އަޙުމަދު ފަޔާޒު ޙަސަން
18 ޖުލައި 2026
2026 ޖުލައި 08ގައި ޝާއިޢުކުރެވުނު އަދަދާ ގުޅޭ)
"މި ހުރިހައި ކަމެއް ކުރެވުނީ އަހަރެމެންގެ (އެމެރިކާ މީހުންގެ) ފައިސާއިންނެވެ. މި ހުރިހައި ފައިސާއެއް ޖަރުމަނުވިލާތަށް ދެވުނީ ފެޑެރަލް ރިޒާވު ބޯޑު މެދުވެރިވެގެންނެވެ. ފެޑެރަލް ރިޒާވު ބޯޑުން ޖަރުމަނުވިލާތަށް އޮއްސި ޑޮލަރުގެ ބިލިއަންތަކުގެ ގިނަކަމުން އެ އަދަދު ސާފުކޮށް ބުނާކަށް ވެސް އެ މީހުންނަކަށް ނުކުރޭނެއެވެ.
"ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައަށް ތައްޔާރުވުމުގެ ގޮތުން ޖަރުމަނުވިލާތަށް އޮއްސުނު ހުރިހައި ފައިސާއެއް ފޮނުވުނީ ޖަރުމަނުވިލާތުގެ ތައިސެން (Thyssen) ބޭންކަށެވެ. މިއީ ރޮތުސްޗައިލްޑު ޢާއިލާއިން ކޮންޓުރޯލުކުރާ، ނިޔުޔޯރކުގެ "ހެރިމެން" ވިޔަފާރިގެއާ ގުޅިފައިވާ ބޭންކެކެވެ."
1930ގައި ސްވިޓުޒަރލޭންޑުގެ ބޭސްލްގައި ފުރަތަމަ "ވާރލްޑު ޒަޔަނިސްޓު ކޮންގްރެސް" ބޭއްވުނުތާ 33 އަހަރު ފަހުން، ރޮތުސްޗައިލްޑު ޢާއިލާގެ ފުރަތަމަ ދުނިޔޭގެ ބޭންކުކަމުގައިވާ "ބޭންކު ފޮރ އިންޓަރނޭޝަނަލް ސެޓުލްމެންޓުސް" (ބީ. އައި. އެސް.)، ހަމަ އެ ތަނުގައި، ޤާއިމްކުރެވުނެވެ.
ބައިނަލްއަގުވާމީ ބޭންކަރުންގެ މެދުގައި ބީ.އައި.އެސް.އަށް އިޝާރާތް ކުރެވެނީ މަރުކަޒީ ބޭންކުތަކުގެ މަރުކަޒީ ބޭންކުކަމުގައެވެ. މި ޒަމާނުގެ ޙަޤީޤީ ނަޒަރުން މި ބޭންކާ ދިމާއަށް ބަލައިލާ އިރު، އައި.އެމް.އެފާއި ވަރލްޑު ބޭންކުން ސަރުކާރުތަކާ މުޢާމަލާތްކުރާ އިރު، ބީ.އައި.އެސް.އިން މުޢާމަލާތުކުރާނީ ހަމައެކަނި މަރުކަޒީ އެހެން ބޭންކު ތަކާއެވެ. އެ ބޭންކުގެ ހުރިހައި ބައްދަލުވުންތަކެއް ވެސް ބޭއްވެނީ ސިއްރިއްޔާތުގައެވެ. އަދި އެ ބައްދަލުވުންތަކުގައި ޝާމިލުވަނީ ހަމައެކަނި ދުނިޔޭގެ އެކި ޤައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ އެންމެ މަތީ ފެންވަރުގެ ވެރީންނެވެ. މިސާލަކަށް ދަންނަވާ ނަމަ، މި ޕުރައިވެޓު ބައްދަލުވުންތަކުގައި ބައިވެރިވުމަށް ފެޑެރަލް ރިޒާރވުގެ ކުރީގެ ޗެއާރމަން އެލަން ގްރީންސްޕެން (Alan Greenspan) ސްވިޓުޒަރލޭންޑުގެ ބޭސްލްގައި ހުންނަ ބީ.އައި.އެސް.ގެ މައި އިދާރާއަށް އަހަރަކު ދިހަ ފަހަރު ދަތުރުކުރިއެވެ.
މުސްތަޤިއްލު ޤައުމަކަށް ލިބިފައިވާ މަޤާމުވެސް ބީ.އައި.އެސް.އަށް ލިބިގެންވެއެވެ. އަދި އެ އިދާރާވަނީ ޤައުމުތަކުގެ ކޮންޓުރޯލުން މުޅިން އިސްތިސްނާވެގެންނެވެ. މި އިސްތިސްނާތަކުގެ ޚުލާސާއެއް ތިރީގައިވަނީއެވެ.
މި އިދާރާގެ މުއައްޒަފުންނާއި، އެމީހުން އުފުލާ ތަކެއްޗަށް ޑިޕުލޮމެޓިކު ދަރަޖަލިބުން
1. މި ބޭންކުން ހިންގާ އެއްވެސް މުޢާމަލާތަކަށް އެއްވެސް ސިފައެއްގެ ޓެކުސް އެއް ނުނެގޭނެއެވެ. މީގެ ތެރޭގައި މި ބޭންކުގެ މުއައްޒަފުންނަށް ދެވޭ މުސާރަ ހިމެނެއެވެ.
2. ބީ.އައި.އެސް. އިން ބޭނުންކުރާ އެންމެހާ ޢިމާރާތްތަކާއި، އަދި/ނުވަތަ އޮފީސްތަކަށް، ޤައުމުތަކުގެ އެމްބަސީތަކަށް ލިބިފައިވާ އިސްތިސްނާ މުޅި ދުނިޔޭގައިވެސް، ލިބިގެންވުން.
3. މި ބޭންކުން ހިންގާ އެއްވެސް ކަމެއް ބެލުމުގެ، އަދި ބޭންކުން ހިންގާ ކަންތައްތަކުގެ މަޢުލޫމާތު ލިބުމުގެ ޙައްޤު އެއްވެސް ލިބިނުދިނުމާއި މި ބޭންކުގެ ހިސާބުތައް އޯޑިޓުނުކުރެވުން
4. އިމިގްރޭޝަން ގެ ޤައިދުތަކުން މިނިވަންކަން ލިބިގެންވުން.
5. ހުރިހައި ވައްތަރެއްގެ އެންމެހާ މުވާޞަލާތުތައް އެންކުރިޕުޓު ކުރުމުގެ ޙައްޤު މި ބޭންކަށް ލިބިގެންވުން.
6. ހުރިހައި ޤައުމެއްގެ ޤާނޫނީ އިޚްތިސާޞްގެތެރެއިން މިނިވަންކަން ލިބިގެންވުން.
ޖޯރޖުޓައުން ޔުނިވަރސިޓީގެ ޕުރޮފެސަރެއް، އަދި މުއައްރިޚެއް ކަމުގައިވާ ކެރޮލް ކިގްލީ (Carroll Quigley)، 1975 ގައި ލިޔުނު "ޓުރެޖެޑީ އެންޑު ހޯޕު" (މުޞީބާތާއި އުންމީދު) މި ފޮތުގައި، މި މަރުކަޒީ ބޭންކުގެ ގިނަ ޙަޤީޤަތްކަކެއް ހާމަކުރިއެވެ.
ހެންރީ ކެބޮޓު ލޮޖު (Henry Cabot Lodge)ގެ ވެރިކަމުގައި އެމެރިކާގެ ސެނެޓަރުންގެ މަދު އަދަދެއްގެ ބަޔަކު ބީ.އައި.އެސް.ގައި އެމެރިކާ ބައިވެރިނުކުރުމަށް ގަދައަޅައި މަސައްކަތްކުރިއެވެ. ނަމަވެސް، އެމެރިކާއިން ރަސްމީކޮށް މި ދުނިޔޭގެ މަރުކަޒީ ބޭންކު އިންކާރުކުރިއެއް ކަމަކު، ސްވިޓުޒަރލޭންޑުގައި ބޭއްވޭ އެ ބޭންކުގެ ބައްދަލުވުންތަކަށް 1994އާ ހަމައަށް ފެޑެރަލް ރިޒާރވުން މެންބަރުން ފޮނުވަމުންދިޔައެވެ. އެ އަހަރު އެ ބޭންކުގެ މެންބަރުންގެ ތެރެއަށް ރަސްމީކޮށް އެމެރިކާ ދަމައި ވެއްދުނެވެ.
1931 ގައި އެމެރިކާގެ އިސްޓޭޓު ޑިޕާޓުމަންޓުގެ (ޚާރިޖީ ވުޒާރާގެ) ލިޔުންތަކެއް ބޭޒާރުވިއެވެ. 1917ގައި، ރަޝިއާގެ އިންޤިލާބުގެ ދުވަސްވަރު ރަޝިއާގައި ހުންނެވި ނެދަރލޭންޑުސްގެ މިނިސްޓަރެއްކަމުގައިވާ އެމް. އޯޑެންޑައިކު (M. Oudendyke)، ތަފާތު ޤައުމުތަކުގެ ސަރުކާރުތަކަށް، އިނގިރޭސިވިލާތަށާއި، ފަރަންސޭސިވިލާތަށާއި، އަދި އެމެރިކާއަށް ކޮމިއުނިޒަމްގެ ނުރައްކަލާ ބެހޭ ގޮތުން މަޢުލޫމާތުދިނެވެ. އޭނާ ދުށް ގޮތުގައި ކޮމިއުނިޒަމަކީ ބޭރުފުށުން ޔަހޫދީ ނިޒާމެކެވެ. މި ގޮތުން، އޭނާ އެ ސަރުކާރުތަކަށް ފޮނުވި ލިޔުމެއްގައިވެއެވެ.
"މި ކަމުގެ ބޮޑުކަމުން، އިނގިރޭސިވިލާތާއި، އެ ނޫން ހުރިހައި ސަރުކާރުތަކެއްގެ ސަމާލުކަމަށް މި ކަން ގެންނާންޖެހޭކަމަށް އަހުރެންނަށް ފެނެއެވެ. މިހެންކަމުން، ރަޝިއާގައި ފެތުރެމުންދާ ބޯލްޝެވިޒަމަށް ހަމަ މިހާރުން މިހާރަށް ހުއްޓުމެއް ނުގެނެވިއްޖެ ނަމަ، މުޅި ދުނިޔޭގެ ޙަޟާރަތަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެނެއެވެ. މިއީ އެއްގޮތަކަށް ވެސް ކަންބޮޑުކޮށްގެން ދައްކާވާހަކައެއްނޫނެވެ.''
"ޖުވިޝް އެލަޔަންސް އިސްރޭލައިޓު ޔުނިވާރސެލް" ޖަމާއަތުގެ އިސް މެންބަރެއްކަމުގައިވާ ޒޯން އިޒޫލެޓު (Jean Izoulet) މިއަހަރު ބުންޏެވެ.
"ފާއިތުވި ޤަރުނުގެ ތާރީޚުން ނެގޭ މާނައަކީ، ލޮޖުތަކުގެ ވެރީންކަމުގައިވާ، ޔަހޫދީންގެ އެންމެ 300 ފައިނޭންސަރުން މިއަދު މުޅި ދުނިޔޭގެ ވެރިކަން ކުރާކަމެވެ."
1933ގައި ޖަރުމަނުވިލާތުގެ ޗާންސެލަރުކަން ޖެނަވަރީ 30ގައި އެޑޮލްފު ހިޓުލަރަށް ލިބުނެވެ. ޖަރުމަނުވިލާތުގައި، ސަރުކާރުގެ ހުރިހައި މަޤާމްތަކަކުން އޭނާ ޔަހޫދީންތައް ފައްސައިލިއެވެ. އެ މީހުންނަކީ ކޮމިއުނިސްޓުންކަމަށް ބަލައިފައެވެ. މި ގޮތަށް ސަރުކާރުން ޔަހޫދީންތައް ފައްސައިލުމުގެ ނަތީޖާއެއްގެ ގޮތުން، މި އަހަރުގެ ޖުލައި މަހުގައި އަމްސްޓަރޑަމްގައި ޔަހޫދީން ބައިނަލްއަގުވާމީ ޖަލްސާއެއް ބޭއްވިއެވެ. މި ޖަލްސާގައި އެމީހުން ނިންމި ގޮތުގެ މަތީން، ސަރުކާރުން ފައްސައިލި ކޮންމެ ޔަހޫދީއަކަށް އޭނާ ކުރީން ހުރި މަޤާމު ދޭން އެ މީހުން ހިޓުލަރަށް އެންގިއެވެ.
ނަމަވެސް ހިޓުލަރު އެ ކަމަށް އިންކާރުކުރިއެވެ. މި ކަމުގެ ނަތީޖާއެއްގެ ގޮތުން، މި ޖަލްސާގެ ރައީސްކަމުގައި ހުރި، އަދި އެމެރިކާގެ ވަފުދުގެ އިސް މީހާގެ ގޮތުގައި ހުރި، ރައީސް ވޫޑުރޯ ވިލްސަން ބްލެކުމެއިލްކުރި އަސްކެނާޒީ ޔަހޫދީ ސެމިއުލް އުންޓާމްޔަރ އެނބުރި އެމެރިކާއަށް ދިޔައެވެ. އޭނާ އެނބުރި އެމެރިކާއަށް ގޮސް ރޭޑިއޯއިން ބަޔާނެއް އިއްވިއެވެ. މި ބަޔާން އަކުރުން އަކުރަށް ވަނީ ނިޔުޔޯރކު ޓައިމްސްގެ 1933 ވަނަ އަހަރުގެ އޮގަސްޓު 07ވީ ހޯމަ ދުވަހުގެ އަދަދުގައި ޝާއިޢުކޮށްފައިވެއެވެ. އޭނާގެ އެ ބަޔާނުގައި ވެއެވެ.
". . . ޔަހޫދީންނަކީ ދުނިޔޭގެ ޚުދުމުޚްތާރު ވެރީންނެވެ. . . އަހަރެމެންގެ ކެމްޕޭނަކީ ޖަރުމަނުވިލާތުގެ ހުރިހައި މުދަލެއް ބޮއިކޮޓު ކުރުމެވެ.
"ޖަރުމަނުވިލާތަށް ބޭނުންވާ ކާނާގެ ބާވަތްތަކުގެ ތިންބައިކުޅަ ދެބަޔަކީ އެޤައުމުން އިމްޕޯޓުކުރާންޖެހޭ އެއްޗެއްސެވެ. އެ މީހުންނަށް އެ ތަކެތި އިމްޕޯޓުކުރެވޭނީ އެ މީހުން އެކުސްޕޯޓުކުރާ އެއްޗަކުން ލިބޭ އާމްދަނީންނެވެ. މިހެންކަމުން، ޖަރުމަނުވިލާތުން އެކުސްޕޯޓު ނުކުރެވޭ ނަމަ، ޖަރުމަނުވިލާތުގެ ރައްޔިތުންގެ ތިންބައިކުޅަ ދެބައި މީހުން ބަނޑަށްޖެހޭނެއެވެ.
މުޅި އެމެރިކާގައިވެސް ޔަހޫދީން މި ބޮއިކޮޓުގައި ބައިވެރިވިއެވެ. "މޭޑު އިން ޖަރމަނީ" ޗާޕުކޮށްފައިވާ އެއްވެސް މުދަލެއް ހުރި ފިހާރައެއްގެ ވިއްޔާ ބޭރުގައި އިޙްތިޖާޖުކޮށް، އެ ފަދަ ފިހާރަތަކަށް އެމީހުން ގެއްލުންދީ ހެދިއެވެ.
މި ބޮއިކޮޓުގެ އަސަރު ޖަރުމަނުވިލާތުގައި އިޙުސާސްވާން ފެށުމުން، ޖަރުމަނު މުދާ ވިއްކާ ފިހާރަތައް އެމެރިކާގައި ޔަހޫދީން ބޮއިކޮޓުކުރި ގޮތަށް، ޖަރުމަނުވިލާތުގައި ހުރި ޔަހޫދީންގެ ފިހާރަތައް ބޮއިކޮޓުކުރާން ޖަރުމަނު ރައްޔިތުން ފެށިއެވެ.
ނާޓުޒީންނާއި (ހިޓުލަރުގެ މީހުން) ފަލަސްޠީނުގައި ދިރިއުޅޭ ޔަހޫދީން ގުޅިގެން މަސައްކަތް ކުރިއެވެ. އެއީ ދެބައިމީހުންގެ އެއް މަގުސަދު ހާސިލުކުރުމުގެ އެދުމުގައެވެ. ފަލަސްޠީނުގައި އުޅޭ ޔަހޫދީން ބޭނުންވީ ހުރިހައި ޔަހޫދީން ފަލަސްޠީނުގައި ދިރިއުޅޭށެވެ. އަދި ނާޓުޒީން ބޭނުންވީ ޖަރުމަނުވިލާތުން ހުރިހައި ޔަހޫދީން ފޭބުމަށެވެ. "ހާވަރާ އެއްބަސްވުން" ކިޔާ އެއްބަސްވުމުގެ ދަށުން، ޖަރުމަނުވިލާތުގައި ދިރިއުޅޭ ހުރިހައި ޔަހޫދީން ފަލަސްޠީނަށް ބަދަލުވުމާއި، އަދި އެ މީހުންގެ ހުރިހައި ރައުސްމާލެއް ފަލަސްޠީނަށް ބަދަލުކުރުމުގެ ހުއްދަ ދެވުނެވެ.
މި އެއްބަސްވުމުގެ ސަބަބުން، ޖަރުމަނުވިލާތުގެ ޔަހޫދީ އާބާދީގެ ގާތްގަނޑަކަށް %20ކަމުގައިވާ 000،60 ޔަހޫދީން ފަލަސްޠީނަށް ހިޖުރަކުރިއެވެ. މި ގޮތަށް ފަލަސްޠީނަށް ހިޖުރަކުރި ޔަހޫދީންގެ އަދަދު 1939އާ ހަމަޔަށް އައިއިރު ފަލަސްޠީނުގެ މުޅި އާބާދީގެ %15އަށް އެރިއެވެ. އެމީހުންނާ އެކު، 40 މިލިއަން އެމެރިކާ ޑޮލަރުގެ (މި ޒަމާނުގެ ނިސްބަތުން ކިޔާނަމަ، ގާތްގަނޑަކަށް 600 މިލިއަން ޑޮލަރުގެ) މުދާ، ނާޓުޒީ ސަރުކާރުގެ ރުހުމާ އެކު ޖަރުމަނުވިލާތުން ފަލަސްޠީނަށް ޔަހޫދީން ބޭރުކުރިއެވެ.
އެމެރިކާގައި ހުންނަ ހޮލޮކޯސްޓުގެ ހަނދާނީ ދާރުލްއާޘާރުގައި ވާގޮތުން:
"1939 ގެ ސެޕުޓެމްބަރ އާ ހަމަޔަށް އައިއިރު، ޖަރުމަނުވިލާތުން ގާތްގަނޑަކަށް 000،282 ޔަހޫދީން، އަދި އޮސްޓުރިއާއިން ގާތްގަނޑަކަށް 000،117 ޔަހޫދީން ބޭރުވިއެވެ. މީގެ ތެރެއިން 000،95 ޔަހޫދީން ހިޖުރަކުރީ އެމެރިކާއަށެވެ. އަދި 000،60 ޔަހޫދީން ފަލަސްޠީނަށެވެ. އަދި 000،40 އިނގިރޭސިވިލާތަށެވެ. އަދި ގާތްގަނޑަކަށް 000،75 ޔަހޫދީން މެދުތެރޭ އަދި ދެކުނު އެމެރިކާގެ ޤައުމުތަކަށެވެ.
ޖަރުމަނު ދައުލަތުގެ 000،18އަށް ވުރެ ގިނަ ޔަހޫދީންނަށް، ޖަޕާނުން އޭރު ހިފައިފައިވާ ޗައިނާގެ ޝެންހާއި ސަހަރުން ޙިމާޔަތް ހޯދުމުގެ ފުރުޞަތު ވެސް ލިބުނެވެ. 1939 ނިމުނުއިރު ޖަރުމަނުވިލާތުގައި ބާކީ ތިބީ ގާތްގަނޑަކަށް 000،202 ޔަހޫދީންނެވެ. އަދި ހިފައިފައިވާ އޮސްޓުރިއާގައި 000،57 ޔަހޫދީންނެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ޢުމުރުން ދުވަސްވީ މީހުންނެވެ.
ސެފާރޑިކު ކުރިޕުޓޯ ޔަހޫދީއެއްކަމުގައިވާ، އަދި އޭނާގެ އަޞްލު ނަންކަމުގައި ރޮސެންފެލްޓު (Rosenfelt) ރައީސް ފުރޭންކުލިން ޑިލާނޯ ރޫޒަވެލްޓު (Franklin Delano Roosevelt)، އަލަށް ޗާޕުކުރެވޭ އެމެރިކާގެ ކޮންމެ އެއް ޑޮލަރުގެ ނޫޓެއްގައި "ހުރިހައި އެއްޗެއް ފެންނަ ލޯ" ޖެހުމަށް އަމުރުކުރިއެވެ. އަދި އެއާއެކު "ނޮވަސް އޮރޑޯ ސެކުލޮރަމް" (Novus Ordo Seclorum) މި ޝިޢާރު ޖެހުމަށް ވެސް އަމުރުކުރިއެވެ. މިއީ ލެޓިން ބަހުން "ޒަމާންތަކުގެ އާ ނިޒާމެއް"، ނުވަތަ މި ޒަމާނުގައި ޢާންމުގޮތެއްގައި ކިޔޭ ގޮތަށް ނަމަ، ދުނިޔޭގެ އާ ނިޒާމެއް (ނިޔު ވޯރލްޑު އޯޑަރ) މިހެންނެވެ.
ރޫޒެވެލްޓު ބުނިކަމަށް 1935ގެ މާރޗް 14 ގެ ނިޔުޔޯރކު ޓައިމްސް ގެ އަދަދުގައި ލިޔެފައިވެއެވެ.
"ވަރަށް ދުރު މާޒީގައި އަހުރެންގެ ކާބަފައިންނަކީ ޔަހޫދީންކަމުގައިވެދާނެއެވެ. "ރޫޒެވެލްޓު" ޢާއިލާގެ އަޞްލާ މެދު އަހުރެންނަށް އެނގިފައިވާ އެއްޗަކީ، ފެންނަ ގޮތުގައި އެއީ ހޮލަންޑުން އައި ކުލައެސް މާރޓެންޒެން ވެން ރޫޒެވެލްޓު (Claes Martenzen van Roosevelt) ކިޔާ މީހެއްގެ ދަރިކޮޅުން އައި ބަޔެއްކަމުގައެވެ."
އޭނާ ލިޔުނު "ފުރޮމް ފެރޯ ޓު ހިޓުލަރ: ވަޓު އިޒް އެ ޖޫ؟" (ފިރުއައުނުން ފެށިގެން ހިޓުލަރާ ހަމައަށް: ޔަހޫދީއަކީ ކޮން އެއްޗެއްހެއްޔެވެ؟) މި ފޮތުގައި ޔަހޫދީ މުޞައްނިފު ބާނަރޑު ޖޯސެފު ބްރައުން (Bernard Joseph Brown) އިޢުތިރާފުވެފައިވާ ގޮތުގައި، މި ޒަމާނުގެ ޔަހޫދީންނަކީ ބަނީ އިސްރާއީލުން ނޫންކަމުގައިވީ ހިނދު، ފަލަސްޠީނުގެ މައްޗަށް އެ މީހުންނަށް އެއްވެސް ދަޢުވާއެއް ނުކުރެވޭނެއެވެ.
މެއި 11ގައި، ޔަހޫދީ ޅެންވެރިއެއްކަމުގައިވާ ހައިމް ނަކުމަން ބިއަލިކު (Haim Nachman Bialik) (މީނާއަކީ އިސްރާއީލުގެ ޤައުމީ ޅެންވެރިޔާ ކަމުގައި ފުޅާ ދާއިރާއެއްގައި ބަލައިގަނެވިފައިވާ ޅެންވެރިއެވެ.) ބައިތުލްމަގުދިސްގެ ޖުވިޝް ޔުނިވަރސިޓީގައި ދިން ތަގުރީރެއްގައި ބުންޏެވެ.
"ޔަހޫދީން ނޫސްވެރިކަމާ މެދު ޝައުޤު ވެރިވެފައިވަނީ ބޭކާރު ގޮތެއްގައެއް ނޫނެވެ. އެ މީހުންގެ އަތުގައި އެ ކަން ވެފައިވަނީ، ސަލާމަތުން ދެމިތިބުމަށް ޓަކައި އެ މީހުން ކުރި ހަނގުރާމައިގައި އެމީހުންބެ މަޠުލަބުތަކަށް ނުހަނު އެކަށޭނަ ވަރުގަދަ ހަތިޔާރެއް ކަމުގައެވެ."
1934ގައި ވަފާތެރި ޒަޔަނިސްޓެއްކަމުގައިވާ ވުލަޑިމިއަރ ޖަބޮޓިންސްކީ (Vladimir Jabotinsky)، ސެމިއުލް އުންޓާމްޔަރ ޖަރުމަނުވިލާތް ބޮއިކޮޓުކުރި ކަންތަކުގެ އަދާހަމައެއް ދިނުމަށްޓަކައި ޖެނުއަރީގައި ތިރީގައިވާ ބަޔާން ދިނެވެ.
"ޖަރުމަނުވިލާތާ އިދިކޮޅަށް ކުރާ ޖިހާދު މިހާރުވަނީ އެތައް މަހެއްވަންދެން ކޮންމެ ޔަހޫދީ ޖަމާއަތެއްގެ ތެރޭގައި ކުރިއަށްގޮސްފައެވެ. ޖަރުމަނުވިލާތާ އިދިކޮޅަށް މުޅި ދުނިޔެއިން ކުރާ ރޫޙާނީ އަދި މާއްދީ ހަނގުރާމައެއް އަހަރެމެން ފަށާނަމެވެ. ޖަރުމަނުވިލާތުން އެ ހިންމަތްކުރަނީ އަނެއްކާ ވެސް މަތިވެރި ޤައުމަކަށްވުމަށެވެ. ނަމަވެސް އަހަރެމެންގެ ޔަހޫދީ މަޞްލަޙަތުތައް ގޮވަނީ ޖަރުމަނުވިލާތް އެއްކޮށް ފަނާކޮށްލުމަށެވެ.
ސުވިސް ބޭންކުތަކުގެ ސިއްރު ހިފެހެއްޓުމާ ބެހޭ ޤާނޫނުތައް އިޞްލާޙް ކުރެވުނެވެ. ބޭންކެއްގެ އެއްވެސް މުއައްޒަފަކު، އެ ބޭންކުގެ ސިއްރުތަކާ ބެހޭ ޤަވާޢިދުތަކާ ޚިލާފުވުމަކީ އެ މީހާ ޖަލަށްލެވޭ ވަރުގެ ކުށެއްކަމުގައި ކަނޑައެޅުނެވެ. މި ހުރިހައި ކަމެއް މި ކުރެވެނީ ރޮތުސްޗައިލްޑު ޢާއިލާއިން ރާވައިފައިވާ ދެވަނަ ބޮޑު ހަނގުރާމައަށް ތައްޔާރުވުމުގެ ގޮތުންނެވެ. އާދައިގެ މަތީން، މި ހަނގުރާމައިގައި ވެސް، ހަނގުރާމަކުރާ ދެ ބަޔަށް ވެސް އެ މީހުން ފައިސާ ދޫކުރާނެއެވެ.
"އިނގިރޭސިވިލާތަކީ ބައިނަލްއަގުވާމީ މާލީ ޖަމާއަތެއްގެ އަޅެކެވެ." ލަންޑަންގެ "ނިޔު ބްރިޓުން"ގެ ޖޫން 20ގެ އަދަދުގައި، ކުރީގެ އިނގިރޭސި ބޮޑުވަޒީރު ޑޭވިޑު ލޮއިޑު ޖޯރޖު (David Lloyd George) ބުނިކަމަށް ޝާއިޢުކުރެވުނެވެ.
މި އަހަރު ޝާއިޢުކުރެވުނު "ޖޫޒް މަސްޓު ލިވު" (ޔަހޫދީން ދިރިއުޅޭންޖެހޭނެ) މި ފޮތުގައި ޔަހޫދީ ލިޔުންތެރިއެއްކަމުގައިވާ ސެމިއުލް ރޮތު (Samuel Roth) ބުންޏެވެ.
"މިހާރެކޭ އެއް ފަދައިން، ކުރީ ޒަމާނުގައި ވެސް އަހަރެމެންގެ ކިބައިގައިވާ އެންމެ ނުބައި ސިފައަކީ، އެހެން މީހުންގެ މައްޗަށް ބަރޯސާވެގެން (އެހެން މީހުންގެ ލޭބޮއިގެން) އުޅުމެވެ. އަހަރެމެންނަކީ، ދުނިޔޭގައި އުޅޭ އެހެން ހުރިހައި މީހުންގެ ބުރަ މަސައްކަތާއި، އެހެން މީހުންގެ ކިބައިގައިވާ ހެޔޮ ސިފަތަކުގެ މައްޗަށް ބަރޯސާވެގެން އުޅޭ މިނިކާ ދޫނިތަކެއް (ވަލު ކާޅުތަކެއް) ފަދަ ބަޔެކެވެ.''
(ނުނިމޭ)