އަސްކަރީ ބާރު (ސެންޓްކޮމް)އާ ހަވާލާދީ ފެތުރިފައިވާ ޚަބަރުތައް ބުނާ ގޮތުގައި، މިހާރު ސިފައިން ޙަރަކާތްތެރިވަނީ ސީދާ ޓުރަންޕުގެއަމުރަށެވެ. އެހެންކަމުން މިއީ އިންތިހާއަށް ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. ނިޔުކުލިއަރު ހަތިޔާރު ބޭޏުންކުރާން އަމުރު ނެރޭކަށް ވެސް އޭނާ ފަހެއް ނުޖެހޭނެއެވެ. ޔޫ.އެސްގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންގެވުމަށް، އެމެރިކާގެ ސިފައިން ވަނީ އީރާނާ ދެކޮޅަށް އާ ވައިގެ ހަމަލާތަކެއް ދޭން ފަށައިފައެވެ.
މީގެ އެއް ދުވަސް ކުރީން އުރުދުންގައި އެމެރިކާގެ ސިފައިންގެ ދެ މީހަކު މަރުވި ހާދިސާއާ ގުޅިގެން މިހާރު ވަނީ ސީދާ ޓުރަންޕުގެ އަމުރަށް އީރާނަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފައެވެ. އެ ދެ މީހުން މަރުވީ އެއީ އީރާނުން ދިން ބެލިސްޓިކް މިސައިލް އަދި ޑްރޯން ހަމަލާތަކަކުންކަމަށާއި އެއީ "ގަލްފުގެ އެކުވެރި ބާރުތަކުން ދިފާއުކުރަމުން ދަނިކޮށް" ކަމަށް އެމެރިކާއިން ބުނެފައިވެއެވެ. އަދި ސިފައިންގެ އެހެން މީހަކު "ވީނުވީއެއް ނޭނގި ގެއްލިފައިވާ"ކަމަށް ސެންޓްކޮމްއިން ބުނެފައިވެއެވެ. މި ކަމުގެ ރުޅިގަނޑުގައި މިހާރު ޓުރަންޕު މި ވަނީ ތަނެއްދޮރެއް ނުބަލައި އީރަށް ހަމަލާދޭން ސިފައިންނަށް އަމުރުކޮށްފައެވެ.
މި ޢުދުވާނުތަކާ ގުޅިގެން އީރާނުގެ އެންމެ މަތީ ވެރިޔާ މުޖްތަބާ ޚާމަނާއީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޓުރަންޕުގެ ސޮޔަކީ "އެއްވެސް އަގެއްނެތް ބާތިލު" އެއްޗެއްކަމަށެވެ. އަދި ތެހެރާނާ އެކު ވެފައިވާ އެއްބަސްވުންތަކާ ވޮޝިންގޓަނުން "ތަކުރާރުކޮށް ޚިލާފުވަމުންދާ"ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ކުވެއިތު ޕެޓުރޯލިއަމް ކޯޕަރޭޝަނުން ބުނެފައިވާ ގޮތުގައި، "އީރާނުން ތަކުރާރުކޮށް ދިން ހަމަލާތަކެއް" ކުވައިތުގެ މުހިންމު ތެޔޮ މަރުކަޒަކަށް އަމާޒުވެ، އޭގެ ސަބަބުން ބައެއް މީހުންނަށް އަނިޔާވެ، މާއްދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. ކުވައިތުގެ އަލިފާން ނިއްވާ މީހުންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ރޯވެފައިވާ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި އުޅުނު ކުވައިތުގެ ބައެއް މުވައްޒަފުންނަށް ވެސް ވަނީ އަނިޔާވެފައެވެ.
އަނެއްކޮޅުން އެމެރިކާގެ ރުހުމާ އެކު އިޒުރޭލުން ލުބުނާނަށް ދެމުން ގެންދާ އަނިޔާވެރި ޙާމަލާތަކުގެ ޝިކާރައަކަށް އެ ގައުމުގެ ރައްޔިތުން ވެފައިވާ މި ދަނޑިވަޅުގައި ލުބުނާނުގެ ރައީސް ރައީސް ޔޫސުފު އައުނާއި މަހާރެހެންދި ނިއުމަތު އައުން ވަނީ ޓުރަންޕުގެ ދައުވަތަކަށް ރަސްމީ ދަތުރއްގައި ވޮޝިންގްޓަނަށް ވަޑައިގެންފައެވެ. މިއީ 2009 ވަނަ އަހަރު އޭރުގެ ރައީސް ބަރަކް އޮބާމާއާގެ ދައުވަތަކަށް މިޝެލް ސުލައިމާން އެމެރިކާއަށް ދިޔަ ފަހުން، ލެބަނަންގެ ދައުލަތުގެ ވެރިއަކު އެމެރިކާއަށް ކުރާ ދަތުރެވެ.
މި ދަތުރުން އަޅުގަނޑަށް ލަފާކުރެވުނު ވަރަށް ބޮޑު ލަފާކުރުމެއްއެބަ އޮތެވެ. އިޒުރޭލުން ލުބުނާނަށް ދޭ ޙަމަލާތައް ހުއްޓައިލާން އީރާނުން އެމެރިކާއަށް ޝަރުޠުކުރުން، ލުބުނާނުގެ ރައީސް ޔޫސުފު އައުނު އައީ ރުޅިއެވެ. އަނެއްކާ މި ފަދަ ދަނޑިވަޅެއްގައި ރަސްމީ އިއްޒަތުގައި މީނާގެ ދެމަފިރިން އެމެރިކާއަށް މި ދަނީއެވެ. އެހެންކަމުން ޙިޒުބުﷲ ނެތް ނަމަ، މިހާރު ލުބުނާނަކީ ގްރޭޓާރ އިޒުރޭލުގެ މަޝްރޫޢުގެ ދަށުން އިޒްރޭލުގެ ބަޔަކަށް ހަދައިފީހެވެ. އެހެންކަމުން މީނާ އެމެރިކާއަށް މި ދަނީ ޙިޒުބުﷲގެ ބާރު ކަނޑުވައި އަވަހަށް ލުބުނާނު އިޒުރޭލަށް ދޭނެ ގޮތެއް ރާވާން ނޫންބާވައޭ ހިތަށް އަރައެވެ.